04 އޯގަސްޓް

August 04, 2017 143
މަރުގެ ހުކުމް ތަންފީޒުކުމަކީ ބޮޑު ގޯހެއް: އދ

ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ އެނިސް ކަލަމާޑް އިއްޔެ ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2017 66
ދުވަސްކޮޅެއްގެ ތެރޭގައި މަރުގެ އަދަބު ދޭން ފަށާނެ

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

21 ޖުލައި

July 21, 2017 38
ހުމާމްގެ މައްސަލަ ބަލަމުންދަނިކޮށް މަރާލައިގެންނުވާނެ

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް...

July 21, 2017 13
މަރުގެ ހުކުމްތައް އަލުން ދިރާސާ ކުރަން ގޮވާލައިފި

މީހުން މެރުމުގެ ކުށް ސާބިތުވެގެން ސުޕްރީމް ކޯޓުން ހަތަރު މީހަކު މެރުމަށް އިއްވާފައިވާ ހުކުމްތައް އަލުން ދިރާސާ ކުރުމަށް އިނގިރޭސިި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮންޓެމްޕަރަރީ...

19 ޖުލައި

July 19, 2017 29
"މަރުގެ އަދަބު ދޭން ފެށޭނެ ދުވަހެއް އަދި ނޭނގޭ"

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ތައްޔާރީތައް އަދިވެސް ވަމުން އަންނަ ކަމަށާއި އެކަމަކު އެކަން ކުރެވޭނެ ދުވަހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

16 މެއި

May 16, 2017 1
އިންޑިއާގެ ޖާސޫސް ޕާކިސްތާނުން މެރުން ކޯޓުން ހުއްޓުވައިފި

ނިއު ދިއްލީ (މެއި 16) - އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވް "ޖާސޫސް" ކުރި ކަމަށް ބުނެ ޕާކިސްތާނުން އޭނާ އަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހުއްޓުވައިފި އެވެ.

05 މެއި

May 05, 2017 1
އަންހެން ކުއްޖާގެ ގާތިލުންގެ މަރުގެ އަދަބު ދަމަހައްޓައިފި

ދިއްލީ (މެއި 5) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮލެޖް ދަރިވަރަކު ރޭޕްކޮށް މަރާލި ހަތަރު މީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

30 އެޕްރީލް

April 30, 2017 4
މަރުގެ އަދަބު ދިން މީހެއްގެ ޕޯސްޓްމޯޓަމް ހަދަން އަންގައިފި

އާކަންސާ (އެޕްރީލް 30) - އެމެރިކާގެ އާކަންސާ ސްޓޭޓުގައި އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިން މީހެއްގެ ޕޯސްޓް-މޯޓަމް ހަދަން ފަނޑިޔާރަކު އަންގައިފި އެވެ.

29 އެޕްރީލް

April 29, 2017 12
ހަފުތާއެއްގެ ތެރޭ އެމެރިކާގައި 4 މީހުންނަށް މަރުގެ އަދަބު

އާކަންސާ (އެޕްރީލް 29) - އެމެރިކާގެ އާކަންސާ ސްޓޭޓުގައި ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހު ތެރޭ ހަތަރު މީހުންނަށް މަރުގެ އަދަބު ދީފި އެވެ.

25 އެޕްރީލް

April 25, 2017 22
މަރުގެ އަދަބުގެ ކުރިން މިނިވަން ކުރަންވީ ޝަރުއީ ދާއިރާ

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ހުއްޓާލުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ރޭ ވިދާޅުވެއްޖެ އެވެ.

21 އެޕްރީލް

April 21, 2017 6
އާކަންސަސްގައި 12 އަހަރު ތެރޭ އަލަށް މަރުގެ އަދަބު ދީފި

އާކަންސަސް (އެޕްރީލް 21) - އެމެރިކާގެ އާކަންސަސް ސްޓޭޓުގައި 12 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މަރުގެ އަދަބު ދީފި އެވެ.

13 އެޕްރީލް

April 13, 2017 4
ސަފީރު ޒަޚަމްކޮށްލި ހަމަލާ ދިން މީހާ ދަންޖައްސައިފި

ޑާކާ (އެޕްރީލް 13) - އިނގިރޭސި ސަފީރު ޒަޚަމްވި އަތު ބޮމުގެ ހަމަލާ ދިން ބަންގްލަދޭޝްގެ އިސްލާމީ ހަނގުރާމަވެރިޔާ އިއްޔެ ދަންޖައްސައިފި އެވެ.

11 އެޕްރީލް

April 11, 2017
އިންޑިއާގެ "ޖާސޫސަކަށް" ޕާކިސްތާނުގައި މަރުގެ ހުކުމް

ނިއު ދިއްލީ (އެޕްރީލް 11) - އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވް "ޖާސޫސް" ކުރި ކަމަށް ބުނެ ޕާކިސްތާނުން އޭނާ އަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭނާ ސަލާމަތް ކުރަން ކުރެވުން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

04 އެޕްރީލް

April 04, 2017 13
މިރުޒާގެ ދެ ގާތިލުން މަރަން ހުކުމް ކޮށްފި

ވިލިމާލޭގައި މީގެ ހަ އަހަރު ކުރިން ގްރޫޕަކުން ހަމަލާދީ އަހުމަދު މިރުޒާ އިބްރާހިމް މަރާލުމުގައި ބައިވެރިވި ދެ މީހަކު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

08 ފެބުރުއަރީ

February 08, 2017 30
މަރުގެ ހުކުމް ތަންފީޒު ކުރާނެ އިތުރު ތަނެއް ހަދަނީ

ކ. މާފުށީގެ އިތުރުން، އެހެން ތަނެއްގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރާނެ ތަނެއް ހަދަން ވިސްނާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

16 ޖެނުއަރީ

January 16, 2017 1
އަހަރުތަކަކަށް ފަހު ބަހުރެއިންގައި މަރުގެ ހުކުމް ތަންފީޒުކޮށްފި

ބަހުރެއިންގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ އަހަރުތަކެއް ފަހުން ތިން މީހެއްގެ މައްޗަށް އިއްޔެ މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

12 ޖެނުއަރީ

January 12, 2017
ވިސާމް މެރުމަށް ކުރި ހުކުމް އިސްތިއުނާފްކޮށްފި

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މަރައިލި، ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި މުހައްމަދު ވިސާމްގެ މެރުމަށް ކުރި ހުކުމް އޭނާގެ ފަރާތުން ހަައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

08 ޑިސެމްބަރ

December 08, 2016 19
ނުހައްގުން ބަޔަކު މަރާކަށް ނޫޅެން: އަޒްލީން

ސަރުކާރުން އެއްވެސް މީހަކު ނުހައްގުން މަރަން ނޫޅޭ ކަމަށާއި މަރުގެ އަދަބު ދިނުމުގެ ކަންކަން ބާރަށް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2016 1
އީރާނަށް ޖާސޫސްކުރި 15 މީހުން މަރަން ހުކުމްކޮށްފި

ރިޔާޒް (ޑިސެމްބަރު 6) - އީރާނަށް ޖާސޫސްކޮށް ދިންކަމުގެ ކުށުގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ސައުދީ އަރަބިއާގެ ކޯޓަކުން މިއަދު އިއްވައިފި އެވެ.

02 ޑިސެމްބަރ

December 02, 2016 3
މެރިތާ 21 އަހަރު ފަހުން ކުށްނުކުރާ ކަމަށް ނިންމައިފި

ބެއިޖިން (ޑިސެމްބަރު 2) - ކުށްކުރި ކަމަށް ބުނެ މީގެ 21 އަހަރު ކުރިން މަރުގެ އަދަބު ދިން މީހަކު ކުށްވެރި ނުވާ ކަމަށް ޗައިނާގެ ސްޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

29 ނޮވެމްބަރ

November 29, 2016 3
މުހީތުގެ ދެ ގާތިލުން މަރަން ހައި ކޯޓުން ތާއީދުކޮށްފި

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު ހަތިޔާރުން ހަމަލާދީ މަރައިލި ގ. ވޭރު އަބްދުލް މުހީތު (ބޮބީ)ގެ މަރުގެ މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.