19 ޖޫން

June 19, 2020 1
ކޮވިޑަށްފަހު އަދިވެސް ރަނގަޅަށް ވަހެއް ނުދުވާ: ޗާލްސް

މިދިޔަ މާޗް މަހުގެ ފަހުކޮޅު ކޮވިޑް-19 އަށް ޕޮޒިޓްވެ، ފަރުވާ ހޯއްދެވުމަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ބަލިން ފަސޭހަވެވަޑައިގަތް ނަމަވެސް ވަސްދުވުމާއި ރަހައިގެ ހިއްސު އަދިވެސް އެންމެ ރަނގަޅު ނޫން ކަމަށް އިނގިރޭސި ވިލާތުގެ ޕްރިންސް ޗާލްސް ވިދާޅުވެއްޖެ އެވެ.

27 މެއި

May 27, 2020
ދަރިން ލިބުމަކީ އެންމެ ބޮޑު ބަދަލު: ޕްރިންސް ވިލިއަމް

ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ ދަރިން ލިބުން ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ޕްރިންސް ވިލިއަމް ވިދާޅުވެއްޖެ އެވެ.

06 މެއި

May 06, 2020
ހެރީގެ ދެކަނބަލުންގެ ބައޮގްރަފީއެއް ނެރެނީ

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކަލްގެ ބައޮގްރަފީއެއް ނެރެން ނިންމައިފި އެވެ.

21 އެޕްރީލް

April 21, 2020 1
ހެރީގެ ދެކަނބަލުން ނޫސްތަކެއް ބޮއިކޮޓްކުރައްވައިފި

ޝާހީ ޒިންމާތައް ދޫކޮށްލެވުމަށް ޝާހީ އާއިލާއާ މުޅިން ވަކިން މިހާރު އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫސްތަކަކާ އޮތް ގުޅުން ކަނޑުއްވާލައްވައި އެ ނޫސްތައް ބޮއިކޮޓްކުރައްވައިފި އެވެ.

19 އެޕްރީލް

April 19, 2020 1
މޭގަންގެ ކެރިއަރު ބިނާކުރަން އެންޖެލީނާގެ އެހީ

ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް ކެރިއަރު އަލުން ކޮޅަށް ޖަހައިދޭން، މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީގެ އެހީ ހޯދަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

17 އެޕްރީލް

April 17, 2020 2
ހެރީގެ ދެކަބަނލުންގެ ފަރާތުން 112،000 ޑޮލަރު

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަންގެ ފަރާތުން އިނގިރޭސިވިލާތުގެ ޗެރިޓީއަކަށް 112،000 އަށް ވުރެ ގިނަ ޑޮލަރު ހަދިޔާކުރައްވައިފި އެވެ.

09 އެޕްރީލް

April 09, 2020
ހެރީ އާއި މޭގަންގެ އާ ޗެރިޓީ އަކީ "އާޗިވެލް"

ޝާހީ ޒިންމާތަކުގައި މިދިޔަ މަހުގެ ނިޔަލަށް ރަސްމީކޮށް ސިއްކަ ޖެހުނު ޕްރިންސް ހެރީ އާއި މޭގަން މާކަލް "އާޗިވެލް" ގެ ނަމުގައި އާ ޗެރިޓީއެއް އުފައްދަވައިފި އެވެ.

28 މާޗް

March 28, 2020
މޭގަން އަށް ޑިޒްނީން "ވަޒީފާއެއް" ކަށަވަރު

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ ޒިންމާތައް ދާދި ދޫކޮށްލެއްވީ ވެސް އަމިއްލަ މަސަައްކަތުން ދިރިއުޅުން ބިނާކުރެއްވުމަށްޓަކަ އެވެ. އެ މަސައްކަތް މިހާރު މިއޮތީ ފެށިފަ އެވެ.

16 މާޗް

March 16, 2020 5
މޭގަން މާކްލް އަލުން ހޮލީވުޑަށް؟

ޕްރިންސް ހެރީއާ ލޯބީގެ ގޮތުން ގުޅިވަޑައިގަތުމާ އެކު، ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް އަށް ޖެހިވަޑައިގަތީ ފިލްމު ކުޅުއްވުން ހުއްޓަވާލައްވައި ޝާހީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާށެވެ. ކައިވެނިކުރެއްވުމާ އެކު މޭގަންގެ ހަޔާތަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ޝާހީ އާއިލާގެ އިސް މެމްބަރެއްގެ ރޯލް...

28 ފެބުރުއަރީ

February 28, 2020 2
މެގަންގެ ބައްޕަ އަނެއްކާ ވެސް އޭނާއާ ދެކޮޅަށް

ދަރިކަނބަލުން މޭގަން މާކްލްއާ މެދު މިހާތަނަށް މާ ރަނގަޅު ވާހަތަކެއް ދައްކާފައި ނުވާ ތޯމަސް މާކަލް އަނެއްކާ ވެސް އެ ކަމަނާގެ ފިރިކަލުން ޕްރިންސް ހެރީއާ ބެހޭ ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަތަކެއް ދައްކައިފި އެވެ.

07 ފެބުރުއަރީ

February 07, 2020 1
މެޑޯނާގެ އެޕާޓްމަންޓެއް ހެރީ އަށް ކުއްޔަށް ދޭން ތައްޔާރު

ޝާހީ ޒިންމާތައް ދޫކޮށްލައްވައި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ދިރިއުޅުއްވުން ބަދަލުކުރައްވާ ކެނެޑާ އަކީ ވަރަށް ފޫހި "ގައުމެއް" ކަމަށް ބުނެ، އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ލަގްޒަރީ އެޕާޓްމަންޓް ޝާހީ ދެކަނބަލުންނަށް ކުއްޔަށް ދޭން ތައްޔާރަށް ހުރި ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފި އެވެ.

16 ޖެނުއަރީ

January 16, 2020 4
ޕްރިންސް ހެރީ އަށް ބާގަ ކިންގުން ވަޒީފާއެއް!

އަމިއްލަ މަސައްކަތްޕުޅުން ދިރިއުޅުއްވުން ބިނާކުރައްވަން ނިންމަވައި ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައިގެންފައިވާ ޕްރިންސް ހެރީ އަށް އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން، ބާގަ ކިންގުން ވަޒީފާއެއް ހުށަހަޅައިފި އެވެ.

15 ޖެނުއަރީ

January 15, 2020 3
ހެރީގެ ނިންމެވުމަށް ރާނީ ރުހުން ދެއްވައިފި

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ އާއިލާއާ ފެއަށް ވަޑައިތުމަށް ނިންމެވި ނިންމުވުމަށް ރާނީ އެލިޒަބަތު ރުހުން ދެއްވައިފި އެވެ.

13 ޖެނުއަރީ

January 13, 2020 9
ޝާހީ އާއިލާ ބޮޑު ބައްދަަލުވުމަކަށް

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ކުއްލި ގޮތަކަށް މިދިޔަ ހަފުތާގައި ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައުގަންނަވާކަން އިއުލާންކުރެވުމާ އެކު އާއިލާ ތެރޭގައި އުފެދިފައިވާ ނުތަނަސްކަން ކުޑަކުރުމަށް މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

11 ޖެނުއަރީ

January 11, 2020 4
ޝާހީ އާއިލާއާ ހެރީގެ ދެކަނބަލުން "ވަކިކޮށްފި"

އިނގިރޭސިވިލާތުގެ ލަންޑަންގެ މެޑަމް ޓްސޯޑްގައި ބަހައްޓާފައ ހުރި ޝާހީ އާއިލާގެ ބޭފުޅުންތަކެއް ވެކްސް ސްޓެޗޫތަކުގެ ތެރެއިން ޕްރިންސް ހެރީ އާއި އަނބިކަނބަލުންގެ ސްޓެޗޫ އާއިލާގެ އެހެން ބޭފުޅުންނާ ވަކިކޮށްލައިފި އެވެ.

09 ޖެނުއަރީ

January 09, 2020 5
ޕްރިންސް ހެރީގެ ދެކަނބަލުން ޝާހީ ޒިންމާތަކާ ދުރަށް

މީގެ ދެ އަހަރެއްހާ ދުވަސް ދުވަސްކުރިން، ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލްއާ ކައިވެނި ބައްލަވައިގަތް އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ ދެކަނބަލުން ޝާހީ އާއިލާގެ ރަސްމީ ޒިންމާތަކުން އެކަހެރިވެވަޑައިގަންނަވާކަން އިއުލާނުކުރައްވައިފި އެވެ.

21 ޑިސެމްބަރ

December 21, 2019 6
ޕްރިންސް ފިލިޕް އެޑްމިޓްކޮށް، ފަރުވާދެނީ

އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް ހުކުރު ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

28 އޮކްޓޯބަރ

October 28, 2019
މޭގަން މާކަލްއާ މެދު އާންމުން ދެކޭ ގޮތް ރަނގަޅު

އިނގިރޭސީ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް އަކީ ޝާހީ އާއިލާއެއް ރަނގަޅެއް ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

22 އޮކްޓޯބަރ

October 22, 2019 2
ޕްރިންސް ވިލިއަމާއި ހެރީ؛ މައްސަލައެއް އުޅޭތަ؟

ބޭބޭފުޅު ޕްރިންސް ވިލިއަމާ އޮންނަ ގުޅުން މިހާރު އެހާ ރަނގަޅު ނޫންކަމުގެ އިޝާރާތެއް ޕްރިންސް ހެރީ ދެއްވައިފި އެވެ.

06 އޮކްޓޯބަރ

October 06, 2019
ޕްރިންސް ހެރީ ތިން ނޫހަކަށް ދައުވާކޮށްފި

އިނގިރޭސިވިލާތުގެ ތިން ނޫހަކަށް ޕްރިންސް ހެރީ ދައުވާކުރައްވައިފި އެވެ.