01 ސެޕްޓެމްބަރ

September 01, 2017 22
ހުޅުމާލެ އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު އުމުރުން ދުވަސްވީ މީހާ މިއަދު މަރުވެއްޖެ އެވެ.

24 އޯގަސްޓް

August 24, 2017 14
މާފުށީ ޖަލުގައި އަނެއްކާވެސް ގައިދީއަކު މަރުވެއްޖެ

ކ. މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

20 އޯގަސްޓް

August 20, 2017 9
އާތިފަކީ އާދައިގެ މީހެއް ނޫން، އެއަށް ވުރެ މާ ހާއްސަ

ޔަގީންވާ އެއް ކަމެއް އެބައޮތެވެ؛ ހދ. ހަނިމާދޫގައި ހުންނެވުމަށް ފަހު މިދިޔަ ހަފުތާގައި މާލެ ވަޑައިގެން މަޝްހޫރު މިއުޒީޝަން/ ލަވަކިޔުންތެރިޔާ އަދި ސިފައިންގެ މޭޖާ އަހުމަދު އާތިފް...

August 20, 2017 73
ލަވަކިޔުންތެރިޔާ އާތިފް އަވަހާރަވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފު ދާދިދެންމެއަކު އަވަހާރަވެއްޖެ އެވެ.

13 އޯގަސްޓް

August 13, 2017 7
އިންޑިއާގެ ހޮސްޕިޓަލުން ކުދިން މަރުވީ އޮކްސިޖަން ކަނޑާލުމުން

އުއްތަރަ ޕްރަދޭޝް (އޮގަސްޓް 13) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލަކުން ފަސް ދުވަސްތެރޭ 60 ކުދިން މަރުވެފައި ވަނީ އޮކްސިޖަން ސަޕްލައި ކުރާ ކުންފުންޏަށް ބިލް ނުދެއްކުމުން އޮކްސިޖަން ކަނޑާލުމުން ކަމަށް މީޑިއާތަކުން ބުނެފި އެވެ.

12 އޯގަސްޓް

August 12, 2017 6
ދެ ދުވަސް ތެރޭ އިންޑިއާގެ ހޮސްޕިޓަލަކުން 30 ކުދިން މަރު

އުއްތަރަ ޕްރަދޭޝް (އޮގަސްޓް 12) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި ދެ ދުވަސް ތެރޭ 30 ކުޑަ ކުދިން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

11 އޯގަސްޓް

August 11, 2017 2
"ދަންޖެހިގެން" މަރުވި ކަމަށް ބުނާ ކުއްޖާ ވަޅުލައިފި

ނ. މާޅެންދޫގައި "ދަންޖެހިގެން" މަރުވި ކަމަށް ބުނާ 11 އަހަރުގެ ކުއްޖާ މިއަދު ވަޅުލައިފި އެވެ.

10 އޯގަސްޓް

August 10, 2017 5
ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ، ކުޑަކުއްޖާ މޯޗަރީގައި

ނ. މާޅެންދޫގައި "ދަންޖެހިގެން" މަރުވި ކަމަށް ބުނާ އުމުރުން 11 އަހަރުގެ ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަތުމަށް އައިޖީއެމްއެޗުން ޓެސްޓުތަކެއް ހަދައިފި އެވެ. އެކަމަކު އެ ކުއްޖާ އަދިވެސް އޮތީ މޯޗަރީގައި ބާއްވާފަ އެވެ.

09 އޯގަސްޓް

August 09, 2017 12
ކުޑަކުއްޖާގެ މަރުން މާޅެންދޫ ބަސް ހުއްޓިފައި!

އުމުރުން 11 އަހަރުގެ ކުއްޖަކު ދަންޖެހިގެން މަރުވެއްޖެއޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިހުން ލިބޭނެ އެވެ. ނ. މާޅެންދޫ ރައްޔިތުންނަށް ވެސް ވީ އެހެންނެވެ. އެ މީހުން އެންމެ ހައިރާންވީ،...

August 09, 2017 55
މާޅެންދޫ ކުޑަކުއްޖާގެ މަރުގައި ޝައްކުތަކެއް އުފެދިއްޖެ

ނ. މާޅެންދޫގައި އިއްޔެ ދަންޖެހިގެން މަރުވި ކަމަށް ބުނާ 11 އަހަރުގެ ކުޑަކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް ބެލެވޭތީ، އިތުރަށް ތަހުގީގު ކުރުމަށް އެ ކުއްޖާގެ ހަށިގަނޑު ދެންމެ...

06 އޯގަސްޓް

August 06, 2017 48
މެމްބަރު ސައުދުގެ މަންމަ އަވަހާރަވެއްޖެ

މިހާރު ދޫނިދޫގައި ބަންދުކޮށްފައިވާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މަންމަ މިއަދު ހެނދުނު އައިޖީއެމްއެޗުގައި އަވަހާރަވެއްޖެ އެވެ.

22 ޖުލައި

July 22, 2017 17
ލ. ގަމުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

ލ. ގަމުގެ ލިންކް ރޯޑުގައި ދެންމެ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

19 ޖުލައި

July 19, 2017 21
މަރުވި ތުއްތު ކުދިންގެ އައިބުތައް ވަރަށް ގިނަ

ވޭތުވެ ދިޔަ ދެ ހަފުތާތެރޭގައި އަށް ތުއްތު ކުއްޖަކު މަރުވެ، އޭގެ ތެރެއިން ބައެއް ކުދިން ދުވަސް ނުފުރާ ވިހާފައިވާ އިރު، އެހެން ކުދިންގެ ބޮޑެތި އައިބުތައް ހުރި ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.

11 ޖުލައި

July 11, 2017 20
ކައިރިކައިރީގައި ތުއްތު ފަސް ކުއްޖެއްގެ މަރު!

އުފަންވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ނުވެ ތުއްތު ތިން ކުއްޖަކު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ. އަދި އިއްޔެ ވެސް، އުފަންވި ގޮތަށް ތުއްތުކުއްޖަކު މަރުވެފައިވެ އެވެ. އޭގެ އިތުރުން، ބަނޑަށް ފަސް މަހުގައި ވިހޭ ކުއްޖަކު ވެސް އޭޑީކޭގައި އާދީއްތަދުވަހު މަރުވެފައިވެ އެވެ.

04 ޖުލައި

July 04, 2017 1
މަރުވާ މީހުންނަށް ޖަޕާނުގައި ހާއްސަ ހޮޓާތަކެއް

ޖަނާޒާގެ ކަންތައްތައް ނިމެންދެން ގަބުރުތައް ބަހައްޓައިދޭ ހޮޓާތަކުގެ ޑިމާންޑް ޖަޕާންގައި ވަރަށް ބޮޑަށް އިތުރު ވެއްޖެ އެވެ.

02 ޖުލައި

July 02, 2017 6
ހިންމަފުށީގަ ކާނާވިހަވެގެން ފަރުވާ ދިންމީހަކު މަރުވެއްޖެ

ކ. ހިންމަފުށީގައި ކާނާ ވިހަވެގެން މިއަދު ހެނދުނު ފަރުވާ ދިން ބަނގްލަދޭޝް މީހަކު، ފިޓު ޖެހިގެން މިރޭ މަރުވެއްޖެ އެވެ.

25 ޖޫން

June 25, 2017 1
"އޮކްސިޖަން ބަންދުވެ" ހޮސްޕިޓަލަކުން 11 މަރު

އިންޑިއާގެ އިންދޯރުގެ އެމްވައި ހޮސްޕިޓަލުގައި އޮކްސިޖަން ގުޅާފައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް އޮކްސިޖަން މެދުކެނޑުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 11 މީހުން މަރުވެއްޖެ ކަމަށް މީޑިއާއިން ބުނެފި އެވެ. މީގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެ އެވެ.

24 ޖޫން

June 24, 2017 4
އެމެރިކާގެ ހަމަލާތަކުގައި ސީރިޔާގެ 472 މީހުން މަރު

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ، އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި، ވެއަތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އާންމުންގެ 472 މީހަކު މަރުވެފައިވާ ކަމަށް، އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.

22 ޖޫން

June 22, 2017 8
ފްލެޓް އިމާރާތް ކުރަން އުޅުނު ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލޭގައި ފުލުހުންނަށް އިމާރާތް ފްލެޓުގެ މަސައްކަތް ކުރަން އުޅުނު ބިދޭސީ ފިރިހެނަކު ވެއްޓި މިއަދު މަރުވެއްޖެ އެވެ.

June 22, 2017 6
ޔާމީންގެ ގާތިލުންގެ ބަންދަށް 15 ދުވަސް

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު ޔާމީން ރަޝީދު މަރާލަން އަމަލީ ގޮތުން ބައިވެރިވި ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު...

20 ޖޫން

June 20, 2017 3
ލަންކާގައި މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައިފި

ސްރީ ލަންކާގައި މަރުވި ހަތަރު އަހަރުގެ ދިވެހި އަންހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައި، ވަގުތީ ނަތީޖާ ލިބިއްޖެ އެވެ.

19 ޖޫން

June 19, 2017 17
ނައިފަރުގައި މާބަނޑު މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ޅ. ނައިފަރުގައި މާބަނޑު މީހަކު ކުއްލި ގޮތަކަށް އިއްޔެ މަރުވެއްޖެ އެވެ.

17 ޖޫން

June 17, 2017 2
ޕްރޮސެކިއުޓާ ޖެނެރަލް އަވަހާރަކޮށްލި މީހުންނަށް މަރުގެ އަދަބު

ގާހިރާ (ޖޫން 17) - މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހިޝާމް ބަރަކާތު އަވަހާރަކޮށްލުމުގެ ކުށުގައި 30 މީހެއްގެ މައްޗަށް ގާހިރާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.

June 17, 2017
ވަނުއާޓޫގެ ރައީސް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ޕޯޓް ވިލާ (ޖޫން 17) - ވަނުއާޓޫގެ ރައީސް ބޯލްޑްވިން ލޯންސްޑޭލް ވަރަށް ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.