09 މާޗް

March 09, 2020 16
ސިޓީ ބަލިކޮށް ޔުނައިޓެޑަށް ހާއްސަ އުފަލެއް

މެންޗެސްޓާ (މާޗް 9) – ވާދަވެރި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން 10 އަހަރަށް ފަހު، އެއް ސީޒަނެއްގައި އެ ޓީމު އަތުން ލީގުގައި ދެ ފަހަރަށް މޮޅު ހޯދައިފި އެވެ.

08 މާޗް

March 08, 2020 11
ޔުނައިޓެޑާ އޮތީ ހީކުރި ވަރަށް ވުރެ ބޮޑު ދުރުމިނެއް

މެންޗެސްޓާ (މާޗް 8) – އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއާ ދެމެދު މިހާރު އޮތް ފަރަގު އޮވެދާނެ ކަމަށް އޭނާ ކުރިން ހީނުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

23 ފެބުރުއަރީ

February 23, 2020 3
ޗެލްސީ އާއި ސިޓީން މަގާމުގައި ލީޑުނަގައިފި

ލަންޑަން (ފެބްރުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ މެޗުތަކުން މޮޅުވެ ޗެލްސީ އާއި މެންޗެސްޓާ ސިޓީން އެ ދެ ޓީމު ދަމަހައްޓަމުން އައި މަގާމުގައި ލީޑެއް ނަގައިފި އެވެ.

03 ފެބުރުއަރީ

February 03, 2020 2
ޓޮޓެންހަމް އަތުން ބަލިވެ ގާޑިއޯލާ އަށް މާޔޫސްކަން

ލަންޑަން (ފެބްރުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން މެންޗެސްޓާ ސިޓީ ބަލިވުމާ އެކު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ޓީމުގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

22 ޖެނުއަރީ

January 22, 2020
އާސެނަލް ސަލާމަތްވިއިރު ސިޓީ އަށް ހަނި މޮޅެއް

ލަންޑަން (ޖެނުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް އާސެނަލުން 2-2 އިން އެއްވަރުކޮށް ބަލިނުވެ ސަލާމަތްވިިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން މެންޗެސްޓާ ސިޓީން ހަނި މޮޅެއް ހޯދައިފި އެވެ.

19 ޖެނުއަރީ

January 19, 2020
ސިޓީ އާއި އާސެނަލް އެއްވަރު، ޗެލްސީ ބަލިވެއްޖެ

ލަންޑަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން އެއްވަރުވިއިރު، ޗެލްސީ ބަލިވެއްޖެ އެވެ.

13 ޖެނުއަރީ

January 13, 2020 3
އަގުއޭރޯގެ ރެކޯޑްތަކާ އެކު ސިޓީ ދެ ވަނަ އަށް

ބާމިންހަމް (ޖެނުއަރީ 13) - ސާޖިއޯ އަގުއޭރޯގެ ބޮޑު ދެ ރެކޯޑަކާ އެކު ރޭ މެންޗެސްޓާ ސިޓީން 6-1 އިން އެސްޓަން ވިލާ ބަލިކޮށް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

01 ޖެނުއަރީ

January 01, 2020
ސިޓީން ލިވަޕޫލާ މެދު ވިސްނީ ގޯސްކޮށް: އަންޗެލޮޓީ

މެންޗެސްޓާ (ޖެނުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި މި ފަހަރު މެންޗެސްޓާ ސިޓީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުން ލިވަޕޫލާ މެދު ދުށް ގޮތް ކަމަށް ދާދި ފަހުން އެވަޓަންއާ ހަވާލުވި ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2019 2
މި ވަގުތަށް ސިޓީގެ ޓާގެޓަކީ ގަދަ ހަތަރެއް: އަގުއޭރޯ

މެންޗެސްޓާ (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލު މި ވަގުތު އޮތް ގޮތަށް ބަލާއިރު މެންޗެސްޓާ ސިޓީން ޓާގެޓް ކުރަނީ ގަދަ ހަތަރެއްގައި ނިންމާލުމަށް ކަމަށް އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ހޯދި މެންޗެސްޓާ ސިޓީ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.

30 ޑިސެމްބަރ

December 30, 2019 8
ލިވަޕޫލް ލީޑު ދަމަހައްޓައިފި، ވީއޭއާރްގެ ޝަކުވާތަކެއް

ލިވަޕޫލް (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 1-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ލީޑުދެމެހެއްޓިއިރު، ރޭގެ މެޗުތަކަށް ފަހު ވެސް ޓީމުތަކުގެ ކޯޗުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާ ގޮތާމެދު އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

29 ޑިސެމްބަރ

December 29, 2019 4
ކޯޗުން ފާޑުކިޔަސް ގޮތް ނިންމަނީ ޓީވީ މީހުން: ގާޑިއޯލާ

މެންޗެސްޓާ (ޑިސެމްބަރު 29) - ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ގާތްގާތުގައި މެޗުތައް ކުޅޭ ގޮތަށް ރާވާފައި އޮތުމުން ކިތަންމެ ގިނައިން ކޯޗުން ފާޑުކީ ނަމަވެސް ގޮތެއް ނިންމުމުގައި ބަލަނީ ޓީވީތަކަށް ފަސޭހަގޮތެއް ކަމަށް ބުނެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފާޑުކިޔައިފި އެވެ.

28 ޑިސެމްބަރ

December 28, 2019
ވުލްވްސް އިން ފަހަތުން އަރައި ސިޓީ ބަލިކޮށްފި

ލަންޑަން (ޑިސެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން ފަހަތުން އަރައި 3-2 އިން ވުލްވްސް އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

22 ޑިސެމްބަރ

December 22, 2019
ލެސްޓާ ބަލިކޮށް ސިޓީން ލީގުގެ ރޭހުގައި ކުރިއަށް

މެންޗެސްޓާ (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަަނައިގައި އޮތް ލެސްޓާ ސިޓީ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ ލީގުގެ ރޭހުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މުހިއްމު މޮޅެއް ހޯދައިފި އެވެ.

21 ޑިސެމްބަރ

December 21, 2019
ގޮތެއް ނިންމަން ވަގުތު އެބައޮތް: ގާޑިއޯލާ

މެންޗެސްޓާ (ޑިސެމްބަރު 21) - އޭނާގެ މުސްތަގުބަލާ މެދު މެންޗެސްޓާ ސިޓީން ގޮތެއް ކަނޑައަޅަން އަދި ވަގުތު އެބައޮތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

16 ޑިސެމްބަރ

December 16, 2019 5
އާސެނަލް ބަލިކުރެވުނަސް ގާޑިއޯލާގެ ހިތެއް ނުފުރުނު

ލަންޑަން (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި އާސެނަލްގެ މައްޗަށް 3-0 އިން ކުރި ހޯދުނު ނަމަވެސް މެޗުގައި ފެނިގެންދިޔަ ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

15 ޑިސެމްބަރ

December 15, 2019 1
ކާމިޔާބީ ހޯދުމުގެ ޕްރެޝަރު ދެ ގުނަ ބޮޑު: ގާޑިއޯލާ

މެންޗެސްޓާ (ޑިސެމްބަރު 15) - މި ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ތަފާތު ކަމަށާއި މިދިޔަ ސީޒަނުގައި ސިޓީން ހޯދި ކާމިޔާބީތަކުގެ ސަބަބުން އެ ޓީމަށް އޮތް ޕްރެޝަރު ދެ ގުނަވެގެންދިޔަ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2019 6
ޔުނައިޓެޑް އަތުން ބަލިވެ ސިޓީގެ އުއްމީދު ފަނޑުވަނީ

މެންޗެސްޓާ (ޑިސެމްބަރު 8) – މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީއާ، ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އައުމާ އެކު ސިޓީ އަށް ލީގު ޗެމްޕިއަންކަން ދިފާއުކުރުމުގެ އުއްމީދު ފަނޑުވާން ފަށައިފި އެވެ.

04 ޑިސެމްބަރ

December 04, 2019 1
ބާންލީ ބަލިކޮށް ސިޓީ ދެ ވަނަ އަށް

ބާންލީ (ޑިސެމްބަރު 4) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 4-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން ތާވަލުގެ ދެ ވަނަ އަށް އަރައިފި އެވެ.

30 ނޮވެމްބަރ

November 30, 2019 5
ލިވަޕޫލަށް އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް

ލިވަޕޫލް (ނޮވެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 2-1 އިން ބްރައިޓަން ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

24 ނޮވެމްބަރ

November 24, 2019 3
ލިވަޕޫލް މަގާމުގައި، ސިޓީ ތިން ވަނަ އަށް އަރައިފި

މެންޗެސްޓާ (ނޮވެމްބަރު 24) – ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މަގާމް ދަމަހައްޓައި އަދި މެންޗެސްޓާ ސިޓީން 2-1 އިން ޗެލްސީ ބަލިކޮށް ތިން ވަނަ އަށް އަރައިފި އެވެ.