15 ފެބުރުއަރީ

February 15, 2017 19
ފިލްމީ ތަރި އައްޔަގެ މައްޗަށް ދައުވާކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނެ ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު (އައްޔަ) ގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

14 ފެބުރުއަރީ

February 14, 2017 2
ނުވަ ކިލޯގެ ޑްރަގް އެތެރެކުރި ބަޔަކު އަލުން ބަންދަށް

ގިނަ ބަޔަކު ބައިވެރިވެގެން ނުވަ ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފައި ތިއްބާ އެ މީހުން ފުލުހުންގެ ބަންދުގައި ބައިތިއްބަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

25 ޖެނުއަރީ

January 25, 2017
ފުވައްމުލަކަށް ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލައި، ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

23 ޖެނުއަރީ

January 23, 2017 4
ކުށްކުރިތާ އަށް އަހަރު ފަހުން އުމުރަށް ޖަލަށް

އައްޑު އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު، އެ ކުށް ކުރިތާ އަށް އަހަރު ފަހުން އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

18 ޖެނުއަރީ

January 18, 2017 1
ޑްރަގް އެތެރެކުރި ދެ މީހަކު 10 އަހަރަށް ޖަލަށް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު 10 އަހަރަށް ޖަލަށްލައި، ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

04 ޖެނުއަރީ

January 04, 2017 6
ޑްރަގް އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށްފި

މާލެ އާއި މާލެ ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި 11 ދުވަހުގެ ހާއްސަ އޮޕަރޭޝަންގައި 62 މީހަކު ހައްޔަރުކޮށްފި އެވެ.

01 ޖެނުއަރީ

January 01, 2017 4
ސީރިއަސް ކުށްތައް މަދު، ކުދި ކުށްތައް އިތުރު: ޕޮލިސް

މިދިޔަ އަހަރު ހުށަހެޅުނު ސީރިއަސް ކުށްތަކުގެ އަދަދު މަދުވިޔަސް ކުދި ކުށްތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

26 ޑިސެމްބަރ

December 26, 2016 19
އަޝްރާގެ ފަރާތުން ދައުވާއާ މެދު ސުވާލުތަކެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ހައްވާ އަޝްރާގެ މައްޗަށް މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާއެއް ދައުލަތުން އުފުލިޔަސް އޭނާ ހައްޔަރުކޮށް، ތަހުގީގު ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށް އޭނާގެ ވަކީލު ކޯޓުގައި މިއަދު ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2016 6
ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް

މާލެ އާއި ހުޅުމާލެ އަދި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ހާއްސަކޮށްގެން މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުއްތާތައް ބޭނުންކޮށްގެން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ފަށައިފި އެވެ.

19 ޑިސެމްބަރ

December 19, 2016 1
މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު އުމުރަށް ޖަލަށް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ކުށް ސާބިތުވެ، ދެ ދިވެއްސަކު 100،000ރ. އިން ޖޫރިމަނާކޮށް އުމުރުން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

17 ނޮވެމްބަރ

November 17, 2016 3
ގިނަ ޑްރަގާ އެކު ދިވެއްސަކު އިންޑިއާއިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށްފި އެވެ.

02 ނޮވެމްބަރ

November 02, 2016 7
އެއް އަހަރު ތެރޭ 100 ކިލޯގެ ޑްރަގް އަތުލައިގެންފި

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފުލުހުންނާއި ކަސްޓަމްސް އިން 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

29 އޮކްޓޯބަރ

October 29, 2016 5
ތައިލެންޑުން ޑްރަގް އެތެރެކުރި ދިވެއްސަކު އަތުލައިގެންފި

ހަށިގަނޑުގައި ފޮރުވައިގެން 1.6 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު އަތުލައިގެންފި އެވެ.

07 އޮކްޓޯބަރ

October 07, 2016 4
ޑްރަގު ވިއްކި ދިވެއްސަކު އިންޑިއާގަ 10އަހަރަށް ޖަަލަށް

މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނުކަން ސާބިތުވެ ދިވެއްސަކު 10 އަހަރަށް ޖަލަށް ލުމަށް އިންޑިއާގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

03 އޮކްޓޯބަރ

October 03, 2016
މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށް

ރިހާކުރި ފުޅިއެއްގެ ތެރެއަށް މަސްތުވާތަކެތި އަޅައިގެން ގެންގުޅުނު މީހަކު އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ.

28 ސެޕްޓެމްބަރ

September 28, 2016 32
ޑްރަގްގެ ބޮޑެތި މައްސަލަތައް ނާކާމިޔާބު!

ރާއްޖޭގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އަދި އަތުލައި ގަނެވޭ އެއްޗެހީގެ އަދަދު ވެސް މައްޗެވެ. އެއީ ޔަގީނުން ވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަމަކު ޝަރުއީ މަރުހަލާއިން އެފަދަ ބޮޑެތި މައްސަލަތައް ނިމިގެން މިދަނީ ނާކާމިޔާބުވެގެންނެވެ.

26 ސެޕްޓެމްބަރ

September 26, 2016 18
ހައި ކޯޓުން ވެސް ހުސައިން މަނިކު ސަލާމަތްވެއްޖެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނާ ހ. ރެހި ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

07 ސެޕްޓެމްބަރ

September 07, 2016 3
މާއެނބޫދޫ ޕްރިންސިޕަލް ޑްރަގާ އެކު ހައްޔަރުކޮށްފި

ދ. މާއެނބޫދޫ ސްކޫލުގެ ޕްރިންސިޕަލް މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.

14 ޖުލައި

July 14, 2016 8
ހަނީ އުމުރަށް ޖަލަށް ލާން ކުރި ހުކުމަށް ތާއީދުކޮށްފި

މަޝްހޫރު ފެހުންތެރިޔާ މިރުފަތު ހަނީފް (ހަނީ) މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

13 ޖުލައި

July 13, 2016 23
ގޮތް ނޭނގޭ ކޮންމެ އެއްޗެއް ނުރައްކާ! ހަވާލުނުވާތި!

ދަތުރު ކުރާއިރު މީހުން ދޭ އެއްޗިއްސާ އެއްވެސް ސުވާލެއް ނެތި ގިނަ ދިވެހިން ހަވާލުވެ އެވެ. ދަތުރުފަތުރު ކުރުމުގައި ރާއްޖޭގައި ހުރި އުނދަގޫތަކުގެ ސަބަބުން އެހެން މީހުން ހަވާލުކުރާ އެއްޗެހި ގެންގޮސް ދެނީ އެހީގެ އަތެއް ދިއްކޮށްލުމުގެ ނިޔަތުގަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނަ މިންވަރަށް ބަލާއިރު...