19 އޯގަސްޓް

August 19, 2020 10
ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކުން ފެންނަނީ ގޯސްތައް

މަސައްކަތްތެރިންނާ ގުޅޭ ގޮތުން ރާއްޖޭގައި ފުރަތަމަ ގާނޫނެއް ހެދީ 2008 ވަނަ އަހަރު އެވެ. އޭރުގެ ސަރުކާރަށް މި ގާނޫނު ހަދަން މަޖުބޫރުވީ މަސައްކަތްތެރިން މިކަމަށް އެދި އެތައް ޕްރެޝަރެއް ކުރިމަތި ކުރުވުމުންނެވެ. ހާއްސަކޮށް މެއި 1، 2006 ގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާއަށް ފަހު އެވެ....

18 ޖުލައި

July 18, 2020 13
ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް، މާޗް މަހު އައްޔަން ކުރެއްވި، އަމްޖަދު މުސްތަފާ، ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.

09 ޖުލައި

July 09, 2020 17
އާއިލާއަށް ކާއެއްޗެއް ނުލިބި ހަ މަސް:ހައްގުތައް ކޮބާ؟

އެތައް މަހެއްގެ މުސާރަ ނުދިނަސް ޓްރައިބިއުނަލް އަށް ގޮސްގެން އިންސާފު ހޯދަން ބިދޭސީ މަސައްކަތްތެރިންނަށް ބޮޑެތި ހުރަސްތަކެއް އެބަހުރި.

31 މާޗް

March 31, 2020 13
އަންއެމްޕްލޯއިމަންޓް ބެނެފިޓްސްގެ ވަގުތު ޖެހިއްޖެ

ވަޒީފާ ހޯދަން އުޅެ، ވަޒީފާ ނުލިބޭ ފަރާތްތަކަށް ދިނުމަށް ވާހަކަ ދެކެވިފައިވާ އަންއެމްޕްލޯއިންމަންޓް ބެނެފިޓްސްގެ ވަގުތު، ނުމޫސުމުގައި މިވަނީ ބޯމަތި ވެފަ އެވެ.

20 ފެބުރުއަރީ

February 20, 2020 10
ވަކިކުރި މީހުންގެ މަގާމަށް މީހުން ނުނަގަން އަންގައިފި

ޓްރާންސްޕޯޓް މިނިސްޓްރީން ވަކިކުރި ނުވަ މުވައްޒަފުންގެ މަގާމަށް އާ މީހުން ނެގުން މަޑުޖައްސައިލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

16 ފެބުރުއަރީ

February 16, 2020 100
ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކާ އެކު ފާޑުކިޔުން

ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު ފާޑޫކިޔުން އަމާޒުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2019 4
"ގަވައިދާ ހިލާފަށް ދެ މުވައްޒަފަކު ވަޒީފާއަށް ނެގި"

ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ދެ މީހަކު ވަޒީފާ އަށް އައްޔަންކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

24 އޮކްޓޯބަރ

October 24, 2019 6
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާގެ ގާނޫނާ ޚިލާފް!

ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިކުރާ މައްސަލަތައް ބަލާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެތަނުގެ މުވައްޒަފަކު ގާނޫނާ ޚިލާފަށް ވަކިކުރި މައްސަލައެއް ގައި އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

04 ސެޕްޓެމްބަރ

September 04, 2019 8
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އާ ބޭފުޅެއް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އެ ޓްރައިބިއުނަލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޒާހިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

04 މެއި

May 04, 2019 58
ރޯދަ އިނާޔަތުގެ ޝަކުވާއާ އެކު ވަޒީފާ އިން ކަނޑާލީ

އެއް ތަނުން އޭނާ ކަނޑާލީ ރޯދަމަހުގެ އެއް ދުވަސް ކުރިންނެވެ. އަނެއް ތަނުން، ރޯދަމަހުގެ ވިއްސަކަށް ދުވަސް ކުރިންނެވެ. އުމުރުން ފަސްދޮޅަހަކަށް އަހަރުގެ އަހުމަދު ރަޝީދު ބުނާގޮތުގައި ދެ ފަހަރު ވެސް ސަބަބަކަށް ވީ، ރޯދަމަހުގެ އިނާޔަތް ދޭން އޭނާ އެދުމެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން އެއް މައްސަލަ އޭނާ ވަނީ ކާމިޔާބުކޮށްފަ...

03 އެޕްރީލް

April 03, 2019 9
މުވައްޒަފުންގެ ހައްގުތައް ހިފެހެއްޓުން: ނިމުމެއް ނެތް؟

ދާދި ފަހުން އިވުނީ ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށް އަދި އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދޭ ޗުއްޓީ އެއް މަހަށް އިތުރުކުރަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކަ އެވެ. އެ ނިންމުމާ އެކު، ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ އެހެން...

25 މާޗް

March 25, 2019 18
ޓްރައިބިއުނަލަށް ތިން މެމްބަރަކު އައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ތިން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.

08 ޖެނުއަރީ

January 08, 2019 8
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދެ ބޭފުޅަކު އައްޔަންކޮށްފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ދެ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.

13 ނޮވެމްބަރ

November 13, 2018 4
ކަމެއް ސާބިތުކުރަން އިންޓެލް ރިޕޯޓް އެކަނި ނުފުދޭނެ

ޝަރީއަތަށް ހުށަހެޅޭ މައްސަލައެއްގައި ކަމެއް ސާބިތު ކޮށްދިނުމަށް އިންޓެލިޖެންސް ރިޕޯޓު އެކަނި ނުފުދޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018
ވަޒީފާގެ މައްސަލަތައް އަލުން ހުށަހެޅޭނީ އެއް ފަހަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަނބުރާ ގެންދާ މައްސަލަތަކާއި ބާތިލްކުރާ މައްސަލަތައް އަލުން ހުށަހެޅޭނީ އެންމެ ފަހަރަކު ކަމަށް އެ ޓްރައިބިއުނަލުން ހަމަޖައްސައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2018 4
މުޒާހަރާއެއްގައި ބައިވެރިވެގެން ވަކިކުރުމުން ބަދަލު ދެނީ

އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވަޒީފާއިން ވަކިކުރި ކަމަށް މީހަކަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

14 މެއި

May 14, 2018 16
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް ޝިފާއު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމާއި އެތަނުގެ ރައީސްގެ މަގާމަށް، ގދ. ފަރެސްމާތޮޑާ ރޭއަލިވާގޭ އަހުމަދު ޝިފާއު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

08 މެއި

May 08, 2018 18
ޝަނޫން ޓީވީއެމުން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ނިންމައިފި

ޕްރެޒެންޓަރު މުހައްމަދު ޝަނޫން ޓީވީއެމްގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭގެ ގެއްލުމުގެ ބަދަލު އޭނާ އަށް ދިނުމަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

27 މާޗް

March 27, 2018 26
ބަދަލު ހޯދަން ހުށަހަޅާނަން: އެމްޕީއެލް މުވައްޒަފުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވަޒީފާއިން ވަކިކުރުމުން ލިބުނީ ކުއްލި ހައިރާން ކަމެއް ކަމަށާއި އެކަމުގެ ބަދަލު ހޯދަން ލޭބާ ޓްރައިބިއުނަލަށް ހުށަހަޅުއްވާނެ ކަމަށް، އޭގެ ތެރެއިން ދެ ބޭފުޅަކު މިއަދު ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2017 8
ފުލްމޫންގައި މުޒާހަރާކުރި 3 މީހުން ވަކިކުރީ ރަނގަޅަށް

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓްގައި ކުރި މުޒާހަރާތަކަކާ ގުޅިގެން އެ ރިސޯޓްގެ ވަޒީފާ އިން ތިން މީހަކު ވަކި ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.