18 ނޮވެމްބަރ

November 18, 2020 1
ބްރިޓިޝް ފެޝަން އެމްބެސެޑަރަކަށް ޕްރިޔަންކާ

ބްރިޓިޝް ފެޝަން ކައުންސިލް (ބީއެފްސީ) ގެ ފެޝަން އެމްބެސެޑަރަކަށް އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފި އެވެ.

27 އޮކްޓޯބަރ

October 27, 2020 4
އިނގިރޭސިވިލާތުގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

އިނގިރޭސިވިލާތުގެ އެންމެ ދުވަސްވީ މީހާ ޖޮއާން ހޮކާޑް އުމުރުން 112 އަރުގައި ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.

12 އޮކްޓޯބަރ

October 12, 2020
ޑަޔާނާގެ "ޝީޕް ޖަމްޕަރު" އަލުން ނެރެނީ

މިހާރު ޕްރި-އޯޑަރަށް ވެސް ހުޅުވާލާފައިވާ "ޝީޕް ޖަމްޕަރު" ގެ އަގަކީ 295 ޑޮލަރު

30 ސެޕްޓެމްބަރ

September 30, 2020 2
ޓީޝާޓް އަރިމަތިން ބާގަނޑެއް، މިވެސް ފެޝަނެއް

ފެޝަން ކުންފުނިތަކުން ފެޝަނުގެ ގޮތުގައި އާދަޔާ ހިލާފް ކަންކަން ކުރެ އެވެ. މި ފަހުން ނެރުނު މިފަދަ ކިތަންމެ އުފެއްދުމަކަށް އާންމުންގެ މަލާމާތާއި ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

17 ސެޕްޓެމްބަރ

September 17, 2020
އަންހެން ކުދިންގެ ތައުލީމަށް ހެރީގެ 130،000 ޑޮލަރު

އެފްރިކާ ބައްރުގެ ގައުމުތަކެއްގެ އަންހެން ކުދިންނާއި އަންހެނުންގެ ތައުލީމާއި ތަރައްގީ އަށް އެހީވުމުގެ ގޮތުން ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް 130،000 ޑޮލަރު ޗެރިޓީއަކަށް ހަދިޔާކުރައްވައިފި އެވެ.

07 ސެޕްޓެމްބަރ

September 07, 2020
ސީރިއާގެ ރެފިއުޖީންނާ ގުޅިގެން ޕީޕީއީ އުފައްދަނީ

ސީރިއާގެ ރެފިއުޖީންނާ ގުޅިގެން އިނގިރޭސިވިލާތުގެ ސައިންޓިސްޓުންނާއި އާޓިސްޓުންގެ ޓީމަކުން، އަލުން ބޭނުންކުރެވޭ ޕާސަނަލް ޕްރޮޓެކްޓިިވް އިކްއިޕްމަންޓް (ޕީޕީއީ) އުފައްދަން ނިންމައިފި އެވެ.

29 ޖުލައި

July 29, 2020 3
އަންހެން ވެރިން ތިބޭ ކުންފުނިތަކުގެ ފައިދާ މާ ބޮޑު

އިސް ވެރިންގެ ގޮތުގައި އަންހެނުން ތިބޭ ކުންފުނިތަކުގެ އުފެއްދުންތެރިކަން މާ ބޮޑަށް ވެސް ރަނގަޅު ކަމަށާއި އެފަދަ ކުންފުނިތަކުގެ ފައިދާ ވެސް އެ ނޫން ކުންފުނިތަކާ އަޅާބަލާ އިރު 10 ގުނަ ރަނގަޅު ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.

16 ޖުލައި

July 16, 2020 5
ގޮގްލްސް ހޮވައިގެން ގެނެސްދޭ ބުޅަޅެއް

ސެލީ ބެލް ބުނި ގޮތުގައި އޭނާ ގެންގުޅޭ ބުޅާ އެވެރީ އަކީ އަބަދު ވެސް އެކި ބާވަތުގެ ދިރޭ އެއްޗެހި ގެއަށް ގެންނަ އެއްޗެކެވެ. އޭގެ ތެރޭގައި މީދަލާއި ބޮއް ހިމެނެ އެވެ. އެކަމަކު ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މި ބުޅާ މުޅިން ވެސް ގެންނަނީ ފަތާއިރު އަޅާ ކަހަލަ ގޮގްލް އެވެ.

21 ޖޫން

June 21, 2020 3
އުމުރު ދުވަހަށް ޓްވިޓާ އިން ބޭރުކޮށްލައިފި

އާންމުންގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ތަކުރާރުކޮށް ޓްވީޓްކުރާ ކަމަށް ބުނެ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހަފުތާއެއްހާ ދުވަހަށް ޓްވިޓާ އިން ބޭރުކޮށްލި އިނގިރޭސި އަންހެނަކު އެންމެފަހުން އުމުރު ދުވަހަށް އެ ޕްލެޓްފޯމުން ބޭރުކޮށްލައިފި އެވެ.

19 ޖޫން

June 19, 2020 13
މަލާލާ އޮކްސްފޯޑްގައި ޑިގްރީ ފުރިހަމަކޮށްފި

މިހާތަނަށް އެންމެ ހަގު އުމުރެއްގައި ނޯބެލް ޕީސް ޕްރައިޒް ހާސިލުކުރި ޕާކިިސްތާންގެ މަލާލާ ޔޫސުފްޒާއީ އޭނާ ތައުލީމު ހާސިލުކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ޑިގްރީ ފުރިހަމަކޮށްފި އެވެ.

15 ޖޫން

June 15, 2020 1
ކާން ބާޒާރުން ގަތް އަސްދޫނި ބިހުން ފިޔޮއް!

ބާޒާރުން ކާން ގަންނަ ބިހަކީ އާންމުކޮށް ފިޔޮއް ވިއްސަން ބޭނުންކުރާ އެއްޗެއް ނޫނެވެ. އަދި އެފަދަ ބިހަކީ ގިނަ ފަހަރަށް އާޓިފިޝަލް ވަރަށް ގިނަ އުކުޅުތައް ބޭނުންކޮށްގެން އަޅުވާ ބިހެވެ.

29 މެއި

May 29, 2020 5
ރާފިއާ: ބުރުގާ އެޅި، ޔޫކޭގެ ފުރަތަމަ ފަނޑިޔާރު

މިއީ ރާފިއާ އަރުޝަދެވެ. އޭނާ އަށް މިހާރު ސަމާލުކަން ލިބިފައިވަނީ އުމުރުން 40 އަހަރުގައި އޭނާ އަކީ އިނގިރޭސިވިލާތުގައި، ބުރުގާ އެޅި ފުރަތަމަ އަންހެން ފަނޑިޔާރަށް ވުމުންނެވެ. މިއީ ހުޅަނގުގެ ގައުމުތަކަށް ބަލާ އިރު، ބުރުގާ އެޅި މުސްލިމު އަންހެނަކަށް ލިބުން ވަރަށް ނާދިރު ފުރުސަތެކެވެ.

28 މެއި

May 28, 2020 4
ލޮކްޑައުންގައި ވެސް ގޭގައި ބުރަކޮށް އުޅުނީ އަންހެނުން

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުނާ އެކު ވަރަށް ގިނަ ފިރިހެނުން ކުރާ ދައުވާއަކީ މިއެވެ؛ މިހާރު ގޭގެ މަސައްކަތްތަކުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެ ވެއެވެ. ގޭތެރެ ސާފުކުރުމާއި ކެއްކުމާއި ކުދިން ބެލުން ފަދަ ކަންކަމުގައި އަނބިންނަށް ނުވަތަ އާއިލާގެ މީހުންނަށް މިހާރު މާ ބޮޑަށް ވެސް އެހީވެދީ އުޅޭ ކަމަށް ބުނެ ބައެއް މީހުން އެ...

08 އެޕްރީލް

April 08, 2020 4
ރީތީގެ ރާނީ ކޮރޯނާވައިރަހުގެ ބަލި މީހުންނާ އެކު

ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ވެވުނު މިންވަރަކުން އެހެން މީހުންނަށް އެހީވާންވީ ވަގުތެކެވެ. މިކަމުގައި ވަރަށް ގިނަ ބަޔަކު އަންނަނީ ނަމޫނާ ދައްކަމުންނެވެ، އެއް ބަޔަކު މާލީ ގޮތުން އެހީވަނީ އެވެ. އަނެއް ބަޔަކު އެ މީހުހުންގެ މަސައްކަތްތަކާ ގުޅުން ހުރި ދިމާއަކުން އެހީތެރިކަން ފޯރުކޮށް ދެނީ...

30 މާޗް

March 30, 2020
"ބޮހީމިއަން ރާޕްސޮޑީ" ބަލައިގެން ދުނިޔޭގެ ރެކޯޑެއް

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމު "ބޮހީމިއަން ރަޕްސޮޑީ" ބަލައިގެން އޮސްޓްރޭލިއާގެ އަންހެނަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ޔަގީންކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2020 3
މަލާލާ އާއި ގްރެޓާގެ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް

ނަމޫނާ ޒުވާނުންގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ މަލާލާ ޔޫސަފްޒާއީ އާއި ގްރެޓާ ތަމްބާގް އެކީގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބި ތައުރީފުކޮށްފި އެވެ.

05 ފެބުރުއަރީ

February 05, 2020
މި ހެދުމުގެ ފުރިހަމަކަން އެނގޭނީ ފޯނުން ބެލީމާ

އާދީއްތަަ ދުވަހު އިނގިރޭސިވިލާތުގައު ބޭއްވި 73 ވަނަ ބަފްޓާ އެވޯޑްގައި، ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ގައުންއަކާ އެކު ސެލެބްރިޓީއަކު ރެޑް ކާޕެޓްގައި ބައިވެރިވެއްޖެ އެވެ.

21 ޖެނުއަރީ

January 21, 2020 9
އެފްރިކާގެ މުއްސަނދި އަންހެނާ "ގައުމު ލޫޓުވާލި"

އިނގިރޭސިވިލާތުގައި ދިރިއުޅޭ އެފްރިކާ ބައްރުގެ އެންމެ މުއްސަނދި އަންހެނާގެ ގޮތުގައި މަޝްހޫރުވެފައިވާ އެންގޯލާގެ އީޒަބެލް ޑޮސް ސަންޓޯސް ވަނީ "ގައުމު ލޫޓްވާފައި" ކަމަށް އޭނާއާ ގުޅޭ ގޮތުން އާންމުވެފައިވާ ލިޔުންތަކަކުން ހާމަވެއްޖެ އެވެ.

10 ޖެނުއަރީ

January 10, 2020
މަލާލާގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ ފިލްމު "ގުލް މަކާއީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

02 ޖެނުއަރީ

January 02, 2020 10
ދަރިވަރަކަށް ނެނީއަކު ހޯދަން ކުރި އިއުލާނަކަށް ފާޑުކިޔުންތަކެއް

އިނގިރޭސި ވިލާތުގައި ގާނޫނީ ދާއިރާ އިން ކިޔަވާ ކެނެޑާގެ އަންހެން ދަރިވަރެއްގެ ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށް ނެނީ އަކު ހޯދަން އާއިލާ އިން ކުރި އިއުލާނަކާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކިޔައިފި އެވެ.