29 ސެޕްޓެމްބަރ

September 29, 2020 7
އީސީން އަންގާ ކަންކަން ކުރާ އިސްލާހާ ޕާޓީތަކުން ދެކޮޅު

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގާ ކަންކަން ކުރަން ވާނެ ކަމަށް ގާނޫނުގައި ލިއުމަކީ ހައްދެއް ނެތް މިންވަރަށް ބާރުތައް ކޮމިޝަނަށް ޖަމާކޮށް، ކޮންމެ ފަދަ އެންގުމެއް އެންގިދާނެ ފަދަ އިސްލާހަކަށް ވާތީ އެކަން ގާނޫނުގައި ހިމަނަން ސިޔާސީ ޕާޓީތަކުން ދެކޮޅު ހަދައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2020 69
އެމްޑީޕީ މެމްބަރުން މަދުވެ، ޕީޕީއެމަށް އިތުރުވެއްޖެ

އެމްޑީޕީން 648 މެމްބަރުން މަދުވެ، އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އަދަދަށް 344 އިތުރުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2020 8
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟

ސިޔާސީ ޕާޓީތައް ވަކި މުއްދަތަކަށް ސަސްޕެންޑު ކުރެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހަކީ ހަރަކާތްތައް ހުއްޓުވައި "އިދިކޮޅުގެ އަތް ބަނުން" ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން ދަނިކޮށް، އެއީ އިސްލާހުވުމުގެ ފުރުސަތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

31 އޯގަސްޓް

August 31, 2020 18
ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން ޖޫރިމަނާ

ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް މިދިޔަ ހުކުރު ދުވަހު މުޒާހަރާކުރި މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

30 އޯގަސްޓް

August 30, 2020 26
"ގާނޫނާ ޚިލާފްވާ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެ"

ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެއްވުންތައް ބާއްވާ ސިިޔާސީ ޕާޓީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

19 އޯގަސްޓް

August 19, 2020 15
އެންމެ ގިނައިން ނަން ނެގީ އެމްޑީޕީގެ މެމްބަރުން

މިިދިޔަ އޭޕްރީލް މަހު ބާއްވަން ކުރިން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް-19 އާ ހެދި ފަސްކޮށްފައި ވާތީ، އިންތިހާބަށް ކުރިމަތިލި 33 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

29 ޖުލައި

July 29, 2020 5
އެއްވުން ބާއްވަން ވާނީ އެޗްޕީއޭއިން އަންގާ ގޮތަށް

މިއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމަށް ވާތީ، ސިޔާސީ ހަރަކާތްތައް މިހާރު ބާއްވަން ވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.

22 ޖޫން

June 22, 2020 17
ކައުންސިލް އިންތިޚާބު މާޗުގައި ބާއްވަން ތައްޔާރުވަނީ

ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވޭތޯ ގާނޫނީ ކަންކަން ތަރުތީބު ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

16 ޖޫން

June 16, 2020 12
ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ދެނީ

ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

17 މާޗް

March 17, 2020 53
އެމްޑީޕީ އާއި ޖޭޕީ އަށް ފައިސާ ދޫކުރަން ނިންމައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 33 މިލިއަން ރުފިޔާ، ގެ ތެރެއިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ލިބޭ ފައިސާ އެ ޕާޓީތަކަށް ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

12 މާޗް

March 12, 2020 25
އިންތިޚާބު ބާއްވާ! އެކަމަކު ވޯޓެއް ނުލާނަން!

ރ. އަތޮޅު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަމަށް އަމިއްލަ ގޮތުން ކުރިމަތި ލައިގެން އުޅުނަސް ވޯޓްލާން ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ވޯޓަށް ވުރެ އޭނާއަށް ސިއްހަތު މާ މުހިންމެވެ.

11 މާޗް

March 11, 2020 15
އިންތިޚާބު ފަސްކުރަން ޖެހޭނަމަ ތާއީދު ކުރާނެ:އަދުރޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ގޮސްފި ނަމަ، އެކަމަށް އިިދިކޮޅު ކޯލިޝަނުން ތާއީދުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

03 މާޗް

March 03, 2020 4
އިންތިޚާބު ފަސްކުރަން އެދިފައެއް ނެތް: އީސީ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން މުއައްސަސާއަކުން އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

24 ފެބުރުއަރީ

February 24, 2020 17
އެމްޑީޕީ 877، ޕީޕީއެމް 673 ގޮނޑިއަށް ވާދަކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެންމެ ވާދަވެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލައިފި އެވެ.

22 ފެބުރުއަރީ

February 22, 2020 40
ވޯޓުފޮށި ހަ ފަރާތުން ބަލަހައްޓަންޖެހޭ: ޕީޕީއެމް

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ޕާޓީގެ އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެހެންވެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތައް ހަ ފަރާތުން ބަލަހައްޓަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

03 ފެބުރުއަރީ

February 03, 2020 6
ޝުޖާއުއަށް ރައްދު: "އީސީން ތަފާތެއް ނުކުރާނެ"

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅުމުގެ ޕްރައިމަރީ ބޭއްވީ އިލެކްޝަންސް ކޮމިޝަން ((އީސީ) ގެ މުދާ ބޭނުންކޮށްގެން ކަމަށް، އިދިކޮޅު...

February 03, 2020 30
އީސީގެ އަކްރަމަކީ އެމްޑީޕީގެ އެޖެންޓެއް: ޝުޖާއު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅެޅުމުގެ ޕްރައިމަރީ ބޭއްވީ އިލެކްޝަންސް ކޮމިޝަން ((އީސީ) ގެ މުދާ ބޭނުންކޮށްގެން ކަމަށާއި އަދި އެ...

16 ޑިސެމްބަރ

December 16, 2019 32
އިންތިޚާބަށް ބޭރުގެ އެހީ ލިބުނު މައްސަލަ ބަލަން އެދެފި

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭރު ބައެއް ގައުމުތަކުގެ އެހީ ލިބުނު ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

15 ޑިސެމްބަރ

December 15, 2019 24
އިންޑިއާގެ އެއްބަސްވުމުގައި ސިއްރެއް ނެތް: އީސީ

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އިންޑިއާއާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި އެއްވެސް ކަމެއް ސިއްރެއްގެ ގޮތުގައި ބާއްވަން ހިމަނާފައި ނުވާނެ ކަމަށާއި އިންތިހާބުތައް ކުރިއަށް ގެންދާނީ އިންސާފުވެރިކޮށް، ދެ ފުށް ފެންނަ ގޮތަށް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

25 ނޮވެމްބަރ

November 25, 2019 9
އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުންގެ އަދަދު މަދުވެއްޖެ

ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، އެންމެ ވާދަވެރި ދެ ޕާޓީ ކަމުގައިވާ ޕީޕީއެމާއި އެމްޑީޕީން މެމްބަރުން މަދުވެއްޖެ އެވެ.

23 އޮކްޓޯބަރ

October 23, 2019 27
މެމްބަރުން މަދުވާ މައްސަލާގައި ޕީޕީއެމުން އީސީއަށް!

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ދަފުތަރުގެ މައުލޫމާތު ފޮނުވާ ކޮންމެ ފަހަރަކު "ހާހުން" މެމްބަރުން މަދުވާ މައްސަލަ އެ ޕާޓީން އީސީގެ ސަމާލުކަމަށް މިއަދު ގެނެސްފި އެވެ.