23 ޖުލައި

July 23, 2020 19
ބިދޭސީންނަށް މުސާރަ ދޭން ރިޒްއަށް އަންގައިފި

ބ. ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ބޭތިއްބި 179 ބިދޭސީންނަށް މި މަސް ނިމުމުގެ ކުރިން މުސާރަ ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން އަންގައިފި އެވެ.

21 ޖުލައި

July 21, 2020 17
އަނެއްކާވެސް ބިދޭސީންގެ ހަމަނުޖެހުމެއް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށެއްގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔަކު އެ ރަށުގައި މަސައްކަތްކުރާ އެހެން މީހުންނަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގައިގެން އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

09 ޖުލައި

July 09, 2020 17
އާއިލާއަށް ކާއެއްޗެއް ނުލިބި ހަ މަސް:ހައްގުތައް ކޮބާ؟

އެތައް މަހެއްގެ މުސާރަ ނުދިނަސް ޓްރައިބިއުނަލް އަށް ގޮސްގެން އިންސާފު ހޯދަން ބިދޭސީ މަސައްކަތްތެރިންނަށް ބޮޑެތި ހުރަސްތަކެއް އެބަހުރި.

06 ޖުލައި

July 06, 2020 17
ބިދޭސީންގެ މުސާރަ ދޭން 10 އާ ހަމައަށް ވަގުތު ދީފި

ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ދިނުމާ ގުޅޭ ކަންކަން ނިންމަން މި މަހުގެ 10 އާ ހަމައަށް ދެ ފަރާތުން އެއްބަސްވެގެން ވަގުތު ދީފި އެވެ.

05 ޖުލައި

July 05, 2020 70
ބިދޭސީންނާ ހަވާލުވެވޭނީ ކޮންބައެއްކަން އެނގިގެން: ރިޒް

މުސާރަ ނުދިނުމުން ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީން އެ ރަށުން ބޭލޭނީ އެ މީހުންނަކީ ކޮން ބައެއްކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދިނުމުން ކަމަށް ބުނެ ރިޒް ކުންފުނިިން ބިދޭސީންނާ ހަވާލުވާން އިންކާރުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2020 9
އެމްޓީސީސީން 200 އަށް ވުރެ ގިނަ ވަޒީފާ

އަންނަ މަހު 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2019 38
ރިސޯޓްތަކުން ދިވެހިންނަށް ފުރުސަތު ހަނިކުރަން އުކުޅެއް!

ވަޒީފާ ދިނުމުގައި ރިސޯޓުތަކުން މިހާރު އެންމެ ބޮޑަށް ފެންނަ މައްސަލަ އަކީ ދިވެހިންނަށް ކުރެވޭ މަސައްކަތްތައް ވެސް ސަބް ކޮންޓްރެކްޓްގެ ގޮތުގައި އެހެން ކުންފުނިތަކަށް ދޫކޮށްގެން ބިދޭސީ މުވައްޒަފުންނަށް ގިނަ ވަޒީފާތައް ދިނުން ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފި އެވެ.

29 އެޕްރީލް

April 29, 2019 14
މަސައްކަތްތެރިންގެ ހައްގުތަކަށް ގޮވާލަން ހިނގާލުމެއް

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ހިނގާލުމެއް ބާއްވަން ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ.

25 މާޗް

March 25, 2019 18
"ވޯކްވިސާ ގަވައިދު އިސްލާހު ގެޒެޓްކުރެވުނީ އޮޅުމަކުން"

ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީންނަށް ދޭ ހުއްދަ ހަމަވުމުން، އަލުން އެ އާކުރުމަށް 6،000 ރުފިޔާ ދައްކަން ނުޖެހޭ ގޮތަށް "ވޯކްވިސާ ގަވައިދު" އިސްލާހުކޮށް، ގެޒެޓް ކުރެވުނީ އޮޅިގެން ކަމަށާއި އެއީ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

24 ފެބުރުއަރީ

February 24, 2019 14
މުސާރަ ނުދޭތީ ބިދޭސީންގެ ބަޔަކު ޕޮލިހަށް

ވަޒީފާ އަދާކުރާ ކުންފުނިން މުސާރަ ނުދީގެން އެ މައްސަލަ ހުށަހަޅަން ގިނަ އަދަދެއްގެ ބިދޭސީން މިއަދު ގަލޮޅު ޕޮލިސް ކައިރިއަށް އެއްވެއްޖެ އެވެ.

30 ޑިސެމްބަރ

December 30, 2017 6
އޭޖެންސީތަކާ މެދު ފިޔަވަޅު އެޅުން ހަ މަހަށް ފަސްކޮށްފި

ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ތެރެއިން ގަވާއިދާ ޚިލާފްވާ އޭޖެންސީތަކާ މެދު ފިޔަވަޅު އެޅުން އިތުރު ހަ މަހަށް އަނެއްކާވެސް ފަސްކޮށްފި އެވެ.

01 މެއި

May 01, 2017 63
ދިވެހި ޓޫރިޒަމްގައި ދިވެހިންނަށް ނެތް ފުރުސަތު

ގަމީސް ޔުނީފޯމްގެ ޖީބުގައި ބެޖެއް ހުއްޓެވެ. ކައިރިން ބަލައިލުމުން އެއީ "30 އަހަރުގެ ޚިދުމަތުގެ ބެޖް" ކަން އެނގުނެވެ. ރެސްޓޯރެންޓްގެ އެ މުވައްޒަފަށް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރިސޯޓް ފުރަތަމަ ހުޅުވީއްސުރެ އޭނާ ވަޒީފާ އެ އަދާކުރަނީ، ތެދުވެރިކަމާއި، ކިޔަމަންތެރިކަމާ އެކު، އެ ތަނުގަ އެވެ. ވަޅުން ފެން ނަގައިގެން ގެންގޮސް...

26 ނޮވެމްބަރ

November 26, 2016 45
ބިދޭސީންގެ މުސާރަ ޖަމާނުކުރާ ނަމަ ހިދުމަތް ހުއްޓާލަނީ

ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާނުކުރާ ފަރާތްތައް ބްލެކްލިސްޓްކޮށް، ސަރުކާރުން ފޯރުކޮށް ދޭ ހިދުމަތްތައް ހުއްޓާލަން އެންގޭ ގޮތަށް ގަވައިދެއް އެކުލަވާލައި ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.