02 އޯގަސްޓް

August 02, 2019
ފުޓްބޯޅަ ކުޅުންތެރިންނަށް ޗުއްޓީ ލާޒިމުކުރަންޖެހޭ

ލަންޑަން (އޮގަސްޓް 2) - ސިއްހީ ގޮތުން ފުޓްބޯޅަ ކުޅުންތެރިން އެންމެ ރަނގަޅު ހާލަތެއްގައި ބަހައްޓަން ބޭނުންނަމަ ސީޒަން ނިމުމުންނާއި ސީޒަނުގެ ތެރެއިން ޗުއްޓީއެއް ލާޒިމުކުރަންޖެހޭ ކަމަށް ކުޅުންތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ފިފްޕްރޯ އިން ބުނެފި އެވެ.

16 ޖޫން

June 16, 2019 2
ޔުއެފާގެ ރައީސްގެ ފާޑުކިޔުން އިނގިރޭސި ޓީމުތަކަށް

ލަންޑަން (ޖޫން 16) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު އަޒަރުބައިޖާންގެ ބަކޫގައި ކުޅެން ނިންމުމުން އެކަމާ ހިތްހަމަނުޖެހި އިނގިރޭސި ޓީމުތަކުން ކަންތައް ކުރިގޮތާ މެދު ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ހިތްހަަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

08 ޖޫން

June 08, 2019 2
ވުލްވްސް ވަރުގަދަ ކުރުމަށް ބޮޑު ޕްލޭނެއް

އިނގިރޭސި ޗެމްޕިއަންކަން 1950 ގެ އަހަރުތެރޭގައި ތިން ފަހަރެއްގެ މަތިން ހޯދި ވުލްވަހެމްޓަން ވެންޑާސް (ވުލްވްސް) އަށް އިނގިރޭސި ޕްރިމިއާ ލީގުން ގެއްލުނީ 2012 ވަނަ އަހަރު ރެލިގޭޓްވުމުންނެވެ. އެކަމަކު މީގެ ދެ އަހަރު ކުރިން ޗައިނާގެ ވަރުގަދަ އިންވެސްޓްމަންޓް ކުންފުނި ފޮސުން ގްރޫޕުން ވުލްވްސް ގަނެ، އެ ޓީމު ކުރިއަށްގެންދާނެ މަގުޗާޓެއް...

28 މެއި

May 28, 2019 4
އަގުބޮޑު މެޗުން މޮޅުވެ އެސްޓަން ވިލާ ޕްރިމިއާ ލީގަށް

ލަންޑަން (މެއި 28) - ފުޓްބޯޅައިގެ އެންމެ އަގުބޮޑު މެޗުގެ ގޮތުގައި މަޝްހޫރުވެފައިވާ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޕްލޭއޮފް ފައިނަލުގައި ޑާބީ ކައުންޓީގެ މައްޗަށް 2-1 އިން ކުރިހޯދައި އެސްޓަން ވިލާ އަލުން އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފި އެވެ.

27 މެއި

May 27, 2019 1
އެންމެ އަގުބޮޑު މެޗު ލަމްޕާޑަށް ވަރަށް ހާއްސަ

ލަންޑަން (މެއި 27) - އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ޖާގައަށް މިރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ ޕްލޭއޮފް ފައިނަލަކީ އޭނާ އަށް ވަރަށް ހާއްސަ މެޗެއް ކަމަށް ޑާބީ ކައުންޓީގެ ކޯޗު އަދި ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

19 މެއި

May 19, 2019 22
ބޭލް އެނބުރި ޕްރިމިއާ ލީގަށް؟

މެޑްރިޑް (މެއި 19) - އަންނަ ސީޒަނުގައި ވޭލްސްގެ ތަރި ގަރެތު ބޭލް އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

16 މެއި

May 16, 2019
އަގުބޮޑު މެޗު: ޓެރީ އާއި ލަމްޕާޑްގެ ކުރިމަތިލުމެއް!

ލަންޑަން (މެއި 16) - އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ޖާގައަށް ކުޅޭ ޕްލޭއޮފް ފައިނަލުގައި ޑާބީ ކައުންޓީ އާއި އެސްޓަން ވިލާ ވާދަކުރާ މެޗު އެ ދެ ޓީމުގެ ކޯޗުން ކަމަށްވާ ޗެލްސީގެ ކުރީގެ ދެ ތަރިން، ޖޯން ޓެރީ އާއި ފްރޭންކް ލަމްޕާޑަށް ހާއްސަވާނެ އެވެ. ކޯޗިންގެ ޅަފަތުގައި މުހިއްމު މަސައްކަތެއް ކުރަމުން އަންނަ ލަމްޕާޑަކީ ޑާބީގެ...

12 މެއި

May 12, 2019 32
ވާދަވެރި ރޭހަށް ފަހު ސިޓީ ލީގު ޗެމްޕިއަންކަން ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ފެނިގެން ދިޔަ، ތަށި ހޯދުމުގެ އެންމެ ވާދަވެރި ރޭހުގެ ފަހު މެޗުގައި މިރޭ ބްރައިޓަން އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން އެއް...

May 12, 2019 10
ލިވަޕޫލް އުއްމީދުގައި، ސިޓީގެ އަމާޒު ތަށްޓަށް!

ލަންޑަން (މެއި 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތަކަށް މިރޭ ނުކުންނައިރު ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރުގައި މެންޗެސްޓާ ސިޓީން ތަށި އުފުލާލުމަށް...

07 މެއި

May 07, 2019 5
މެންޗެސްޓާ ސިޓީ ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް

މެންޗެސްޓާ )މެއި 7) – ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވައްދާލި ހަމައެކަނި ލަނޑާ އެކު ލެސްޓާ ސިޓީ 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

06 މެއި

May 06, 2019 1
ޗެލްސީން ޔަގީންކޮށްފި، އާސެނަލާއި ޔުނައިޓެޑް ފަހަތަށް

ލަންޑަން (މެއި 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ ނަތީޖާތަކަށް ފަހު ޗެލްސީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވިއިރު، އާސެނަލަށް ފުރުސަތު ކުޑަވެ، މެންޗެސްޓާ...

May 06, 2019 4
"ސިޓީ މެޗަކީ ލެސްޓާ އަށް ޗުއްޓީ ދަތުރެއް ނޫން"

މެންޗެސްޓާ (މެއި 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލެސްޓާ ސިޓީން ކުޅެން އަންނަ ދަތުރަކީ ޗުއްޓީއެއް ނޫން ކަމަށާއި މި މެޗު ވަރަށް އުނދަގޫވާނެ ކަމަށް...

05 މެއި

May 05, 2019 4
އޮރީގީ ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދީފި

ނިއުކާސަލް (މެއި 5) - މެޗުގެ ފަހު ވަގުތު ޑިވޮކް އޮރީގީ ވައްދާލި ލަނޑުން 3-2 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ލިވަޕޫލް ޖެހިލައިފި އެވެ.

04 މެއި

May 04, 2019 3
އެންމެ އަގުބޮޑު ކްލަބަކީ ސިޓީ، ޔުނައިޓެޑް ފަހަތަށް!

ލަންޑަން (މެއި 4) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން މިދިޔަ ސީޒަނަށް ބަލާއިރު އެންމެ އަގުބޮޑު ކްލަބަކަށް މެންޗެސްޓާ ސިޓީ ހޮވުނުއިރު، ކުރިން އެ މަގާމުގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖެހިލައިފި އެވެ.

29 އެޕްރީލް

April 29, 2019 9
ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑުން ފުރުސަތު ނަގާލައިފި

މެންޗެސްޓާ (އޭޕްރީލް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 1-0 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީ އަލުން އެއް ވަނަ އަށް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-1 އިން ޗެލްސީއާ އެއްވަރުވެ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

28 އެޕްރީލް

April 28, 2019 1
ޔުނައިޓެޑް ބަލިކުރަން ޗެލްސީ އަށް އެނގޭނެ: ސާރީ

މެންޗެސްޓާ (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރަން ކުޅެން ޖެހޭ ގޮތް ޗެލްސީ އަށް އެނގޭނެ ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

27 އެޕްރީލް

April 27, 2019 1
ބޮޑު މޮޅަކާ އެކު ލިވަޕޫލް އެއް ވަނަ އަށް

ލިވަޕޫލް (އޭޕްރީލް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރެލިގޭޓްވެފައިވާ ހަޑްސްފީލްޑް ޓައުން އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ލިވަޕޫލް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

26 އެޕްރީލް

April 26, 2019 3
ފަހު ވަގުތާ ޖެހެންދެން ލީގަށް ވާދަކުރާނަން: ކްލޮޕް

ލިވަޕޫލް (އޭޕްރީލް 26) - މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރުން ލިވަޕޫލުން ހުއްޓާލާނީ ހުރިހާ ދޮރެއް ބަންދުވުމުން ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ތިބޭނީ ވާދަކުރުމުގެ ރޫހުގައި ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ،

25 އެޕްރީލް

April 25, 2019 2
ކޮކާކޯލާ ފިއެސްޓާ ޕްރޮމޯޝަންގެ ނަސީބުވެރިން ޔޫކޭއަށް

ކޮކާ ކޮލާ ފިއެސްޓާ ޕްރޮމޯޝަންގެ ދަށުން 14 މީހަކު އިންގްލިޝް ޕްރިމިއަ ލީގުގެ މެޗެއް ބަލަން އިނގިރޭސިވިލާތަށް ފުރައިފި އެވެ.

April 25, 2019 21
ސިޓީން ލީގު ކާމިޔާބުކުރުމުގެ އަމިއްލަ ބާރު ހޯދައިފި

މެންޗެސްޓާ (އޭޕްރިލް 25) – ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 2-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަރައި ލީގު ކާމިޔާބުކުރުމުގެ އަމިއްލަ ބާރު...

23 އެޕްރީލް

April 23, 2019 1
ޗެލްސީ ފުރުސަތު ނަގާލިއިރު، ސާރީ ބެންޗުން ފޮނުވާލައިފި

ލަންޑަން (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބާންލީއާ 2-2 އިން އެއްވަރުވެ ގަދަ ހަތަރެއްގެ ތެރޭގައި ލީޑެއް ނެގުމުގެ ފުރުސަތު ޗެލްސީން ނަގާލިއިރު، އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބެންޗުން ފޮނުވާލައިފި އެވެ.

22 އެޕްރީލް

April 22, 2019 4
ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން: ސޯލްޝެއާ

ލިވަޕޫލް (އޭޕްރިލް 22) – އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 4-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގައި ދެއްކި ކުޅުމަށް ސަޕޯޓަރުންގެ ކިބައިން ކޯޗު އޮލެ ގުނަ ސޯލްޝެއާ މައާފަށް އެދިއްޖެ އެވެ.

21 އެޕްރީލް

April 21, 2019 4
ސިޓީ އެއް ވަނަ އަށް، ގާޑިއޯލާގެ ތައުރީފު ލިވަޕޫލަށް

މެންޗެސްޓާ (އޭޕްރީލް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަތުން 1-0 އިން މޮޅުވެ ލީގުގެ އެއް ވަނަ އަށް މެންޗެސްޓާ ޖެހިލިއިރު، ލީގުގައި އެ ޓީމުގެ ވާދަވެރި ލިވަޕޫލަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފުކޮށްފި އެވެ.