08 ޖުލައި

July 08, 2018
އައިއެސްގެ އަށް މީހުން އީރާނުން ދަންޖައްސައިފި

ތެހެރާން (ޖުލައި 8) - އީރާނުގެ ޕާލަމެންޓަށާއި އާޔަތުﷲ ޚުމައިނީގެ ޒިޔާރަތަށް މިދިޔަ އަހަރު ހަމަލާ ދިން އައިއެސްގެ އަށް މީހަކު އީރާނުގައި ދަންޖައްސައިފި އެވެ.

29 ޖޫން

June 29, 2018
އައިއެސްގެ 12 މީހަކަށް އިރާގުން މަރުގެ އަދަބު ދީފި

ބަޣުދާދު (ޖޫން 29) - މަރަން ހުކުމްކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 12 މީހަކަށް އިރާގުން މަރުގެ އަދަބު މިއަދު ތަންފީޒުކޮށްފި އެވެ.

22 ޖޫން

June 22, 2018
އިންޑޮނީޝިއާގެ މުސްލިމް ލީޑަރަށް މަރުގެ ހުުކުމް އިއްވައިފި

ޖަކާޓާ (ޖޫން 22) - ޖަކާޓާގެ ސްޓާބަކްސް ކެފޭއެއްގައި 2006 ވަނަ އަހަރު ދިން ހަމަލާގައި ރޯލެއް އަދާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މުސްލިމް ލީޑަރު އަމާން އަބްދުއްރަހްމާނަށް މަރުގެ ހުކުމް މިއަދު އިއްވައިފި އެވެ.

30 އެޕްރީލް

April 30, 2018 3
އައިއެސްއާ ގުޅުނު ރަޝިޔާގެ 19 އަންހެނަކަށް މަރުގެ އަދަބު

ބަޣުދާދު (އެޕްރީލް 30) - އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުނު ރަޝިޔާގެ 19 އަންހެނަކަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމް އިއްޔެ އިއްވައިފި އެވެ.

22 އެޕްރީލް

April 22, 2018 9
ކުޑަ ކުދިން ރޭޕްކުރާ މީހުންނަަށް އިންޑިއާގައި މަރުގެ އަދަބު

ނިއު ދިއްލީ (އެޕްރީލް 22) - އިންޑިއާގައި ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.

17 އެޕްރީލް

April 17, 2018
މަރަން ހުކުމްކުރިތާ 20 އަހަރު ފަހުން ސަލާމަތްވެއްޖެ

ކަރާޗީ (އެޕްރީލް 17) - އާއިލީ މެންބަރުންތަކެއް މަރާލުމުގެ ކުށުގައި 1998 ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައިވާ ޕާކިސްތާނުގެ އަންހެނަކު 20 އަހަރު ފަހުން މިނިވަންވެއްޖެ އެވެ.

20 މާޗް

March 20, 2018 10
ޑްރަގު ޑީލަރުންނަށް މަރުގެ އަދަބު ދޭން ޓްރަމްޕް ގޮވާލައްވައިފި

ވޮޝިންޓަން (މާޗް 20) - ޑްރަގު ޑީލަރުންނަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

11 ޖެނުއަރީ

January 11, 2018 2
ގާނޫނަށް ގެނައި ބަދަލުން މަރުގެ އަދަބަށް ލުއި ލިބިއްޖެ

ތެހެރާން (ޖެނުއަރީ 11) - އީރާނުގައި ގާނޫނަށް ގެނައި ބަދަލުން ޑްރަގުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ އެތައް ހާސް ކުށްވެރިންގެ މަރުގެ އަދަބަށް ލުއި ލިބުމުގެ ފުރުސަތު ލިބިއްޖެ އެވެ.

27 ޑިސެމްބަރ

December 27, 2017
މިސްރު ސިފައިންނަށް ހަމަލާދިން ބަޔަކު ދަންޖައްސައިފި

މިސްރު ސިފައިންނަށް ހަމަލާ ދިން 15 މީހެއްގެ މައްޗަށް އަސްކަރީ ކޯޓުގައި ޝަރީއަތް ކުރުމަށް ފަހު އިއްޔެ ދަންޖައްސައި މަރައިފި އެވެ.

10 ނޮވެމްބަރ

November 10, 2017 5
ޓެކްސަސްގައި ދިން މަރުގެ އަދަބަށް މެކްސިކޯ ރަތަށް

ޓެކްސަސް (ނޮވެމްބަރު 10) - އެމެރިކާގެ ޓެކްސަސް ސްޓޭޓުގައި މެކްސިކޯ މީހަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން މެކްސިކޯ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

03 ނޮވެމްބަރ

November 03, 2017 4
ހަމަލާދިން މީހާއަށް މަރުގެ އަދަބުދޭން ޓްރަމްޕް ގޮވާލައިފި

ވޮޝިންޓަން (ނޮވެމްބަރު 3) - ނިއު ޔޯކުގައި ޓްރަކަކުން ޖައްސާ، އަށް މީހުން މަރާލި މީހާ އަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

10 އޮކްޓޯބަރ

October 10, 2017 25
މަރުގެ ހުކުމް ތަންފީޒުނުކުރެވެނީ އިޖުރާއަތުތައް ނުނިމޭތީ

މިދިޔަ މަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ލަސްވަނީ ގާނޫނީ ގޮތުން ބައެއް އިޖުރާއަތުތައް ފުރިހަމަ ނުވެގެން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

21 ސެޕްޓެމްބަރ

September 21, 2017 19
ހަތް އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ އާއްމުން ތެރޭ ދަންޖައްސައިފި

ތެހެރާން (ސެޕްޓެމްބަރު 21) - އީރާނުގެ ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ކުށުގައި 42 އަހަރުގެ ފިރިހެނަކު އާއްމުންގެ ތެރޭގައި އިއްޔެ ދަންޖައްސައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2017 2
މުމްބާއީގައި ބޮންގޮއްވި ބައެއް މީހުންނަށް މަރުގެ ހުކުމް

މުމްބާއީ (ސެޕްޓެމްބަރު 8) - މުމްބާއީގައި 1993 ވަނަ އަހަރު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި ކުށްވެރިވި ދެ މީހަކަށް އިންޑިއާގެ ކޯޓަކުން މަރުގެ ހުކުމް ބުރާސްފަތި ދުވަހު އިއްވައިފި އެވެ.

23 އޯގަސްޓް

August 23, 2017 5
ޑީއެންއޭގެ އާ ހެއްކާ އެކު މަރުގެ އަދަބު ފަހު ވަގުތު މަޑުޖައްސާލައިފި

މިސޫރީ (އޮގަސްޓް 23) - އެމެރިކާގެ މިސޫރީ ސްޓޭޓުގައި މީހަކު މެރި މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒް ކުރުން އެންމެ ފަހު ގަޑީގައި މަޑުޖައްސާލައިފި އެވެ.

20 އޯގަސްޓް

August 20, 2017 3
ހަސީނާ އަވަހާރަކޮށްލަން އުޅުނު މީހުންނަށް މަރުގެ އަދަބު

ޑާކާ (އޮގަސްޓް 20) - ބަންގްލަދޭޝްގެ މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން 2000 ވަނަ އަހަރުގެ ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ ކުށުގައި 10 މީހެއްގެ މައްޗަށް މަރުގެ ހުކުމް ޚާއްސަ ޓްރައިބިއުނަލަކުން މިއަދު އިއްވައިފި އެވެ.

10 އޯގަސްޓް

August 10, 2017 5
ޝުހާދުގެ ގާތިލް ފަރީދު މަރަން ކުރި ހުކުމް ރަނގަޅު

ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލިކަން ސާބިތުވެ ހަސަން ފަރީދު މެރުމަށް ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

09 އޯގަސްޓް

August 09, 2017
އައިއެސްގެ ގަތުލްއާއްމުގައި ބައިވެރިވި 27 މީހަކަށް މަރު

ބަޣުދާދު (އޮގަސްޓް 9) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ޖޫން 2014 ގައި ހިންގި ގަތުލްއާއްމުގައި ބައިވެރިވި މީހުންގެ ތެރޭން 27 މީހަކަށް މަރުގެ އަދަބު ދޭން ހުކުމް ކޮށްފި އެވެ.

06 އޯގަސްޓް

August 06, 2017 71
އަންނަ މަހު މަރުގެހުކުމް ތަންފީޒުކުރަން ތައްޔާރުވަނީ

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭ ވަރަށް އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

04 އޯގަސްޓް

August 04, 2017 143
މަރުގެ ހުކުމް ތަންފީޒުކުމަކީ ބޮޑު ގޯހެއް: އދ

ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ އެނިސް ކަލަމާޑް އިއްޔެ ވިދާޅުވެއްޖެ އެވެ.