06 އޮކްޓޯބަރ

October 06, 2016 7
ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓު ހުޅުވާލައިފި

ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

October 06, 2016 3
ފިންގާޕްރިންޓަށް ދިން މުއްދަތު ހަމަވުމުން ފައިސާ ދޭނެ

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުމަށް ދިން މުއްދަތު ހަމަވުމުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް މި އަހަރު ކަނޑައެޅި ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް...

05 އޮކްޓޯބަރ

October 05, 2016 10
ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ގޮވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އަނބުރާ ގެނައުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

04 އޮކްޓޯބަރ

October 04, 2016 2
ކައުންސިލް އިންތިހާބަށް ޖޭޕީގެ ޓިކެޓަށް ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

03 އޮކްޓޯބަރ

October 03, 2016 11
ފިންގަޕްރިންޓް މައްސަލަ އިލެކްޝަނާ އެއްކޮޅަށް ނިމިއްޖެ

ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން ޕާޓީތަކުން ވަކިކުރަން އިލެކްޝަންސް...

October 03, 2016 6
ފައިސާ ހިފަހައްޓަނީ މަދުން ދޭންވެގެން: އަދާލަތު

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ދޫނުކޮށް ހިފަހައްޓާ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ދައުވާކުރާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު...

29 ސެޕްޓެމްބަރ

September 29, 2016
ކައުންސިލް އިންތިހާބަށް ކުރިމަތިލުން އޮކްޓޫބަރު 26ގައި

އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 26ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2016 30
އަސާސީ ގަވާއިދަށް އެމްޑީޕީން އަމަލުކުރުމަށް އަންގައިފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރުމަށް އެ ޕާޓީ އަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އަންގައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2016 20
ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިފަހަރު ރާއްޖެ އިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

25 ސެޕްޓެމްބަރ

September 25, 2016 5
ކައުންސިލް އިންތިހާބުގެ ކުރިން ޕާޓީތަކަށް ފައިސާ ދޭނެ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

22 ސެޕްޓެމްބަރ

September 22, 2016 5
ޕީޕީއެމްގެ ފައިސާ ޖަމާކޮށްދޭން އީސީގައި އެދެފި

ދައުލަތުގެ ބަޖެޓުން މި އަހަރު ޕީޕީއެމަށް ކަނޑައެޅި ފައިސާ، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް ޕާޓީގެ އެކައުންޓަށް ޖަމާކޮށްދޭން ޕީޕީއެމުން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދިއްޖެ އެވެ.

21 ސެޕްޓެމްބަރ

September 21, 2016 4
އިންތިހާބަށް ތައްޔާރުވާން މައުމޫން އެދިވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ފެށުމަށް އެ ޕާޓީގެ ބައި އިލެކްޝަން ކޮމެޓީގައި، ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

19 ސެޕްޓެމްބަރ

September 19, 2016 7
ކައުންސިލް އިންތިހާބު ޖެނުއަރީ 14ގައި ބާއްވަނީ

ކައުންސިލް އިންތިހާބު އަންނަ ޖެނުއަރީ 14ގައި ބޭއްވުމަށް ނިންމައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016 84
ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކުގެ ފައިސާ ހިފަހައްޓަނީ

ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2016 6
ފިންގަޕްރިންޓްގެ މައްސަލާގައި ޖޭޕީން ހައި ކޯޓަށް

ކުރިން ޕާޓީތަކުގައި ރަޖިސްޓްރީވެފައި ތިބި މެމްބަރުންގެ ތެރެއިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ޖުމްހޫރީ ޕާޓީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2016 6
ބަޖެޓް ނުދީގެން ކުރާ ދައުވާގެ އަޑުއެހުންތައް ފަށަނީ

ދައުލަތުގެ މި އަހަރުގެ ބަޖެޓުން އިދިކޮޅު އެމްޑީޕީއަށް ލިބެންޖެހޭ ފައިސާ މިހާތަނަށް ވެސް ދީފައި ނުވާތީ، އެ ފައިސާ ހޯދުމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ސިވިލް ކޯޓުން ނިންމައިފި އެވެ.

September 05, 2016 14
ރައީސަކު ނެތް ކަމަށް ބުނުމުން އަދާލަތުން ރައްދުދީފި

އަދާލަތު ޕާޓީގައި މިވަގު ރައީސަކު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން އެ ޕާޓީން ހިތްހަމަނުޖެހިއްޖެ އެވެ.

September 05, 2016 66
"ނަޝީދާއި އިމްރާނަކީ ޕާޓީގެ ރައީސުންނެއް ނޫން"

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އާއި އަދާލަތު ޕާޓީގައި މިވަގުތު ރައީސަކު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

01 ސެޕްޓެމްބަރ

September 01, 2016 13
މިހާރު 1077، ދެން ތިބޭނީ 655 ކައުންސިލަރުން

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ފާސްކުރުމާ ގުޅިގެން ދެން އޮންނަ އިންތިހާބެއްގައި ރަށު އަދި އަތޮޅު ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭނީ 655 ކައުންސިލަރުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

26 އޯގަސްޓް

August 26, 2016 9
ފުވައްމުލަކު ސިޓީއަކަށް ހަދަން އެލްޖީއޭ އަށް ހުށަހަޅަނީ

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެލްޖީއޭ އަށް ހުށަހެޅުމަށް އަތޮޅު ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

24 އޯގަސްޓް

August 24, 2016 6
ފިންގަޕްރިންޓް ނެތް މީހުންގެ ލިސްޓު މާދަމާ ފޮނުވަނީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، އިނގިލީގެ ނިޝާން ނުޖަހައި ތިބި މެމްބަރުންގެ އިނގިލީގެ ނިޝާން އޮކްޓޯބަރު މަހުގެ 11 ގެ ކުރިން ހަމަކުރަން މާދަމާ ޕާޓީތަކަށް ލިސްޓު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

23 އޯގަސްޓް

August 23, 2016 13
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

21 އޯގަސްޓް

August 21, 2016 8
އެމްޑީޕީގެ ގިނަ އަދަދެއްގެ ފޯމު އީސީގައި ތާށިވެފައި!

އެމްޑީޕީ އަށް ވަންނަން ބޭނުންވެގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 6000 ފޯމެއް ޕްރޮސެސް ނުވެ ލަސްވާ ކަމަށް ބުނެ އެ ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

18 އޯގަސްޓް

August 18, 2016 10
ޕާޓީތަކަށް ވަރަށް އަވަހަށް ފައިސާ ދޭނަން: އިލެކްޝަންސް

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދެވުމަކީ އިލެކްޝަންސް ކޮމިޝަންގެ ވެސް ކަންބޮޑުވުމެއް ކަމަށާއި އެ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.