25 މާޗް

March 25, 2020 11
މިއީ ހިފަހައްޓާލަންވީ ތިން މަސް: ރައީސް

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އަައުމާ ގުޅިގެން، ޓޫރިޒަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް މި ތިން މަސް ހިފަހައްޓާލެވިއްޖެ ނަމަ އޭގެ ފަހުން ޓޫރިޒަމް ވަރަށް ރަނގަޅު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

March 25, 2020 35
މި ވަގުތު ސަރުކާރުން ވެސް ނަގާނީ ލޯނު: ރައީސް

ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ސަރުކާރުގެ ވިސްނުމަކީ ދަރަންޏަށް ނަގައިގެން ހަރަދުކޮށް، އިގުތިސާދުގެ ތެރެއަށް ފައިސާ ޕަމްޕް ކުރުން ކަމަށް ރައީސް...

March 25, 2020 11
އިގްތިސާދީ ގެއްލުމުން އަރައިގަތުމަށް އެތައް އަހަރެއް!

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ ރިސެޝަނަކަށް ދާނެ ކަމަށް މާލީ އިދާރާތަކުން ލަފާ ކުރެ އެވެ. މިއީ ދުނިޔެ މީގެ ކުރިން ދެކިފައިނުވާ ހާލަތެއް...

24 މާޗް

March 24, 2020 3
މިއީ އެންމެ ބޮޑު އިގްތިސާދީ ކާރިސާ: އައިއެމްއެފް

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު މިހާރު އޮތީ މަޑުޖެހިފައި ކަމަށާއި މިއީ އިގްތިސާދީ ގޮތުން ދުނިޔެ އަށް އަންނާނެ އެންމެ ބޮޑު ކާރިސާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ. ދުނިޔޭގެ އެންމެ ބޮޑު މާލީ އެއް އިދާރާ އިން ބުނެފައި ވަނީ ދުނިޔޭގެ އިގްތިސާދު ރަނގަޅުވުމުގެ އަލާމާތްތައް ދެން ފެންނާނީ...

23 މާޗް

March 23, 2020 79
ރިސޯޓްތައް ދިނީ ހިލޭ ސާބަހަށް: ގާސިމް

ކޮވިޑް-19 އަށް ކަރަންޓީނު ކުރުމަށާއި އައިސޮލޭޓް ކުރުމަށް ވިލާ ކުންފުނީގެ ތިން ރިސޯޓް ދީފައިވަނީ ހިލޭ ސާބަހަށް ކަމަށް އެ ކުންފުނީގެ ވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް...

March 23, 2020 26
އެންމެންނަށް ވެސް އުނދަގޫ، ދަތި ދުވަސްތަކެއް

ކުރިން ގެންގުޅުނު ގިނަ އާދަތަކެއް ބަދަލުކުރަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ އެވެ. ކޮރޯނާވައިރަސްއާ އެކު މުޅި ދުނިޔެ ހުއްޓުމަކަށް އަތުވެއްޖެ އެވެ. ކުއްލިއަކަށް އަހަރެމެންގެ...

22 މާޗް

March 22, 2020 6
ބިދޭސީން ރަޖިސްޓްރީކުރުން މެދުކަނޑާލައިފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭންސީން ރަޖިސްޓްރީކޮށް ގަވައިދަށް ފެއްތުމަށް ހިންގަމުން އައި ޕްރޮގްރާމް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

March 22, 2020 8
ކޮވިޑް 19: މަރުގެ ރަނގަބީލެއް ނޫންކަން އެބަ އެނގޭ

ކޮވިޑް-19 އަކީ އިންސާނީ ދަރިފަސްކޮޅަށް ފޮނުއްވި "މަރުގެ ރަނގަބީލެއް" ނޫންކަން ﷲ އިރާދަފުޅާ އެކު ފެނި، ހާމަވަމުން އެބަ ދެ އެވެ. ކޮވިޑް-19ގެ ހަނގުރާމައާ ކުރިމަތިލައި އޭގެ ބިރުވެރިކަމުގެ...

21 މާޗް

March 21, 2020 55
ވަޒީފާއިން ވަކިކޮށް، މުސާރައިން އުނިކުރާ ނަމަ އަންގާ

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ވަަޒީފާތަކުން މީހުން ވަކި ކުރާ ނަމަ ނުވަތަ މުސާރަތައް ދަށް ކުރާ ނަމަ އެކަން އެންގުމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ އެދިއްޖެ އެވެ.

17 މާޗް

March 17, 2020 122
ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކޮށް އޮފީސްތައް ބަންދު!

ސިޔާސީ މަގާމުތަކުގެ މުސާރަ 20 ޕަސެންޓް ކުޑަކޮށް، ސަރުކާރުގެ އޮފީސްތައް ހަފުތާއަކަށް ބަންދުކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

March 17, 2020 3
ކޮވިޑް-19: ބޭނުންވަނީ އަވަސް ނިންމުންތަކެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަރާ ތޮޅުންތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވާނީ ވިޔަފާރިވެރިންނަށެވެ. ވިޔަފާރިވެރިންނަށް ކުރާ އަސަރު، ސީދާ ގޮތުންނާއި...

March 17, 2020 54
ވިޔަފާރިތައް ބަނގުރޫޓު ވިޔަނުދީ! ފިޔަވަޅު އަޅާ!

ހުރިހާ ރައްޔިތުންގެ ވެސް ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. އެންމެން ވެސް ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. ވަޒީފާގެ ބިރުވެރިކަން މި ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. އަންނަ މަހު ވެސް މުސާރަ...

16 މާޗް

March 16, 2020 24
މެމްބަރުންގެ މުސާރަ އުނިކުރަން ހުށަހަޅަނީ

ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ފެނި، އިގްތިސޯދަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކޮށްދިނުމަށް އެދި ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ނިންމައިފި އެވެ.

15 މާޗް

March 15, 2020 14
ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތްވާނެ ފިޔަވަޅު އަޅާނެ

ކޮވިޑް-19 ރޯގާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ބަލައި ފިޔަވަޅުތައް އަޅާނީ ވަޒީފާ އާއި ވިޔަފާރިތައް ހިމާޔަތްވާނެ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2020 56
އިގްތިސާދަށް ވަރަށްބޮޑު ހީނަރުކަމެއް އަންނާނެ: ރައީސް

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އަންނަ ކަމަށާއި އެ ރޯގާގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާ ގައުމުތަކުގެ ތެރޭގައި ރާއްްޖެ ހިމެނޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ކަމަށް ރައީސް އިބްރާހީމް މުހަައްމަދު...

March 12, 2020 20
މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތް: ރައީސް

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް އަންނަ ލޮޅުންތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ އާމްދަނީ ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ...

March 12, 2020 6
ހަރަދުތައް ކުޑަކުރުމަށް ތައްޔާރުވަމާ!

މުހާވިރާ ބަހެއްގެ ގޮތުގައި ބޭނުން ކުރާ އިނގިރޭސި ޖުމްލެއެއްގައި ބުނަނީ “A rising tide floats all boats” ނުވަތަ ފޫދޭ ދިޔަވަރުގައި ހުރިހާ އޮޑިއެއް ފުންވާނެ ކަމަށެވެ. އިގްތިސާދު ރަނގަޅު ވަމުން...

08 މާޗް

March 08, 2020 20
ބިދޭސީ މަސައްކަތްތެރިންގެ ހިއްސާގެ ދެ ފަރާތް

ރާއްޖޭގައި ވިސާ ނެތި މަސައްކަތްކުރާ ބިދޭސީ އެންމެން ރަޖިސްޓްރީކޮށް އަދި ނުނިމޭއިރު ރަސްމީ ފަރާތްތަކުން މިހާރު ލަފާކުރާ ގޮތުގައި 180،000 ގާތްކުރާ އަދަދަށް ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެބަ އުޅެ އެވެ. އެެންމެ ފަހުން ރާއްޖޭގައި ބޯހިމެނި އަހަރު ކަމަށް ވާ 2016 ގައި ރާއްޖޭގެ އާބާދީގައި ދިވެހި މަސައްކަތްތެރިންގެ އަދަދު ކަމަށް...

07 މާޗް

March 07, 2020
ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް 347 ބިލިއަންގެ ގެއްލުން

ވޮޝިންޓަން (މާޗް 7) - އެކި ގައުމުތަކުގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލިބޭ ގެއްލުން 347 ބިލިއަން ޑޮލަރާ ހަމައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފި އެވެ.

05 މާޗް

March 05, 2020 62
ކުލި ކޮންޓްރޯލްކުރުމަކީ ގަބޫލުކުރާކަމެއް ނޫން: ފައްޔާޒް

ކުލި ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ޕްރޮޕަޓީ ރައިޓްސް އާއި އިންޑިވިޖުއަލް ރައިޓްސްއަށް ބަލާއިރު އެކަން ކުރުން ރަނގަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

March 05, 2020 13
ތަފާތު ހިޔާލުތަކާ އެކު ހޫނު ބަހުސްތަކެއް

މިނިމަމް ވޭޖް ކަނޑައެޅުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އެކި މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އޮއްސާލައިފި އެވެ.

March 05, 2020 29
ރާއްޖޭގެ ބޭންކިން ވިޔަފާރި މި ގޮތުގައި ބާއްވަންވީތަ؟

ކޮންމެ ގައުމެއްގެ ވެސް އޮންނަ މާލީ ނިޒާމަކީ، އެ ގައުމެއްގެ އިގުތިސާދީ ކުރިއެރުމާއި، ފަރުދުންގެ ދިރިއުޅުމުގައްޔާއި، ވިޔަފާރި ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާ ކުރާ...

04 މާޗް

March 04, 2020 74
މިއީ މިނިމަމް ވޭޖް ތަންފީޒްކުރަން ރަނގަޅު ވަގުތެއްނޫން

މިނިމަމް ވޭޖުގެ މަސައްކަތް ފަށައިގަތް އިރު ކޮރޯނާވައިރަހުގެ ބިރުވެރިކަން މުޅި ދުނިޔެ އަށް ނެތް ކަމަށާއި މިނިވަން ވޭޖެއް ކަނޑައެޅި ނަމަވެސް މި ވަގުތަކީ އެކަން ތަންފީޒް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވޭޖް އެޑްވައިޒަރީ ބޯޑުގެ ޗެއާމަން މަރިޔަމް ޚާލިދާ މިރޭ ވިދާޅުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2020 2
ހޮންކޮންގުގެ ކޮންމެ މީހަކަށް ދޮޅު ހާސް ޑޮލަރު ދެނީ

ގިނަ ދުވަސްތަކެއް ވަންދެން ބޮޑެތި މުޒާހަރާތަކެއްކޮށް، އިގުސާދީ ގޮންޖެހުންތައް ކުރިމަތިވެފައި ވަނިކޮށް، ހޮންކޮންގު ރައްޔިތުންނަށް މާލީ އެހީ ދޭންނިންމައިފި އެވެ.

26 ފެބުރުއަރީ

February 26, 2020 36
ސަރުކާރު ޚަރަދުތައް މެނޭޖްކުރަން ކޮންސަލްޓެންޓެއް ހޯދަނީ

ސަރުކާރުގެ ހަރަދުތައް ފުރިހަމަ އަށް ބަލަހައްޓައި މެނޭޖްކުރަން ފިނޭންސް މިނިސްޓްރީން އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓެންޓެއް ހޯދަން އިއުލާނުކޮށްފި އެވެ.

23 ފެބުރުއަރީ

February 23, 2020 53
ކުޑަ އުޖޫރަ ކަނޑައެޅި މިންވަރުން ގިނަ ބަޔަކަށް ފައިދާ

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައަކީ 6،000ރ. ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައަޅައިފި ނަމަ، ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 43 ޕަސެންޓާއި...

February 23, 2020 65
ނޫމަޑިން ދައުލަތަށް ދޭން ޖެހޭ ފައިސާއަށް ވީ ކިހިނެއް؟

ދެ އެގްރިމެންޓެއް ބާތިލްކުރުމުގެ ބަދަލެއްގެ ގޮތުން ނޫމަޑިއަށް 55 މިލިއަަން ޑޮލަރު (848 މިލިއަން ރުފިިޔާ) ދޭން މި ސަރުކާރުން ނިންމި ނިންމުން ދިފާއުކުރައްވާ، ފިނޭންސް މިނިސްޓަރު...

22 ފެބުރުއަރީ

February 22, 2020
އިނގިރޭސވިިލާތަށް 20 ޕައުންޑްގެ އާ ނޫޓެއް

އިނގިރޭސިވިލާތުގައި މުޅިން އަލަށް 20 ޕައުންޑްގެ އާ ނޫޓެއް ބުރާސްފަތި ދުވަހު ބޭނުންކުރަން ފަށައިފި އެވެ.

20 ފެބުރުއަރީ

February 20, 2020 136
މިނިމަމް ވޭޖަކަށް ބޯޑުން ހުށަހެޅީ 6،400ރ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާދީފި އެވެ.