22 މާޗް

March 22, 2020 3
ފެލައިނީއަށް ޖެހުނު ކަމަށް ބެލެވެނީ ރާއްޖޭން ދިޔަފަހުން

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

16 މާޗް

March 16, 2020 56
ކޮވިޑް-19- ރާއްޖެއަށް އެހީވާން ޗައިނާއިން ލިސްޓެއް

ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނިފައިވާ އިރު އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެ އިން އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.

11 މާޗް

March 11, 2020 2
ޗައިނާ އިން އައި ދިވެއްސަކު ކަރަންޓީނުކޮށްފި

ކޮވިޑް-19 ފުރަތަ ފެނުނު ގައުމު ކަމަށްވާ ޗައިނާ އިން މިއަދު އައި ދިވެއްސަަކު ކަރަންޓީނުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2020 16
އިންޑިއާ އެހީގައި، ފަހު 2 ދިވެހިން ވޫހާނުން ނެރެދީފި

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް ފެތުރެން ފެށި ޗައިނާގެ ވޫހާންގައި ތިބި ނުވަ ދިވެހިންގެ ތެރެއިން ބާކީ ދެ ދިވެހިން އިންޑިއާގެ އެހީތެރިކަމާ އެކު، މިއަދު ހެނދުނު ދިއްލީ އަށް ގެންގޮސް ކަރަންޓީނު ކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2020 32
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި

ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގެ ބިރުވެރިކަން އިތުރަށް ބޮޑުވަމުންދާތީ، ކްރޫޒްލައިނާތައް ރާއްޖެ އައުން މި ވަގުތަށް މެދުކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.

25 ފެބުރުއަރީ

February 25, 2020 8
ޗައިނާ އިން އައި ދެ ދިވެއްސަކު ކަރަންޓީން ކޮށްފި

ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރެމުން ދާ ޗައިނާ އިން ރާއްޖެ އައި ދެ ދިވެހިން މިއަދު ކަރަންޓީނު ކޮށްފި އެވެ.

13 ފެބުރުއަރީ

February 13, 2020 10
ކޮރޯނާވައިރަސް: ދިވެހި އިގުތިސާދަށް ކޮން އަސަރެއް؟

ކޮރޯނާވައިރަހުގެ ނުރަނގަޅު އަސަރު ރާއްޖޭގެ އިގްތިސާދަށް، އަދި ޖުމްލަކޮށް ދުނިޔޭގެ އިގްތިސާދަށް ކުރާނޭ ކަމާ މެދު ޝައްކުކުރުމުގެ ޖާގައެއް ނެތެވެ. މި ވަގުތަށް މުހިންމީ އަސަރު ކުރާނޭ ދާއިރާތައް ދެނެގަނެ، ކުރާނޭ އަސަރުގެ މިންވަރު އަންދާޒާކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަވަސްކުރުމެވެ.

07 ފެބުރުއަރީ

February 07, 2020 10
ވޫހާން އިން ގެންދިޔަ ދިވެހިން ވައިރަހަށް ނެގެޓިވް

ޗައިނާގެ ވޫހާން އިން އިންޑިއާ އަށް ގެންގޮސް ކަރަންޓީނު ކުރި ހަތް ދިވެހިންގެ ހަށިގަނޑުގައި ވެސް ނޮވެލް ކޮރޯނާވައިރަސް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

04 ފެބުރުއަރީ

February 04, 2020 32
ރާއްޖޭން ޗައިނާއަށް 1 މިލިއަން ދަޅު މަސް ހަދިޔާކުރަނީ

ކޮރޯނާވައިރަސް ފެތުރި ޗައިނާ އަށް ކުރިމަތިވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމުގެ ގޮތުން ރާއްޖޭން ޗައިނާ އަށް އެއް މިލިއަން ދަޅު މަސް ހަދިޔާކުރަން ނިންމައި، ރަމްޒީ ގޮތުން މި ހަދިޔާ ހަވާލުކޮށްފި އެވެ.

03 ފެބުރުއަރީ

February 03, 2020 11
ކޮރޯނާވައިރަަސް އިން ޓޫރިޒަމަށް ހިޔަނި އެޅިއްޖެ: ރައީސް

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރި ނަމަވެސް، ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން ވަރަށް ބޮޑު ހިޔަންޏެއް އެޅިއްޖެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

31 ޖެނުއަރީ

January 31, 2020 37
ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެ

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިއްޖެ އެވެ.

30 ޖެނުއަރީ

January 30, 2020 58
ވައިރަހަށް ޝައްކުކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެ

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސެއް ރާއްޖެ އިން ފެނިގެން އޭނާގެ ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.

January 30, 2020 40
ވައިރަހާ ގުޅިގެން ރާއްޖެ-ޗައިނާ ދަތުރުތައް ހުއްޓާލައިފި

ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުން ރައްކާތެރިވެ ތިބުމުގެ ގޮތުން، ޗައިނާ އިން ރާއްޖެ އަށް ސީދާ ދަތުރުތައް ކުރުން ހުއްޓާލަން ނިންމައިފި އެވެ.

29 ޖެނުއަރީ

January 29, 2020 21
ވައިރަހުން ސަލާމަތްވާން ތައްޔާރުވެވިއްޖެ: ސަރުކާރު

ހަލުވި ސްޕީޑުގައި ފެތުރެމުންދާ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ރާއްޖޭގައި ވެފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

January 29, 2020 25
ވައިރަހާ ގުޅިގެން 2،000 ބުކިން ކެންސަލްކޮށްފި

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން މިރެއާ ހަމައަށް 2،000 އަށް ވުރެ ގިނަ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

25 ޖެނުއަރީ

January 25, 2020 7
ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީދެނީ

ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވައްތަރު އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީ ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

January 25, 2020 25
ކޮރޯނާވައިރަހަށް ޝައްކުވާ މީހަކު އަދި ނުފެނޭ: އެޗްޕީއޭ

ޗައިނާގެ ވޫހާން ސިޓީން ފެނުނު ނުރައްކާތެރި އާ ރޯގާ އަށް ޝައްކުވާ މީހަކު ރާއްޖެ އިން އަދި ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

23 ޖެނުއަރީ

January 23, 2020 1
ވޫހާންގައި ތިބީ ހަ ދިވެހިން، ހާލު ރަނގަޅު

ކޮރޯނާ ވައިރަސްގެ އާ ވައްތަރެއް ކަމަށްވާ ނޮވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު، ޗައިނާގެ ވޫހާންގައި މި ވަގުތު ތިބީ ހަ ދިވެއްސެއް ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

22 ޖެނުއަރީ

January 22, 2020 4
ވުހާން ވައިރަސް އަތުވެދާނެތީ ރާއްޖޭން ތައްޔާރު ވެއްޖެ

ޗައިނާ އިން ފެނުނު އާ ވައްތަރެއްގެ ކޮރޯނޯވައިރަސް އެކި ގައުމުތަކުން ފެނި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން، އެ ބަލި އަތުވެދާނެތީ ރާއްޖެ އިން ފުރިހަމައަށް...

January 22, 2020 21
ޑރ. ނިޔާފް: ބަލި ދެނެގަތުން ވަރުގަދަކުރަން ޖެހޭ

ޗައިނާއިން ފެތުރެން ފަށާފައިވާ އާ ވައްތަރެއްގެ ކޮރޯނޯވައިރަސް ޖެހިގެން ބަލިވާ މީހުންގެ އަދަދު އިތުރުވެ، ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖޭގެ އެއާޕޯޓްތަކުގައި...

19 ޖެނުއަރީ

January 19, 2020 12
ޗައިނާގެ ލޮލުގެ ސެންޓަރަށް ވަރަށް ބާރު ބޮޑު!

ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާ ސަރުކާރުން ގާއިމް ކޮށްދިން ލޮލުގެ ފަރުވާދޭ ސެންޓަރުގެ ޚިދުމަތް ފެށިތާ 10 ވަރަކަށް ދުވަސްވީއިރު، ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް އެދި 900 އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.