29 ފެބުރުއަރީ

February 29, 2020 8
ކައުންސިލް އިންތިޚާބަށް 2،400 މީހުން ކުރިމަތިލައިފި

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 2،400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

27 ފެބުރުއަރީ

February 27, 2020
ވޯޓުފޮށި ބަހައްޓަން 14 ރިސޯޓަކުން ރަޖިސްޓްރީވެއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މުވައްޒަފުންނަށް ވޯޓު ލުމުގެ ހައްގު ހޯދައިދޭން، ވޯޓު ފޮށި ބަހައްޓަން 14 ރިސޯޓަކުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

24 ފެބުރުއަރީ

February 24, 2020 5
ވޯޓުފޮށި މިހާތަނަށް ބެހެއްޓޭވަރުވީ އެންމެ ރިސޯޓެއްގައި

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މިހާތަނަށް މީހުން ރަޖިސްޓްރީވީ އެންމެ ރިސޯޓެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ...

February 24, 2020 17
އެމްޑީޕީ 877، ޕީޕީއެމް 673 ގޮނޑިއަށް ވާދަކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެންމެ ވާދަވެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލައިފި އެވެ.

22 ފެބުރުއަރީ

February 22, 2020 40
ވޯޓުފޮށި ހަ ފަރާތުން ބަލަހައްޓަންޖެހޭ: ޕީޕީއެމް

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ޕާޓީގެ އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެހެންވެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތައް ހަ ފަރާތުން ބަލަހައްޓަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

21 ފެބުރުއަރީ

February 21, 2020 11
ކުޑަފަރީ ކައުންސިލަށް ތިން މެމްބަރަކު ހޮވިއްޖެ!

އިންތިޚާބު ބާއްވަން ނުޖެހި ނ. ކުޑަފަރީ ކައުންސިލުން ތިން މެމްބަރަކަށް ޖާގަ ކަށަވަރުވެ، ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފި އެވެ.

20 ފެބުރުއަރީ

February 20, 2020 6
ހައްގުތައް އެންމެންނަށް އެނގުން މުހިއްމު: ފައިސަލް

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަށް ހުރިހާ އެންމެންނަށް އެނގުމަކީ މުހިއްމު ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2020 3
އަނަސް، މޭޔަރު ކަމަށް ވާދަކުރަން ފޯމު ހުށަހަޅުއްވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އިލެކްޝަންސް...

February 17, 2020 1
ހޭލުންތެރިކަން އުފައްދަން 17 މުއައްސަސާއެއް އެކުގައި

އިލެކްޝަންސް ކޮމިޝަންސް (އީސީ) އާއި އިތުރު 16 މުއައްސަސާއެއް ގުޅިގެން "މަސަލަސް ރާއްޖެ" ގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގައުމީ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

15 ފެބުރުއަރީ

February 15, 2020 12
އީސީގެ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުވައްޒަފުންނަށް މިއަދު މީހަކު ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

04 ފެބުރުއަރީ

February 04, 2020 3
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އިއުލާންކޮށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިރެއިން ފެށިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ނން ހުޅުވާލައިފި އެވެ.

03 ފެބުރުއަރީ

February 03, 2020 6
ޝުޖާއުއަށް ރައްދު: "އީސީން ތަފާތެއް ނުކުރާނެ"

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅުމުގެ ޕްރައިމަރީ ބޭއްވީ އިލެކްޝަންސް ކޮމިޝަން ((އީސީ) ގެ މުދާ ބޭނުންކޮށްގެން ކަމަށް، އިދިކޮޅު...

February 03, 2020 30
އީސީގެ އަކްރަމަކީ އެމްޑީޕީގެ އެޖެންޓެއް: ޝުޖާއު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅެޅުމުގެ ޕްރައިމަރީ ބޭއްވީ އިލެކްޝަންސް ކޮމިޝަން ((އީސީ) ގެ މުދާ ބޭނުންކޮށްގެން ކަމަށާއި އަދި އެ...

25 ޖެނުއަރީ

January 25, 2020 2
ވޯޓާސް ލިސްޓަށް ހުށަހެޅީ 41 ޝަކުވާ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް މިހާތަނަށް ހުށަހަޅާފައިވަނީ 41 ޝަކުވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

24 ޖެނުއަރީ

January 24, 2020 16
މާލޭގެ ދާއިރާތައް ބެހީ އެންމެ އިންސާފުވެރިކޮށް: އީސީ

އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މާލޭގެ ދާއިރާތައް އިތުރުކުރަން އާބާދީ ބެހި ގޮތުން، ބައެއް މީހުން ދެ އަވަށަށް ނިސްބަތް ވާތީ މިހާރު ހިތްހަމަނުޖެހުން ފާޅުކުރިޔަސް އެކަން ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުރިހާ މެމްބަރުންގެ ހިޔާލާ އެކު، އެންމެ ރަނގަޅު، އިންސާފުވެރި ގޮތަށް ކަމަށް އެ...

22 ޖެނުއަރީ

January 22, 2020 26
ހުޅުދޫ/މީދޫ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް

އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދު އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ބުނެ، ރަށު ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައި މިހާރު...

January 22, 2020 2
ވޯޓު އޮބްޒާވްކުރަން ލެޕްޓޮޕް ވެއްދޭނެ: އިލެކްޝަންސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާވް ކުރާ އޮފިޝަލުންނަށް ވޯޓުލާ މަރުކަޒަށް ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން...

21 ޖެނުއަރީ

January 21, 2020 1
ވޯޓާސް ލިސްޓް އާއްމުކޮށް ޝަކުވާ އަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

20 ޖެނުއަރީ

January 20, 2020 7
އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

08 ޖެނުއަރީ

January 08, 2020 1
މައުލޫމާތު ބަދަލުވާ އައިޑީކާޑު ހެދުން މެދުކަނޑާލަނީ

މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައިދިނުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މެދުކަނޑާލަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމައިފި އެވެ.

07 ޖެނުއަރީ

January 07, 2020 2
މިމަހު 15 ގެ ކުރިން ރަށްވެހިކަން ބަދަލުކުރަން އެދެފި

އަންނަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، އައިޑީކާޑު ހަދައި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ.

05 ޖެނުއަރީ

January 05, 2020 5
ބޮޑު ބަދަލަކާ އެކު ވޯޓު ކަރުދާހުގެ އަދަދު މަދުކޮށްފި

އަންނަ އެޕްރީލް މަހުގެ ހަތަރެއް ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާން ޖެހޭ ގޮތަށް ބަދަލު ގެނެސް ވޯޓު ކަރުދާހުގެ އަދަދު މަދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ބުނެފި އެވެ.

January 05, 2020 21
އަނަސް، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ކުރިމަތިލައްވަން ނިންމަވައިފި...

January 05, 2020 33
އައްޑޫގެ ދާއިރާތަކުގެ ނަންތައް މިފަހަރު އައްޑޫ ބަހުން

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ކައުންސިލަރުން އިންތިޚާބުކުރާނެ ދާއިރާތައް އައްޑޫ ބަހުން ރޭ އިއުލާންކޮށްފި އެވެ.

31 ޑިސެމްބަރ

December 31, 2019 3
ކުޅުދުއްފުށީގެ ދާއިރާތައް ވަރަށް އަވަހަށް އިއުލާންކުރާނީ

ހދ. ކުޅުދުއްފުއްޓަށް މާދަމާ އިން ފެށިގެން ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމާފައިވާތީ އެ ރަށުގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2019 15
ސިޓީތަކުން އަންހެނުންނަށް ދިން ދާއިރާތައް އިއުލާންކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް މިރޭ އިއުލާންކޮށްފި އެވެ.