12 ޑިސެމްބަރ

December 12, 2019 4
އާ ސްކޫލުން 170 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ

ކުރީގެ އެމްއީއެސް އިމާރާތުގައި ހަދާ އާ ސްކޫލުން 170 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ ދީފި އެވެ.

08 ޑިސެމްބަރ

December 08, 2019 39
ރަޖިސްޓަރީ ކޮށްގެން ނޫނީ ކިޔަވައި ނުދެވޭ ބިލެއް

ސްކޫލްތަކުގައި ކިޔަވައި ދެވޭނީ ޓީޗަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، ކިޔަވައި ދިނުމުގެ ލައިސަންސް ހޯދާފައިވާ މީހުންނަށް އެކަނި ކަމަށް ބަދަލުކުރަން މަޖިލީހަށް އިއްޔެ ފޮނުވައިފި އެވެ.

28 ނޮވެމްބަރ

November 28, 2019 16
އަމީނިއްޔާ ސްކޫލްގެ ޔުނީފޯމް ބަދަލުކުރަން ވިސްނަނީ

މިއަދު 75 އަހަރުވީ އަމީނިއްޔާ ސްކޫލްގެ ކުދިންގެ ޔުނީފޯމް ބަދަލުކުރަން ގިނަ ބެލެނިވެރިން ބޭނުންވާ ކަން އެ ސްކޫލުން ކުރިއަށް ގެންދިޔަ ސާވޭއެއް ގައި ބުނެފި އެވެ.

27 ނޮވެމްބަރ

November 27, 2019 5
މިސްރުގެ ދަތުރާ އެކު ތައުލީމީ ގޮތުން އިތުރު އެހީތަކެއް

މިސްރާ އެކު ހީނަރުވެފައި އޮތް ގުޅުން ރަނގަޅުވެ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް އިތުރު އެހީތަކެއް ލިބިއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2019 26
ސީއެޗްއެސްއީގެ ޓީޗަރެއްގެ މައްސަލަ ބަލަނީ

ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި މަސައްކަތްކުރާ އިސްލާމީ މުދައްރިސެއްގެ މައްސަލަ ސީރިއަސް ގޮތެއްގައި ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

21 ނޮވެމްބަރ

November 21, 2019 4
ދަރިވަރުންގެ ރިޕޯޓު މީމިސް އިން، ބޮޑު ލުޔެއް

މީގެ ކުރިން ދެމުން އައީ ރިޕޯޓު ފޮތެކެވެ. އޭގައި ހުންނާނީ ވަކި ވަކި މާއްދާތަކުގެ މާކްސް އާއި ޓީޗަރުން ދީފައި ހުންނަ ކޮމެންޓެވެ. ދަރިވަރަށް އެނގޭ އެއްޗެހީގެ މައުލޫމާތު އެހާ ތަފްސީލްކޮށް ފެންނާކަށް ނުހުރެ އެވެ. ނަމަވެސް މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) މެދުވެރިކޮށް ރިޕޯޓު ދޭން ނިންމުމާއެކު...

November 21, 2019 3
ދިރާސީ އަހަރު ނިންމާލީ ވައުދުތައް ހާސިލްކޮށްފައި

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލީ ތައުލީމީ ދާއިރާ އަށް ކަނޑައެޅި ހުރިހާ ވައުދެއް ފުރިހަމަކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު...

November 21, 2019 2
ކިޔެވުން ނިމި ދޮޅު މަހުގެ ސްކޫލް ބަންދު ފެށިއްޖެ

މިއަހަރުގެ ފަހު ޓާމުގެ ރިޕޯޓު ފޮތް ދީ ދޮޅު މަހުގެ ސްކޫލް ބަންދު މިއަދު ފެށިއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2019 3
އެޑިއުކޭޝަން މިނިސްޓަރުގެ ހާއްސަ އެވޯޑް ދީމާ އަށް

ކުޅިވަރުގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހާއްސަކޮށް އަލަށް ތައާރަފް ކުރި، އެޑިއުކޭޝަން މިނިސްޓަރުގެ އެވޯޑް ޓީޓީ ތަރި ފާތިމަތު ދީމާ އަލީ މިރޭ ހާސިލްކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2019 4
ކުރިއަރުވަންވީ ދަރިވަރުންގެ ތަބީއީ ގާބިލްކަން:މިނިސްޓަރު

ޓީޗަރުން މަސައްކަތްކުރަންވީ ދަރިވަރުންގެ ކިބައިގައި ހުންނަ ޡަބީއީ ގާބިލްކަން ފާހަގަކޮށް އެކަން ކުރިއަރުވަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

09 ނޮވެމްބަރ

November 09, 2019 26
މާލޭގައި އަލަށް ފަށާ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި އަންނަ އަހަރު އަލަށް ކިޔަވައިދޭން ފަށާ އިއްޒުއްދީން ސްކޫލަށް ޕްރިންސިޕަލެއް ހޯދަން އިއުލާނުކޮށްފި އެވެ.

07 ނޮވެމްބަރ

November 07, 2019 2
ގްރޭޑް 1 އަށް 2،000 އަށް ވުރެ ގިނަ ދަރިވަރުން

މާލޭގެ ސްކޫލްތަކުގެ ގްރޭޑް 1 އިން އަންނަ އަހަރަށް 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2019 35
ނަޝީދު އޭ ސްޓާ ދެއްވުމުން އެޑިއުކޭޝަނުން ހަފުލާއެއް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި ޖަވާބުތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭ ސްޓާ ދެއްވުމުން އެ މިނިސްޓްރީން އެކަން ފާހަގަކޮށް ހަފުލާއެއް ބާއްވައިފި އެވެ.

November 06, 2019 17
މިނިސްޓަރު އައިޝަތު އަލީގެ ޖަވާބުތަކަށް އޭ ސްޓާއެއް!

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި ޖަވާބުތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ، މަޖިލިހުގެ ރައީސް އަދި...

November 06, 2019 12
ޓީޗަރުންގެ މުސާރައަށް ހެޔޮ ގޮތްތަކެއް ވާނެ: މިނިސްޓަރު

ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެޑިއުކޭޝަން...

05 ނޮވެމްބަރ

November 05, 2019 13
އާ ސްކޫލަށް ކިޔަނީ އިއްޒުއްދީން، ޖާގައަށް ހުޅުވާލައިފި

އެމްއީއެސް އިމާރާތުގައި ހަދާ އާ ސްކޫލަށް އިއްޒުއްދީންގެ ނަން ދޭން ނިންމައި އެ ސްކޫލުން ޖާގަ ހޯދުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

November 05, 2019 3
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްކޫލް އަޅަން 54 މިލިިއަން

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

04 ނޮވެމްބަރ

November 04, 2019 4
އެމްއީއެސްގައި ހަދާ ސްކޫލުގައި އަންނައަހަރު ކިޔަވައިދޭނެ

ކުރީގެ އެމްއީއެސް އިމާރާތުގައި ހަދާ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

November 04, 2019 24
ކުރީގެ އެމްއީއެސް ސަރަހައްދު ތައުލީމީ ހަބަކަށް

ކުރީގެ އެމްއީއެސް ހުރި ސަރަހައްދު ތައުލީމީ ހަބަކަށް ބަދަލުކޮށްލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

28 އޮކްޓޯބަރ

October 28, 2019 6
ޕްރީސްކޫލް ހިންގާނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2019 2
ހުޅުމާލެ ޕްރީ ސްކޫލު ބިޑަށްލާން ކުރި އިއުލާން ބާތިލް

ހުޅުމާލޭ ގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދަން ކުރި އިއުލާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ބާތިލްކޮށްފި އެވެ.

22 އޮކްޓޯބަރ

October 22, 2019 4
މީމިސް މެދުވެރިކޮށް ރިޕޯޓު ފޮތް ދޭން ފަށަނީ

މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން "މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) މެދުވެރިކޮށް ރިޕޯޓުފޮތް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

20 އޮކްޓޯބަރ

October 20, 2019 11
ރިޕޯޓާ އެކު އަންނަ އަހަރުގެ ފޮތްތައް ވެސް ދެނީ

މި އަހަރުގެ ފަހު ޓާމްގެ ރިޕޯޓް ފޮތް ދޭ ދުވަހު އަންނަ އަހަރުގެ ފޮތް ބައި ވެސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

17 އޮކްޓޯބަރ

October 17, 2019 8
ސީއެޗްއެސްއީގައި އާ އިމާރާތެއް އަޅަން އާރުސީސީ އަށް

ސީއެޗްއެސްއީގައި އަށް ބުރީގެ އިމާރާތެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

09 އޮކްޓޯބަރ

October 09, 2019 26
ދެ ސްކޫލަކުން ޖާގަހޯދަން އޮޅުވާލައިގެން ލިޔުން ހުށަހަޅާ

ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ ގްރޭޭޑް އެކަކުން ޖާގަ ހޯދުމުގެ ބޭނުމުގައި އޮޅުވާލައިގެން ލިޔުން ހުށަހަޅާތީ، އެ ދެ ސްކޫލް ހުންނަ ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށް ޖާގަ...

October 09, 2019 54
ޖާގަ ބަހާ ގޮތުން ބެލެނިވެރިން ރަތަށް!

މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށް އިސްކަންދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއެކު ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

08 އޮކްޓޯބަރ

October 08, 2019 102
މާލޭ ސްކޫލުތަކުގެ ޖާގައިގެ އިސްކަން މާލޭ ރަށްވެހިންނަށް

މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ އިސްކަންދޭނީ، އެ ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.