22 ނޮވެމްބަރ

November 22, 2019 2
ދަރިވަރުން ފެންބޯން މަޖުބޫރު ވަގުތުތަކެއް ކަނޑައަޅައިފި

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސްކޫލެއްގެ ދަރިވަރުންނަށް ފެން ބޯން ހަނދާންކޮށްދީ އެކަމަށް ބާރު އެޅުމުގެ ގޮތުން، ކިޔަވާ ގަޑިތަކުގައި ފެން ބޯން ހަނދާންކޮށް ދިނުމަށް ރަނގަބީލް ޖަހަން ފަށައިފި އެވެ.

23 އޮކްޓޯބަރ

October 23, 2019
ފާހާނާ އިން ބޭރުވާ ފެން ރިސައިކަލްކޮށް ހިލޭ ދެނީ

ބެލްޖިއަމްގެ ކޫންގައި ހިންގާ ގަޒްޓީކްސް ރެސްޓޯރަންޓުން އެތަނުގެ ފާހާނާތަކުން ބޭރުވާ ފެން ރިސައިކަލްކޮށް ކަސްޓަމަރުންނަށް ހިލޭ ދޭން ފަށައިފި އެވެ.

26 އޯގަސްޓް

August 26, 2019
ފެނުގައި ހުންނަ "މައިކްރޮޕްލާސްޓިކް" ނުރައްކަލެއް ނޫން

ބޯ ފެނުގައި އެކުލެވޭ މައިކްޕްރާސްޓިކަކީ އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ނުދައްކާ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

24 ޖޫން

June 24, 2019
"ވެޖެޓޭރިއަން ވޯޓާ" ބޮޑު ޖޯކަކަށް

މަހުގެ ބާވަތްތައް ދޫކޮށްލައި، ވަރަށް ގިނަ މީހުންނަކީ މިހާރު ތަކުރާރީގެ ބާވަތްތަކުގެ ޑައިޓްތަކަށް ބަރޯސާވާ މީހުންނެވެ. އެގޮތުން ވެޖެޓޭރިއަނުންނަށް ހާއްސަ އުފެއްދުންތައް މިހާރު އާންމުކޮށް ގަންނަން ވެސް ލިބޭނެ އެވެ.

27 މެއި

May 27, 2019
މައްސަރު ދުވަސްވަރު ގިނައިން ފެން ބުއިން މުހިންމު

މައްސަރު ދުވަސްވަރު ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކަށް ސަމާލުކަން ދޭ މީހުން މަދެވެ. އެއާ ޚިލާފަށް މިދުވަސްވަރު ބޭނުންވަނީ ލުއި ކާނާގެ ބާވަތްތަކާއި ޗޮކްލެޓް ފަދަ ފޮނި ކާތަކެތީގެ ބާވަތްތަކެވެ. މި ދުވަސްވަރު ދެން އެންމެ ސަމާލުކަން ދޭންވީ ގިނައިން ފެން ބުއިމަށެވެ.

12 އެޕްރީލް

April 12, 2019
ފެނާ ނުލައި ބޭސް ކެއުން ނުރައްކާ

ފެނާ ނުލައި ބޭސް ކެއުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. އެއީ ފެން ހޯދަން ލަސްވާތީ އަވަސްކޮށްލަން ކަމަށް ވެދާނެ އެވެ. ނޫނީ ކަންނެތްވެފައި ހުންނަ ވަގުތުގައި ކަންފަސޭހައަކަށެވެ. ކޮންމެ ސަބަބަކާ ހުރެ މިކަން މިގޮތަށް ކުރި ކަމުގައި ވިޔަސް މީ ވަރަށް ގެއްލުންހުރި ކަމެކެވެ.

08 އެޕްރީލް

April 08, 2019 1
ގިނައިން ފެންބޯން އާދަކުރާނެ 5 ގޮތެއް

އަހަރެމެންގެ ހަށިގަނޑުގައި ފެނުގެ ނިސްބަތް 50 ޕަސެންޓަށް ވުރެ ވެސް މައްޗެވެ. އެހެންވެ، ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށާއި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްލުމަށްޓަކައި ފެން މަދު ވިޔަ ދީގެން ނުވާނެ އެވެ.

17 މާޗް

March 17, 2019 8
"އިންފިއުޒްޑް ވޯޓާ" ގެ ފައިދާ ބޮޑު

އަހަރެމެންގެ ހަށިގަނޑުގެ ކޮންމެ ސެލްއެއް، ކޮންމެ ގުނަވަނެއް އަދި ކޮންމެ ޓިޝޫއެއް ފެން ބޭނުންކުރެ އެވެ. އެއީ ހަށިގަނޑުގެ ފިނިހޫނުމިން ދެމެހެއްޓުމަށާއި ހަށިގަނޑުގެ ދެން ހުރި އެހެން ކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކަ އެވެ. ހަށިގަނޑުގައި ހުންނަ ފެން ދަލުގެ ގޮތުގައި އާއި ނޭވާލުމުން އަދި ހަޖަމްކުރުމުގެ...

11 މެއި

May 11, 2018 3
ގިނައިން ފެން ބުއިން: ކިޑްނީ އަށް ރަނގަޅު ކަމެއްތަ؟

ގިނައިން ފެން ބުއިމުން، ކިޑްނީގެ އެކި މައްސަލަތަކުން ރައްކާތެރިކޮށް ދޭނެ ކަމަށް ކިޑްނީގެ ބަލިތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އަބަދުވެސް ބުނެ އެވެ. އެކަމަކު ގިނައިން ފެން ބުއިމާއި ކިޑްނީގެ ދުޅަހެޔޮކަމާ މާ ބޮޑު ގުޅުމެއް ނެތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

16 އެޕްރީލް

April 16, 2018 4
ހޫނު ފެން ބޮއެގެން ހިކޭތަ؟

ބަރުދަން ލުއިކުރަން މަސައްކަތްކުރާ ބައެއް މީހުން ހޫނު ފެން ބުއިމަކީ މިހާރުވެސް ކުރާ ކަމެކެވެ. މިއީ ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫން ކަމަށް އެއްބަޔަކު ބުންޏަސް އެކި ދިރާސާތަކުގައި މިކަމުގެ ފައިދާއާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ.

26 ޑިސެމްބަރ

December 26, 2017 1
މި މީހާ ދިރިހުންނަން ދުވާލަކު 20 ލީޓަރު ފެން!

އިންސާނުން ދިރިތިބެން ފެނަކީ އެންމެ މުހިންމު ބަ އެވެ. ނަމަވެސް އެއްވެސް އެއްޗެއް މާ ގިނައިން ބޭނުންކުރުމުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑުވެ އެވެ. ކަން އޮތީ އެހެން ނަމަވެސް ތަފާތު ބަލިތައް ޖެހިފައިވާ މީހުން ބައެއް ފަހަރަށް އާދަޔާ ހިލާފު ގޮތްތަކަށް އަމަލްކުރަން ޖެހެ އެވެ.

20 މެއި

May 20, 2017 3
ފަލަވުން ކޮންޓްރޯލްކުރަން ފެން

ހަކުރު އަޅާފައި ހުންނަ އެކި ފާޑުގެ ބުއިންތައް އަހަރެމެން ކޮންމެ ދުވަހަކު އެބަ ބޮމެވެ. މިއީ ފަލަ މީހުން ގިނަވަމުން އަންނަ މައިގަނޑު ސަބަބަކަށް ވެއްޖެ އެވެ.

10 ނޮވެމްބަރ

November 10, 2016 1
މާގިނައިން ފެން ބޮއެގެން ގެއްލުން ވެދާނެ

ފެނާ ނުލައި އުޅެވޭނެ ގޮތެއް ނެތެވެ. ހަަށިގަނޑުގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ހިންގުމަށް ފުދޭ ވަރަށް ފެން ބޭނުންވާނެ އެވެ. އެ މިންވަރަށް ފެން ނުލިބޭ ނަމަ ސިއްހީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެ އެވެ. އެހެންވެ ގިނައިން ފެން ބުއިމަށް އަބަދުވެސް ލަފާ ދެ އެވެ. ސުވާލަކީ ވަކި ވަރަކަށް ވުރެ ގިނައިން ފެން ބޯންވާނެ ހެއްޔެވެ؟