16 ނޮވެމްބަރ

November 16, 2018
ދިރާގު ފައިބާ އާއި ޓީވީގެ ހިދުމަތް ގައްދޫއަށް!

ދިރާގު ހައިސްޕީޑް ފައިބާގެ ހިދުމަތާއި، ދިރާގު ޓީވީގެ ހިދުމަތް ގދ. ގައްދޫގައި ތައާރަފް ކޮށްފި އެވެ.

01 އޮކްޓޯބަރ

October 01, 2018 17
ދިރާގު: މިއީ ދިވެހިންގެ ކާމިޔާބު ކުންފުންޏެއް

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ދިރާގުގެ އުމުރުން މިއަދު 30 އަހަރު ފުރުނީ އެވެ. މިދިއަ 30 އަހަރު އެ ކުންފުނިން ވަނީ މުވާސަލާތީ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ދިރާގުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. ތިރީގައި އެވަނީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ދެއްވި އިންޓަވިއުގެ ހުލާސާ އެވެ.

06 ޖުލައި

July 06, 2018 57
ޝަކުވާއާހެދި ދިރާގުން އިންޓަނެޓް ސްޕީޑް މަތިކޮށްފި

ދިރާގުގެ އިންޓަނެޓްގެ ބައެއް ޕެކޭޖްތަކަށް މަހަކު ދޭ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭ އިންޓަނެޓްގެ ސްޕީޑް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަށްކުރުމުން، ކަސްޓަމަރުންގެ ޝަކުވާ ކުރާތީ ސްޕީޑް އިތުރުކޮށްފި އެވެ.

01 ޖުލައި

July 01, 2018 20
ދިރާގުން އިންޓަނެޓް ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް

ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. އޭގެ އިތުރުން މުޅިން އާ ޕެކޭޖެއް ވެސް އެ ކުންފުނިން ތައާރަފް ކޮށްފައިވެ އެވެ.

26 އެޕްރީލް

April 26, 2018
ދިރާގު ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ތިނަަދު އަށް

ދިރާގުގެ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ގދ. ތިނަދު އަށް ދޭން ފަށައިފި އެވެ.

10 އެޕްރީލް

April 10, 2018
ދިރާގު ފައިބާ އިންޓަނެޓާއި ޓީވީ ހިދުމަތް ވިލިނގިއްޔަށް

ދިރާގުން ފައިބާ އިންޓަނެޓާއި ޓީވީގެ ހިދުމަތް ގއ. ވިލިނގިލީގައި މިއަދު ތައާރަފުކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2018 4
ދިރާގަށް 234 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

ދިރާގުގެ މިދިޔަ ކުއާޓަރުގެ ފައިދާ، އޭގެ ކުރީ ކްއާޓަރަށް ވުރެ 11 ޕަސެންޓް މައްޗަށް ގޮސް، 234 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

27 ޖެނުއަރީ

January 27, 2018 8
ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ކުޅުދުއްފުޓަށް

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

13 ޑިސެމްބަރ

December 13, 2017 10
ދިރާގުން ކޭބަލާ ނުލައި ހައި ސްޕީޑް އިންޓަނެޓް ދެނީ

ކޭބަލާ ނުލައި ރައުޓަރެއް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ދިރާގުން ދޭން ފަށައިފި އެވެ.

13 ނޮވެމްބަރ

November 13, 2017 6
ދިރާގުން ފިކްސްޑް ބްރޯޑްބޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް

ރާއްޖޭގައި ގޭބިސީތަކާއި ވިޔަފާރިތަކަށް އިންޓަނެޓުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ، ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

01 އޮކްޓޯބަރ

October 01, 2017 16
ދިރާގު ދިވެހިންގެ ހިދުމަތުގައި 29 އަހަރު

މުވާސަލާތީ ދާއިރާ އިން ރާއްޖެ އަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފަ އެވެ. އެ ބަދަލުތަކުގެ އެންމެ ބޮޑު ބައިވެރިއަކީ މީގެ 29 އަހަރު ކުރިން ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ގުޅިގެން އުފެއްދި "ދިރާގު"ކަން ދިވެހިން ހަނދާން އެބަހުއްޓެވެ. އެ ކުންފުނި އުފެދުނު ފަހުން މިހާތަނަށް ރާއްޖެ އަށް މުވާސަލާތީ...

03 އޯގަސްޓް

August 03, 2017 2
އިތުރު ދެ ރަށަކަށް ދިރާގުގެ ފައިބާ ބްރޯޑްބޭންޑްދީފި

ފައިބަ ބްރޯޑްބޭންޑް އިންޓަނެޓުގެ ޚިދުމަތް އިތުރު ދެ ރަށަކަށް ދީފި އެވެ.

02 މެއި

May 02, 2017 10
ދިރާގުގެ ކަނެކްޝަނަކާއެކު މެކްބުކް ޕްރޯއެއް

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކާއެކު، ކޮންމެ ހަފުތާއެއްގައި މެކްބުކް ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

26 އެޕްރީލް

April 26, 2017 41
‎ދިރާގު ޓީވީ ހިދުމަތް ޖޯއިބޮކްސްއާ އެކު ތައާރަފުކޮށްފި

ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގު ޓީވީގެ ހިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް މިއަދު ދޭން ފަށައިފި އެވެ.

30 ޖެނުއަރީ

January 30, 2017 6
ދިރާގުގެ އިންޓަނެޓް ބިލުން %30 ޑިސްކައުންޓް ދީފި

ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ބަޔަކު ދިން ޑީޑޮސް ހަމަލާތަކުގެ ސަބަބުން އިންޓަނެޓަށް ދިމާވި މައްސަލައާ ގުޅިގެން މި މަހުގެ އިންޓަނެޓް ބިލުން 30 ޕަސެންޓް ޑިސްކައުންޓެއް ދިރާގުން ދީފި އެވެ.

26 ޖެނުއަރީ

January 26, 2017 5
ދިރާގުން ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ ދެނީ

ދިރާގުގެ ޑޭޓާ ޕްލޭނެއް ނަގައިގެން 50 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

19 ޖެނުއަރީ

January 19, 2017 10
ޑީޑޮސްއާ ގުޅިގެން ދިރާގުން ޑިސްކައުންޓެއް ދެނީ

ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ބަޔަކު ދެމުންގެންދިޔަ ޑީޑޮސް ހަމަލާތަކާ ދެކޮޅަށް ކުރި މަސައްކަތުން، އެ މައްސަލަ މިހާރު ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. އަދި އަންނަ މަހުގެ ބިލުން ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

14 ޖެނުއަރީ

January 14, 2017 65
ޑީޑޮސްއާ ދެކޮޅަށް ގައުމީ ފެންވަރުގައި ފިޔަވަޅު އަޅަނީ

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުގެ ނެޓްވޯކަށް އެކި ފަރާތްތަކުން ދެމުން އަންނަ ޑީޑޮސް ހަމަލާތަކާ ގުޅިގެން ގައުމީ ފެންވަރުގައި ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

12 ޖެނުއަރީ

January 12, 2017 11
ނެޓްވޯކު މައްސަލައަށް އަދިވެސް މުޅިން ހައްލެއް ނުލިބޭ

ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް އަދިވެސް ޑީޑޮސް ހަމަލާތައް ދެމުން އަންނާތީ މައްސަލަ މުޅިން ހައްލުނުވާ ކަމަަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

11 ޖެނުއަރީ

January 11, 2017 36
ދިރާގުގެ ނެޓްވޯކަށް ދޭ ހަމަލާތައް ވަރުގަދަވެއްޖެ

ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ދޭ ހަމަލާތައް ވަރުގަދަވެ، މައްސަލަ ހައްލުކުރަން އުނދަގޫތަކަކާ ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

January 11, 2017 13
"އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާއާ ހެދި"

އިންޓަނެޓުގެ ހިދުމަތަށް މި ދުވަސްވަރު އަނެއްކާ ވެސް ބުރޫއަރާފައި ވަނީ ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.