12 ސެޕްޓެމްބަރ

September 12, 2018 30
ކިލޯއެއްގެ ޑްރަގް ފެނިގެން ޖަލަށް ލި ބަޔަކު މިނިވަން!

ރާއްޖެ ގެނައި މޭވާ ފޮށިގަނޑުތަކަކުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލި ދެ މީހެއްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން އެ ދެ މީހުން މިއަދު މިނިވަން ކޮށްފި އެވެ.

05 އޯގަސްޓް

August 05, 2018 18
ޑްރަގާ އެކު ތައިލެންޑުން ދިވެއްސެއް ހައްޔަރު ކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ތައިލެންޑުގެ ޑޮން މުއާންގް އެއާޕޯޓުން ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

24 ޖުލައި

July 24, 2018 6
އަތުލައިގަތް މަސްތުވާތަކެތި 42 ޕަސެންޓް އިތުރު

މިދިއަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 42 ޕަސެންޓު އިތުރު ވެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

18 ޖުލައި

July 18, 2018 26
ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ނުނިމުނަސް ލުއިދެވޭނެ

މަސްތުވާތަކެތީގެ މައްސަލަތަކުގައި 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އައިސްފައިވާ މީހުންގެ ހުކުމުގެ ދެ ބައި ކުޅަ އެއް ބައި ތަންފީޒުކޮށް ނުނިމުނަސް ރައީސުލްޖުމްހޫރިއްޔާ އަށް އަދަބު ލުއިކޮށްދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

16 ޖުލައި

July 16, 2018 2
ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރު

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 31 އަހަރުގެ އަންހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

15 ޖުލައި

July 15, 2018 1
ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ހައްޔަރުކޮށްފި

ކ. ހިންމަފުށީ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 18 އަހަރުން ދަށުގެ ކުއްޖަކު މިދިއަ ބުދަދުވަހު ހައްޔަރުކޮށްފި އެވެ.

03 ޖުލައި

July 03, 2018 5
ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރު

ރާއްޖެ އަށް ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު މިދިއަ ހަފުތާގައި ހައްޔަރުކޮށްފި އެވެ.

28 ޖޫން

June 28, 2018 8
އީރާނުގެ ބޯޓުގެ ދަލެއްގެ ތެރެއިން ޑްރަގް ފެނިއްޖެ

ހއ. އިންނަފިނޮޅު ފަރަށް އުރުނު އީރާނުގެ ބޯޓުގައި އޮތް ކަމަށް ބެލެވޭ ދަލެއްގެ ތެރެއިން މަސްތުވާތަކެތި ހިމެނޭ ދެ ޕެކެޓެއް މިއަދު ފެނިފައިވާ ކަމަށް އުލިގަމު ކައުންސިލުން މިރޭ ބުނެފި އެވެ.

June 28, 2018 5
ޑްރަގް ސެންޓަރެއް ހަދަން ފުލުހުންނަށް ލާޒިމް ކުރަނީ

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ހެދުމަށް ފުލުހުންނަށް ލާޒިމްވާ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

June 28, 2018 5
ޑްރަގް ބޭނުންކުރާ ކުޑަކުދިންގެ ހާއްސަ ފަރުވާ ފަށައިފި

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ހާއްސަ ރިހެބިލިޓޭޝަން ފަރުވާ ޕްރޮގްރާމް، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގައި އިއްޔެ ފަށައިފި އެވެ.

19 ޖޫން

June 19, 2018 12
ޑްރަގް ނަގާ ކުދިންގެ ފަރުވާ އަންގާރަ ދުވަހު ފަށަނީ

މަސްތުވާތަކެތި ބޭނުންކުރާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދޭ ހާއްސަ ކްލާސްތައް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

17 ޖޫން

June 17, 2018 36
މި ވަބާއިން ސަލާމަތްވުން، އަދިވެސް ބޮޑު ގޮންޖެހުމެއް!

ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ކޮންމެ ދިމާލަކުން ދެއްކި ނަމަވެސް މަސްތުވާތަކެތީގެ ވާހަކަ ބޮޑުކޮށް އާދެ އެވެ. ގައުމީ އުފެއްދުންތެރިކަމަށް ބެލި ނަމަވެސް، އަމާންކަމަށް ބެލިޗނަމަވެސް، އަދި ތަރައްގީއަށް އޮތް ގޮންޖެހުންތަކަށް ބެލި ނަމަވެސް އެވާހަކަ އެބަޗދެކެވެ އެވެ. އެހެންކަމުން މިއީ ގައުމަށް ދިމާވެފައިވާ އެންމެ އެއް...

07 ޖޫން

June 07, 2018 6
ޖަލަށް މަސްތުވާތަކެތި ވައްދައިދޭ މީހަކު ހައްޔަރުކޮށްފި

ފައިސާ ދިނުމުން މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތު ކުރެވޭ ކަރެކްޝަންސްގެ އިސް މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

05 ޖޫން

June 05, 2018 95
ޑްރަގާއެކު އިންޑިއާ އިން 3 ދިވެއްސަކު ހައްޔަރުކޮށްފި

އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެހި ތިން ފިރިހެނަކު، 17 ކިލޯގެ މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކޮށްފި އެވެ.

03 ޖޫން

June 03, 2018 25
އީރާނުގެ ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނުނު

ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުން މިހާތަނަށް 115 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

June 03, 2018 53
އީރާނުގެ ބޯޓު މައްސަލާގައި ފުލުހުން އަދިވެސް ހިމޭނުން!

ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނި، އެތަކެތި ރަށްރަށަށް ލައްގަމުން ދާއިރު އެ ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް...

June 03, 2018 45
ފަހަރަކު ބޯޓެއް، މަސްތުވާތަކެތިން ފުރިފައި!

ބޭރުގެ މަސްބޯޓުތައް ހާލުގައި ޖެހިގެން ބައެއް ފަހަރަށް ރާއްޖޭގެ ސަރަހައްދުން ފެނެ އެވެ. އަނެއް ބައި ފަހަރު ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް އަތުލައިގަންނަނީ އެވެ. އެކަމަކު މިއީ...

02 ޖޫން

June 02, 2018 27
މޮޅަދޫ ގޮނޑުދޮށަށް ލެއްގީ ދެ ޕެކެޓު ޑްރަގްސް

ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުގައި ހުރި، މަސްތުވާ އެއްޗެހީގެ ތެރެއިން މޮޅަދޫ ގޮނޑުދޮށަށް މިއަދު ލެއްގީ ދެ ޕެކެޓު މަސްތުވާތަކެތި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

31 މެއި

May 31, 2018 46
އުރުނު ބޯޓުގައި ހުރި މަސްތުވާތަކެތި ރަށްތަކަށް ލައްގަނީ

ހއ. އިންނަފިނޮޅު ފަރަށް ރޭ އުރުނު ބޭރު ގައުމެއްގެ ބޯޓުގައި ހުރި، މަސްތުވާ އެއްޗެހި ކަމަށް ބެލެވޭ އެއްޗެހިތަކެއް އެ އަތޮޅުގެ ބައެއް ރަށްތަކަށް މިރޭ ލައްގަން ފަށައިފި އެވެ.

28 މެއި

May 28, 2018 6
ބަންގްލަދޭޝްގެ ޑްރަގާ ދެކޮޅު ކެމްޕޭނުގައި ގިނަ ބަޔަކު މަރު

ޑާކާ (މެއި 28) - ޑްރަގާ ދެކޮޅަށް ބަންގްލަދޭޝް ސަރުކާރުން މި މަހު ފެށި އޮޕަރޭޝަނުގައި މިހާތަނަށް 70 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

23 މެއި

May 23, 2018 21
ލަންކާއަށް ހެރޮއިން އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި

ދެ ކިލޯ އަށް ވުރެ ގިނަ ހެރޮއިންއާ އެކު ސްރީ ލަންކާގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

22 މެއި

May 22, 2018 4
ދެ މަސްތެރޭގައި 1 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިފި

މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޕޯސްޓްގެ ޒަރީއާ އިން އެކި ފަހަރު މަތިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.74 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން މިއަދު ބުނެފި އެވެ.

17 މެއި

May 17, 2018 10
ޕާޓީ ޑްރަގާއެކު ދެ ދިވެހިން ލަންކާއިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ސްރީ ލަންކާއިން ރޭ ހައްޔަރުކޮށްފި އެވެ.

14 މެއި

May 14, 2018 5
މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދެނީ

މަސްތުވާތަކެތި ބޭނުންކުރާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދިނުމަށް ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.