11 އޮކްޓޯބަރ

October 11, 2018 35
ރައްޔިތުންގެ ނިންމުމާ ކުޅެން ނޫޅުއްވާ!

މީގެ ފަސް އަހަރު ކުރިން 2013 ގައި ބޭއްވި ރިއާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދިނީ ނޮވެމްބަރު 11، 2018ގެ ނިޔަލަށް ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަގާމަށް މީހަކު ހޮވުމަށެވެ. އެއީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކޮށްދީ ދުސްތޫރީ އިމުގެ ތެރެއިން ވެރިކަން ކޮށްދޭނެ ކަމުގެ އުންމީދުގަ އެވެ.

05 އޮކްޓޯބަރ

October 05, 2018 66
ޝަރީފް ފިޔަވައި އީސީ ހުރިހާ މެމްބަރުން ރާއްޖޭން ބޭރުގަ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ފިޔަވައި، ބާކީ ތިއްބެވި ހަތަރު މެމްބަރުން ރާއްޖޭން ބޭރަށް ވަޑައިގެންފި އެވެ.

October 05, 2018 110
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ "ކާމިޔާބީ އޮތީ ވަރަށް...

01 އޮކްޓޯބަރ

October 01, 2018 41
"އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކަށް ޖަވާބުދާރީވާންޖެހޭ"

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކާއި މައްސަލަތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖަވާބުދާރީ ވުމަށް، އެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުނު ޕީޕީއެމުން މިއަދު ގޮވާލައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 18
ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން ކަންބޮޑުވެއްޖެ

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވެއްޖެ އެވެ.

26 ސެޕްޓެމްބަރ

September 26, 2018 55
އެންމެ ބޮޑު ހިތްހަމަޖެހުމެއް އީސީގެ މެމްބަރުންނަށް!

ރިޔާސީ އިންތިޚާބުގެ ވޯޓުލީ ދުވަހު ވެސް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ޝައްކެއްގެ މަތީގަ އެވެ؛ މިނިވަންކަމާއި އިންސާފުވެރިކަމާއި އޮމާންކަމާ އެކު އިންތިޚާބު ނިމިދާނެ ކަމާ މެދުގަ އެވެ. ވޯޓުލުމާ ހަމަ އަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަމަލުތައް ހުރި ގޮތުންނެވެ. ކަންކަން، ތަރުތީބު ކުރުމުގައި ޝައްކު އުފެދޭ ގޮތަށް ބައެއް ކަންކަން...

23 ސެޕްޓެމްބަރ

September 23, 2018 17
ފުލުހުން އޮތީ ތައްޔާރަށް، ހަމަނުޖެހުން ނުހިންގާތި: ޝިފާން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

20 ސެޕްޓެމްބަރ

September 20, 2018 70
އިބޫގެ މެސެޖެއް، ރައީސް ޔާމީނަށް: "ވޯޓާ ނުކުޅުއްވާތި"!

ރިޔާސީ އިންތިޚާބުގެ ވޯޓަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވެ، އެ ހައްގު ނިގުޅައިގަތުމަށް "ވޯޓާ ކުޅުއްވަން ނޫޅުއްވާތި" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު...

September 20, 2018 35
އަޅުގަނޑުގެ "އަސްލު ސޫރަ" ބަދަލެއް ނުވާނެ: އިބޫ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ސިޔާސީ މައިދާނުގައި ހޭދަކުރެއްވި 25 އަހަރު ވެސް ރައްޔިތުންނަށް ދެއްކެވީ "އަސްލު ސޫރަ" ކަމަށާއި ދެގޮތެއް ނުވެ ދެމިހުންނަވާނީ އެ...

19 ސެޕްޓެމްބަރ

September 19, 2018 20
އީސީން ނަތީޖާ އިއުލާންކުރާނީ ޓެބްލެޓަކުން ނޫން

އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ ޓެބްލެޓް މެދުވެރިކޮށް ނޫން ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

September 19, 2018 109
މަކަރު ނުހަދާތި، 170,000 ވޯޓު ކަށަވަރު ކޮށްފިން

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުން ވާނީ 170،000 ވޯޓު ކަށަވަރުކޮށްފައި ކަމަށާއި މަކަރު ހެދުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އެ...

September 19, 2018 49
2 މަސް، 153 ރަށް: އިބޫގެ ތަޖުރިބާ، އިހްސާސް!

ރާއްޖޭގެ ޖަޒީރާ ރަށްތަކަށް، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަރާވަޑައިގަތުމާ އެކު މަލުގެ ހާރުތަކާއި ކުލަގަދަ މަރުހަބާ އެވެ؛ ސަލާން ކުރަން ދިގު ސަފުތަކާއި...

18 ސެޕްޓެމްބަރ

September 18, 2018 18
ވޯޓުގެ ނަތީޖާ ސަރުކާރުން ގަބޫލެއް ނުކުރާނެ: އިބޫ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނުކުންނަ ނަތީޖާއަކީ ސަރުކާރު ގަބޫލު ކުރާ ނަތީޖާއަކަށް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

17 ސެޕްޓެމްބަރ

September 17, 2018 19
ވޯޓުކަރުދާސް ނުދައްކާ ގުނަން އުޅޭ ކަމަށް ތުހުމަތުކޮށްފި

އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމައި، ވޯޓު ގުނާއިރު، ވޯޓު ކަރުދާސްކޮޅު އޮބްޒާވަރުންނަށް ނުދައްކާ ގުނަން އުޅޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ތުހުމަތު ކުރައްވައިފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 118
ވޯޓުލާ މީހުންގެ މޫނު ދެނެގަންނަ ސިސްޓަމެއް ބޭނުންކުރަނީ

އަންނަ ހަފުތާގެ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ މޫނު ދެނެގަނެވޭނެ ސިސްޓަމެއް ބޭނުންކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނިންމައިިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2018 3
ރައްޔިތުން މިފަހަރު އިންސާފުވެރި އިންތިހާބެއް ހޯދާނެ

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބަކީ، މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް މިފަހަރު ހަދާނީ ރައްޔިތުން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ...

September 14, 2018 6
ވޯޓު ހަރާބު ކުރުމުގެ ފުރުސަތު ނުދޭނަން: ޝާހިދު

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ނަގާ ވޯޓު ހަރާބު ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރޭ...

13 ސެޕްޓެމްބަރ

September 13, 2018 41
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކަމަށް ބުނެ އެމްޑީޕީއާ ދެކޮޅަށް ހައި ކޯޓަށާއި ސިވިލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2018 39
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކުރާ ތުހުމަތުތަކަކާ އެކު، އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފެށުމުން، ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 23
އިބޫއާ ގުޅުވައި ފުލުހުން ބިރުދެއްކުން ހުއްޓާލާ:އިދިކޮޅު

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭނާ ގުޅުވައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި އިންޒާރު ދިނުމުގެ އަމަލުތަކެއް...

September 11, 2018 35
ވޯޓު ގުނަން އުޅޭ ގޮތާ މެދު އިދިކޮޅު ހިތްހަމައެއްނުޖެހޭ

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ފެންމަތިކުރަނީ ސީރިއަސް އެތައް ކަންބޮޑުވުމެކެވެ؛ ފުލުފުލުގައި މައްސަލަތަކެވެ. މި ފަހަރު، ފެންމަތިވީ ވޯޓުލައި ނިމިގެން ވޯޓު ގުނަން އުޅޭ ގޮތާ މެދު...

09 ސެޕްޓެމްބަރ

September 09, 2018 18
ވަގު ފޯމު ހުށަހެޅީ ޕާޓީއެއްގެ ތިން މީހަކު: އަކްރަމް

ވެރިފަރާތް ނޫން އެހެން މީހަކު ފިންގަ ޕްރިންޓު ޖަހައިގެން 1،892 ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހެޅީ ސިޔާސީ ޕާޓީއެއްގެ ތިން މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ.

06 ސެޕްޓެމްބަރ

September 06, 2018 20
ވޯޓުލާ ތަނަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ: މާރިޔާ

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަން ހިފައިގެން ވަދެވޭ ގޮތަށް މަގުފަހިކޮށް ދިނުމަށް، އިދިކޮޅު ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ގޮވާލައިފި އެވެ.

29 އޯގަސްޓް

August 29, 2018 6
ބަހައްޓަނީ އެ މަރުކަޒަކަށް ވޯޓު ލާ މީހުންގެ ލިސްޓް

ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓަނީ ހަމައެކަނި އެ ތަނުގެ ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

August 29, 2018 68
ވޯޓަށް ރިޝްވަތު ދިނުމުގެ މައި ދޮރާށި ހުޅުވާފައި!

ވޯޓު ހޯދުމުގެ ބޭނުމުގައި ފައިސާ އާއި ހަދިޔާ ދިނުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. އެއްޗެއް ދީފައި އެކަން ނިންމާލަނީއެއް ނޫނެވެ. ވޯޓު ގަންނަ ފަރާތަށް އެ ވޯޓު ލިބޭނެކަން ކަށަވަރު ވެސް...

27 އޯގަސްޓް

August 27, 2018 93
ވޯޓު އޮޅުވާލަން ވިސްނާނެ ކަމެއް ނެތް: ރައީސް ޔާމީން

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ ރިޔާސީ އިންތިޚާބުގެ ވޯޓު ތަފާތު ގޮތަކަށް ނުވަތަ އޮޅުވައިލަން ނުވިސްނުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

26 އޯގަސްޓް

August 26, 2018 15
ވަގު ފޯމް ހުށަހެޅި މީހުންނާ ދެކޮޅަށް ދައުވާ ކުރަނީ

ވެރިފަރާތް ނޫން އެހެން މީހަކު ފިންގަ ޕްރިންޓު ޖަހައިގެން 1892 ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައިވާތީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

August 26, 2018 11
އީސީން ރީ-ރަޖިސްޓްރީކޮށް ދިނީ 78،964 މީހުން

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި 95،739 ފޯމްގެ ތެރެއިން ރީ-ރަޖިސްޓްރީ ކޮށްދިނީ...

August 26, 2018 22
ފޯމުތައް ބާތިލްކުރި ގޮތާ މެދު ޝަކުވާ ބޮޑުވެއްޖެ!

ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުންގެ ފޯމު ބާތިލްކުރި ގޮތުންނާއި ރަޖިސްްޓްރީ ވީ މީހުންގެ ލިސްޓު...