07 ޑިސެމްބަރ

December 07, 2016
ޓެކްސަސްގެ އިލެކްޓަރަކު ޓްރަމްޕަށް "ބޭވަފާތެރި"ވެއްޖެ

ނިއު ޔޯކް (ޑިސެމްބަރު 7) - މިހާރު ފުދިއްޖެ ކަމަށް ބުނެ، މި މަހު 19 ވަނަ ދުވަހު އޮންނަ އިލެކްޓޯރަލް ކޮލެޖް އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށް ޓެކްސަސްގެ އިލެކްޓަރަކު ފާޅުގައި ބުނެފި އެވެ.

December 07, 2016 2
އީރާނުގެ ރައީސް، ޓްރަމްޕަށް އިންޒާރު ދެއްވައިފި

ތެހެރާން (ޑިސެމްބަރު 7) - ނިއުކްލިއާ އެއްބަސްވުން ވީދާލުމުގެ ފުރުސަތު އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ނުދެއްވާނެ ކަމަށް ވިދާޅުވެ އީރާނުގެ ރައީސް...

December 07, 2016 1
ރައީސްގެ އާ މަތިންދާބޯޓު ގަންނަން ޓްރަމްޕް ދެކޮޅު

ނިއު ޔޯކް(ޑިސެމްބަރު 7) - އެމެރިކާގެ ރައީސްގެ ދަތުރުފުޅުތަކަށް ޚާއްސަކޮށްގެން ބޯއިންގެ އާ މަތިންދާބޯޓު ގަންނަން އެމެރިކާ ސަރުކާރުން އޯޑަރު ދީފައި ވަނިކޮށް އެ އޯޑަރު ކެންސަލް ކުރަން،...

06 ޑިސެމްބަރ

December 06, 2016 1
ތިމާވެށީގެ މަޝްވަރާތަކަށް ޓްރަމްޕާއި އަލް ގޯ ބައްދަލުކުރައްވައިފި

ނިއު ޔޯކް (ޑިސެމްބަރު 6) - ތިމާވެށީގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ކުރީގެ ނައިބް ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އަލް ގޯ އާއި ޑޮނަލްޑް ޓްރަމްޕް ބައްދަލު...

December 06, 2016 6
ޓްރަމްޕް ބެލެހެއްޓުމުގެ ޚަރަދަށް 35 މިލިއަން ޑޮލަރު ހޯދަނީ

ނިއު ޔޯކް (ޑިސެމްބަރު 6) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ސެކިއުރިޓީ އަށް ހިނގާ ޚަރަދުގެ ގޮތުގައި 35 މިލިއަން ޑޮލަރު ހޯދުމަށް މައި ސަރުކާރުގައި...

05 ޑިސެމްބަރ

December 05, 2016 2
ޗައިނާގެ ބައެއް ސިޔާސަތަށް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ

ނިއު ޔޯކް (ޑިސެމްބަރު 5) - ޗައިނާގެ މާލީ ސިޔާސަތަށާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިންގާ އޮޕަރޭޝަނަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2016
ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ޓްރަމްޕް ތާއީދު: ޑުޓާޓެ

މެނީލާ (ޑިސެމްބަރު 4) - ޑްރަގާ ދެކޮޅަށް ފިލިޕީންސް އިން މިހާރު ކުރިއަށް ގެންދާ ހަނގުރާމަ އަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ތާއީދު އެބައޮތް ކަމަށް ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވި އެވެ.

03 ޑިސެމްބަރ

December 03, 2016 3
ވޯޓު އަލުން ގުނަން ޓްރަމްޕުގެ ސަޕޯޓަރުން ދެކޮޅު

ނިއު ޔޯކް (ޑިސެމްބަރު 3) - ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް ވިސްކޮންސިން އާއި ޕެންސިލްވޭނިއާ އަދި މިޝިގަންގެ ވޯޓު އަލުން ގުނުމަށް ޓްރަމްޕުގެ ސަޕޯޓަރުން ދެކޮޅު ހަދަން ފަށައިފި އެވެ.

02 ޑިސެމްބަރ

December 02, 2016 12
ޓްރަމްޕާއެކު ރޭގަނޑުގެ ކެއުމަކަށް އެއް މިލިއަން ޑޮލަރު

ނިއު ޔޯކް (ޑިސެމްބަރު 2) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ މުއްސަނދި ސަޕޯޓަރުންނަށް މި ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އުއްބައްތި އަލީގައި ޓްރަމްޕާއި ނައިބް ރައީސް ކަމަށް އިންތިޚާބުކޮށްފައިވަ މައިކް ޕެންސް އަދި ކެބިނެޓުގެ ވަޒީރުންނާ އެކު ރޭގަނޑުގެ ކެއުމަކަށް އެއް މިލިއަން ޑޮލަރު...

01 ޑިސެމްބަރ

December 01, 2016
ވެރިކަމަށް އިސްކަން ދޭން ވިޔަފާރިން ޓްރަމްޕް ދުރުވަނީ

ނިއު ޔޯކް (ޑިސެމްބަރު 1) - ގައުމުގެ ވެރިކަން އެންމެ ރަނގަޅު ގޮތުގައި ކޮށްދިނުމަށާއި މަސްލަހަތު ފުށުއެރުމުން ސަލާމަތްވުމަށްޓަކައި ހުރިހާ ވިޔަފާރިއަކުން ދުރުވާން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

30 ނޮވެމްބަރ

November 30, 2016
ނިއުކްލިއާ އެއްބަސްވުން އުވާނުލުމަށް އިންޒާރު ދީފި

ވޮޝިންޓަން (ނޮވެމްބަރު 30) - އީރާނާ އެކު ގާއިމްކޮށްފައިވާ ނިއުކްލިއާ އެއްބަސްވުން އުވާލައިފި ނަމަ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސީއައިއޭގެ ޑިރެކްޓަރު ޖޯން ބްރެނަން އިންޒާރު ދެއްވައިފި އެވެ.

29 ނޮވެމްބަރ

November 29, 2016 3
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް

ނިއު ޔޯކް (ނޮވެމްބަރު 29) - މިޝިގަންގެ 16 އިލެކްޓޯރަލް ވޯޓާ އެކު އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އިތުރަށް ކުރިއަށް ޖެހިލައިފި އެވެ.

November 29, 2016
ޓްރަމްޕުގެ ތުހުމަތުތަކަށް ވައިޓްހައުސް އިން ރައްދު ދީފި

ވޮޝިންޓަން (ނޮވެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޮޅުވާލައިގެން އެތައް ބަޔަކު ވޯޓުލާފައިވާ ކަމަށް އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ވައިޓް...

28 ނޮވެމްބަރ

November 28, 2016 5
އެތައް މިލިއަން ބަޔަކު ވަނީ ވަގަށް ވޯޓު ދީފައި

ނިއު ޔޯކް (ނޮވެމްބަރު 28) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށާއި އެ ވޯޓުތައް ބާތިލްކޮށްފި ނަމަ މުޅި ރައްޔިތުންގެ ވޯޓުން ވެސް ކުރި ލިބޭނެ ކަމަށް ވެރިކަމަށް އިންތިޚާބުވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

27 ނޮވެމްބަރ

November 27, 2016 1
ތުހުމަތުން ސަލާމަތްވާން ޓްރަމްޕުގެ އެހީ ލަންކާ އިން ހޯދަނީ

ކޮލަމްބޯ (ނޮވެމްބަރު 27) - ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތުން ސްރީ ލަންކާ ސަލާމަތްކޮށް ދިނުމުގައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ޕްރެޝަރު ކޮށްދިނުމަށް އެދި...

November 27, 2016 17
ވޯޓު އަލުން ގުނަން އުޅޭތީ ޓްރަމްޕް ކޯފާވެއްޖެ

ނިއު ޔޯކް (ނޮވެމްބަރު 27) - އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ވޯޓު ހެކްކޮށްފައިވާ ކަމަށް ތުުހުމަތުކޮށް ތިން ސްޓޭޓެއްގެ ވޯޓު އަލުން ގުނަން އުޅޭތީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް...

26 ނޮވެމްބަރ

November 26, 2016 2
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި

ނިއު ޔޯކް (ނޮވެމްބަރު 26) - މީގެ ދެ ހަފުތާ ކުރިން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވަރަށް ކުޑަ ތަފާތަކުން ކުރި ހޯއްދެވި ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ހުށަހަޅާފައިވާ ކަމަށް އެ ސްޓޭޓުގެ އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

24 ނޮވެމްބަރ

November 24, 2016 12
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި

ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހިލަރީ ކްލިންޓަން ހޯއްދަވާފައިވާ ކަމަށް މިހާތަނަށް ސާފުކުރި ނަތީޖާތަކުން ދައްކައިފި އެވެ.

November 24, 2016 3
ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ޓްރަމްޕުގެ އިޝާރާތެއް

ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރައީސް ކަމުގެ ހުވާ އަދި ނުކުރައްވަނީ ވެސް ދެ ވަނަ ދައުރެއް ބޭނުންވާ ކަމުގެ އިޝާރާތެއް ޑޮނަލްޑް ޓްރަމްޕް ކުރައްވައިފި އެވެ.

November 24, 2016 2
ވެރިކަމާއި ވިޔަފާރީގެ މަސްލަހަތު ފުށުނާރާނެ: ޓްރަމްޕް

ނިއު ޔޯކް (ނޮވެމްބަރު 24) - އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖެނުއަރީ 20 ވަނަ ދުވަހު ކުރެއްވި ނަމަވެސް ވިޔަފާރި ހިންގުމާ ކޮންމެހެން ދުރުވާން ނުޖެހޭ ކަމަށް ބިލިއަނަރު ޑޮނަލްޑް ޓްރަމްޕް...

23 ނޮވެމްބަރ

November 23, 2016
އދ.ގެ ސަފީރު ކަމަށް އިންޑިއާ ދަރިކޮޅު މީހަކު

ނިއު ޔޯކް (ނޮވެމްބަރު 23) - އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ މީހަކު ޑޮނަލްޑް ޓްރަމްޕް ހަމަޖައްސައިފި އެވެ.

November 23, 2016 3
ފަލަސްތީނާއި އިޒްރޭލް ސުލްހަވާން ޓްރަމްޕް ބޭނުންވޭ

ނިއު ޔޯކް (ނޮވެމްބަރު 23) - މެދުއިރުމައްޗަށް ސުލްހަ ހޯދުމަށް އެމެރިކާ އިން މީގެ ކުރިން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމްކުރުމަކީ ވަރަށް...

November 23, 2016 4
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ

ނިއު ޔޯކް (ނޮވެމްބަރު 23) - ހިލަރީ ކްލިންޓަން ޖަލަށް ލާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް ޓްރަމްޕުގެ ސަރުކާރުން ހިލަރީގެ އީމެއިލް...

22 ނޮވެމްބަރ

November 22, 2016 1
ގިނަ މީހުން ބުނަނީ ޓްރަމްޕް ވެރިކަން ގޯސްނުވާނެ ކަމަށް

ވޮޝިންޓަން (ނޮވެމްބަރު 22 ) - އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުު ކުރިތާ ދެ ހަފުތާ ފަހުން ނެގި ޚިޔާލު ހޯދުންތަކުން ދައްކަނީ ޓްރަމްޕް ވެރިކަން ކުރައްވާނެ ގޮތް ގޯސް...

November 22, 2016 8
ޓްރަމްޕް ސެކިއުރިޓީ އަށް ދުވާލަކު އެއް މިލިއަން ޑޮލަރު

ނިއު ޔޯކް (ނޮވެމްބަރު 22) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕާއި އާއިލާގެ ސެކިއުރިޓީ އަށް ނިއު ޔޯކް ސިޓީ ފުލުހުން ދުވާލަކު އެއް މިލިއަން ޑޮލަރު ޚަރަދު...

21 ނޮވެމްބަރ

November 21, 2016 1
ރޮމްނީ އަށް ޚާރިޖީ ވަޒީރުކަން ދިނުމަށް މަޝްވަރާ ކުރަނީ

ނިއު ޔޯކް (ނޮވެމްބަރު 21) - ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ދިނުމަށް އެންމެ ބޮޑަށް މަޝްވަރާ ކުރަމުންދާ އެއް ބޭފުޅަކީ ކުރީގެ ރިޔާސީ ކެންޑިޑޭޓް މިޓް ރޮމްނީ ކަމަށް ނައިބް ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވާ މައިކް ޕެންސް ވިދާޅުވެއްޖެ އެވެ.

November 21, 2016 3
ޓްރަމްޕުގެ ޚިޔާލުތައް ހުރި ގޮތުން ގާނޫނުތައް މުގުރަފާނެ

ނިއު ޔޯކް (ނޮވެމްބަރު 21) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ޚިޔާލުތައް ހުރި ގޮތުން އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ...

November 21, 2016
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން

ލީމާ (ނޮވެމްބަރު 21) - އެމެރިކާ އިން ގަބޫލް ކުރާ މައިގަނޑު އުސޫލްތަކާ، ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ޚިލާފުވެވަޑައިގަންނަވާ ނަމަ ހަމަ މަގަށް އަޅުވާނެ ކަމަށް...

20 ނޮވެމްބަރ

November 20, 2016
ޓްރަމްޕުގެ ވެރިކަން ގޯސްވެދާނެ ކަމަށް ނުބެލުން އެދެން

ލީމާ (ނޮވެމްބަރު 20) - އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވުމާ ގުޅިގެން އެތައް ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދިޔަ ނަމަވެސް، ޓްރަމްޕަށް ވެސް ވެރިކަން ކުރަން ފުރުސަތު...

November 20, 2016 1
ވައުދު ފުއްދައިފި ނަމަ 50 އަހަރު ވެރިކަން ކުރާނެ: މުޝީރު

ނިއު ޔޯކް (ނޮވެމްބަރު 20) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންނެވި ވައުދުތައް ރިޔާސީ ދައުރުގައި ފުއްދަވައިފި ނަމަ ކުރިއަށް އޮތް 50 އަހަރު ވެސް...

17 ނޮވެމްބަރ

November 17, 2016 4
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ

ވޮޝިންޓަން (ނޮވެމްބަރު 17) - ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕާ ވާދަކޮށް ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އެހެންވެ ގެއިން ވެސް ނުކުންނަހިތް ނުވި ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.