04 ސެޕްޓެމްބަރ

September 04, 2016 10
ބަންގްލަދޭޝްގެ އިސްލާމީ ޕާޓީގެ ލީޑަރު ދަންޖައްސައިފި

ޑާކާ (ސެޕްޓެމްބަރު 4) - ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ އަށް ޚަރަދުކުރާ ލީޑަރުގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްފި އެވެ. ބަންގްލަދޭޝްގެ މިނިވަން ކަމަށް 1971 ވަނަ އަހަރު ކުރި ހަނގުރާމައިގައި މީހުން މެރިކަމުގެ ކުށުގައި އުމުރުން 63 އަހަރުގެ މީރު ގައުސަމް އަލީ މަރަން މީގެ ދެ އަހަރު ކުރިން ހުކުމް ކުރީ އެ ގައުމުގެ...

31 އޯގަސްޓް

August 31, 2016 4
އުތުރު ކޮރެއާ އިން ވަނީ އިސް ވަޒީރަކު މަރާލައިފައި

ސޯލް (އޮގަސްޓް 31) - އުތުރު ކޮރެއާގެ ވަރަށް އިސް ވަޒީރަކު އެ ގައުމުން މިދިޔަ މަހު މަރާލާފައިވާ ކަމަށް ދެކުނު ކޮރެއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

30 އޯގަސްޓް

August 30, 2016 1
އިސްލާމީ ލީޑަރުގެ މަރުގެ ހުކުމަށް މަތީ ކޯޓުން ތާއީދު

ޑާކާ (އޮގަސްޓް 30) - ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ އަށް ޚަރަދުކުރާ ލީޑަރު މަރަންކޮށްފައިވާ ހުކުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

22 އޯގަސްޓް

August 22, 2016 2
ގަތުލްއާއްމު ހިންގި އައިއެސްގެ 36 މީހަކު ދަންޖައްސައިފި

ބަޣުދާދު (އޮގަސްޓް 21) - އެމެރިކާގެ ކުރީގެ އަސްކަރީ މަރުކަޒެއްގައި ސިފައިންގެ ރެކްރޫޓުންގެ 1،700 މީހުން މެރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ 36 މީހަކު އިރާގުން ދަންޖައްސައިފި އެވެ.

10 އޯގަސްޓް

August 10, 2016 7
މަރަން ހުކުމްކުރި އީރާނުގެ ބިލިއަނަރުގެ މުދާތައް ނީލަން ކިޔަނީ

ތެހެރާން (އޮގަސްޓް 10) - ކޮރަޕްޝަނުގެ ކުށުގައި މަރަން ހުކުމްކޮށްފައި ހުރި އީރާނުގެ ބިލިއަނަރު ބަބާކު ޒަންޖާނީގެ މުދާތައް ނީލަން ކިޔަން އީރާނުން ނިންމައިފި އެވެ.

09 އޯގަސްޓް

August 09, 2016 11
މަރާ ގުޅޭ ފަހު ބަސް ޖުޑިޝަރީ އަށް ނުބުނެވޭނެ: އދ.

ދިރިހުރުމާއި މަރާ ގުޅިފައިވާ ކަންކަމުގައި ފަހު ބަސް ބުނުމުގެ ފުރުސަތު ރާއްޖެ ފަދަ އިންސާފުން އެއްކިބާވެ، ސިޔާސީ ވެފައިވާ ޝަރުއީ ދާއިރާއަަކަށް ދީގެން ނުވާނެ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.

25 ޖުލައި

July 25, 2016 46
މަރުގެ އަދަބު ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި

މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ އަމުރުކޮށްފި އެވެ.

24 ޖުލައި

July 24, 2016 4
މަރުގެ އަދަބުގެ ގަވާއިދު އޮތީ ރަނގަޅަށް: އޭޖީ

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ އެއްވެސް މާއްދާއެއް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ދައުލަތުން ހައި ކޯޓުން މިއަދު ބުނެފި އެވެ.

July 24, 2016 17
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި

މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދާ ގުޅޭ ގޮތުން ހައި ކޯޓުން ބަލަމުންދާ މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

July 24, 2016 67
މައުމޫންގެ ކޮލަމް: މަރުގެ ހުކުމް ތަންފީޒުކުރުން

އިސްލާމީ ޝަރީޢަތުގައި ނަފްސުގެ ޤިޞާސް ނުވަތަ މަރަށް މަރުހިފުމުގެ ޙުކުމް އޮންނަ ގޮތަކާ މެދު ވަރަށް ގިނަ ބޭފުޅުން އަޅުގަނޑާ ސުވާލުކުރައްވަމުން ގެންދަވަ އެވެ. އެހެންކަމުން،...

18 ޖުލައި

July 18, 2016 1
ތުރުކީގައި އަލުން މަރުގެ އަދަބު ދިނުމަށް ވިސްނަނީ

އަންކާރާ (ޖުލައި 17) - ސަރުކާރު ވައްޓާލަން ކުރި ނާކާމިޔާބު ބަޣާވާތަށް ފަހު ތުރުކީގައި އަލުން މަރުގެ އަދަބު ދޭން ފަށަން ވިސްނަވާ ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

13 ޖުލައި

July 13, 2016 6
މަރުގެ އަދަބު ދޭން އުޅޭ ގޮތް ކަމަކުނުދޭ: އިއްތިހާދު

ސަރުކާރުން މަސައްކަތް ކުރަނީ ނަހަމަ ގޮތުގައި ގާނޫނު ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒު ކުރަން ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން އެކަމާ މެދު މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

July 13, 2016 49
"ހުމާމް ނުމަރަން އދ. އިން ނާންގާ، ފޮނުވީ ނޯޓެއް"

މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދު މެރުމާ ގުޅޭ ގޮތުން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އދ. އިން ރާއްޖެ އަށް އަމުރުކޮށްފައި ނުވާ ކަމަށް...

12 ޖުލައި

July 12, 2016 22
ޝަރީއަތް ބޭއިންސާފު، އެކަކު ވެސް ނުމަރާތި: އެމްނެސްޓީ

ޝަރީއަތުގެ އިންސާފުވެރިކަން ކަށަވަރު ނުކޮށް މަރުގެ އަދަބު ތަންފީޒުކުރުމަކީ ޣައިރު ގާނޫނީ ގޮތުން މީހަކު މެރުން ކަމަށް ބުނެ، މަރުގެ އަދަބު ދޭން ކުރާ މަސައްކަތް ހުއްޓާލަން އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ރާއްޖެ އަށް ގޮވާލައިފި އެވެ.

11 ޖުލައި

July 11, 2016 46
މަރުގެ އަދަބާ ދެކޮޅަށް އީޔޫން ދިވެހި އެމްބަސީ އަށް!

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ އިއްތިހާދާ ގުޅުން އޮތް އަށް ގައުމަކުން ރާއްޖެ އަށް މިއަދު ރަސްމީކޮށް އަންގައިފި އެވެ.

07 ޖުލައި

July 07, 2016 41
މަރުގެ އަދަބު: ދެކޮޅު އަޑުތަކާއި ނޭނގޭ ކަންކަން

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ކޯޓުތަކުގެ މަރުހަލާ މިހާރު އެވަނީ ނިމިފަ އެވެ. ދެން އޮތީ އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކެވެ. ރާއްޖޭގައި 60 އަހަރަށް ފަހު އަލުން މަރުގެ އަދަބު ދޭން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ....

06 ޖުލައި

July 06, 2016 85
ހުމާމް މެރުން އިސްލާމީ ޝަރީއަތާ ހިލާފު: ތޯރިގު ރަމަޟާން

މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދު މެރުމަކީ އިސްލާމީ ޝަރީއަތުގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ތޯރިގު ރަމަޟާން ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އިއްޔެ އެދިވަޑައިގެންފި އެވެ.

05 ޖުލައި

July 05, 2016 32
އިސްތިއުފާ ދިނީ މަރުގެ އަދަބާ މެދު ހިޔާލު ތަފާތުވެގެން

ފޮރިން މިނިސްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވީ މަރުގެ އަދަބު ތަންފީޒުކުރަން ފެށުމާ މެދު ސަރުކާރާ ހިޔާލުތަފާތުވެގެން ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

02 ޖުލައި

July 02, 2016 20
ޝަރީއަތް އިންސާފުވެރިއެއް ނޫން، ހުމާމް ނުމަރާތި: އދ

ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ، ހުސެން ހުމާމުގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށާއި އެހެންވެ އޭނާގެ މައްޗަށް އެ ހުކުމް މި ވަގުތު ތަންފީޒު ނުކުރުމަށް އދ. އިން ސަރުކާރަށް ގޮވާލައިފި އެވެ.

01 ޖުލައި

July 01, 2016 10
މަރުގެ ހުކުމް ތަންފީޒު ނުކުރަން އީޔޫ އިން ގޮވާލައިފި

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ނުގެނައުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.

30 ޖޫން

June 30, 2016 3
މަރުގެ އަދަބު ދިނުމުގެ އިޖްރައާތު ބާތިލްކުރަން ކޯޓަށް

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ އިޖްރައާތު ބަޔާންކުރާ މާއްދާތައް ބާތިލްކުރަން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

29 ޖޫން

June 29, 2016 34
ދަން ޖައްސައިގެން މަރުގެ އަދަބު ދެވޭ ގޮތް ހަދައިފި

ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރެވޭ ގޮތަށް މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.

27 ޖޫން

June 27, 2016 24
ހުމާމް މެރުން ހުއްޓުވަން މަޖިލީހުގެ ކޮމިޓީ އަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި ހުސެން ހުމާމަށް ހިންގި ޝަރީއަތުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އޭނާ މެރުން ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.