01 ޖުލައި

July 01, 2020
މޫނުގައި އަތްލެވެން އުޅޭ ނަމަ އަންގައިދޭ ޑިވައިސްއެއް

"ވައިބްޕްރޯ" ސެޕްޓެމްބަރުގައި ބާޒާރަށް ނެރޭ އިރު، އަގަކީ 111 ޑޮލަރު.

19 ޖޫން

June 19, 2020 13
މަލާލާ އޮކްސްފޯޑްގައި ޑިގްރީ ފުރިހަމަކޮށްފި

މިހާތަނަށް އެންމެ ހަގު އުމުރެއްގައި ނޯބެލް ޕީސް ޕްރައިޒް ހާސިލުކުރި ޕާކިިސްތާންގެ މަލާލާ ޔޫސުފްޒާއީ އޭނާ ތައުލީމު ހާސިލުކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ޑިގްރީ ފުރިހަމަކޮށްފި އެވެ.

21 މެއި

May 21, 2020
ކެމްބްރިޖްގެ ކިޔެވުން އަހަރު ވަންދެން އޮންލައިންކޮށް

ކޮރޯނާވައިރަހުގެ ސަބަބުން ޔުނިވަސިޓީ ހުޅުވައި ކުރިއެކޭ އެއްގޮތަށް ކިޔަވައިދެވެން ނެތުމުން އަންނަ އަހަރުގެ އެޕްރީލް މަހާ ހަމަ އަށް އެމެރިކާގެ ކެމްބްރިޖް ޔުނިވަސިޓީގެ ހުރިހާ ކެމްޕަހެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

27 ފެބުރުއަރީ

February 27, 2020 3
މަލާލާ އާއި ގްރެޓާގެ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް

ނަމޫނާ ޒުވާނުންގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ މަލާލާ ޔޫސަފްޒާއީ އާއި ގްރެޓާ ތަމްބާގް އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބި ތައުރީފުކޮށްފި އެވެ.

24 ޖެނުއަރީ

January 24, 2020
އެންމެ ވިސްނުން ތޫނު ލިސްޓަށް ތިން އަހަރުގެ ކުއްޖެއް

ދުނިޔޭގެ އެންމެ ވިސްނުން ތޫނު ނުވަތަ އައިކިއު އެންމެ މަތި މީހުންގެ ތެރޭގައި އެންމެ ތިން އަހަރުގެ ކުއްޖަކު ހިމެނިއްޖެ އެވެ.

17 ޖެނުއަރީ

January 17, 2020
ގަޑިޖެހިގެން ކުދިން ބަލައި ދާ ނަމަ ޖޫރިމަނާކުރަނީ

ގަޑިޖެހިން ސްކޫލަށް ކުދިން ބަލައިދާ ބެލެނިވެރިން ޖޫރިމަނާކުރާ ގޮތަށް އިނގިރޭސިވިލާތުގެ ޕްރައިމަރީ ސްކޫލަކުން ނިންމައިފި އެވެ.

02 ޖެނުއަރީ

January 02, 2020 10
ދަރިވަރަކަށް ނެނީއަކު ހޯދަން ކުރި އިއުލާނަކަށް ފާޑުކިޔުންތަކެއް

އިނގިރޭސި ވިލާތުގައި ގާނޫނީ ދާއިރާ އިން ކިޔަވާ ކެނެޑާގެ އަންހެން ދަރިވަރެއްގެ ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށް ނެނީ އަކު ހޯދަން އާއިލާ އިން ކުރި އިއުލާނަކާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކިޔައިފި އެވެ.

28 ޑިސެމްބަރ

December 28, 2019 2
ޕީއެޗްޑީ ތީސީސް ނިންމައިލީ ވިހަން ހޮސްޕިޓަލްގައި އޮވެ

މީހެއްގެ ނަސީބު ކޮންމެ ފަދަ ގޮތަކަށް ވެސް ދިމާވެދާނެ އެވެ. އިނގިރޭސި ވިލާތުގެ މި އަންހެން މީހާ އަކީ އޭގެ ތެރެއިން މީހަކަށް ވެދާނެ އެވެ. އޭނާ ވިހަން ހޮސްޕިޓަލްގައި އެޑްމިޓް ވާން ޖެހުނީ ޕީއެޗްޑީ ތީސިސް ހުށަހަޅަން އޮތް ދުވަހު އެވެ. ބްރިސްޓަލްގެ އެސްޓީ މައިކަލް ހޮސްޕިޓަލްގައި އެޑްމިޓް ވެގެން އޮވެ، ވިހެއުމުގެ ކުރިން ތީސީސް ނިންމައި...

16 އޮކްޓޯބަރ

October 16, 2019 5
"ފޭކް ނިއުސް" ޑިކްޝަނަރީގައި ހިމަނައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްޕުޅާނުވާ ނިއުސް އައުޓްލެޓްތަކާ ދެކޮޅަށް ބޭނުންކުރައްވައި، ވަރަށް ބޮޑަށް ވައިގައި ހިފި ލަފުޒު "ފޭކް ނިއުސް" ވެސް ހިމަނައިގެން އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީ އަށް 650 އަށް ވުރެ ގިނަ އާ ލަފުޒު އިތުރުކޮށްފި އެވެ.

13 ސެޕްޓެމްބަރ

September 13, 2019
އެއްވަނަ ޔުނިވަސިޓީގެ މަގާމު އަނެއްކާވެސް އޮކްސްފޯޑަށް

އެ ޔުނިވަސިޓީއެއްގައި ތައުލީމު ހާސިލުކުރަން ލިބުމަކީ ބޮޑު ޝަރަފެއްގެ ގޮތުގައި ބެލެވިފައި އޮންނަ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް، ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ މަގުބޫލު ޔުނިވަސިޓީގެ މަގާމު މި އަހަރު ވެސް ދިފާއުކޮށްފި އެވެ.

27 އޯގަސްޓް

August 27, 2019 3
ފޮރެސްޓް ސްކޫލް: ކުލާސްތަކުން ނުކުމެ، ގުދުރަތީ މާހައުލަށް

ސްކޫލްތަކުގައި ކިޔަވައިދޭ ވައްޓަފާޅި އަށް އަންނަނީ އެކި ކަހަލަ ބަދަލުތައް އަންނަމުންނެވެ. ހާއްސަކޮށް ޓެކްނޮޖީއާ އެކު ކުލާސްރޫމްތަކުގައި ކިޔަވައިދޭ އުސޫލުތަކަށް މިހާރު ވެސް ބޮޑު ބަދަލެއް އައިސްފައިވެ އެވެ. އެކަމަކު އަދިވެސް ބަދަލުނުވާ މައިގަނޑު ކަމަކީ އިމާރާތެއްގެ ތެރޭގައި ކުލާސްރޫމެއްގައި ކިޔަވަން އިންނަން ޖެހުމެވެ.

16 އޯގަސްޓް

August 16, 2019 2
ކާބަން ނިއުޓްރަލްވާން ބީފް ބާގާ މަނާކުރަނީ

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުންނާއި ތިމާވެއްޓާ ބީރައްޓެހި ހަކަތާއާ ދުރުވާން އިނގިރޭސިވިލާތުގެ ގޯލްޑްސުމިތުސް ޔުނިވަސިޓީން އެތަނުގެ އައުޓްލެޓްތަކުގައި ބީފް ބާގާ މަނާކުރަން ނިންމައިފި އެވެ.

12 މެއި

May 12, 2019 1
ސްކޫލްތެރެއަށް ކުނިއަޅާ ދަރިވަރުން ޖޫރިމަނާ ކުރަނީ

ދަރިވަރުން ސްކޫލް ތެރެއަށް ކުނިއަޅާ ނަމަ ޖޫރިމަނާ ކުރަން ސްކޮޓްލެންޑްގެ އޭރްޝާ ކައުންޓީގެ ސްކޫލްތަކުން ނިންމައިފި އެވެ.

25 އެޕްރީލް

April 25, 2019 5
އެންމެ ހަގު އެކައުންޓެންޓް އިނގިރޭސި ވިލާތުގައި

އުމުރުން ވަރަށް ހަގު ކުދިން ވެސް ބޮޑެތި މީހުންނަށް ދޫނުރާ ވަރުގެ މަސައްކަތްކޮށްގެން ސަމާލުކަން ހޯދުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މި ވެސް ހަމަ އެހަލަ ކުއްޖެއްގެ ވާހަކަ އެވެ. އުމުރުން އަދި އެންމެ 15 އަހަރެވެ. އެކަމަކު މިއީ މި ވަގުތު އިނގިރޭސިވިލާތުގައި ހުރި އެންމެ ޒުވާން އެކައުންޓަޓެވެ.

13 އެޕްރީލް

April 13, 2019
ކިޔަވަން ނެގި ލޯނުން ޕެޑް ހަދިޔާކޮށްފި

އިނގިރޭސިވިލާތުގެ ޔުނިވަސިޓީއެއްގައި ކިޔަވާ ދަރިވަރަކު އޭނާ ކިޔަވަން ނެގި ލޯނުން ބައެއް ޔުނިވަސިޓީ ކެމްޕަހުގެ އަންހެން ދަރިވަރުންގެ ތެރެއިން ސެނިޓަރީ ނެޕްކިން ހޯދަން ދަތި ދަރިވަރުންނަށް ޕެޑް ހޯދައި ދޭން ހަރަދުކޮށްފި އެވެ.

12 އެޕްރީލް

April 12, 2019
ދަރިވަރުންގެ ނެޕީ ބަދަލުކޮށްދޭނެ މީހަކު ހޯދަނީ

އިނގިރޭސިވިލާތުގެ ވެސްޓް މިޑްލެންޑްސްގެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ނެޕީ ޖަހާ އަދި އަމިއްލަ އަށް ފާހާނާކުރަން ނޭނގޭ ދަރިވަރުންގެ މައްސަލަ ބޮޑުވެ، ދަރިވަރުންގެ ނެޕީ ބަދަލު ކުރާނެ މުވައްޒަފަކު ހޯދަން ޖެހިއްޖެ އެވެ.

04 އެޕްރީލް

April 04, 2019 1
ސްޓާބަކްސްގެ ކިޔަވާ މުވައްޒަފުންނަށް ޓިއުޝަން ފީ ހިލޭ

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އެމެރިކާގެ ތައުލީމީ ސެޓްފިކެޓެއް ހޯދަން ބޭނުންވާ އިނގިރޭސި މުވައްޒަފުންނަށް ހިލޭ ޓިއުޝަން ފީ ދޭން ނިންމައިފި އެވެ.

26 މާޗް

March 26, 2019
މުސާރަ ހަދިޔާކުރާ ޓީޗަރަކަށް މިލިއަން ޑޮލަރުގެ އެވޯޑެއް

ފަގީރު އާއިލާތަކުގެ ކުދިންގެ ކިޔެވުމަށް، މަހު މުސާރައިގެ 80 ޕަސެންޓް ކޮންމެ މަހަކު ވެސް ހަދިޔާކުރާ ކެންޔާގެ ޓީޗަރަކަށް އިނާމެއްގެ ގޮތުގައި އެއް މިލިއަަން ޑޮލަރު ލިބިއްޖެ އެވެ.

11 މާޗް

March 11, 2019
އިނގިރޭސި ސާނަވީ ސްކޫލްތަކަށް ހިލޭ ޕެޑް

އިނގިރޭސިވިލާތުގެ ސާނަވީ ސްކޫލްތަކުގެ އަންހެން ދަރިވަރުންނަށް ޕެޑް ހިލޭ ދޭން ގޮވާލައި ކެމްޕޭންތަކެއް ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން، އެ ގައުމުގެ ސަރުކާރުން އެގޮތަށް އަމަލުކުރަން ތައްޔާރުވެއްޖެ އެވެ.

03 ޖުލައި

July 03, 2018 1
އިނގިރޭސިވިލާތު ސްކޫލްތަކުން ސްކާޓް ޔުނިފޯމް މަނާކުރަނީ

އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ބޭނުންކުރާ ޔުނިފޯމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާ އެކު، އެ ގައުމުގެ 40 އަށް ވުރެ ގިނަ ސްކޫލްގައި އަންހެން ދަރިވަރުންނަށް ސްކާޓް ޔުނިފޯމް މަނާކޮށްފި އެވެ.