09 ނޮވެމްބަރ

November 09, 2019 18
އައްޑޫގެ އާ ރިސޯޓަށް މުވައްޒަފުން ހޯދަނީ

އައްޑޫގައި އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ރިސޯޓް ސައުތު ޕާމް މޯލްޑިވްސް އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

04 އޮކްޓޯބަރ

October 04, 2019 8
ޓޫރިޒަމް ދާއިރާގައި ދިވެހިންގެ ހިއްސާއަކީ 47 ޕަސެންޓު

ރާއްޖޭގެ އިގްތިސާދުގެ ހިއްސާ އެންމެ ބޮޑު ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ދިިވެހިންގެ ހިއްސާ އަކީ 47 ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2019 6
ޓޫރިޒަމް ދާއިރާގައި ދިވެހިން އަދި ގިނަވާނެ: ފައިސަލް

ކުރިމަގުގައި ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިން ގިނަވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2019 12
ކްރޮސްރޯޑްސް އިން ގިނަ ވަޒީފާ އުފެދިއްޖެ: ނައިބުރައީސް

ކްރޮސްރޯޑްސްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކާމިޔާބު ކަމާ އެކު ނިންމާލުމުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 24
ރިސޯޓް ހަދަން ދޫކުރި 70 ވަރަކަށް ރަށް ހުއްޓިފައި

ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން އެކި ފަރާތްތަކަށް ދޫކޮށްފައިވާ 70 ވަރަކަށް ރަށުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2019 29
މިހާތަނަށް ޓޫރިޒަމް ދާއިރާއިން 17،000 ވަޒީފާ

މި އަހަރުގެ ތެރޭގައި ޓޫރިޒަމް ދާއިރާ އިން 17،000 ވަޒީފާގެ ފުރުސަތު އުފެއްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2019 51
ވަރުބަލިވެ އަވަދިވަމުންދާ މަސައްކަތްތެރިން

ހިދުމަތުގެ މައިގަނޑު ދާއިރާތަކުގައި ދިވެހި މަސައްކަތްތެރިން ތިބީ ވަރުބަލިވެ، ހިތްވަރުއެލިފަ އެވެ. މަސައްކަތު ވަގުތު ދިގުވުމާއި ޒިންމާތައް ގިނަވުމާއި ވަޒީފާއަށްޓަކައި އަމިއްލަ ދިރިއުޅުން ގުރުބާން ކުރަން ޖެހުމުގެ އުދާހުގަ އެވެ. އެކަށޭނަ އުޖޫރައެއް ނުލިބުމުގެ ހިތްހަމަނުޖެހުމުގަ އެވެ.

17 ޖެނުއަރީ

January 17, 2019 74
ކުޑަހުރާގައި ތުނބުޅީގެ މައްސަލަ ހޫނުވެއްޖެ

ފޯސީޒަން ކުޑަހުރާ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުން މަނާކޮށްފައިވާއިރު އިންޑިއާ މުވައްޒަފަކަށް އެކަމަށް ހުއްދަދިން މައްސަލަ މިއަދު ހޫނުވެއްޖެ އެވެ.

29 ޑިސެމްބަރ

December 29, 2018 46
ދިވެހިން އިތުރު ނަމަ ޓެކްސް އިން ލުޔެއް ލިބޭނެ:ރައީސް

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލަށް ވުރެން އިތުރަށް، ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ލުއި ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

17 ޖުލައި

July 17, 2018 16
އީސީން އުޅެނީ ރައީސް ޔާމީން އަލުން އިންތިޚާބު ކުރަން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ރައީސް އަބްދުﷲ ޔާމީން އިތުރު ދައުރަކަށް އިންތިޚާބު ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، އެ ކޮމިޝަންގެ ނިންމުމަށް އަދާލަތު ޕާޓީން މިއަދު ފާޑު ކިޔައިފި އެވެ.

July 17, 2018 17
ރިސޯޓުގައި އުޅޭ މީހުންގެ ހައްގު ހޯދަން ނުކުންނަން ޖެހޭ

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ހޯދައިދޭން ނުކުތުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ...

July 17, 2018 80
ރިސޯޓް މުވައްޒަފުން ވޯޓު ލުމަށް ބޮޑު ހުރަހެއް

ގައުމުގެ އެންމެ މަތީ ވެރިޔާ ކަނޑައަޅަން ލިބޭ ފުރުސަތުގައި ވޯޓްލުމުގެ ހައްގުން ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގެ މުވައްޒަފުން މަހުރޫމް ވެދާނެކަމުގެ ބިރު މިހާރު މިވަނީ ހީވެފަ އެވެ....

20 ޖޫން

June 20, 2018 14
މަންތާ އެއާއިން 300 އެއްހާ މީހުންނަށް ވަޒީފާ ދެނީ

މަންތާ އެއާގެ ހިދުމަތް ފަށައިގަތުމަށް ގާތްގަނޑަކަށް 300 މީހުން އެކި ވަޒީފާތަކަށް ހޯދަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

01 މެއި

May 01, 2017 63
ދިވެހި ޓޫރިޒަމްގައި ދިވެހިންނަށް ނެތް ފުރުސަތު

ގަމީސް ޔުނީފޯމްގެ ޖީބުގައި ބެޖެއް ހުއްޓެވެ. ކައިރިން ބަލައިލުމުން އެއީ "30 އަހަރުގެ ޚިދުމަތުގެ ބެޖް" ކަން އެނގުނެވެ. ރެސްޓޯރެންޓްގެ އެ މުވައްޒަފަށް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރިސޯޓް ފުރަތަމަ ހުޅުވީއްސުރެ އޭނާ ވަޒީފާ އެ އަދާކުރަނީ، ތެދުވެރިކަމާއި، ކިޔަމަންތެރިކަމާ އެކު، އެ ތަނުގަ އެވެ. ވަޅުން ފެން ނަގައިގެން ގެންގޮސް...

10 މާޗް

March 10, 2017 25
ދިގަލި ރިސޯޓުގެ ވަޒީފާތަކަށް 300 މީހުން ހޯދަނީ

ރ. ދިގަލީގައި އަލަށް ހެދި ފަސް ތަރީގެ ރިސޯޓުގެ އެކި ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަން ނިންމައިފި އެވެ.

21 ފެބުރުއަރީ

February 21, 2017 16
އެޗްއައިއެޗްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ މެނޭޖްމަންޓުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ މެނޭޖްމަންޓް އިސްތިއުފާ ދިނުމަށް ގޮވާލައި މި މަހުގެ ކުރީކޮޅު އިހުތިޖާޖުކުރި ދިވެހި މުވައްޒަފުންގެ ތެރެއިން ހަ މީހަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ހޮޓަލުން މިއަދު ބުނެފި އެވެ.

07 ފެބުރުއަރީ

February 07, 2017 44
އެޗްއައިއެޗްގެ ދިވެހި މުވައްޒަފުން އިހުތިޖާޖް ކުރަނީ

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ މެނޭޖްމަންޓުން މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ މެނޭޖްމަންޓް އިސްތިއުފާ ދިނުމަށް ގޮވާލައި ދިވެހި މުވައްޒަފުން މަސައްކަތް ހުއްޓާލައި މިރޭ އިހުތިޖާޖްކުރަން ފަށައިފި އެވެ.

18 ނޮވެމްބަރ

November 18, 2016 10
ދިގަލީގައި ހުޅުވާ ރިސޯޓަށް 380 މުވައްޒަފުން ހޯދަނީ

ރ. ދިގަލީ އަންނަ އަހަރުގެ އޭޕްރިލް މަހު ހުޅުވާ މަތީ ފެންވަރުގެ ރިސޯޓަށް 380 ވަރަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

02 ނޮވެމްބަރ

November 02, 2016 8
މެގައިން ކަނޑާލި މީހުންގެ %80 އަލުން ވަޒީފާ އަށް

ވިޔަފާރި ދަށްވުމުގެ ސަބަބުން ވަޒީފާ އިން ވަކިކުރި 120 އަށް ވުރެ ގިނަ މުވައްޒަފުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް އަލުން ވަޒީފާ ދީފައިވާ ކަމަށް މެގަ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

05 ސެޕްޓެމްބަރ

September 05, 2016 11
ކޮކޫން ރިސޯޓުގެ ވަޒީފާއަށް 300 މީހުން ހޯދަނީ

ޅ. އޫކޮޅުފުށީގައި އަލަށް ހަދާ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ "ކޮކޫން މޯލްޑިވްސް"ގެ އެކި ވަޒީފާތަކަށް 300 އެއްހާ މީހުން ހޯދަން ނިންމައިފި އެވެ.