24 އެޕްރީލް

April 24, 2018 5
މަރުވެފައިއޮއްވައި ފިންގަޕްރިންޓުން ފޯނު ހުޅުވަން އުޅެފި

އެމެރިކާގައި ފުލުހުންނަށް ފިލަން އުޅެނިކޮށް ބަޑިޖަހައި މަރާލި މީހެއްގެ ފޯނު ނުހުޅުވިގެން، މަރުވި މީހާ ޖަނާޒާއަށް ގެންގޮސްފައި އޮއްވައި އެ މީހާގެ ފިންގަޕްރިންޓް ޖަހައިގެން ފޯނު ހުޅުވަން ފުލުހުން މަސައްކަތްކޮށްފި އެވެ.

23 އެޕްރީލް

April 23, 2018 7
ދެ އޮޕަރޭޝަނެއްގައި ކިލޯއެއްގެ ޑްރަގް އަތުލައިގެންފި

މިދިޔަ ހަފުތާގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ބަޔަކު ހައްޔަރުކޮށްފި އެވެ.

18 އެޕްރީލް

April 18, 2018 13
އެއްކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށް ދުބާއީގެ ފުލުހުން އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

09 އެޕްރީލް

April 09, 2018 7
އައްޑު އަށް ޑްރަގް އެތެރެކުރި ކުއްޖަކު ހައްޔަރުކޮށްފި

ވައިގެ މަގުން އައްޑު އަށް މަސްތުވާތަކެތި އެތެރެކުރި، ކުޑަ ކުއްޖަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފި އެވެ.

03 އެޕްރީލް

April 03, 2018
ކޯޓަށް ހާޒިރު ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

ޑްރަގް ކޯޓުން ބަލާ މައްސަލަތަކާ ގުޅިގެން އެ ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި، މިއަދު އަމަލު ކުރަން ފަށައިފި އެވެ.

24 މާޗް

March 24, 2018 27
ރެކޯޑް އަދަދެއް ދައުލަތަށް ނަގަން ކުރި ހުކުމް ބާތިލް

މަސްތުވާތަކެތީގެ މައްސަލައެއްގައި 2.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން އަމުރުކޮށް، މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

16 މާޗް

March 16, 2018 4
ކުއްޖަކު ބަލަހައްޓަން ކުރި އަމުރެއް ބާތިލްކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމާއި ޖިންސީ އެކި މައްސަލަތަކާ ގުޅިގެން ތަކުރާރުކޮށް ކޯޓަށް ހާޒިރުކުރަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ބަލަހައްޓަން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

07 މާޗް

March 07, 2018 2
ޑްރަގާ އެކު ރާއްޖެ އަންނަން އުޅުނު ދެ މީހަކު ހައްޔަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އަންނަން އުޅުނު ޕާކިސްތާނުގެ ދެމަފިރިއަކު އެ ގައުމުން ހައްޔަރުކޮށް، 20 ކިލޯގެ މަސްތުވާތަކެތި އިއްޔެ ހޯދައިފި އެވެ.

22 ފެބުރުއަރީ

February 22, 2018 1
ޑުޓާޓެގެ ޑްރަގު ހަނގުރާމައިގައި 20،000 މަރު

މެނީލާ (ފެބްރުއަރީ 22) - ފިލިޕީންސްގެ ވެރިކަމަށް 2016 ވަނަ އަހަރު ރޮޑްރިގޯ ޑުޓާޓެ ވަޑައިގަތުމަށް ފަހު ފެއްޓެވި ޑްރަގާ ދެކޮޅު ހަނގުރާމައިގައި މިހާތަނަށް 20،000 މީހުން މަރާފައިވާ ކަމަށް އެ ގައުމުގެ އިދިކޮޅު ސެނެޓަރަކު ވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2018 19
ޑްރަގު މައްސަލައެއްގައި މީހަކު ހޯދަން ފާރިސްގެ ގެއަށް

ޑްރަގް މައްސަލައެއްގައި ހިމެނޭ މީހަކު ހޯދަން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ އެޕާޓްމެންޓަށް ފުލުހުން މިއަދު ވަދެއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2018
ރާއްޖެ އައި ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި ހޯދައިފި

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި ބަންގްލަދޭޝް މީހެއްގެ އަތުން މަސްތުވާ ގުޅަތަކެއް ހޯދައިފި އެވެ.

09 ފެބުރުއަރީ

February 09, 2018 1
ފިލިޕީންސްގައި މީހުން މަރާ މައްސަލަ އައިސީސީ އަށް

މެނީލާ (ފެބްރުއަރީ 9) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ފައްޓަވާފައިވާ ޑްރަގާ ދެކޮޅު ހަނގުރާމައިގައި ޝަރީއަތަކާ ނުލައި މީހުން މަރާ މައްސަލައިގެ ތަހުގީގު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ނިންމައިފި އެވެ.

23 ޖެނުއަރީ

January 23, 2018 3
ލަންދޫ ކައުންސިލަރު ޝަރީއަތް ނިމެންދެން ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ނ. ލަންދޫ ކައުންސިލަރު އަބްދުﷲ އާރިފު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެ ރަށު ކޯޓުން އަމުރުކޮށްފި އެވެ.

11 ޖެނުއަރީ

January 11, 2018 4
މަސްތުވާތަކެތި މައްސަލާގައި ކައުންސިލަރަކު ހައްޔަރުކޮށްފި

ނ. ލަންދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އެ ރަށު ކައުންސިލަރެއް ރޭ ހައްޔަރުކޮށްފި އެވެ.

January 11, 2018 1
ބަންޑުން ޖަހާލާފައި އޮތް ލަންކާގެ މަސްބޯޓެއް ފެނިއްޖެ

ބަންޑުން ޖަހާލާފައި އޮތް، ސްރީލަންކާގެ މަސްބޯޓެއް ށ. އަތޮޅު ސަރަހައްދުން މިއަދު ފެނިއްޖެ އެވެ.

January 11, 2018 28
ޖާނީގެ އޮފީސް ހިންގާ ބިން ހުސްކުރަން އަންގައިފި

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ، ޖާނީގެ އޮފީސް ހިންގުމަށް ސަރުކާރުން ދީފައިވާ ބިން...

04 ޖެނުއަރީ

January 04, 2018 10
ބޮޑު ހުކުމަކުން ސަލާމަތްވެފައި ވަނިކޮށް އަނެއްކާ ޖަލަށް

ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްވި މީހަކު، މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

31 ޑިސެމްބަރ

December 31, 2017 6
އަހަރުގެ އާޓިކަލްގެ އެންމެ ފުނަށް!

ސެޕްޓެމްބަރު 28، 2017ގެ ރޭ މުޅި ގައުމު ސިއްސުވައިލީ ހުޅުމާލޭގައި ވަރަށް ޒުވާން ދެ ކުއްޖަކު މަރުވި ހަބަރަކާ އެކު އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. އަދި އުމުރުން 23 އަހަރުގެ އަހަރެމެންގެ ޒުވާން ނޫސްވެރިޔާ މުހަންމަދު ޔާމީނަށް އެކަން މާ ބޮޑަށް ވެސް ތަފާތު ކަމަކަށް ވި އެވެ. ހުޅުމާލޭގައި ހިނގި ކަމަކަށް ވެފައި، އޭނާ ވެސް ދިރިއުޅެނީ...

27 ޑިސެމްބަރ

December 27, 2017 5
ދެ ޒުވާނުންގެ މަރާ ގުޅިގެން ފަސް މީހަކަށް ދައުވާކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި ޕާޓީއެއް ބާއްވަން އުޅެނިކޮށް، ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

23 ނޮވެމްބަރ

November 23, 2017 16
10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

06 ނޮވެމްބަރ

November 06, 2017 20
ވަކީލަކު ހޯދޭނެކަން ނޭންގުމުން ޑްރަގް ދައުވާއެއް ބާތިލު

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް، ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖެއްސުމުގެ ހައްގު ލިބިގެންވާ ކަން ބުނެ ނުދީ އޮތުމުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވުނު މީހަކަށް ކުރި ދައުވާއެއް މެޖިސްޓްރޭޓް ކޯޓަކުން މިއަދު ބާތިލްކޮށްފި އެވެ.

31 އޮކްޓޯބަރ

October 31, 2017 9
އިޖްރާއާތު ގޯސްވުމުން ޑްރަގްގެ ދެ ދައުވާއެއް ބާތިލް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި އިޖްރާއާތު ގޯސްވުމުން، އެ މީހާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކޮށްފި އެވެ.