19 އޯގަސްޓް

August 19, 2020 10
ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކުން ފެންނަނީ ގޯސްތައް

މަސައްކަތްތެރިންނާ ގުޅޭ ގޮތުން ރާއްޖޭގައި ފުރަތަމަ ގާނޫނެއް ހެދީ 2008 ވަނަ އަހަރު އެވެ. އޭރުގެ ސަރުކާރަށް މި ގާނޫނު ހަދަން މަޖުބޫރުވީ މަސައްކަތްތެރިން މިކަމަށް އެދި އެތައް ޕްރެޝަރެއް ކުރިމަތި ކުރުވުމުންނެވެ. ހާއްސަކޮށް މެއި 1، 2006 ގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާއަށް ފަހު އެވެ....

20 ޖުލައި

July 20, 2020 2
މުސާރައިގެ ހައްގު ރައްކާތެރިނުކޮށް ކުރިޔަކަށް ނުދެވޭނެ

މަސައްކަތަކީ މަސައްކަތް ކުރާ މީހާގެ މިލްކެކެވެ. އެހެންކަމުން މަސައްކަތް ކުރާ މީހާގެ މަސައްކަތް އެހެން މީހަކަށް ހޯދޭނީ މަސައްކަތް ކުރާ މީހާ ކުރި މަސައްކަތުގެ ހައްގު ދީފަ އެވެ. މުސާރަ ނުވަތަ އުޖޫރަ އަކީ ދީނީ ގޮތުން ބެލި ނަމަވެސް، މަސައްކަތް ކުރާ މީހާ އަށް ރައްކާތެރި ކޮށްދެއްވާފައިވާ ހައްގެކެވެ. އެހެނީ މަސައްކަތް ކުރާ މީހާ...

06 ޖުލައި

July 06, 2020 3
ވަޒީފާ އާއި މަސައްކަތުގެ ދާއިރާ: އެޖެންޑާގެ ކުރިއަށް

ޝައްކެއްނެތް ގޮތުގައި ގައުމެއްގެ އެންމެ މުހިއްމު ވަސީލަތަކީ، އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް، ނުވަތަ ހިއުމަން ރިސޯސަސް އެވެ. މި ވަސީލަތްތަކުގެ ތެރޭގައި ގައުމުގައި މަސައްކަތް ކުރާ މީހުންނާއި މުވައްޒަފުންނަށް އިތުރު އަހްމިއްޔަތެއް ދޭން ޖެހެނީ، އެ އާބާދީގެ ބައިވެރިވުން އެކަށީގެންވާ ގޮތެއްގެ މަތިން ލިބިގެން މެނުވީ، ގައުމުގެ...

10 މެއި

May 10, 2020 23
އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހެދުމުގެ ވަގުތު

ދައުލަތް ހިންގައި، ވަޒީފާ އަދާކޮށް، ވިޔަފާރި މުއާމަލާތްތައް މިއަދު ހިންގަނީ އިންޓަނެޓް މެދުވެރިކޮށެވެ. އާއިލީ ގުޅުންތައް ދެމެހެއްޓުމަށާއި ކުދިންނަށް ކިޔަވައިދިނުމުގެ މެދުވެރިޔަކީ އިންޓަނެޓެވެ. ޚަބަރާއި މައުލޫމާތު ގެނެސްދީ، މުނިފޫހިފިލުވައި، ދީނީ ނަސޭހަތާއި، އަޚުލާގީ ފިލާވަޅުތައް ފޯރުކޮށްދެނީ އިންޓަނެޓްގެ ޒަރީއާއިންނެވެ.

28 އެޕްރީލް

April 28, 2020 21
ދައުލަތުގެ ހަރަދުތައް ތަރުތީބުކުރަން ޖެހިފައި

މި އަހަރަށް ބަޖެޓް އެކުލަވާލިއިރު އޮތީ މުޅިން އެހެން ހާލަތެއްގެ ތަސައްވަރެކެވެ. ތަސައްވަރު މުޅިން ބަދަލުވެއްޖެ އެވެ. މިހާރު އަޅުގަނޑުމެން އިސްކަންދޭންވީ، އޮތް އެއްޗެއް ދޭން އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބެލުމަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މި ދަނޑިވަޅުގައި އިސްކަންދޭންވީ، ސަރުކާރުން ކުރާ ކޮންމެ ހަރަދެއް ވަކިވަކިން ބަލާ،...

14 އެޕްރީލް

April 14, 2020 20
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟

އިގްތިސޯދީ ހީނަރުކަމާ އެކު ވިޔަފާރިތަކުގެ އާމްދަނީ ދަށްވުމުން ގިނަ ބަޔަކު ވަޒީފާއިން އެކަހެރިކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މީހުނަށް ލިބެންވާ އުޖޫރަތައް ނިލިބި، ކުލިތައް ނުލިބި، އިގްތިސޯދުގައި އާމްދަނީތައް (އިންކަމްސް) ދަށްވެގެންދެ އެވެ. އެކަމުގެ ސަބަބުން ގަނެވިއްކުމާއި ޚަރަދުކުރުން ދަށްވެ، އިގްތިސޯދުގައި ފައިސާ ދައުރުކުރުން...

31 މާޗް

March 31, 2020 13
އަންއެމްޕްލޯއިމަންޓް ބެނެފިޓްސްގެ ވަގުތު ޖެހިއްޖެ

ވަޒީފާ ހޯދަން އުޅެ، ވަޒީފާ ނުލިބޭ ފަރާތްތަކަށް ދިނުމަށް ވާހަކަ ދެކެވިފައިވާ އަންއެމްޕްލޯއިންމަންޓް ބެނެފިޓްސްގެ ވަގުތު، ނުމޫސުމުގައި މިވަނީ ބޯމަތި ވެފަ އެވެ.

07 ފެބުރުއަރީ

February 07, 2019 46
އެންމެ ޒުވާނެއްގެ ވާހަކަ: "ބޭބޭ 20ރ ދީ!"

އަޅުގަނޑު ހުރީ އެމްޓީސީސީ ޓަވަރުގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. ފަހަތުން މީހަކު ކުއްލިއަކަށް "ބޭބޭ" ގޮވާލުމުން ސިހިފައި ބަލައިލި އިރު، ޒުވާނަކު ހުރީ ކައިރީގަ އެވެ.