18 އޮކްޓޯބަރ

October 18, 2020
ކޮންގްރެސް ޕާޓީން ވިވެކަށް ޑްރަގްސްގެ ތުހުމަތުކޮށްފި

އެކްޓަރު ވިވެކް އޮބެރޯއީގެ އަންހެނުން ޕްރިޔަންކާ އަލްވާގެ ބޭބެ އަދިިތިއާ އަލްވާއާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއްގައި، މުމްބާއީގައި ހުންނަ ވިވެކްގެ ގެއަށް ފުލުހުން ވަނުމުން، މަސްތުވާތަކެއްޗާ ވިވެކާ ވެސް ގުޅުން އޮވެދާނެ ކަމަށް ކޮންގްރެސް ޕާޓީން ބުނެފި އެވެ.

05 އޮކްޓޯބަރ

October 05, 2020
ޑްރަގްސް މައްސަލާގައި މުޅި ބޮލީވުޑް ގޯހެއް ނުކުރެވޭނެ

ބޮލީވުޑަކީ މިހާރު މަސްތުވާތަކެތީގެ ހާއްޔެއްގެ ގޮތުގައި އިނގިލި ދިއްކުރެވުނަސް އެކަމާ ގުޅުވައިގެން މުޅި އިންޑަސްޓްރީގެ ނަން ހަރާބު ނުކުރުމަށާއި މައްސަލަތައް ހުރި ނަމަ ގާނޫނީ ގޮތުން ހައްލު ހޯދަން މަސައްކަތް ކުރުމަށް އެކްޓަރު އަކްޝޭ ކުމާރު ގޮވާލައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2020
ޑްރަގާ ގުޅުވަނީ އަގުވައްޓާލަން: ކަރަން

މަސްތުވާތަކެއްޗާ ގުޅުވައިގެން އަމިއްލަ ނަމާއި އާއިލާ އާއި ގާތް މީހުންގެ އަބުރު ވެސް ކަތިތިލަމުންދާ ކަމަށް ބުނެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ކަންބޮޑުވުން ފާޅުކޮށް، ސާބިތު ނުހިފޭ ވާހަކަތައް މީޑިއާތަކުގައި ނުފެތުރުމަށް ގޮވާލައިފަ އެވެ.

17 ސެޕްޓެމްބަރ

September 17, 2020 1
ޑްރަގްގެ ތުހުމަތުން ބޮލީވުޑަށް ބޮޑު ލަދެއް

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާ އިރު، މުޅި ތަހުގީގުގެ މުޅި ފޯކަސް މިހާރު ހުއްޓިފައި ވަނީ އެ މަރާއި މަސްތުވާތަކެއްޗާ ހުރި ގުޅުމުގެ މައްޗަށެވެ. ސުޝާންތަށް މަސްތުވާތަކެތި ހޯދައިދިން މައްސަލަ އާއި އެތަކެތި ޓްރެފިކްކުރި މައްސަލާގައި ލޯބިވެރިޔާ ބަތަލާ ރިއާ ޗަކްރަބަތީ އާއި އޭނާގެ ބޭބެއާ...

09 ސެޕްޓެމްބަރ

September 09, 2020 2
ކަފާލާތަށް ރިއާ ދުލެއް ނުކުރި، ބަންދަށް 14 ދުވަސް

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް މަސްތުވާތަކެތި ހޯދައިދީ، އެ ބޭނުންކުރަން މަގުފަހިކޮށްދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ބަންދަށް 14 ދުވަސް ޖަހައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2020 2
ސުޝާންތުގެ މަރާ ގުޅޭ ޑްރަގް ކޭސްއެއްގައި ރިއާ ހައްޔަރު

ހުކުރު ދުވަހު ވަނީ ރިއާގެ ކޮއްކޮ ޝޯވިކާއި އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފައި.