16 އޯގަސްޓް

August 16, 2019 92
ގުރުއާން މުބާރާތްތައް ނުބާއްވާތީ ޝަހީމްގެ ކަންބޮޑުވުން

ކޮންމެ އަހަރަކު ބާއްވަމުން އައި ގުރުއާން މުބާރާތްތަކާއި ހާފިޒުން އުފެއްދުމުގެ މަސައްކަތްތައް މި ސަރުކާރު އައި ފަހުން މަޑުޖެހިފައިވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

27 ޖޫން

June 27, 2019 19
އިސްލާމިކް އެންސައިކްލޮޕީޑިއާގެ ވެރިޔަކަށް ޝަހީމް

އިސްލާމް ދީނާ ގުޅޭ ކަންކަމުގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮން ޓޮލަރެންސް ޕްރޮޖެކްޓުގެ ވެރިއަކަށް، ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ.

25 ޖޫން

June 25, 2019 49
ދެ ޔުނިވަސިޓީ އެއްކޮށްލުމަކީ ބޭކާރު ކަމެއް: ޖަމީލު

ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީ އެއްކޮށްލުމަކީ ބޭކާރު ކަމެއް ކަމަށާއި އޭގެ ބަދަލުގައި ދެ ތަން ވަކިން ހަރުދަނާކުރުން މާ މުހިއްމު ކަމަށް ކުރީގެ ނައިބު ރައީސް އަދި އިސްލާމިކް ޔުނިވަސިޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖޫން

June 02, 2019 46
"އިސްލާމީ ދެ މުއައްސަސާއަށް ވެރިން ނުލާތީ ކަންބޮޑުވޭ"

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް މި ސަރުކާރުގައި ވެރިން ނުލައި ލަސްވުމުގެ ސަބަބުން ދެ މުއައްސަސާ އޮޔާ ދަނީ ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

10 މެއި

May 10, 2019 40
އޯއައިސީގެ ގޮތްޕެއްގެ ވެރިއަކަށް ޝަހީމް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހުންނެވި، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް، އެ ޖަމާއަތުގެ ގޮތްޕެއްގެ ވެރިއަކަށް އައްޔަން ކޮށްފި އެވެ.

20 އެޕްރީލް

April 20, 2019 43
ހުތުބާ ލިޔާ މީހުންނަށް އެކަނި ފަންޑު ތަރައްގީއެއްނުވާނެ

ހަމައެކަނި ފަތުވާ ދޭ މީހުންނާއި ހުތުބާ ލިޔާ މީހުން ތިބެގެން އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ފަންޑުތައް ތަރައްގީ ނުކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2019 18
ޔުނިވަސިޓީ ބެލެހެއްޓީ ތެދުވެރިކަމާއެކު: ޝަހީމް

އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އަށް ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޖަމާނުކޮށް ގިނަ ދުވަސްވީ މައްސަލަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވިޔަސް އެތަނުގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ތެދުވެރިކަމާއެކުގައި ކަމަށް، އައިޔޫއެމްގެ ކުރީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2019 27
އޯއައިސީގެ ވަޒީފާއަށް ޝަހީމް ނުކުންނަވަން ފައްޓަވައިފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އާދިއްތަ ދުވަހު ނުކުންނަވަން ފައްޓަވައިފި އެވެ.

05 ޖެނުއަރީ

January 05, 2019 61
ކަޅުވަކަރު މިސްކިތް ބަހައްޓާ ތަން ރަނގަޅެއް ނޫން

އިސްލާމީ މަރުކަޒުގެ ކުރިމަތީގައި، ތާރީޚީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2018 55
ޑރ.ޝަހީމްގެ "ގެއްލިފައި" އޮތް އާއިލާއެއް ފެނިއްޖެ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މިއަދު ދިމާވީ އޭނާ ސިފަކުރައްވާ ގޮތުގައި "އަޖައިބެއް ކަހަލަ" ކަމެކެވެ. އާއިލާގެ މެމްބަރުން ކުއްލިއަކަށް އިތުރުވީ އެވެ.

18 ޑިސެމްބަރ

December 18, 2018 53
ކޯޓުތަކުގެ ވާހަކަ ދައްކަނީ މަރުގެ އަދަބު ނުދޭންވެގެން

މަރުގެ އަދަބު ތަންފީޒު ކުރާނީ އަދުލު އިންސާފުގެ ނިޒާމުގެ ނިޒާމް އިސްލާހު ކުރުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނާ ބުނުމަކީ އެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރަން ދައްކާ ހުއްޖަތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

12 ޑިސެމްބަރ

December 12, 2018 50
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ޝަހީމް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަޑައިގަންނަވަން ނިންމަވައިފި އެވެ.

15 ނޮވެމްބަރ

November 15, 2018 34
ޗާންސެލަރުކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވައިފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރުގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

06 ނޮވެމްބަރ

November 06, 2018 8
ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ މީހަކު ނުހުންނާނެ

ސިޔާސީ ގޮތުން އެކުގައި މަސައްކަތް ނުކުރެއްވޭނެ ބޭފުޅަކު ނުހުންނަވާނެ ކަމަށް ވިދާޅުވެ، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު މަސައްކަތް ކުރައްވަފާނެ ކަމުގެ އިޝާރާތެއް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދެއްވައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 34
އައިޔޫއެމް ސިޔާސީކޮށްފި، ޝަހީމް އިސްތިއުފާ ދެއްވާ!

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޗާންސެލަރު ކަމުގެ މަގާމުގައި ހުންނަވައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެތަން ސިޔާސީ ކޮށްފައިވާ ކަމުގެ ތުހުމަތާ އެކު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވަން، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އިއްޔެ ގޮވާލައްވައިފި...

25 ސެޕްޓެމްބަރ

September 25, 2018 48
"އަޒުމަށް ބަދަލެއް ނާދެ، ހިދުމަތުގައި ދެމިހުންނާނަން"

ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެވަޑައިގަތަސް، އަޒުމާއި ހިތްވަރަށް ބަދަލު ނާންނަ ކަމަށާއި ގައުމީ ހިދުމަތުގައި ކުރިން ހުންނެވި ފަދައިން ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2018 22
އިބޫ ލީޑަޝިޕްގައި ހެޔޮ ބަދަލު އަންނާނެކަން ޔަގީންކުރަން

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ލީޑަޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަގީންކުރައްވާ ކަމަށް، އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތް ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2018 12
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނުކުމެ ފަސްނުޖެހި ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ދިނުމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.

20 ސެޕްޓެމްބަރ

September 20, 2018 12
ގުރުއާނާ ބެހޭ މަރުކަޒު، ކިންގް ސަލްމާން މިސްކިތަށް

މީގެ އެތައް އަހަރެއް ކުރިއްސުރެ ހިންގަމުން އަންނަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު، ސަރުކާރުން މިހާރު ހަދަމުން އަންނަ ކިންގް ސަލްމާން އިސްލާމިކް ސެންޓަރަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

September 20, 2018 29
އިދިކޮޅުން ބުނާ ދީނީ ހުރިހާ ކަމެއްވާނީ ފުރިހަމަކޮށްފައި

އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަމަލު ކުރަން އިދިކޮޅު ކޯލިޝަނުން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ ދީނީ...

September 20, 2018 93
ރައީސްގެ ވަށައިގެން ވަނީ އިސްލާމީ ގައުމުތައް: ޝަހީމް

މީހެއްގެ ހެޔޮކަން ކަނޑައެޅުމުގައި ބަލާނީ އެ މީހެއްގެ ވަށައިގެންވާ މީހުންނަށް ކަމަށާއި އެގޮތަށް ވިސްނައިފި ނަމަ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ވަށައިގެން...

19 ސެޕްޓެމްބަރ

September 19, 2018 35
ހަތަރު ލީޑަރުން ގެންގުޅެން މިއީ އަފްޣާނިސްތާނެއް ނޫން

ހަނގުރާމަވެރި ހަތަރު ލީޑަރުން ގޮވައިގެން އުޅެން، ދިވެހިރާއްޖެއަކީ އަފްޣާނިސްތާން ނޫން ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.