04 ޖުލައި

July 04, 2019 3
މެޗު ލަސްކޮށްގެން ކުޅުމަކީ މޮޅު ކަމެއް ނޫން: ސުޒޭން

އިދިކޮޅު ޓީމު ކުޅުނަނުދީ މެޗު ލަސްކޮށްގެން ނަތީޖާ ނެރުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި ފުޓްބޯޅައިގެ ރޫހަށް ބަލާއިރު އެއީ މޮޅު ކަމެއްގެ ގޮތުގައި ގަބޫލުނުކުރާ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

01 ޖުލައި

July 01, 2019 5
ވަރުގަދަ މެޗުތަކަށް ދަ ގްރާންޑޭ ރަނގަޅު ރޫހެއްގައި

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެ އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ކުރިއަށް ހުރި ވަރުގަދަ މެޗުތަކަށް ނުކުންނައިރު މިއީ...

30 ޖޫން

June 30, 2019 3
ދަ ގްރާންޑޭ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ 3-0 އިން ބަލިކޮށް ފުރަތަމަ ޑިވިޝަނުގައި އަލަށްވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

24 ޖޫން

June 24, 2019 3
ދަ ގްރާންޑޭ އިން ތިން ވަނަ މޮޅު ހޯދައިފި

ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެ ދަ ގްރާންޑޭ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

20 ޖޫން

June 20, 2019
ފޯކައިދޫ ބަލިކޮށް ދަ ގްރާންޑޭ ދެ ވަނަ މޮޅު ހޯދައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން މޮޅުވެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ އިން ހަ ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.

15 ޖޫން

June 15, 2019 8
ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އިން ނިލަންދޫ ބަލިކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފުރަތަމަ މެޗުން މިރޭ، ފ. ނިލަންދޫ އަތުން ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ 2-0 އިން މޮޅުވެއްޖެ އެވެ.

28 މެއި

May 28, 2019 1
ސާފްގެ މޮޅު ކުޅުންތެރިޔާ ފައިސަލް ދަ ގްރާންޑޭ އަށް

މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ކުރިއަށް އޮތް ސީޒަނަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

11 މެއި

May 11, 2019 3
ދަ ގްރާންޑޭގެ އަމާޒަކީ ގަދަ ހަތަރެއް: އިންމަ

މި އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭގެ އަމާޒަކީ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުން ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

09 މާޗް

March 09, 2019 1
އާއްކޮ ދަ ގްރާންޑޭ އަށް ސޮއިކޮށްފި

މިދިޔަ އަހަރުތަކުގައި މާޒިޔާ އަށް ކުޅުނު އަހުމަދު އިމާޒް (އާއްކޮ) މި ފަަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ އަށް ސޮއިކޮށްފި އެވެ.

23 ފެބުރުއަރީ

February 23, 2019
ދަ ގްރާންޑޭގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި

މި އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް މާޒިޔާގެ ކުރީގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ހަމަޖައްސައިފި އެވެ.

19 ފެބުރުއަރީ

February 19, 2019 1
ހޮކޭ ދަ ގްރާންޑޭ އަށް ސޮއިކޮށްފި

ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

February 19, 2019 4
ދަ ގްރާންޑޭ: ފުޓްބޯޅައިން ކުރިއަށް ދިއުމުގެ އަމާޒުގައި

ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބަކީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ޒުވާނުންތަކެއް އިސްކޮށް ތިބެ ދުރު ރާސްތާ ވިސްނުމެއްގެ ތެރެއިން ވުޖޫދުކުރި ކްލަބެކެވެ. އެ...