06 ނޮވެމްބަރ

November 06, 2018 5
މާޒިޔާ އިން ފަހު ވަގުތާ ހަމައަށް ހިތްވަރުކުރާނެ: ކޯޗު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ޓީސީ ސްޕޯޓްސް ކްލަބް ފަސް ޕޮއިންޓުގެ ލީޑަކާ އެކު އޮތް ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ލީގު ހޯދަން މާޒިޔާ ހިތްވަރުކުރާނެ ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

31 އޮކްޓޯބަރ

October 31, 2018 2
ފޯކައިދޫ އަތުން މޮޅުވެ ޓީސީން އަލުން ލީޑުފުޅާކޮށްފި

މުހައްމަދު ސާމިރުގެ ހެޓްރިކާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫ އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި އަލުން ލީޑުފުޅާކޮށްފި އެވެ.

30 އޮކްޓޯބަރ

October 30, 2018 11
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ 3-1 އިން ބަލިކޮށް ނިއު ރޭޑިއަންޓަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

October 30, 2018 3
މާޒިޔާ މޮޅުވެ، ޓީސީއާ ގާތަށް ޖެހިލައިފި

ކެޕްޓަން އަސަދުﷲ އަބްދުﷲގެ ހެޓްރިކާ އެކު ފ. ނިލަންދޫ 6-1 އިން ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޓީސީއާ ދެމެދު އޮތް ފަރަގު މާޒިޔާ އިން މިރޭ ދެ ޕޮއިންޓަށް...

29 އޮކްޓޯބަރ

October 29, 2018 2
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ)ގެ ހަތަރު ގޯލާ އެކު އެ ޓީމުން 7-0 އިން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ.

27 އޮކްޓޯބަރ

October 27, 2018 5
ފަހު ވަގުތު އީގަލްސް ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

ފަހު ވަގުތު އަހުމަދު އިމާޒް (އާއްކޮ) ޖެހި ގޯލުން ކްލަބް އީގަލްސް 1-0 އިން ބަލިކޮށް މާޒިޔާ އިން އެ ޓީމު ފަހަތަށް ޖައްސާލައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަރައިފި އެވެ.

26 އޮކްޓޯބަރ

October 26, 2018 5
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި

އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ގޯލުން 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓީސީ ސްޕޯޓްސް ކްލަބުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. މި ނަތީޖާއާ އެކު ނިއު އަށް ވަނީ ލީގު ދިފާއު ކުރުމުގެ އަމިއްލަ ބާރު ހުރިހާ ގޮތަކުން ގެއްލިފަ އެވެ.

25 އޮކްޓޯބަރ

October 25, 2018 1
ވިކްޓްރީ އާއި ފޯކައިދޫ އެއްވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވިކްޓްރީ އާއި ށ. ފޯކައިދޫ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

22 އޮކްޓޯބަރ

October 22, 2018 8
ނިއު އިން މޮޅަކާ އެކު ދެ ވަނަ ބުރު ފަށައިފި

ށ. ފޯކައިދޫ އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު މޮޅަކާ އެކު ފަށައިފި އެވެ.

October 22, 2018 5
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީޑު ދަމަހައްޓައިފި

އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަތަރު ގޯލާ އެކު ވިކްޓްރީ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ދީޑު ދަމަހައްޓައިފި އެވެ.

October 22, 2018 2
ރިޒޭ އާއި ނާއިމްގެ ހެޓްރިކާ އެކު އީގަލްސް އަށް މޮޅެއް

ފަސް މެޗުގެ ތެރޭ އަހުމަދު ރިޒުވާން (ރިޒޭ) ހެދި ހަތަރު ވަނަ ހެޓްރިކާއި ޒުވާން ފޯވާޑް އަހުމަދު ނާއިމްގެ ހެޓްރިކާ އެކު އެކު ފ. ނިލަންދޫ އަތުން 8-0 އިން މޮޅުވެ ކްލަބް އީގަލްސް ދިރާގު ދިވެހި...

21 އޮކްޓޯބަރ

October 21, 2018 1
މާޒިޔާ އިން ފަހަތުން އަރައި ގްރީން ބަލިކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ އިން ފަހަތުން އަރައި 4-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

October 21, 2018 3
"ލީޑެއްގައި އޮތަސް ދެ ވަނަ ބުރު ވަރަށް އުނދަގޫވާނެ"

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ކުރީގައި ލީޑެއްގައި އޮތް ނަމަވެސް މި ބުރު އެ ޓީމަށް ވަރަށް އުނދަގޫވާނެ ކަމަށް އެ...

19 އޮކްޓޯބަރ

October 19, 2018 6
ބޮޑު މޮޅަކާ އެކު ޓީސީން ލީޑު ދަމަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ބުރުގެ ފަހު މެޗުން މިރޭ ށ. ފޯކައިދޫ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފަ އެވެ.

18 އޮކްޓޯބަރ

October 18, 2018 1
ތިމަރަފުށި އަތުން ވިކްޓަރީ އަށް ހަނި މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ތ. ތިމަރަފުށި އަތުން 1-0 އިން ވިކްޓަރީން ހަނި މޮޅެއް ހޯދައިފި އެވެ.

17 އޮކްޓޯބަރ

October 17, 2018 6
ފަހު ވަގުތު ޕޮއިންޓް ގެއްލި ނިއު ހަތަރު ވަނައިގައި

ނިއު ރޭޑިއަންޓް މޮޅުވާން ދަނިކޮށް، ފަހު ވަގުތު ގްރީން ސްޓްރީޓްސް އިން ވައްދާލި ދެ ގޯލާ އެކު 2-2 އިން މެޗު އެއްވަރުވުމުން ނިއު ރޭޑިއަންޓަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު...

October 17, 2018 1
ބޮޑު މޮޅަކާ އެކު އީގަލްސް ފުރަތަމަ ބުރު ނިންމާލައިފި

ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ނާއިމްގެ ލަނޑުތަކާ އެކު ފ. ނިލަންދޫ އަތުން 7-2 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ކާމިޔާބުކަމާ...

16 އޮކްޓޯބަރ

October 16, 2018
ފެހެންދޫ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ބ. ފެހެންދޫ އަތުން 2-0 އިން މޮޅުވެ މާޒިޔާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

13 އޮކްޓޯބަރ

October 13, 2018 2
ހަތް ގޯލުން މޮޅުވެ ޓީސީ ލީޑުފުޅާކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ތ. ތިމަރަފުށި އަތުން 7-0 އިން ހޯދި މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

12 އޮކްޓޯބަރ

October 12, 2018 14
ނިއު އަލުން ދެ ވަނަ މަގާމަށް އަރައިފި

އަލީ ފާސިރު (ސެންޓޭ) ޕެނަލްޓީއަކުން ވައްދާލި ގޯލާ އެކު ފ. ނިލަންދޫ އަތުން 1-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަލުން އަރައިފި އެވެ.

October 12, 2018 1
ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން 4-1 އިން ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި އެވެ.

October 12, 2018 1
ފޯކައިދޫ ބަލިކޮށް މާޒިޔާ ތިން ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން ހޯދި މޮޅާ އެކު މާޒިޔާ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

08 އޮކްޓޯބަރ

October 08, 2018 8
ވިކްޓަރީ އެނބުރި އައިސް ނިއު މާޔޫސްކޮށްލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗަށް ހާޒިރުނުވެ އަދި މާލީ މައްސަލަތަކެއް ވެސް ދިމާވެފައި އޮތް ވިކްޓަރީން "އެނބުރި އައިސް" ކުޅުނު ފުރަތަމަ މެޗުން މިއަދު...

October 08, 2018 6
ލަބާންގެ މޮޅު ކުޅުމުން ގްރީން އިން ޓީސީ ބަލިކޮށްފި

އިބްރާހިމް ލަބާން ޝަރީފްގެ މޮޅު ކުޅުމާ އެކު ކްލަބް ގްރީންސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ވަރުގަދަ ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2018
ތިމަރަފުށި އަތުން މާޒިޔާ އަށް އުނދަގޫ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު ތ. ތިމަރަފުށި އަތުން 2-0 އިން މާޒިޔާ އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

06 އޮކްޓޯބަރ

October 06, 2018
އީގަލްސް ދެ ވަނަ މަގާމަށް އަރައިފި

އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާ އެކު ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫ އަތުން 5-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ތާވަލުގެ ދެ ވަނަ އަށް އަރައިފި އެވެ.

October 06, 2018
ފެހެންދޫ އަތުން ނިލަންދޫ އަށް މުހިއްމު މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ބ. ފެހެންދޫ އަތުން 3-1 އިން ހޯދި މުހިއްމު މޮޅާ އެކު ލީގުގެ ދެ ވަނަ ބުރުގެ ފުރުސަތު ފ. ނިލަންދޫ އިން ބޮޑުކޮށްފި އެވެ.

October 06, 2018 4
ޖައިލަމް: އަރަމުން އަންނަ ތަރިއެއް!

މީގެ ދެ އަހަރު ކުރިން ބީޖީ ސްޕޯޓްސް ކްލަބްގެ ޓްރަޔަލަކަށް އދ. ހަންޏާމީދޫ އަށް އުފަން އުމުރުން 16 އަހަރުގެ މުހައްމަދު ޖައިލަމް (އޮގީ) އައީ މާ ބޮޑު އުއްމީދުތަކެއް ނެތި އެވެ....

04 އޮކްޓޯބަރ

October 04, 2018 6
2020 އިން ފެށިގެން ބޭރު ކީޕަރުން ނުގެނެވޭނެ!

ދިވެހި ގޯލްކީޕަރުންނަށް ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން 2020 ވަނަ އަހަރުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖޭގެ ކްލަބްތަކަށް ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހަދަން އެފްއޭއެމުން ނިންމައިފި އެވެ.

October 04, 2018 10
ކުޅުންތެރިންގެ މުސާރަތައް ދެން ކަނޑައަޅާނީ އެފްއޭއެމުން

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ކުޅުންތެރިންގެ މުސާރަތައް ކަނޑައާޅާނީ އެފްއޭއެމުން ކަމަށާއި ކުޅުންތެރިޔަކަށް ގިވަވެގެން މަހަކު ދެވޭނީ 40،000ރ. ކަމަށް އެފްއޭއެމުން ނިންމައިފި އެވެ.

October 04, 2018 7
"އުފާކުރެވެން ނެތް، ފުޓްބޯޅައިގެ ހާލަތު މާ ދެރަ"

މާޒިޔާ އަށް މި ވަގުތު މާލީ މައްސަލަތަކެއް ނެތުމުން އެކަމާ އުފާކުރެވެން ނެތް ކަމަށާއި އެއީ އެހެން ޓީމުތައް އޮތް ހާލަތުގެ ސަބަބުން ދިވެހި ފުޓްބޯޅަ އޮތީ މާ ދެރަކޮށް ކަމަށްވާތީ ކަމަށް...

03 އޮކްޓޯބަރ

October 03, 2018
އީގަލްސް އިން ބިދޭސީ ދެ ކުޅުންތެރިން ދޫކޮށްލައިފި

މާލީ ހާލަތު ތަންނުދޭތީ ކްލަބް އީގަލްސްގެ ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ އާއި އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން ފޮނުވާލަން އެ ކްލަބުން ނިންމައިފި އެވެ.