06 މެއި

May 06, 2020
"ޕްރިމިއާ ލީގަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތް"

ޕެރިސް (މެއި 6) - އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވާން ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރިމިއާ ލީގުގެ ޗެލްސީގެ ކުރީގެ ކޯޗު އަންދްރޭ ވިލަސް-ބޮއާސް ބުނެފި އެވެ.

20 މާޗް

March 20, 2020
ކަރަންޓީން ގަވާއިދާ ހިލާފުވުމުން މައުންޓަށް އަދަބެއް؟

ލަންޑަން (މާޗް 20) - ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ކްލަބުން އެކުލަވާލި ހޯމް އައިސޮލޭޝަން (ކަރަންޓީން) ގަވައިދާ އެ ޓީމުގެ މޭސަން މައުންޓް ހިލާފުވުމުން އޭނާ އަށް އަދަބެއް ދިނުމާ މެދު ޗެލްސީން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

13 މާޗް

March 13, 2020 4
އާޓެޓާ އާއި ހުޑްސޮން-އޮޑޯއީ ކޮވިޑް-19 އަށް ޕޮޒިޓިވް

ލަންޑަން (މާޗް 13) – އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ވިންގާ ކަލުމް ހުޑްސަން-އޮޑޯއީ، ކޮރޯނާވައިރަސް އަށް ޕޮޒިޓިވެ، ޕްރިމިއާ ލީގު ދެން ބޭއްވިދާނެތޯ ސުވާލު އުފެދިއްޖެ އެވެ.

09 މާޗް

March 09, 2020 16
ސިޓީ ބަލިކޮށް ޔުނައިޓެޑަށް ހާއްސަ އުފަލެއް

މެންޗެސްޓާ (މާޗް 9) – ވާދަވެރި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން 10 އަހަރަށް ފަހު، އެއް ސީޒަނެއްގައި އެ ޓީމު އަތުން ލީގުގައި ދެ ފަހަރަށް މޮޅު ހޯދައިފި އެވެ.

23 ފެބުރުއަރީ

February 23, 2020 3
ޗެލްސީ އާއި ސިޓީން މަގާމުގައި ލީޑުނަގައިފި

ލަންޑަން (ފެބްރުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ މެޗުތަކުން މޮޅުވެ ޗެލްސީ އާއި މެންޗެސްޓާ ސިޓީން އެ ދެ ޓީމު ދަމަހައްޓަމުން އައި މަގާމުގައި ލީޑެއް ނަގައިފި އެވެ.

22 ފެބުރުއަރީ

February 22, 2020 1
ކެޕާއާ މެދު ބޭއިންސާފެއް ނުވަން: ލަމްޕާޑް

ލަންޑަން (ފެބްރުއަރީ 22) - ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާއާ މެދު ބޭއިންސާފުން އެއްވެސް ކަމެއް ނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2020 11
ޔުނައިޓެޑުން ޗެލްސީ ބަލިކުރިއިރު ސަމާލުކަން ވީއޭއާރަށް

ލަންޑަން (ފެބްރުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ރޭހުގެ ވާދައިގައި، ރޭ ކުޅުނު ފޯރިގަދަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން ޗެލްސީ ބަލިކުރިއިރު، މި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ނިންމި ނިންމުންތަކާ މެދު ގިނަ ބަޔަކު ނުރުހިއްޖެ އެވެ.

19 ޖެނުއަރީ

January 19, 2020
ސިޓީ އާއި އާސެނަލް އެއްވަރު، ޗެލްސީ ބަލިވެއްޖެ

ލަންޑަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން އެއްވަރުވިއިރު، ޗެލްސީ ބަލިވެއްޖެ އެވެ.

30 ޑިސެމްބަރ

December 30, 2019 8
ލިވަޕޫލް ލީޑު ދަމަހައްޓައިފި، ވީއޭއާރްގެ ޝަކުވާތަކެއް

ލިވަޕޫލް (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 1-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ލީޑުދެމެހެއްޓިއިރު، ރޭގެ މެޗުތަކަށް ފަހު ވެސް ޓީމުތަކުގެ ކޯޗުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާ ގޮތާމެދު އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

27 ޑިސެމްބަރ

December 27, 2019 3
އެއް ވަނައިގައި ލިވަޕޫލަށް 13 ޕޮއިންޓުގެ ލީޑެއް

ލަންޑަން (ޑިސެމްބަރު 27) - ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އަތުން 4-0 އިން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

23 ޑިސެމްބަރ

December 23, 2019 2
ލަމްޕާޑް އަނެއްކާ ވެސް މޮރީނިއޯ ބަލިކޮށްފި

ލަންޑަން (ޑިސެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ ޗެލްސީން ރަށުން ބޭރުގައި، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ޓޮޓެންހަމް ހޮޓްސްޕާސް 2-0 އިން ބަލިކޮށްފި އެވެ.

15 ޑިސެމްބަރ

December 15, 2019 5
ލިވަޕޫލަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

ލިވަޕޫލް (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ވަޓްފޯޑް ބަލިކޮށް ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

24 ނޮވެމްބަރ

November 24, 2019 3
ލިވަޕޫލް މަގާމުގައި، ސިޓީ ތިން ވަނަ އަށް އަރައިފި

މެންޗެސްޓާ (ނޮވެމްބަރު 24) – ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މަގާމް ދަމަހައްޓައި އަދި މެންޗެސްޓާ ސިޓީން 2-1 އިން ޗެލްސީ ބަލިކޮށް ތިން ވަނަ އަށް އަރައިފި އެވެ.

10 ނޮވެމްބަރ

November 10, 2019 1
ލެސްޓާ ދެ ވަނަ އަށް އެކަމަކު ލީގުގެ ވާހަކަ ނުދައްކާނެ

ލަންޑަން (ނޮވެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް 2-0 އިން ބަލިކޮށް ލީގުގެ ދެ ވަނަ އަށް ލެސްޓާ ސިޓީ ޖެހިލި ނަމަވެސް ލީގު ޗެމްޕިއަންކަމަށް އެ ޓީމު ވާދަކުރާނެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2019
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި

ލަންޑަން (ނޮވެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އިތުރު ވަގުތުގައި ސަޑިއޯ މާނޭ ޖެހި ގޯލުން 2-1 އިން އެސްޓަން ވިލާ އަތުން މޮޅުވެ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ހަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

27 އޮކްޓޯބަރ

October 27, 2019 5
ސިޓީ މޮޅުވިޔަސް ގާޑިއޯލާގެ ކަންބޮޑުވުންތަކެއް

މެންޗެސްޓާ (އޮކްޓޫބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ގާތަށް ޖެހިލި ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހިއްޖެ އެވެ.

06 އޮކްޓޯބަރ

October 06, 2019 6
ވުލްވްސް އަތުން ސިޓީ ބަލިވެއްޖެ، ފަރަގު ބޮޑު

މެންޗެސްޓާ (އޮކްޓޫބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ޕޮޮއިންޓުގެ ފަރަގު ކުޑަކުރަން ނުކުތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މިރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 2-0 އިން ވުލްވްސް އަތުން ބަލިވެއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2019 5
ޗެލްސީ ބަލިކޮށް ލިވަޕޫލް ރެކޯޑް ދަމަހައްޓައިފި

ލަންޑަން (ސެޕްޓެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ޗެލްސީގެ މައްޗަށް ރަށުން ބޭރުގައި 2-1 އިން މިރޭ ހޯދި މޮޅާ އެކު ލިވަޕޫލުން މި ފަހަރުގެ ލީގުގައި އެ ޓީމުގެ މޮޅުވުމުގެ...

September 22, 2019
ލިވަޕޫލް މެޗަކީ ޗެލްސީ އަށް އިމްތިހާނެއް: ލަމްޕާޑް

ލަންޑަން (ސެޕްޓެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަކީ ޗެލްސީ އަށް އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި...

15 ސެޕްޓެމްބަރ

September 15, 2019 10
ނޯވިޗް އަތުން ސިޓީ ބަލިވުމުން ލިވަޕޫލަށް ލީޑެއް

ލަންޑަން (ސެޕްޓެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުން މި ފަހަރު ލީގަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އަތުން 3-2 އިން ބަލިވިއިރު، ލީގުގެ އެއް ވަނައިގައި ލިވަޕޫލަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2019 9
ރެކޯޑް މޮޅާ އެކު ލިވަޕޫލް މަގާމު ދަމަހައްޓައިފި

ލަންޑަން (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 3-0 އިން ބާންލީ ބަލިކޮށް ލީގުގައި ޖެހިޖެހިގެން 13 މެޗުން މޮޅުވެ ކްލަބްގެ ތާރީހުގައި ހެދި ރެކޯޑާ އެކު ލިވަޕޫލް އެއް ވަނަ މަގާމު ދިފާއުކޮށްފި އެވެ.