17 ޑިސެމްބަރ

December 17, 2019 33
ޑްރަގް ބޯޓާ ގުޅުން ހުރި ގިނަ ދިވެހިން ދޫކޮށްލައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެންމެ އިސް ދިވެހި މީހާ ފިޔަވައި އެހެން ދިވެހިން ދޫކޮށްލައިފި އެވެ.

16 ޑިސެމްބަރ

December 16, 2019 10
މަސްތުވެގެން ހުރެ ބިރުދެއްކި މީހަކު ހައްޔަރުކޮށްފި

މަސްތުވެގެން ހުރެ ބަޔަކަށް ބިރު ދެއްކި މައްސަލައެއްގައި ސަފާރީއެއްގެ ވެރިއަކު ހައްޔަރުކޮށްފި އެވެ.

14 ޑިސެމްބަރ

December 14, 2019 25
މަސްތުވެގެން މަގުމަތީ ތިބޭ މީހުންގެ 89 މައްސަލައެއް!

މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ތިބޭ މީހުންގެ 89 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2019 54
މަސްތުވެގެން މަގުމަތީ ބިއްޖެހިފައި، ޝަކުވާތައް ގިނަ

ސޯޝަލް މީޑިއާގައި އެކަކު އާންމުކުރި ވީޑިއޯއަކުން ފެންނަނީ މަގެއްގައި ޕާކްކޮށްފައި ހުރި ދެ ސައިކަލެއްގެ އަތްގަނޑުގައި ހިފަހައްޓައިގެން ހުރި މީހަކު ނިދިގެން ތާއްޔާ ޖެހޭ މަންޒަރެވެ. އޭނާގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް ނޭނގެ އެވެ. ހަގީގަތަކީ އެއީ ނިދި ޖެހިގެން ވެއްޓެންދާ މީހެއް ނޫން ކަމެވެ. އެއީ މަސްތުވާތަކެތީގެ ޝިކާރަ އަކަށް...

12 ނޮވެމްބަރ

November 12, 2019 14
މަސްތުވެ ހުރެ ފެރީ ދުއްވި ކައްޕިއާ ސުވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް ދުއްވަން ހުރި ކެޕްޓަނަކު މަސްތުގެ ހާލަތުގައި ހުރެގެން ފެރީ ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން ފުލުހުން އޭނާއާ ސުވާލުކޮށް މައްސަލަ ބަލައިފި އެވެ.

06 ނޮވެމްބަރ

November 06, 2019 7
ދެ މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގްސް އަތުލައިގެންފި

އިންޑިއާއިން ރާއްޖެ އައި އެ ގައުމުގެ ދެ މީހެއްގެ އަތުން ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

22 އޮކްޓޯބަރ

October 22, 2019 19
ޑްރަގް ބޯޓުގެ މީހުންގެ މައުލޫމާތު އާއްމުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހިމެނޭ މީހުންގެ ފޮޓޯއާ އެކު އެ މީހުންގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

08 އޮކްޓޯބަރ

October 08, 2019 4
70 ކިލޯގެ ޑްރަގް މައްސަލައިގަ އިތުރު ބަޔަކު ހައްޔަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ދެ އުޅަނދުން 70 ކިލޯގެ މަސްތުވާތަކެތި ފެނުން މައްސަލައިގައި މިހާތަނަށް 13 ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

October 08, 2019 3
އަތުލި ބޯޓުން އަދި ފެނުނީ 70 ކިލޯގެ މަސްތުވާތަކެތި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ޑްރަގް ބޯޓުން މިހާތަނަށް ފެނުނީ ގާތްގަނޑަކަށް 70 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2019 20
އަތުލައިގަތް ބޯޓުގައި ކޮންބައެއް ކަން ނޭނގޭ ހަ މީހެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެއްޗާ އެކު ދަތުރު ކުރަމުން ދަނިކޮށް އަތުލައިގަތް ބޭރުގެ ބޯޓުގައި ކޮން ބައެއް ކަން ނޭނގޭ ހަ މީހަކު އެބަތިބި ކަމަށް ފުލުހުން މިއަދު...

October 07, 2019 18
ރާއްޖޭ ސަރަހައްދުން 150 ކިލޯގެ ޑްރަގްސް އަތުލައިފި

އިންޑިއާއާ ގުޅިގެން ރާއްޖޭ ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭ ސަރަައްދުން 150 ކިލޯގެ ޑްރަގްސް އަތުލައިގެންފި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

06 އޮކްޓޯބަރ

October 06, 2019 30
ވަކި ހިސާބަކުން މިނިވަން! ޑްރަގް ޑީލަރުން ހެވިފައި!

ގްރާމުން ފެށިގެން އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހުން އެބަ ހައްޔަރުކުރެ އެވެ. ނަމަވެސް އެ ނުބައި، ގާނޫނީ ގޮތުން ބޮޑެތި އަދަބުތަައް ކަނޑައަޅާފައިވާ ވިޔަފާރި ހުއްޓޭ ތަނެއް ނާދެ އެވެ. އަނެއް ކޮޅުން އެއް ފަހަރު ހައްޔަރުކުރާ މީހާ އަނެއްކާވެސް ފެންނަނީ އެއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްގެން އުޅެނިކޮށެވެ....

02 އޮކްޓޯބަރ

October 02, 2019 23
ހަ ކިލޯ ޑްރަގާ އެކު ހައްޔަރުކުރި ބަޔަކު ދޫކޮށްލައިފި

ހަ ކިލޯގެ ޑްރަގާ އެކު ފުލުހުން ހައްޔަރުކޮށް ބަންދުގައި ތިބި ފަސް މީހުންގެ ތެރެއިން ތިން މީހަކު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

29 ސެޕްޓެމްބަރ

September 29, 2019 3
49 ކިލޯގެ ޑްރަގް:ދެ މީހެއްގެ ބައި އަނބުރާ ގެންދަނީ

އީރާނުގެ ބޯޓަކުން 49 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރެއިން ދެ މީހެއްގެ ބައި ދައުލަތުން މިއަދު އަނބުރާ ގެންގޮސްފި އެވެ.

13 އޯގަސްޓް

August 13, 2019
ކުށްވެރިޔަކަށް ޖޯކު ޖަހާތީ ފުލުހުންގެ އިންޒާރެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް ޝަރުތުތަކާ އެކު މިދިޔަ އަހަރު ދޫކޮށްލި ކުށްވެރިއަކު، އެއްބަސްވުމާ ހިލާފުވެ، ފިލި މައްސަލައަކާ ގުޅިގެން އޭނާ ހޯދަން އާންމުންގެ އެހީއަށް އެދި އިނގިރޭސިިލާތުގެ ސައުތު ވޭލްސްގެ ފުލުހުން އާންމުކުރި ފޮޓޯއަކަށް ގިނަ ބަޔަކު ޖޯކު ޖަހަން ފެށުމުން، އެކަން...

08 އޯގަސްޓް

August 08, 2019 1
ޑްރަގްސް އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

01 އޯގަސްޓް

August 01, 2019 32
ކެރެލާ އަކީ ރާއްޖެ އަށް ޑްރަގްސް އެތެރެކުރާ ހަބެއް

ދެކުނު އިންޑިއާގައި މަރުވާނާ ހައްދާ ކަމަށް މަޝްހޫރު ވެފައިވާ އަންދުރަ ޕްރަދޭޝް ސްޓޭޓްގައި އުފައްދާ ހަޝިޝްގެ ބޮޑު ބައެއް ކެރެލާ މަގުން ރާއްޖެ އަށް އެތެރެކުރާ ކަމަށް ކެރަލާގެ ތަންފީޒީ އިދާރާއެއް ކަމަށްވާ ސްޓޭޓް އެކްސައިޒް އެންފޯސްމަންޓް ސްކޮޑް (އެސްއީއީއެސް) އިން ބުނެފި އެވެ.

31 ޖުލައި

July 31, 2019 55
ޑްރަގްސްއާ އެކު ހައްޔަރުކުރި މީހުންގެ ފޮޓޯ އާންމުކޮށްފި

ހަ ކިލޯގެ ޑްރަގްސްއާ އެކު އިއްޔެ ހައްޔަރުކުރި ފަސް މީހުންގެ ފޮޓޯ އާއި އެ މީހުންގެ ބައެއް މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފި އެވެ.

July 31, 2019 18
އުޅުނީ 6 ކިލޯގެ ޑްރަގާ އެކަކު ހަވާލުވެ ސަލާމަތްވާން!

ޑްރަގުގެ ވަރުގަދަ ޑީލަރަކާ އެކު ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި މީހުން އުޅުނީ އެކަކު އެ ތަކެއްޗާ ހަވާލުވެ އެހެން މީހުން ސަލާމަތްކޮށްދޭން ކަން...

15 ޖުލައި

July 15, 2019 25
ޑްރަގްސްއާ އެކު ދެ ދިވެއްސަކު ޗެއްނާއީން ހައްޔަރުކޮށްފި

އިންޑިއާގެ ޗެއްނާއީން މާލެ އަށް އަންނަން އުޅުނު ދެ ދިވެއްސެއްގެ އަތުން ގިނަ އަދަދެއްގެ ހަޝިޝް އޮއިލް ފެނިގެން ހައްޔަރުކޮށްފި އެވެ.

09 ޖުލައި

July 09, 2019 12
ބޭއިންސާފުން ފުލުހަކަށް ފިޔަވަޅެއް ނާޅާނަން: އިމްރާން

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ ތަހުގީގު ކުރިއަށްދާނީ އިންސާފުވެރިކަމާ އެކީގައި ކަމަށާއި ބޭއިންސާފުން އެއްވެސް އޮފިސަރަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 96
ފުލުހުން އަނިޔާކުރީ ބިދޭސީއަކަށް، ދެ ކިލޯ ޑްރަގް!

މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ތަޅައި ފުލުހުން އަނިޔާކުރީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކަށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

04 ޖުލައި

July 04, 2019 15
ބިޑިއަޅުވަން އުޅުމުން ގަދަ ދެއްކި މީހަކަށް އަނިޔާވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށުން ޑްރަގް ކޯޓަށް ގެންދަން ޖެހޭ މީހަކު ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން ބިޑި އަޅުވަން އުޅުމުގެ ތެރޭގައި އަތުގެ ކަށިގަނޑުގައި ރެނދެއް ލައިފި އެވެ.