03 ފެބުރުއަރީ

February 03, 2020 16
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ދެއްވީ އުއްމީދެއް ނެތް ބަޔާނެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

31 ޑިސެމްބަރ

December 31, 2019 71
މިއީ ވުޖޫދުވި އެންމެ ނާގާބިލް ސަރުކާރު: ޖަމީލް

ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކުން އުފެއްދި މި ވެރިކަމަކީ، މިހާތަނަށް މި ގައުމުގައި ވުޖޫދުވި އެންމެ ނާގާބިލް ސަރުކާރު ކަަމަށް ވިދާޅުވެ ޝަކުވާ ފުންޏަކުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މި އަހަރު ނިންމަވާލައްވައިފި އެވެ.

12 ޑިސެމްބަރ

December 12, 2019 55
ޖަމީލަށް މަންޒަރު ތަފާތު: "މީ އިންތިގާލީ ވެރިކަމެއް"

ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވާދަކުރުމުގެ މިނިވަން މާހައުލެއް، މިދިޔަ ރިޔާސީ އިންތިޚާބު ކުރިމަތިވި އިރު ރާއްޖޭގައި ނެތެވެ. ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ތިއްބެވީ ވާދަނުކުރެއްވޭ ގޮތަށް ގާނޫނީ މަޅިއެއްގައި "ބައްދައިފަ" އެވެ. އެ ހާލަތުގައި، އޮތް ހަމައެކަނި ގޮތަކީ ކޯލިޝަން އިން ސާފު ކެންޑިޑޭޓެއް ނެރެގެން، ކުރީގެ ރައީސް އަބްދުﷲ...

10 ޑިސެމްބަރ

December 10, 2019 73
ޔާމީންގެ ދިފާއުގައި ޖަމީލް: ސުވާލަކީ އެއީ ކީއްވެ؟

ޚުދުމުހުތާރު، އަނިޔާވެރި ވެރިއެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކޮށްދެއްވަން އެމަނިކުފާނުގެ ފުރަތަމަ ނައިބު ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި މަަސައްކަތްޕުޅަށް ބަލާއިރު، އެ ނޫން ވިސްނުމެއް އެމަނިކުފާނުގެ ކުރިއަށް ނެރުއްވަފާނެ ކަމަށް ގަބޫލުކުރަން، ގިނަ މީހުންނަށް، ދަތިވެދާނެ އެވެ. އަދި ޔާމީންގެ ދިފާއުގައި...

28 ނޮވެމްބަރ

November 28, 2019 9
ބަދަލު ދެނީ ވަކި މަސްލަހަތަކަށް ބަލައިގެން: ޖަމީލް

ރިޔާސީ ކޮމިޝަނުން ނެރޭ ރިޕޯޓްތަކުން "ވާ ކަމެއް ނެތް" ކަމަށާއި ބޮޑެތި އަދަދުތަކުން ބަދަލު ދެނީ ވަކި ބައެއްގެ މަސްލަހަތުގައި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2019 10
މިހާރު ވެސް ވެރިން އިންސާފަށް ހުރަސްއަޅާ: ޖަމީލް

ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ފެންނަނީ ވެރިން އިންސާފަށް ހުރަސް އަޅަމުންދާ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2019 43
ބަދަލުގެ ނަމުގައި ފުރަނީ ރައްޓެހިންގެ ޖީބު: ޖަމީލް

ރައްޔިތުންނަށް ވީ އެންމެ މުހިންމު ވައުދާ ހިލާފުވެ، ސަރުކާރުން ރައްޓެހިންގެ ޖީބުތައް ފުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

06 އޮކްޓޯބަރ

October 06, 2019 19
ދީނާ ދެކޮޅު ހަރަކާތަށް އެބަ ފަންޑްކުރޭ: ޖަމީލް

އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ރާއްޖޭގައި ހިންގަން ބޭރުގެ ބަޔަކު ފަންޑުކުރަމުންދާ ކަމަށާއި މިކަމާ ދެކޮޅަށް ސަރުކާރުން ހަމައެކަނި ނޫސް ބަޔާނެއް ނެރުމަކުން ނުފެދޭ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2019 90
ސަރުކާރަކީ މަޖިލީހަށްވެ ނިމިއްޖެ: ޖަމީލް

ސަރުކާރު "މަޑު ނިދީގައި އޮއްވައި" ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށްވެ ނިމިފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2019 66
އަދީބު ފިލުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ: ޖަމީލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖެ އިން ބޭރަށް ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

12 ޖޫން

June 12, 2019 60
އިންސާފު އޮތީ ޚިޔާނާތުގެ ބޮޑުންނަށް: ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މިސްރާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

15 ފެބުރުއަރީ

February 15, 2019 25
ޒީރޯ ޓޮލެރަންސަށް ބޭނުންވަނީ ފިޔަވަޅު އެޅުން: ޖަމީލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބައިވެރިވެފައިވާ ހުރިހާ އެންމެން މަގާމުތަކުން ވަކިކުރަން ޖެހޭ ކަމަށާއި ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ދޭން ޖެހޭނީ އެގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

20 ޖެނުއަރީ

January 20, 2019 45
ރަސޫލާއަށް ފުރައްސާރަ ކުރާއިރު ފިޔަވަޅެއް ނާޅާ: ޖަމީލް

ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ފުލުހުން ނާޅާތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

17 ޑިސެމްބަރ

December 17, 2018 17
ޖިއާންގެ ހަށިގަނޑާ އެކު އާއިލާ ރާއްޖޭން ފުރައިފި

ހަދަމުންދާ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް މިއަދު ނިޔާވި ރަވްޝާން ޖިއާންގެ ހަށިގަނޑާ އެކު އޭނާގެ އާއިލާ މިރޭ ރާއްޖޭން ބަންގްލަދޭޝް އަށް ފުރައިފި އެވެ.

21 ނޮވެމްބަރ

November 21, 2018 176
ޖޭޕީގެ ވަޒީރުންނަށް ފާޑުކިޔާތީ ޖަމީލް ހިތްހަމަނުޖެހިއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނަށް އެކަނި ފާޑުކިޔާތީ ކުރީގެ ނައިބު ރައީސް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

10 ނޮވެމްބަރ

November 10, 2018 26
ޖުމްހޫރީ 50: ރާއްޖެއަށް ހަމަޖެހުން، ކޮން އިރަކުން؟

މިއީ ޖުމްހޫރީ ވެރިކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ލިއާ ރިޕޯޓްތަކުގެ ތެރެއިން އެއް ރިޕޯޓެވެ. އޭގެ ތެރެއިން ގިނަ ރިޕޯޓްތައް މާދަމާ ކިއުންތެރިންނާ ހަމައަށް އަންނާނެ އެވެ.

15 އޮކްޓޯބަރ

October 15, 2018 51
އަނިޔާ އިން ކުރި އަސަރުން ޖަމީލް ކީރިތިކުރައްވައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ރައްޔިތުންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ދީ، ހައްގުތައް ނިގުޅައިގަނެ، ބިކަކުރި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ވީޓީވީގެ ލައިވް ޕްރޮގްރާމެއްގައި ރޭ ކީރިތި ކުރައްވައިފި އެވެ.

15 ޖުލައި

July 15, 2018 25
ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކޮށްފި

ރާއްޖޭގެ ބައެއް އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރު ގައުމުތަކުގެ މަންދޫބުންނަށް ފައިސާ ބެއްސެވި ކަމަށް ބުނެ، ސަރުކާރުގެ އޮފިޝަލަކު ދެއްކެވި ވާހަކަތައް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ދޮގުކުރައްވައިފި އެވެ.

27 މެއި

May 27, 2018 82
ކޯލިޝަންގެ ޚިޔާލުތަފާތުވުން ބޮޑުވެ، ބަހުގެ ހަމަލާ!

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އެންމެ ފަހުން އާއްމުންނާ ހަމައަށް ތިލަވެއްޖެ އެވެ.

23 މެއި

May 23, 2018 24
ޝައިނީގެ ހިތްހަމަނުޖެހުން ޖަމީލާއި ނަސީމަށް

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ކުރިމަތިލާން ނިންމައި ގައުމުތަކުގެ ތާއީދު ހޯދަމުން އަންނަނިކޮށް، ރާއްޖެއާ ދެކޮޅަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ކެމްޕޭން ކުރައްވާ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު...