08 މެއި

May 08, 2018 1
ހަކުރު ހުންނަ މީހުންނަށް ބިހަކީ ނުރައްކަލެއް ނޫން

ހަކުރު ބަލީގެ ނުރައްކާ އޮންނަ މީހުން ކުކުޅު ބިސް ކެއުމުން ހިތުގެ މައްސަލަތަކަށް މަގުފަހިވާ ކަމަށް ބެލެވިފައި އޮތަސް އެއީ ރަނގަޅު ހީއެއް ނޫން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

04 މެއި

May 04, 2018 1
އަނބުގެ ފައިދާތައް ގިނަ

މޭވާތަކުގެ ރަސްގެފާނުގެ ގޮތުގައި ލޭބަލް ކުރެވޭ އަނބަކީ ރާއްޖޭގައި ވެސް ވަރަށް އާންމު އެއްޗެކެވެ. މީރު މި މޭވާ އަކީ ސިއްހީ ގޮތުން ވެސް ވަރަށް ގިނަ ފައިދާތައް އެކުލެވޭ އެއްޗެކެވެ.

25 އެޕްރީލް

April 25, 2018 1
އާޓިފިޝަލް ސްވީޓްނާ އަކީ ހައްލަކަށް ނުވެދާނެ

ހަކުރު ބަލީގެ މީހުންނާއި ފަލަވެދާނެތީ އުޅޭ މީހުން އާޓިފިޝަލް ސްވީޓްނާ ބޭނުން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެއީ ހަކުރުން ދިމާވާ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ބަލައިފަ އެވެ.

18 އެޕްރީލް

April 18, 2018
ޓައިޕް 2 ޑައިބެޓީޒް މީހުންނަށް އިންޒާރެއް

ހަކުރު ބަލީގެ ޓައިޕް 2 ހުންނަ މީހުން ފަލަވުމަކީ މިހާރު ވަރަށް އާންމު މައްސަލައެކެވެ. އެހެންވެ މިކަމާ ގުޅޭ ގޮތުން މި ފަހުން ހެދި ދިރާސާއެއްގައި އޭގެ ބައެއް ސަބަބުތައް ވަނީ ހާމަކޮށްފަ އެވެ.

14 އެޕްރީލް

April 14, 2018 2
ރޭގަނޑު ނިދި ނުލިބޭ ނަމަ ދިމާވާ މައްސަލަތައް ގިނަ

ރޭގަނޑު އަވަހަށް ނިދާފައި ފަތިހު ހޭލުމަކީ އަބަދުވެސް ސިއްހީ ތަޖުރިބާކާރުން ދޭ ނަސޭހަތަކެކެވެ. އެކަމުގެ ސަބަބުން ލިބޭ ފައިދާތައް ބޮޑު ވާހަކަ އެވެ. އެއާ ހިލާފަށް ރޭގަނޑު ހަތަރުދަމު ހޭލައި އުޅޭ މީހުންނަށް އިންޒާރުގެ މެސެޖުތައް އެކި ދިރާސާތަކުން ދަނީ ލިބެމުންނެވެ.

28 ފެބުރުއަރީ

February 28, 2018 1
ހަކުރުބަލީގެ މީހުންނަށް ޚާއްސަ ސްމާޓް ލެންސެއް

ހަކުރުބަލި ހުންނަ މީހުންގެ ލޮލުގައި ހުންނަ ކަރުނައިން، ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު މޮނިޓާ ކުރެވޭ ސްމާޓް ކޮންޓެކްޓް ލެންސެއް ސައިންސްވެރިން އީޖާދުކޮށްފި އެވެ. މި އާ އީޖާދުގެ ސަބަބުން ހަކުރު ޓެސްޓްކުރަން ކޮންމެ ފަހަރަކު އިނގިއްޔަށް ކަށި ހަރަން ނުޖެހި ސަލާމަތް ވާނެ އެވެ.

27 ފެބުރުއަރީ

February 27, 2018 1
ފަލަމަސްގަނޑުގެ ސައިޒާއި ހަކުރު ބައްޔާ ގުޅުމެއް

އިންޑިއާގެ ސާ ގަންގާ ރާމް ހޮސްޕިޓަލުން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި އެ ހޮސްޕިޓަލާއި އިލާހުއާބާދުގައި ހުންނަ މޯތީލާލް ނެހްރޫ މެޑިކަލް ކޮލެޖު ގުޅިގެން ވަރަށް މުހިއްމު ހޯދުމެއް ވަނީ ހޯދާފަ އެވެ. މިއީ ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ހުރި މިންވަރު ދެނެގަތުމަށް ސްކްރީން ކުރަން ހޯދާފައިވާ އަގުހެޔޮ އަދި ވަރަށް ފަސޭހަ ޓެސްޓެކެވެ.

13 ފެބުރުއަރީ

February 13, 2018 14
އުއްތަމަ ފަނޑިޔާރުގެ ޑައިބެޓިކްސް ހުރޭ، ބޭހެއް ނުދޭ

ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަކީ ހަކުރު ބަލި ހުންނަ ބޭފުޅެއް ކަމަށާއި އެކަމަކު ފޮނުވާ ބޭސް އެ މަނިކުފާނަށް ނުދޭ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

07 ފެބުރުއަރީ

February 07, 2018 1
ހަކުރުބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކާނާ

ހަކުރުބަލީގެ ވޭން ބޮޑެވެ. އެހެންވެ އެ ބަލި ޖެހުމުގެ ކުރިން ސަމާލުވުމަކީ އެންމެ ރަނގަޅު ގޮތެވެ. ހަކުރުބަލި ޖެހުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ބަލި ޖެހެން މެދުވެރިވާ ސަބަބުތައް ހޯދައި އެ ސަބަބުތަކަށް ސަމާލުވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

18 ޖެނުއަރީ

January 18, 2018
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ

އިންސިއުލިން ރެގިއުލޭޓްކުރުމަށް ވަރަށް ބޭނުންތެރި އާ ޖީންއެއް ސައިންސްވެރިންނަށް ފާހަގަކުރެވިއްޖެ އެވެ. އާދައިގެ ގޮތެއްގައި މީހުންނަށް ޖެހޭ ހަކުރުބައްޔަށާއި މަދުން ޖެހޭ ވައްތަރުގެ ހަކުރުބައްޔަށް މި ޖީން ބޭނުންކޮށްގެން ފަރުވާއެއް ހޯދިދާނެކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.

08 ޑިސެމްބަރ

December 08, 2017 2
ހަކުރުބަލީގެ އާ ބޭހުން ޕްރެޝަރު ދަށްވެ ބަރުދަން ލުއިވޭ

ހަކުރުބައްޔަށް ބޭނުންކުރަން އަލަށް އުފެއްދި ބޭހަކަށް މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްދަ ދީފަ އެވެ. މި ބޭހުން ހަކުރު ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ބަރުދަން ވެސް ފުދޭ ވަރަކަށް ލުއިކޮށްދޭ ކަމަށްވެ އެވެ.

26 ނޮވެމްބަރ

November 26, 2017 1
މައުތުވޮޝް އިން ހަކުރުބަލީގެ ނުރައްކާ ބޮޑުވޭ: ދިރާސާ

ކޮންމެ ދުވަހަކު މައުތުވޮޝް ބޭނުންކުރާ މީހުންނަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކަމަށް ބުނެ ސައިންސްވެރިން އިންޒާރު ދީފި އެވެ.

17 ނޮވެމްބަރ

November 17, 2017
އަވަހަށް ކެއުން ސިއްހީ ގޮތުން ނުރައްކާ

ލަސްލަހުން ކެއުމުން ފަލަބަލި ނުވަތަ މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު ކުޑަވެގެންދާ ކަމަށް ފަހުގެ ހޯދުމަކުން ދައްކައިފި އެވެ.

10 ނޮވެމްބަރ

November 10, 2017
ދަންވަރު ކެއުމުން ހަކުރުބަލީގެ ނުރައްކާ އިތުރުވޭ

ރޭގަނޑު ނިދާފައި އޮވެފައި ވެސް ބަނޑުހައިވެގެން ހޭލެވި ކޮންމެވެސް އެއްޗެއް ކާން ބޭނުންވާ މީހުން އުޅެ އެވެ. ފަހުގެ ހޯދުންތަކަށް ފަހު ސައިންސްވެރިން ބުނަނީ މިއީ ވަރަށް ނުރަނގަޅު އާދައެއް ކަމަށާއި މިކަމުގެ ސަބަބުން ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ.

01 ނޮވެމްބަރ

November 01, 2017
ހަކުރުބަލީގެ އާންމުކޮށް ނޭނގޭ ވައްތަރެއް

ގިނަ މީހުންނަށް އެނގެނީ ހަކުރުބަލީގެ ދެ ބާވަތެއް ހުންނަ ކަމެވެ. އެއީ ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓީސް އެވެ. ނަމަވެސް މިހާރު ވަނީ އާ ބާވަތެއްގެ ހަކުރުބައްޔެއް ފާހަގަކުރެވިފަ އެވެ. މި ވައްތަރަށް ކިޔަނީ ޓައިޕް 3ސީ ޑައިބެޓީސް އެވެ.

16 އޮކްޓޯބަރ

October 16, 2017
ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ސޯޔާބީން އޮއިލް އާއި ނަޓްސް

ހަކުރުބަލި ޖެހޭ މީހުންގެ އަދަދު އާދަޔާޚިލާފަށް ގިނަވުން މިހާރު ވަނީ ދުނިޔެއަށް ވަރަށް ބޮޑު ބިރަކަށް ވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ފަހުގެ ދިރާސާއެއް ބުނަނީ އޮމެގާ-6 ޕޮލިއަންސެޗުރޭޓެޑް ފެޓްސް ހުންނަ ކާއެއްޗެހި ކެއުމުން ބޮޑެތި މީހުންނަށް އާއްމުގޮތެއްގައި ޖެހޭ ޓައިޕް-2 ޑައިބެޓީސް ޖެހުމުގެ ނުރައްކާ ކުޑަވާކަން ހޯދިފައިވާ...

20 ސެޕްޓެމްބަރ

September 20, 2017
ލޮނު ގިނަވުމުން ވެސް ހަކުރުބަލި ޖެހިދާނެ

ބޮޑެތި މީހުން މާ ގިނައިން ލޮނު ކެއުމުން ހަކުރު ބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

19 ސެޕްޓެމްބަރ

September 19, 2017
ހަކުރުބަލި ހުންނަ އަންހެނުންނަށް ކޮފީ ރަނގަޅު

ހަކުރުބަލި ހުރިކަން އެނގުމާ އެކު ނުކުރަންވީ ކަންކަމުގެ ބޮޑު ލިސްޓެއް ވެސް ލިބެ އެވެ. ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން މި ލިސްޓުގައި ކޮފީ އާއި ސައި ހިމަނައިގެން ނުވާނެ އެވެ. ސަބަބަކީ މި ބުއިންތަކަކީ އުމުރު ދިގުވާ އެއްޗެއް ކަމަށް ދިރާސާއަކުން ދައްކާފައި ވާތީ އެވެ. އެއީ ހަކުރުބަލި ހުރި އަންހެނަކަށްވާ ނަމަ އެވެ.

15 ސެޕްޓެމްބަރ

September 15, 2017 5
ހަކުރު ބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދެއް

ހަށިގަނޑަށް އެތެރެވޭ ކެލަރީ މަދުކޮށް، ކެއުން ވަކި ގޮތަކަށް ބައްޓަންކޮށްގެން ޓައިޕް 2 ޑައެބެޓީސް ފަސޭހަ ކުރެވިދާނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށް އާ ދިރާސާއަކަށް ފަހު ސައިންވެރިން ބުނެފި އެވެ.

28 އޯގަސްޓް

August 28, 2017 2
ނޯވޯ ނޯޑިސްކް އިންސިއުލިން ތައާރަފް ކޮށްފި

ޔޫރަޕްގެ މަޝްހޫރު "ނޯވޯ ނޯޑިސްކް" އިންސިއުލިން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.