02 ޖުލައި

July 02, 2016 20
ޝަރީއަތް އިންސާފުވެރިއެއް ނޫން، ހުމާމް ނުމަރާތި: އދ

ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ، ހުސެން ހުމާމުގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށާއި އެހެންވެ އޭނާގެ މައްޗަށް އެ ހުކުމް މި ވަގުތު ތަންފީޒު ނުކުރުމަށް އދ. އިން ސަރުކާރަށް ގޮވާލައިފި އެވެ.

01 ޖުލައި

July 01, 2016 10
މަރުގެ ހުކުމް ތަންފީޒު ނުކުރަން އީޔޫ އިން ގޮވާލައިފި

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ނުގެނައުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.

30 ޖޫން

June 30, 2016 3
މަރުގެ އަދަބު ދިނުމުގެ އިޖްރައާތު ބާތިލްކުރަން ކޯޓަށް

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ އިޖްރައާތު ބަޔާންކުރާ މާއްދާތައް ބާތިލްކުރަން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

29 ޖޫން

June 29, 2016 34
ދަން ޖައްސައިގެން މަރުގެ އަދަބު ދެވޭ ގޮތް ހަދައިފި

ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރެވޭ ގޮތަށް މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.

27 ޖޫން

June 27, 2016 24
ހުމާމް މެރުން ހުއްޓުވަން މަޖިލީހުގެ ކޮމިޓީ އަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި ހުސެން ހުމާމަށް ހިންގި ޝަރީއަތުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އޭނާ މެރުން ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

24 ޖޫން

June 24, 2016 56
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ މި އެވެ؛ ހުސެއިން ހުމާމަށް މަރުގެ އަދަބު ދީފިއްޔާ ޑރ. އަފްރާޝީމް އަލީގެ ގާތިލަށް ނުވަތަ ގާތިލުންްނަށް މަރުގެ އަދަބު ދެވުނީ ހެއްޔެވެ؟

June 24, 2016 39
ހުމާމް މަރަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް...

23 ޖޫން

June 23, 2016 36
ހުމާމް މަރާކަށް އަދި ބޭނުމެއްނޫން: ވާރިސުން

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހުސެއިން ހުމާމްގެ މައްޗަށް އަދި އެ ހުކުމް ތަންފީޒުކުރަން ބޭނުން ނުވާ ކަމަށް ބުނެ އަފްރާޝީމްގެ ވާރިސުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.

22 ޖޫން

June 22, 2016 3
ނަބީލް މަރަން ކުރި ހުކުމުގެ އަޑުއެހުން ނިމިއްޖެ

މަޖިީދީ މަގުގައި ހިންގި މާރާމާރީއެއްގައި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލިކަން ސާބިތުވެގެން މަރަން ހުކުމްކޮށްފައިވާ ގ. ރީފް މުހައްމަދު ނަބީލްގެ އިސްތިއުނާފްގެ އެންމެ ފަހު...

June 22, 2016 8
ހުމާމްގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮތީ ހުކުމް

ޑރ. އަފްރާޝީމް އަލީ މަރައިލި މައްސަލައިގައި ހުސައިން ހުމާމް މެރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު...

20 ޖޫން

June 20, 2016 24
ހުމާމަށް އެއްވެސް މަޖުބޫރީ ހާލަތެއް ނެތް: ދައުލަތް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށުގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމަށް، އޭނާ ނުކުރާ ކަމެއް ކުރި ކަމަށް ބުނެ ކުށަކަށް އިއުތިރާފްވާންޖެހޭ ފަދަ މަޖުބޫރީ ހާލަތެއް މެދުވެރިވެފައި ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

14 ޖޫން

June 14, 2016 15
ނަޖީބް މަރާލީ މުއްރަތު ކަމާ މެދު ޝައްކު: ވަކީލް

ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ އަހުމަދު މުއްރަތަކީ ނަޖީބްގެ ހަގީގީ ގާތިލް ކަމާ މެދު ޝައްކުތަކެއް އެބަހުރި ކަމަށް އޭނާގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

13 ޖޫން

June 13, 2016 7
ހުމާމް އެއްބަސްވީ ބިރު ދެއްކުމުން، އޭގެ ހެއްކެއް ނެތް

ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އެކަމަށް ކޯޓުގައި އެއްބަސްވީ މަޖުބޫރު ކޮށްގެން ކަމަށާއި އެކަމަކު އެކަން ސާބިތު ކޮށްދެވޭނެ ހެއްކެއް ނެތް ކަމަށް ހުމާމްގެ ވަކީލު ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

09 ޖޫން

June 09, 2016 8
ނަބީލަށް މަރުގެ ހުކުމް އިއްވީ ގޯސް ހެއްކަށް ބިނާކޮށް

ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލު މަރަން ދަށު ކޯޓާއި ހައި ކޯޓުން ހުކުމްކޮށްފައިވަނީ ގާނޫނާ ޚިލާފް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ވަކީލު އަލީ ޝާހު ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

05 ޖޫން

June 05, 2016 23
މީހުން މަރާތަން ބަލާކަށް ނުތިބޭނަން: ރައީސް

ބޮޑެތި ކުށްތަކަށް އަރައިގަނެ އެކަކު އަނެކުގެ ފުރާނަ ދުއްވާލާތަން ބައްލަވަން ނުހުންނަވާނެ ކަމަށާއި ކުށްތަކަށް އަރައިގަންނަ މީހުން އެކަން ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

31 މެއި

May 31, 2016 1
ހަމާސް އިން ފަލަސްތީނުގެ ތިން މީހަކަށް މަރުގެ އަދަބު ދީފި

ގުދުސް (މެއި 31) - މަރުގެ ކުށް ސާބިތުވި ފަލަސްތީނުގެ ތިން މީހެއްގެ މައްޗަށް ހަމާސް އިން ގާޒާ ސްޓްރިޕްގައި މަރުގެ އަދަބު މިއަދު ތަންފީޒު ކޮށްފި އެވެ.

26 މެއި

May 26, 2016 2
ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދެނީ

ޖަކާޓާ (މެއި 26) - ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް ދޭ އަދަބު ހަރުކަށިކޮށް މަރުގެ އަދަބު ދޭ ގޮތަށް އިންޑޮނީޝިއާ އިން ނިންމައިފި އެވެ.

25 މެއި

May 25, 2016
މަރުގެ ހުކުމް އައި ކުއްޖާ މުހީތު މަރާލަން ބައިވެރިވި

ގ. ވޭރު އަބްދުލްމުހީތު (ބޮބީ) މަރާލިކަން ސާބިތުވެ ދަށު ކޯޓުން މަރަން ހުކުމްކޮށްފައިވާ އެއް ކުއްޖަކީ އެ މަރުގެ ޒިންމާ އުފުލަންޖެހޭ ކުއްޖާ ކަމަށާއި އޭނާ އެކަމުގައި ބައިވެރިވިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

08 މެއި

May 08, 2016
ފަރިޔާޒް މެރުމަށް ހަތް އަހަރު ކުރިން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

މީގެ ހަތް އަހަރު ކުރިން ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި މީހަކު މަރައިލި މައްސަލާގައި ފަރިޔާޒް އަހުމަދު މެރުމަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

May 08, 2016
ނަޖީބުގެ ގާތިލް ހަނާ މެރުމަށް ކުރި ހުކުމު ރަނގަޅު: ހައި ކޯޓު

ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރައިލި މައްސަލައިގައި ކުށް ސާބިތުވެފައިވާ ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.