15 ޑިސެމްބަރ

December 15, 2016 12
މާލެ އަށް ގިނަ އަދަދެއްގެ ބަނގުރާ އެތެރެކުރަން އުޅެފި

މާލެ އަށް ކައިރިކުރި ލޯންޗަކުންނާއި ދިއްފުށީ ބަނދަރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި، ހަތް މީހަކު އިއްޔެ އާއި ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

13 ޑިސެމްބަރ

December 13, 2016 4
ޑްރަގާ ދެކޮޅު ހަނގުރާމައިގައި 6000 މީހުން މަރައިފި

މެނީލާ (ޑިސެމްބަރު 13) - މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސް އިން ހަނގުރާމަ އިއުލާންކުރި ފަހުން މިދިޔަ ޖުލައި މަހުގެ ފަހުން އެ ގައުމުން 5،927 މީހުން މަރާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

04 ޑިސެމްބަރ

December 04, 2016 5
މަސްތުވާތަކެއްޗާ އެކު ފަސް މީހަކު ހައްޔަރުކޮށްފި

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި ހަ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ފަސް ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

December 04, 2016
ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ޓްރަމްޕް ތާއީދު: ޑުޓާޓެ

މެނީލާ (ޑިސެމްބަރު 4) - ޑްރަގާ ދެކޮޅަށް ފިލިޕީންސް އިން މިހާރު ކުރިއަށް ގެންދާ ހަނގުރާމަ އަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ތާއީދު އެބައޮތް ކަމަށް...

01 ޑިސެމްބަރ

December 01, 2016 3
ދެ ފުލުހުންނާއި ސިފައިންގެ މީހާގެ ބަންދަށް ހަ ދުވަސް

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ދެ ފުލުހުންނާއި ސިފައިންގެ މީހާގެ ބަންދަށް ހަ ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

30 ނޮވެމްބަރ

November 30, 2016 19
މަސްތުވާތަކެއްޗާއެކު ދެ ފުލުހަކާއި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާ އެއްޗެހިތަކެއް އަތުލައިގަނެ ދެ ފުލުހަކާއި ސިފައިންގެ މީހަކާއި އާންމުންގެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2016 1
ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ދިރުވާލައިގެން ބައި ކިލޯއެއްހާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

27 ނޮވެމްބަރ

November 27, 2016 9
އެންޑީއޭގަައި ފަރުވާހޯދާ 4 މީހަކު އެސްޓީއޯގެ ވަޒީފާއަށް

މަސްތުވާތަކެތި ބޭނުން ކުރުމުން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ ހަތަރު މީހަކަށް އެސްޓީއޯއިން ވަޒީފާ ދޭން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

17 ނޮވެމްބަރ

November 17, 2016 3
ގިނަ ޑްރަގާ އެކު ދިވެއްސަކު އިންޑިއާއިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށްފި އެވެ.

13 ނޮވެމްބަރ

November 13, 2016 4
ފުލުހުން އަތުލައިގަތް ބަނގުރާތަކެއް ނައްތާލައިފި

އެކިއެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައިވާ 4،000 އަށް ވުރެ ގިނަ ބަނގުރާފުޅި އާއި ދަޅު އިއްޔެ ނައްތާލައިފި އެވެ.

06 ނޮވެމްބަރ

November 06, 2016 6
ގެދޮރުނެތް ފަގީރަކު ފަސް އަހަރުތެރޭ މިލިއަނަރަކަށް

އުމުރުން 46 އަހަރު ވެފައިވާ ޚަލީލް ރަފީތީ އަކީ މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން، ގެދޮރު ނެތް ފަގީރު ނިކަމެއްޗެކެވެ. މިހާރު އޭނާ ހުރި ގޮތުން މިއީ ރަނގަޅު ވާހަކައެއް ނޫނޭ ހީވެދާނެ އެވެ. އެކަމަކު އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ބެލުމުން، އޭނާ ދިރިއުޅުނު ހާލަތު ވަރަށް ރަނގަޅަށް ހާމަވެގެން ދެ އެވެ.

05 ނޮވެމްބަރ

November 05, 2016 4
ޑްރަގާ ގުޅުންހުރި މޭޔަރަކަށް ބަޑިން ހަމަލާދީ މަރާލައިފި

މެނީލާ (ނޮވެމްބަރު 5) - މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުން ހުރި ފިލިޕީންސްގެ މޭޔަރެއްގެ ގަޔަށް ފުލުހުން ޖަލުގައި ބަޑިޖަހާ މަރާލައިފި އެވެ.

02 ނޮވެމްބަރ

November 02, 2016 7
އެއް އަހަރު ތެރޭ 100 ކިލޯގެ ޑްރަގް އަތުލައިގެންފި

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފުލުހުންނާއި ކަސްޓަމްސް އިން 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

29 އޮކްޓޯބަރ

October 29, 2016 5
ތައިލެންޑުން ޑްރަގް އެތެރެކުރި ދިވެއްސަކު އަތުލައިގެންފި

ހަށިގަނޑުގައި ފޮރުވައިގެން 1.6 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު އަތުލައިގެންފި އެވެ.

22 އޮކްޓޯބަރ

October 22, 2016 2
ބޮލީވިޔާ އަންހެނަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

އެހެން ގައުމަކަށް އެތެރެކުރުމުގެ މަގުސަދުގައި ބޮލީވިއާ އަންހެނަކު ރާއްޖެ ގެނައި ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

16 އޮކްޓޯބަރ

October 16, 2016
ދެން އޮންނަ ބަހުސެއް ކުރިން ޑްރަގު ޓެސްޓް ކުރަން ޖެހޭ

ނިއު ޔޯކް (އޮކްޓޯބަރު 16) - އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސްގައި ހިލަރީ ކްލިންޓަން ހުންނެވީ "ވަރަށް މަތީގައި" ކަމަށާއި އެހެންވެ ދެން އޮންނަ ރިޔާސީ ބަހުސެއްގެ ކުރިން ދެ މީހުންގެ ވެސް ޑްރަގު ޓެސްޓް ކުރަން ޖެހޭނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

13 އޮކްޓޯބަރ

October 13, 2016 2
ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މިދިޔަ މަހުގެ 26 ވަނަ ދުވަހު ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 2.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. އަދި މިދިޔަ ހޯމަ ދުވަހު އެމިރޭޓްސް ފްލައިޓުން ރާއްޖެ އައި މީހެއްގެ އަތުން 840 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ. މިއީ ޖުމްލަ 3.6 ކިލޯގެ މަސްތުވާތަކެއްޗެވެ.

10 އޮކްޓޯބަރ

October 10, 2016
ރާއްޖެ އައި މީހެއް އަތުން ކިލޯއެއްގެ ޑްރަގްސް ހޯދައިފި

ރާއްޖެ އައި ބަންލަދޭޝް ފިރިހެނެއްގެ އަތުން 1.5 ކިލޯގެ ކެނެބިސް އަތުލައިގެންފި އެވެ.

09 އޮކްޓޯބަރ

October 09, 2016 13
މީހަކާ ގުޅުމެއް ނެތް ގިނަ މަސްތުވާތަކެތި ނައްތާލައިފި

އެކި އޮޕަރޭޝަންތަކުގައި ފުލުހުން ހޯދާފައިވާ އެކަމަކު އެއްވެސް މީހަކާ ގުޅުން ނެތް ގިނަ މަސްތުވާ އެއްޗެހިތަކެއް ފުލުހުން ނައްތާލައިފި އެވެ.

07 އޮކްޓޯބަރ

October 07, 2016 4
ޑްރަގު ވިއްކި ދިވެއްސަކު އިންޑިއާގަ 10އަހަރަށް ޖަަލަށް

މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނުކަން ސާބިތުވެ ދިވެއްސަކު 10 އަހަރަށް ޖަލަށް ލުމަށް އިންޑިއާގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

05 އޮކްޓޯބަރ

October 05, 2016 21
ޕެރެލައިޒްވި މީހަކު މަސްތުވާތަކެތީގެ މައްސަލާގައި ޖަލަށް

ޑައިވިނަށް ގޮސްގެން އުޅެނިކޮށް، އުނަގަނޑުން ތިރި ވާވެ، ހިނގާބިނގާވެ ނޫޅެވޭ ޒުވާނަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ދިހަ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.