13 ފެބުރުއަރީ

February 13, 2020 26
ކީސްޓޭޖް 4އަށް ގުރުއާނުން އެސެސްކުރުން މަޑުޖައްސާލައިފި

ކީ ސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން، ގުރުއާން މާއްދާ އިން އެސެސްކުރުން މަޑުޖައްސާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

12 ފެބުރުއަރީ

February 12, 2020 84
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ތާށިވެފައި!

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމުގެ އާ އޮނިގަނޑުގެ މަސައްކަތް ނިންމައި، ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވީ ނަމަވެސް، ކޮރޯނާވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ނިންމާފައިވާތީ، އެ އޮނިގަނޑުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. އެކަމަކު، އެ މަސައްކަތް...

11 ފެބުރުއަރީ

February 11, 2020 18
ދަރުމަވަންތަ އިމާރާތް ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން ކަމަށް، ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

24 ޖެނުއަރީ

January 24, 2020 30
"ސްކޫލްތަކުގެ ނަތީޖާ މަތިކުރަން ދަސްވާރު މަޖުބޫރުކުރި"

ތައުލީމީގޮތުން ނަތީޖާ ދަށް ކުދިންނަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމުގެ ނޭދެވޭ އަސަރު ވަރަށް ގިނަ ދަރިވަރުންނަށް ކޮށްފައިވާ ކަމަށާއި ސްކޫލްތަކުގެ ނަތީޖާ މަތިކުރުމަށް ބައެއް ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވާން މަޖުބޫރުކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ...

19 ޖެނުއަރީ

January 19, 2020 20
އަޒްހަރުން އަރަބިއްޔާ އަށް ފޮތްތަކެއް ހަދިޔާކޮށްފި

މިސްރުގެ އަޒްހަރު ޔުނިވާސިޓީން ރާއްޖޭގެ އަރަބިއްޔާ ސްކޫލަށް އަރަބި ފޮތްތަކެއް މިއަދު ހަދިޔާކޮށްފި އެވެ.

13 ޖެނުއަރީ

January 13, 2020 45
ފައިސަލްގެ ޓްވީޓުން މިނިސްޓަރު ކަންބޮޑުވެވަޑައިގެންފި!

ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހިންގާ ކަމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވަމުން ގެންދަވާތީ އެ ކަމާ ބެހޭ މައުލޫމާތު ހިއްސާކޮށްދެއްވަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފި އެވެ.

12 ޖެނުއަރީ

January 12, 2020 54
އިއްޒުއްދީންގެ ދަރިވަރުން ގެއަށްދާނީ ނަމާދުކޮށް ކައިގެން

މި އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނަށް މެންދުރުގެ ކެއުން ދޭން ނިންމައިފި އެވެ. އެކަމަކު، ނާސްތާއާ ޚިލާފަށް މި ސްކޫލްގެ ކުދިންނަށް މެންދުރުގެ ކެއުން...

January 12, 2020 18
އިއްޒުއްދީން ސްކޫލު، ރައީސް ހުޅުއްވައިދެއްވައިފި

މާލޭގައި މިއަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

21 ނޮވެމްބަރ

November 21, 2019 3
ދިރާސީ އަހަރު ނިންމާލީ ވައުދުތައް ހާސިލްކޮށްފައި

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލީ ތައުލީމީ ދާއިރާ އަށް ކަނޑައެޅި ހުރިހާ ވައުދެއް ފުރިހަމަކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2019 3
އެޑިއުކޭޝަން މިނިސްޓަރުގެ ހާއްސަ އެވޯޑް ދީމާ އަށް

ކުޅިވަރުގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހާއްސަކޮށް އަލަށް ތައާރަފް ކުރި، އެޑިއުކޭޝަން މިނިސްޓަރުގެ އެވޯޑް ޓީޓީ ތަރި ފާތިމަތު ދީމާ އަލީ މިރޭ ހާސިލްކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2019 4
ކުރިއަރުވަންވީ ދަރިވަރުންގެ ތަބީއީ ގާބިލްކަން:މިނިސްޓަރު

ޓީޗަރުން މަސައްކަތްކުރަންވީ ދަރިވަރުންގެ ކިބައިގައި ހުންނަ ޡަބީއީ ގާބިލްކަން ފާހަގަކޮށް އެކަން ކުރިއަރުވަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2019 75
ޓެބްލެޓް ބޭނުމެއް ނުކުރެވޭ! ބޮޑު އިސްރާފެއް!

ކުރީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ގެނައި ޓެބްލެޓްތައް ބޭނުން ނުކުރެވި ބޮޑު އިސްރާފަކަށް ވެފައިވާ ކަމަށް ބައެއް ސްކޫލުތަކުން ބުނެފި އެވެ.

13 ސެޕްޓެމްބަރ

September 13, 2019 16
މިނިސްޓަރުގެ ދިގުހެދުން: ދަރިވަރުންގެ މަސައްކަތެއް

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި ދުނިޔެ އާއި ރާއްޖެއިން ރަންވަނަތައް ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ހަފުލާއިން އެންމެ ބޮޑަށް ފާހަގަވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ތުރުކުރައްވައިގެން ހުންނެވި ދިގުހެދުމެވެ. ފިޔާތޮށި ކުލައިގެ އެ ހެދުން ޒީނަތްތެރިކޮށްފައިވަނީ ޑޭޒީ މަލުގެ ސިފަ ގެނައުމަށްފަހު...

12 ސެޕްޓެމްބަރ

September 12, 2019 28
އޯލެވެލްގައި ދުނިޔޭގެ 1 ވަނަ ރާއްޖޭގެ 6 ދަރިވަރަކަށް

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެ އިން އެއް ވަނަ ރާއްޖޭގެ ހަ ދަރިވަރަކު ހޯދައިފި އެވެ.

September 12, 2019 27
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"

ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަން ކުރަންވީ ކަމަކީ މޮޅެތި ޓީޗަރުން ތިބޭ ތަނަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

20 އޯގަސްޓް

August 20, 2019 12
އެޑިޔުކޭޝަންގެ ނިންމުމަކީ ހިތްހަމަޖެހުމެއް: އެސޯސިއޭޝަން

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީޗާސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

19 އޯގަސްޓް

August 19, 2019 56
ބަންދު ދުވަސްތަކުގައި ޓީޗަރުން ނުނެރެން އަންގައިފި

ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ.

08 އޯގަސްޓް

August 08, 2019 29
ޓީޗަރުންގެ މުސާރަ ބޮޑުކުރާ އޮނިގަނޑު އޮތީ ނިމިފައި

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން އެކުލަވައިލަން ފެށި އާ އޮނިގަނޑުގެ މަސައްކަތް މިހާރު އޮތީ ނިމިފައި ކަމަށާއި އެ އޮނިގަނޑު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް...

August 08, 2019 33
ސްކޫލްގައި ބަލިވުން ނާސްތާއާ އެކު މަދުވި: މިނިސްޓަރު

ދަރިވަރުންނަށް ނާސްތާ ދޭން ފެށުމުން ސްކޫލު މާހައުލުގައި ކުދިން ބަލިވާ މިންވަރު މަދުކުރެވި، ދަރިވަރުން ކިޔެވުމަށްދޭ ސަމާލުކަން އިތުރު ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު...

29 ޖުލައި

July 29, 2019 2
ދަރިވަރުންނަށް ހާއްސަކޮށް ރޯޑް ސޭފްޓީ ކެމްޕޭނެއް

ދަރިވަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

25 ޖުލައި

July 25, 2019 36
"އުސޫލު ބަދަލުކުރީ ކިޔަވައިދިނުން ހަރުދަނާކުރަން"

ލީޑިން ޓީޗަރުންނާ ގުޅޭގޮތުން ނިންމި ނިންމުމަކީ ސްކޫލުތަކުގައި ކިޔަވައިދިނުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރަން ގެންނަ ހެޔޮ ބަދަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

15 ޖުލައި

July 15, 2019 189
ދިވެހި ޓީޗަރުން ހުސްވުމުގެ ބިރު! ހައްލަކީ ކޮބާ؟

މީގެ 15 ވަރަކަށް އަހަރު ކުރިއަށް ބަލާ ނަމަ އެންމެ ގަދަރުވެރި، މީހުންގެ އިހުތިރާމް އެންމެ ބޮޑަށް ލިބުނު އެއް ބަޔަކީ ޓީޗަރުންނެވެ. މުސާރައިގެ ގޮތުން ވެސް ޓީޗަރުންގެ ހިތްހަމަޖެހުން އޭރުގެ ނިސްބަތުން ބޮޑެވެ. ނަމަވެސް މިހާރު އެ މަންޒަރު ބަދަލު ވެއްޖެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ޓީޗަރުން މިހާރު ވަނީ "މަގުމަތިވެފަ" އެވެ.