19 ޖެނުއަރީ

January 19, 2017 6
ދަރަނީގެ ބިރު އިގްތިސާދަށް އެބަ އޮތް: ވޯލްޑް ބޭންކް

ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ބޮޑެތި ލޯނުތަކުގެ ސަބަބުން ދަރަނި ބޮޑުވުމުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ވޯލްޑް ބޭންކުން އަނެއްކާވެސް ފާޅުކޮށްފި އެވެ.

14 ނޮވެމްބަރ

November 14, 2016 13
އިނާޒުގެ ހިޔާލު: ބަޖެޓްގައި ގައުމީ ސިޔާސަތުތަކެއް ނެތް

އަންނަ އަހަރުގެ ބަޖެޓް ސަރުކާރުން މިވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ބަޖެޓް ހުށަހެޅިއިރު އަޅުގަނޑު ކަންބޮޑުވި ކަންކަން ފާހަގަކޮށްލާނަމެވެ. އޭގެ ކުރިން ދައުލަތެއްގެ ބަޖެޓަކީ ކޮބައިތޯ ހަނދާންކޮށްލުން މުހިއްމެވެ. ދައުލަތެއްގެ ބަޖެޓަކީ ހިސާބުގެ އަކުރުތަކެއް ނޫނެވެ. އަދި އެހެންމެ ކުރިއަށް ރޭވިދާ ބަނދަރުތަކާއި، ބިން ހިއްކުމުގެ...

11 ނޮވެމްބަރ

November 11, 2016 29
ނަގަން ޖެހޭ ޓެކުހާ ދިމާލަށް ދާން ނުކެރެނީ ކީއްވެ؟

މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ އެންމެ ފާހަގަކުރެވޭ ކަމަކީ ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކޮށް ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު އިސްކަމެއް ދީފައިވުމެވެ. މި ހިނގާ 2016 ވަނަ އަހަރަށް ވުރެ، އަންނަ އަހަރުގެ ރިކަރަންޓް ޚަރަދު 11 ޕަސެންޓް ދަށް ކުރުމަށް ބަޖެޓްގައި...

08 ނޮވެމްބަރ

November 08, 2016 84
ބޮޑު 16 މަޝްރޫއު: 4 އެއާޕޯޓު، 20 ފަޅު ހިއްކުން

ހަތަރު ރަށެއްގައި އެއާޕޯޓު އަޅައި ވިޔަފާރީގެ ބޭނުމަށް 20 ފަޅެއް ހިއްކުމާ އެކު، އަންނަ އަހަރުގެ ބަޖެޓުން ބޮޑު 16 މަޝްރޫއަކަށް އަށް ބިލިއަން ރުފިޔާ ހަރަދުކުރަން ސަރުކާރުން މިއަދު ހުށަހަޅައިިފި އެވެ.

17 އޯގަސްޓް

August 17, 2016 9
އައިހެވަންގެ މާސްޓަ ޕްލޭން ހަދާނެ ބަޔަކު ހޯދަނީ

ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ސަރުކާރުން ހިންގަން ރާވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަ ޕްލޭން ހަދާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފި އެވެ.