04 މެއި

May 04, 2019 58
ރޯދަ އިނާޔަތުގެ ޝަކުވާއާ އެކު ވަޒީފާ އިން ކަނޑާލީ

އެއް ތަނުން އޭނާ ކަނޑާލީ ރޯދަމަހުގެ އެއް ދުވަސް ކުރިންނެވެ. އަނެއް ތަނުން، ރޯދަމަހުގެ ވިއްސަކަށް ދުވަސް ކުރިންނެވެ. އުމުރުން ފަސްދޮޅަހަކަށް އަހަރުގެ އަހުމަދު ރަޝީދު ބުނާގޮތުގައި ދެ ފަހަރު ވެސް ސަބަބަކަށް ވީ، ރޯދަމަހުގެ އިނާޔަތް ދޭން އޭނާ އެދުމެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން އެއް މައްސަލަ އޭނާ ވަނީ ކާމިޔާބުކޮށްފަ...

03 އެޕްރީލް

April 03, 2019 9
މުވައްޒަފުންގެ ހައްގުތައް ހިފެހެއްޓުން: ނިމުމެއް ނެތް؟

ދާދި ފަހުން އިވުނީ ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށް އަދި އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދޭ ޗުއްޓީ އެއް މަހަށް އިތުރުކުރަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކަ އެވެ. އެ ނިންމުމާ އެކު، ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ އެހެން...

25 މާޗް

March 25, 2019 18
ޓްރައިބިއުނަލަށް ތިން މެމްބަރަކު އައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ތިން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.

24 މާޗް

March 24, 2019 33
ބަދަލުގެ ގޮތުގައި ފެނަކަ މުވައްޒަފަކަށް ބޮޑު އަދަދެއް

މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގައި މަސައްކަތް ކުރަނިކޮށް، ސ. ހުޅުމީދޫ ބްރާންޗަށް ބަދަލުކުރި އެ ކުންފުނީގެ ކުރީގެ މުވައްޒަފަކަށް ބަދަލުގެ ގޮތުގައި 377،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

07 މާޗް

March 07, 2019 37
މުސާރައިން ކެނޑި 250ރ ހޯދަން ތިން އަހަރު!

ގަވާއިދާ ހިލާފަށް މުސާރައިން ކެނޑި 250ރ އަނބުރާ ހޯދަން ޒުވާނަކު ގާތްގަނޑަކަށް ތިން އަހަރު ހޭދަކޮށްފި އެވެ.

08 ޖެނުއަރީ

January 08, 2019 8
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދެ ބޭފުޅަކު އައްޔަންކޮށްފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ދެ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.

13 ނޮވެމްބަރ

November 13, 2018 4
ކަމެއް ސާބިތުކުރަން އިންޓެލް ރިޕޯޓް އެކަނި ނުފުދޭނެ

ޝަރީއަތަށް ހުށަހެޅޭ މައްސަލައެއްގައި ކަމެއް ސާބިތު ކޮށްދިނުމަށް އިންޓެލިޖެންސް ރިޕޯޓު އެކަނި ނުފުދޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

08 ނޮވެމްބަރ

November 08, 2018 9
ޕީއެސްއެމްގެ އެލަވަންސް ކަނޑާ އުސޫލު ބާތިލު ކޮށްފި

މުވައްޒަފުން ސަލާމުގަޔާއި އާއިލީ ޒިންމާގެ ޗުއްޓީގައި ތިބޭ ދުވަސްތަކުގައި އެލަވަންސްގެ ފައިސާ އުނިކުރާ ގޮތަށް ޕަބްލިކް ސާބިސް މީޑިއާ (ޕީއެސްއެމް) އިން 2017 ވަނަ އަހަރު ކަނޑައެޅި އުސޫލު ބާތިލުކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018
ވަޒީފާގެ މައްސަލަތައް އަލުން ހުށަހެޅޭނީ އެއް ފަހަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަނބުރާ ގެންދާ މައްސަލަތަކާއި ބާތިލްކުރާ މައްސަލަތައް އަލުން ހުށަހެޅޭނީ އެންމެ ފަހަރަކު ކަމަށް އެ ޓްރައިބިއުނަލުން ހަމަޖައްސައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2018 4
މުޒާހަރާއެއްގައި ބައިވެރިވެގެން ވަކިކުރުމުން ބަދަލު ދެނީ

އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވަޒީފާއިން ވަކިކުރި ކަމަށް މީހަކަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

14 މެއި

May 14, 2018 16
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް ޝިފާއު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމާއި އެތަނުގެ ރައީސްގެ މަގާމަށް، ގދ. ފަރެސްމާތޮޑާ ރޭއަލިވާގޭ އަހުމަދު ޝިފާއު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

08 މެއި

May 08, 2018 18
ޝަނޫން ޓީވީއެމުން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ނިންމައިފި

ޕްރެޒެންޓަރު މުހައްމަދު ޝަނޫން ޓީވީއެމްގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭގެ ގެއްލުމުގެ ބަދަލު އޭނާ އަށް ދިނުމަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

27 މާޗް

March 27, 2018 26
ބަދަލު ހޯދަން ހުށަހަޅާނަން: އެމްޕީއެލް މުވައްޒަފުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވަޒީފާއިން ވަކިކުރުމުން ލިބުނީ ކުއްލި ހައިރާން ކަމެއް ކަމަށާއި އެކަމުގެ ބަދަލު ހޯދަން ލޭބާ ޓްރައިބިއުނަލަށް ހުށަހަޅުއްވާނެ ކަމަށް، އޭގެ ތެރެއިން ދެ ބޭފުޅަކު މިއަދު ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2017 8
ފުލްމޫންގައި މުޒާހަރާކުރި 3 މީހުން ވަކިކުރީ ރަނގަޅަށް

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓްގައި ކުރި މުޒާހަރާތަކަކާ ގުޅިގެން އެ ރިސޯޓްގެ ވަޒީފާ އިން ތިން މީހަކު ވަކި ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

02 ނޮވެމްބަރ

November 02, 2017 6
ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްމާއިލް އަހުމަދު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

30 އޮކްޓޯބަރ

October 30, 2017 8
މުސާރަ ހޯދަން ޖޯން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ރާއްޖެއިން ޑީޕޯޓް ކޮށްލާފައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާލްސް ސޭފާޓް އޭނާ އަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

26 އޮކްޓޯބަރ

October 26, 2017 13
އިހްތިޖާޖް ކޮށްގެން ވަކި ކުރުމުން ބަދަލު ދޭން ޖެހިިއްޖެ

އިހްތިޖާޖް ކުރި މައްސަލާގައި ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ވަޒީފާއިން ވަކިކުރި ފަސް މީހަކަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ އަމުރުކޮށްފި އެވެ.

10 އޮކްޓޯބަރ

October 10, 2017 3
ވަކީލުންނަށް ޓްރައިބިއުނަލްގައި ވެސް ވަކާލާތެއް ނުކުރެވޭ

ހަމައެކަނި ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑްކުރި ވަކީލުންނަށް ޓްރައިބިއުނަލްތަކުގައި ވެސް ވަކާލާތު ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

23 ޖުލައި

July 23, 2017 9
ހަސަން ވަކިކުރި މައްސަލަ ނުބެލޭނެ: ޓްރައިބިއުނަލް

ހައި ކޯޓުގެ ކުރީގެ ރެޖިސްޓްރާ ހަސަން އަލީ އެ މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.

15 ޖުލައި

July 15, 2017 4
ފުރައްސާރަ ހުއްޓުވާ ކޮމެޓީގެ މައުލޫމާތު ދޭން އަންގައިފި

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި ގާއިމް ކުރަން ޖެހޭ، ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމުގެ ކޮމެޓީތަކުގެ މައުލޫމާތު ވަޒީފާއާ ބެހޭ ޓްރައިބިއުނަލާ ހިއްސާ ކުރުމަށް އެ ޓްރައިބިއުނަލުން އަންގައިފި އެވެ.