12 ޖުލައި

July 12, 2019 15
މި ފަހުން ސިފައިން އެންމެ ސިޔާސީވީ ޔާމީން ވެރިކަމުގައި

މި ފަހުގެ ތާރީޚެއްގައި އަސްކަރިއްޔާ އަށް ސިޔާސީ ނުފޫޒު އެންމެ ބޮޑަށް ވަދެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް، އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2018 27
އާރަށުގައި ރައީސަށް އިމާރާތެއް ހެދީ ސީއެސްއާރްގެ ދަށުން

ރައީސް އަބްދުﷲ ޔާމީން، ހަފުތާ ބަންދާއި ޗުއްޓީ ދުވަސްތަކުގައި ދިރިއުޅުއްވަން އާރަށުގައި ސިފައިން އިމާރާތެއް ހެދީ ސީއެސްއާރްގެ ދަށުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

04 ނޮވެމްބަރ

November 04, 2018 28
ކުއްލި ހާލަތުގައި ރާއްޖެޓީވީ ހުއްޓުވާލަން ސިޓީ ފޮނުވި!

ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓު ހުކުމާ އެކު ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ރާއްޖެ ޓީވީ ހުއްޓުވާލަން ބްރޯޑްކާސްޓިން ކޮމިޝަނުން، ޑިފެންސް މިނިސްޓްރީ އަށް ރަސްމީ ސިޓީއެއް ފޮނުވިކަން ހާމަވެއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2018 8
ބަންޑާރަ ކޮށީގައި ހެދި 9 ބުރީގެ އިމާރާތް ހުޅުވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި އިމާރާތް ކުރި ނުވަ ބުރީގެ އިމާރާތް މިއަދު ހުޅުވައިފި އެވެ.

15 އޮކްޓޯބަރ

October 15, 2018 11
ސިފައިންގެ ވެލްފެއާ ކުންފުނި އެސްއީކޭގެ ނަމަށް

ސިފައިންގެ ވެލްފެެއާގެ ކަންތައްތައް ބެލެހެއްޓުމަށް "ސިފައިންގެ އެކުވެރި ކުންފުނި" (އެސްއީކޭ) ގެ ނަމުގައި ރައީސްގެ ގަރާރަކުން އައު ކުންފުންޏެއް އުފައްދައިފި އެވެ.

02 އޮކްޓޯބަރ

October 02, 2018 8
ސަލާމަތީ ޚިދުމަތްތަކުގެ އެއްބާރުލުން ލިބޭނެ: މާރިޔާ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސަލާމަތީ ޚިދުމަތްތަކުން މިއަދުވެސް ދީފައިވާ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

28 އޯގަސްޓް

August 28, 2018 27
އިންތިޚާބަށް ބޭރުގެ ބާރުތަކުގެ ނުފޫޒަށް މަސައްކަތް ކުރޭ

އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

13 އޯގަސްޓް

August 13, 2018 24
ދީނީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ

ދިވެހިންނަކީ ސުލްހަ އަށް ލޯބިކުރާ ބަޔަކަށް ވިޔަސް މިހާރު ރާއްޖެ އަށް ފެތުރެމުން އަންނަ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކާ ދެކޮޅަށް، އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ވެސް މި ކަމުގައި ހަރަކާތްތެރި ވާން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2018 56
ޑިފެންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން އެދެފި

ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ފޭސްބުކްގައި ލިޔުއްވީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ޑިފެންސް މިނިސްޓަރު ހާޒިރުކޮށްދޭން މިއަދު އެދިއްޖެ އެވެ.

26 އެޕްރީލް

April 26, 2018 25
ފެބްްރުއަރީ 1ގައި ރައީސް ގެންގުޅުއްވީ ނާސިރުގެ އުކުޅު

މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތް ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުކޮށްލެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ބޭނުންކުރެއްވި އުކުޅުތަކުން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައީސް ޔާމީނަށް ރޭ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

11 މާޗް

March 11, 2018 57
ތެޔޮ ޓޭންކަރުގެ މައްސަލައަކީ ބޮޑު ރޭވުމެއް: މިނިސްޓަރު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލަ އަކީ ބަޔަކު ރާވައިގެން ހިންގި ބޮޑު ކުށެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

06 ފެބުރުއަރީ

February 06, 2018 11
ބަޔަކު ގެންނަން އުޅުނު ބަޣާވާތް ފެއިލް ކޮށްލެވިއްޖެ

ބަޔަކު ގެންނަން އުޅުނު ބަޣާވާތުގެ ހުރިހާ ކަމެއް ފެއިލް ކޮށްލެވި، ނުރައްކާތެރި ދަނޑިވަޅަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އެޅިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2017 4
ސެކިއުރިޓީ ވަރުގަދަ ކުރަން ބްރިޓިޝް އެއާވޭސް އެދުނު

އިނގިރޭސި ވިލާތުގެ ލަންޑަނުން ރާއްޖެ އަންނަ ބްރިޓިޝް އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ހުށަހެޅި ކަންތައްތައް ފުރިހަމަ ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2017 7
"ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ"

ޓެރަރިޒަމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލްވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ...

November 07, 2017 7
ރޮހިންޖާފަންޑަށް ލިބުނު އެހީ ހަފުތާއެއް ތެރޭ ފޮނުވަނީ

ރޮހިންޖާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަނގްލަދޭޝްގެ ރެޑްކްރެސެންޓާ ހަވާލު ކުރާނެ...

02 ނޮވެމްބަރ

November 02, 2017 15
ހައްދުފަހަނައެޅުމާ ދެކޮޅަށް ގައުމީ ޕްލޭނެއް ނެރެފި

ހައްދުފަހަނައެޅުމާއި ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރަން އެކުލަވާލި ގައުމީ ޕްލޭން މިއަދު ނެރެފި އެވެ.

29 އޮކްޓޯބަރ

October 29, 2017 15
ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ބޮޑުވޭ: މިނިސްޓަރު

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު ރާއްޖެ އަށް ތަފާތު ހާދިސާތައް ދިމާވުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

04 އޯގަސްޓް

August 04, 2017 20
ވަކިވަކި ސިފައިންނާއި ފުލުހުންގެ މައްޗަށް ދައުވާކުރުން

އެމްއެންޑީއެފްގެ ވެރިންގެ އަމުރަށް ސިފައިން އަމަލުކުރަމުން ދިއުމުގައި ވަކިވަކި ސިފައިން ކުރާ ކަންކަމުގެ ޒިންމާ ވަކިވަކި ސިފައިން އުފުލަން ޖެހޭނެ ހެއްޔެވެ؟ ނުވަތަ އެފަދަ ކަންކަމުގެ ޒިއްމާ އުފުލަން ޖެހޭނީ ސިފައިންގެ މުއައްސަސާއިން ހެއްޔެވެ؟ މި ސުވާލާ ބެހޭ ގޮތުން އެކިއެކި ފަރާތްތަކުން އެކި ގޮތަށް ޚިޔާލު ފާޅުކުރަމުން އެބަ...

22 މާޗް

March 22, 2017 59
ވޯޓުނުލާ ގޮތަށް ހަދަން ސިފައިން ތާއީދުކުރޭ: މިނިސްޓަރު

އިިންތިޚާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހުކުރަން ސިފައިން ތާއީދުކުރާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2017 41
ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މި އަހަރު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2017 5
ތެލުގެ ވިޔަފާރިކުރާ ތަންތަނުން ނުރައްކާ ބޮޑުވެދާނެ

ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ތެލުގެ ވިޔަފާރި ކުރާ ތަންތަނަކީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ނޫން ކަމަށާއި އެ ތަންތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.