މުނިފޫހިފިލުވުން / ވާހަކަ

އަހަރެން ކީއްކުރާނީ؟

އާދިއްތަ ދުވަހާ ގުޅޭ

ކުއްލިއަކަށް ނާސިހާ އޯކަށްދެމުނެވެ. ހައިރާންވެފައި އަހަންނަށް އިނދެވުނީއެވެ. އެކަމަކު މައިދައިތައާއި ނާސިހާއަކަށް ގޮތެއް ހުހެއް ނުވެއެވެ. ބިސްގަނޑު އެ ތަނުގައި ބެހެއްޓި މީހާއަށް މައިދައިތަ ހަޅޭއްލަވައިގަތް އިރު، ނާސިހާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެ ތަނުގައި ކަން ހިނގައިދިޔަ ގޮތުން ހީވަނީ، ނާސިހާއަށް ވީ ކީއްކަން މައިދައިތައަށް އެނގޭހެންނެވެ. ގޭގައި އުޅޭ ކައްކާމީހާއަށް ވެސް އެނގޭހެންނެވެ. ނޭނގެނީ ހަމަ އެކަނި އަހަންނަށެވެ. ނާސިހާގެ ފިރިމީހާއަށެވެ. އެ ގޮތް އަހަންނަކަށް ކަމަކުނުދިޔައެވެ. ނާސިހާއަށް ޖެހިގެން އުޅެނީ ކޮން ބައްޔެއް ހެއްޔެވެ؟ އޭނަގެ ހާލުބަލައިނުލައެއް އަހަންނަކަށް ނީނދެވުނެވެ. ތެދުވެގެން ނިކަން ބާރުލައިފައި ހިނގައިގަނެވުނެވެ. އަހަންނަށް ދެވުނީ ނާސިހާގެ ކޮޓަރީގެ ދޮރާ ހަމައަށެވެ. ސިފައިންނަށް ކޮމާންޑަަރަކު އަމުރުކުރާ ފަދައިން މައިދައިތަ ގޮވައިލިއެވެ.

"ނުވަންނާތި!" މައިދައިތަ ބުންޏެވެ.

އަހަރެން ހުއްޓުނީމެވެ. ބިރަކުން ނޫނެވެ. މައިދައިތަ ދެކެ އަހަރެން ބިރެއްނުގަނެއެވެ. އެކަމަކު، މައިދައިތައަށް ޓަކައި އަހަރެންގެ ހިތުގައި އޮތް އިހުތިރާމުގެ ކުޅަނދެއް އޭރު ބާކީ އޮތީއެވެ. އަނބިމީހާގެ ހާލުބަލައި އެހީތެރިވުމަކީ ދީނީ ގޮތުން ވެސް އަހަންނާ މަތިކޮށްފައިވާ ޒިންމާއެކެވެ. އެ ކަމަށް ހުރަސްއެޅޭނީ ކާކަށް ހެއްޔެވެ؟

"ދޭ ކުރުނބާ ގަނެގެން އަންނަން،" މައިދައިތަ އޯޑަރުކުރިއެވެ. "ކަންމަތީ ފިހާރައިން ލިބޭނެ. އަވަސްކުރާތި!"

މައިދައިތަ ހިތުން އަހަންނަކީ ވެސް ގޭގައި ގެންގުޅޭ ނޯކަރެކެވެ. އޭނަ އެހެން ހީކުރުމަކުން ހަގީގަތް ބަދަލުވޭ ހެއްޔެވެ؟ އަހަރެން ކުރުނބާ ގަންނަންދިޔައީ އަނބިމީހާއަށް ކޮށްދޭ ކަމެއް ގޮތުގައި ދެކިގެންނެވެ. މައިދައިތަ ދިން ލާރިކޮޅު ހިފައިގެން، ހަރުކޮށް ހިނގައިފައި އަހަރެން ނުކުތީމެވެ. މަގުމައްޗަށް ނުކުތް އިރު އެ ބުނާ ފިހާރައެއް ފެންނަން ހުއްޓެވެ. ކައިރީގައި ފިހާރަ ހުރި ނަމަވެސް އަހަރެން އެ ތަނަށް ދިޔައީ ދުވެފައެވެ.

"ނިކަން ފެންމީރު ދެ ކުރުނބާ ދީބަލަ!" އަހަރެން ބުނީމެވެ.

އެ ފިހާރައިގައި އިނީ މުސްކުޅިފުރައިގެ މީހެކެވެ. ތަނުގައި އިށީނދެގެން އިން ގޮތާއި، ކައިރީގައި ހުރި ސާމާނުތަކުން އެއީ ތަނުގެ ވެރިމީހާހެން އަހަންނަށް ހީވިއެވެ. މޭޒުމަތީގައި ކިރުސައިތަށްޓެއް ހުއްޓެވެ. އެހެން ތަށްޓެއްގައި ބަނަހެއްގެ އެއްބައި އޮތެވެ. މަތިޖަހައިފައިވާ ފެންތަށްޓެއް ހުއްޓެވެ. ދުފާސާމާނުން މުއްސަނދިވެފައިވާ ތަބަކެއް ހުއްޓެވެ. ސޭޓުކަމަށް ގެނެސްފައި ހުންނަ މީހަކަށް އެހައި ގިނަ އިނާޔަތެއް ނުލިބޭނެއެވެ.

"ޒުހުރީ އުތަ؟" އޭނާ އަހަރެންގެ ނަން ޔަގީންކޮށްލިއެވެ. އަހަރެން ބޯޖަހައިލީމެވެ. "ނާސިހާޔާ ކާވެނިކުރާ މަތިން ކަލެއަށް ކިހާ ވަރެއް ދިން؟"

އޭނަ ވާހަކަދެއްކީ ދިވެހިބަހުންނެވެ. އެހެނަސް، ބުނި އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އޭނައަށް ވެސް އެ ވަރު ވިސްނުނެވެ. ކަންނެތް ގޮތަކަށް ތެދުވެ ކުރުނބާހަދަން ފެށިއެވެ. އެ ކަމަށް އޭނަ ވަރަށް ފަރިތައެވެ. އެކަމަކު ކޮންމެހެން އަވަސްކުރާކަށް އޭނަ ނޫޅެއެވެ. ހީވަނީ އަހަރެންގެ ފަރާތުން ލައްކަ މައުލޫމާތު ހޯދަން އޭނަ ބޭނުންވާހެންނެވެ.

"ކަލެއަށް މިހާރު އެނގޭނެ ތީ ކީއްވެ ކުރެވުނު ކައިވެންޏެއްކަން. ތި ވަރުގެ ބޮޑު ބަދުނާމެއް ހިލޭ ބޮލަކު ނާޅާނެ،" ވަރަށް ޔަގީންކަމާ އެކުގައި އޭނަ ބުންޏެވެ. "އަހަރެންގެ ލޯކުރިމަތީގަ ނާސިހާމެން ބޮޑުވީ. މި ތާ އިންނަ އިރު ލައްކަ މަންޒަރު ފެނޭ. ގޭތެރޭގެ ޚަބަރުދަބަރު ވެސް އަހަންނަށް ލިބޭ. އަހަރެން އަޑުއެހީ ނާސިހާއަށް ފިރިއަކު ކުއްޔަށްހިފާ ވާހަކަ. ދެން މި ފެނުނީ ކަލޭ އައި ތަން. އަހަންނަށް ކަށަވަރު ކަލޭ އެ ކޮޓަރިއަށް ވެސް ނުވައްދާނެ. ކަލޭ ވާނީ ގޭގެ ނޯކަރަކަށް. ބުނެބަލަ ދޮގެކޭ."

"ތީ ދޮގެއް،" އަހަރެން ވަގުތުން ބުނީމެވެ. "ނާސިހާއަކީ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫން. އޭނަ ބުނެގެން އަހަރެން އިނީކީ ވެސް ނޫން. އަހަރެން ބުނީ އަހަންނާ އިނދެފާނަންހޭ؟ ވަރަށް ދުވަހު ވިސްނާފަ ނާސިހާ އެއްބަސްވީ ވެސް. އަހަންނަކީ ނިކަމެއްޗެއް. އަހަރެން ކަހަލަ މީހަކާ އިންނަން އެއްބަސްވީމަ އެއިން ވެސް އެނގެނީ ނާސިހާ ކިހާ ހިތްހެޔޮކަން. ކިހާ ސާދާކަން. ފުރަތަމަ ރެއިން ފެށިގެން އަހަރެން އެ ކޮޓަރީގަ ނިދަނީ. ބޭބެއަށް ތި ލިބެނީ ނުބައި މައުލޫމާތެއް. ކުރުނބާ ގަންނަން ވެސް އެހެން މީހަކު ފޮނުވަން އުޅެން ފެށީމަ އަހަރެން އަމިއްލައަށް ބުނީ އަހަންނޭ ދާނީ."

އޭނަ އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ. ދެން ހޭން ފެށިއެވެ. އަހަރެން ހިތަށްއެރިއެވެ. އެހައި ހެއްވާ އެއްޗެއް އަހަންނަށް ބުނެވުނު ހެއްޔެވެ؟ ކައިރީ އެހެން ތަނަކުން ކުރުނބާ ލިބޭނެ ނަމަ ވަގުތުން އަހަރެން އެ ތަނުން ނުކުތީމުހެވެ. ނާސިހާއަށް މަލާމާތްކުރާ އެކަކަށް ވެސް އަހަރެންގެ ރުހުމެއް ނުލިބޭނެއެވެ. އެ ފަދަ މީހަކަށް އަހަރެން އިހުތިރާމެއް ވެސް ނުކުރާނަމެވެ. ކިޔާނެ އެއްޗެއް އަހަންނާ ދިމާއަށް ކިޔާށެވެ. އަހަރެން ކެތްތެރިވާނަމެވެ. ފަހުނޭވަޔާ ހަމައަށް ވެސް ނާސިހާ ހިމާޔަތްކުރުމުގައި އަހަރެން ދެމިހުންނާނަމެވެ. މީ ލޯތްބެވެ. ސަމާސާއެއް ނޫނެވެ.

"އަނެއްހެން ގޯހެއް ނޫން،" އަހަރެން ދެއްކި ވާހަކަތައް ގަބޫލުނުކުރާ ކަހަލަ ގޮތަކަށް އޭނަ ބުންޏެވެ. "އަންހެނަކާ ހެދި ތި ވަރަށް މޮޔަވީމަ އެ މީހަކު ލައްވާ ކޮންމެ ކަމެއް ވެސް ކުރުވޭނެ. އެކަމަކު ކަލޭ ހަނދާންބަހައްޓާތި! ކެޔޮގަނޑު ކަނޑާލާ ދުވަހު ގަހުގެ ބޭނުމެއް ނޯންނާނެ. އެ ދުވަހުން އަހަރެން މަތިން ހަނދާންވާނެ. ނާސިހާ އެ އުޅެނީ ވަރަށް ވިޔާނުދާކަމެއް ކޮށްގެން."

އޭނަ ދެއްކި ވާހަކަ އަހަންނަށް އޮޅުންފިލަން ފެށީ، ކުރުނބާ ހިފައިގެން ގެއަށް އައި މަގުމަތީގައެވެ. އެއީ ތެދެއް ހެއްޔެވެ؟ ނާސިހާއަކީ ވިޔާނުދާ ކުއްޖެއް ހެއްޔެވެ؟ އެއީ ތެދެއް ނަމަ، މައްސަލައަކީ ނާސިހާ އަހަންނަށް އޮޅުވައިލުމެއް ނޫނެވެ. އަހަރެންގެ ފަރާތުން ނަގާ ނާޖާއިޒު ފައިދާއެއް ނޫނެވެ. ފިރިއެއްގެ ނަމުގައި އަހަންނަށް ދޭ ދަރަޖައެއް ވެސް ނޫނެވެ. ކޮންމެ ހާލެއްގައި ވެސް ނާސިހާއަށް އެހީވުމަކީ އަހަންނަށް ޝަރަފެކެވެ. އުފަލެކެވެ. ވެވުނު ގޮތަކަށް އަހަރެން އެ ކަން ކުރާނަމެވެ. މައްސަލައަކީ އޭނަ އެންމެ ފަހުން ބުނި ވާހަކައެވެ. މަގުސަދު ހާސިލުވުމުން އަހަރެން ބާކީކޮށްލާނެކަމުގެ ބިރެވެ. ނާސިހާ އެހެން ހަދައިފާނެބާއެވެ؟ އެ ދުވަހަކުން ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ކުރުނބާ ހިފައިގެން އަހަރެން އައި އިރު މައިދައިތަ ފެންނާކަށް ނެތެވެ. އަހަރެން ފަނިގިރީމެވެ. ކުރުނބާ ފަނި ތައްޔާރުކޮށް، ތަށި ހިފައިގެން ގޮސް ނާސިހާ ކޮޓަރި ކައިރިއަށް ހުއްޓުނީމެވެ. ޓަކިޖަހަން އުޅެފައި ހިތަށްއެރިއެވެ. ޓަކިޖަހާކަށް ނުޖެހޭނެއެވެ. ނާސިހާއަކީ އަހަރެންގެ އަންހެނުންނެވެ. އޭނަޔާ ބައްދަލުކުރަން ހުއްދައެއް ބޭނުމެއް ނުވާނެއެވެ. ދޮރު ހުޅުވައިލީމެވެ. ނާސިހާ ފެންނާކަށް ނެތެވެ. އޭނަގެ ހެދުން އެނދުމަތީގައި އޮތެވެ. ރަނގަޅަށް ވިސްނައިލި އިރު އޭނަ އުޅެނީ ފާހާނައިގައެވެ. ހިތަށްއެރިއެވެ. އޭނަ ނުކުންނަންވާ އިރަށް އަހަރެން ކޮޓަރިން ނުނިކުތިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ދެކެ ނާސިހާ ރުޅިއަތުވެދާނެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. އަހަރެން ބޭނުންވަނީ ނާސިހާ އުފާކޮށްދޭށެވެ. އަހަރެން ދެކެ އޭނަ ލޯބިނުވިޔަސް އަހަރެންގެ ފަރާތުން އޭނައަށް އުނދަގުލެއް ނުދޭށެވެ. ފަނިތަށި ބަހައްޓައިފައި ހިންދަމައިލި ވަގުތު ނާސިހާ ފާހާނައިން ނުކުތެވެ. އަހަރެން ފެނުމާއެކު ސިހިފައި، އަނެއްކާ ފާހާނައަށް ވަނެވެ.

"ކީއްކުރަން ކޮޓަރިއަށް ވަނީ؟" ރުޅިއައިސްފައި ނާސިހާ ބުނި އަޑުއިވުނެވެ.

"ވަދެގެން ނުވާނެތަ؟" އަހަރެން ވަަރަށް އޯގާތެރި ރާގެއްގައި އެހީމެވެ. "ތީ އަހަރެންގެ އަނބިމީހާއޭ! ކީއްވެ ހޮޑުލެވުނީ؟"

ވަގުތުން ނާސިހާގެ ޖަވާބެއް ނައެވެ. އޭނަ ވިސްނީ ކޮން ކަމަކާކަމެއް އަހަންނަކަށް ނޭނގެއެވެ.

"ނުކުމޭ!" ނާސިހާ އަމުރުކުރިއެވެ. "ދެން ވެސް މި ކޮޓަރިއަށް ނުވަންނާތި!"

އަހަރެން އެ ކޮޓަރިން ނުކުންނާކަށް ނުޖެހޭނެއެވެ. ހިތް އެކަންޏެއް ނޫނެވެ. އަހަރެންގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ބުނީ އެހެންނެވެ. އަނެއް ބަޔަކީ ނާސިހާއެވެ. އޭނަ ބޭނުންވީ އަހަރެން ނުކުންނާށެވެ. އެހެންވެ ނުކުތީއެވެ.

މާރުކޭޓުން މަސްގަނެގެން އަހަރެން ބޮޑުދައިތަ ގެއަށް ދިޔައީމެވެ. ހަފުތާއަކު ދެ ދުވަހު މަސްގަންނަން، ދުރާލައި އަހަންނަށް ފައިސާދީފައި ހުރެއެވެ. ބޮޑުދައިތަގެ ފިރިމީހާއަށް މާލޭގައި ހުރެވޭނީ މަހަކު ދެތިން ދުވަހުއެވެ. ވަޒީފާގެ ގޮތުން ރާއްޖެތެރެއަށް އޭނަ ވަރަށް ގިނަ ދަތުރުތައް ކުރެއެވެ. މަސްހިފައިގެން އެ ގެއަށް ހިނގައްޖެއްޔާ، ސައި ނުބޮއި ގެއިން ނުކުތުން މަނާވާނެއެވެ. ބޮޑުދައިތަ މަސްކޮށަން ހުރި އިރު އަހަރެން އިނީ ސައިބޯށެވެ. އަހަރެން މީހަކާއިންކަން ބޮޑުދައިތައަށް އެނގެއެވެ. ދެކެވުނީ އެ ވާހަކައެވެ.

"އެހައި ރަނގަޅު ކުއްޖަކާ އިނދެވުނީމަ ބޮޑުދައިތަ މިހިރީ ވަރަށް އުފާވެފަ،" ބޮޑުދައިތަ ބުންޏެވެ. "ދެކުދިން ރީތިކޮށް ބަސްއަހައިގެން އުޅޭތި. އެ މީހުން ރަނގަޅުތަ؟"

"އާނ!" އަހަރެން ދިނީ ރަސްމީ ޖަވާބެކެވެ. "ބޮޑުދައިތައަށް ވެސް އެނގޭނެއްނު އަހަރެންގެ ގޮތް. ހީވޭތަ އެއްވެސް މީހަކު އަހަންނަށް ގޯސްވާނެހެން؟ މައިދައިތަ ވެސް މީރުހައި އެއްޗެހި ހަދާފަ އަހަންނަށް ކާންދޭ. ބޮޑުދައިތަ ވެސް އެއްކަލަ ކަނޑުކުކުޅު ހަދާފަ އަހަރުމެން ކާން ގެނެސްބަލަ!"

"ތި ކަމާ އެބަ ވިސްނަމޭ!" ކުރަން ހުރި މަސައްކަތް ހުއްޓައިލަމުން ބޮޑުދައިތަ ބުންޏެވެ. "އެކަމަކު މި ދުވަސްވަރު ހިޔެއްނުވޭ.."

އޯކަށްދެމިފައި ބޮޑުދައިތަ ފާހާނަޔާ ދިމާއަށް ދުއްވައިގަތެވެ. އެ ގޭގައި ފާހާނަ ހުންނަނީ ބަދިގެޔާ ޖެހިގެންނެވެ. ހޮޑުލާ އަޑު އަހަންނަށް އިވެން ފެށިއެވެ. އިރުކޮޅަކުން ނުކުތެވެ. ބޮޑުދައިތަ ހޮޑުލަނީ މާބަނޑުވެގެންނެވެ. ބަނޑަކުން އޭރަކު ނޭނގެއެވެ. މާބަނޑުވެގެން ހޮޑުލުމާއި، އެހެން ބައްޔެއްގެ ސަބަބުން ހޮޑުލެވުމުގައި ތަފާތަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލު އަހާކަށް އަހަންނަކަށް ނުކެރޭނެއެވެ. ބޮޑުދައިތަ ގާތުގައި އެ ކަހަލަ ވާހަކަދައްކަން ނުކެރޭތީއެވެ. އެކަމަކު ދެން އަހަރެންނަށް އެ ކަން އެނގޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ.

"ބޮޑުދައިތާ!" އަހަރެން ކަރުކެހިލައިފައި ބުނީމެވެ. "ރައްޓެއްސަކު ކުރީ ދުވަހު އެހި ސުވާލެއް."

"ކޮން ސުވާލެއް؟" ބޮޑުދައިތަ އެހިއެވެ.

"ބޮޑުދައިތަ ގޮތަށް ތިހެން ހޮޑުލުމާ، އެހެން ބައްޔެއްވެގެން ހޮޑުލުމާ އެއްވެސް ތަފާތެއް ހުންނާނެތަ؟" އަހަރެން އެހީމެވެ.

"އާނ ހުންނާނެއްނު!" ބޮޑުދައިތަ ބުންޏެވެ. "ބަނޑުބޮޑުވީމަ ބައެއް ވަސްވަހަށް މޭނުބައިކުރާނެ. އަހަންނަށް މިހާރު ރޯމަސް ވަސް ވެސް ސަކަރާތް. އެކަމަކު ބިސްގަނޑު ވަސް ޖެހުނީމަ އެހަރަ ވާ ގޮތެއް."

ނުނިމޭ

13 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙޙ2022

10 June 2022

މިހާރު ތިބޭނީ ހުސްނަޓުން.... ބޮއިހަލަކި

The name is already taken The name is available. Register?

ކުރަކި ލޯ

08 June 2022

ބައަކު މަޅިއެއް ޖެހިޔަސް ޒުހުރީ އަށް ވާނުވާ އިނގޭ.

The name is already taken The name is available. Register?

މިހާރުވެސް

08 June 2022

މީ 90ގެ ތެރޭ އެކަނި ހިނގާ ކަމެއް ނޫން/ މިހާރުވެސް. ހިތައް އަރަނީ މިހާރުގެ ސެޓިންގ އަށް ބިނާކޮއްގެން މިވާހަކަ އޮންނާނީ ކިހިނެއްބާއޭ.

The name is already taken The name is available. Register?

ބާބޫ

08 June 2022

ކަލޯ ޒުހުރީ ، ނިކަން ހިއްވަރު ދައްކާލާބަލަ، މައިދައިތަ އާއި އަނބިގޮއްޔެއަށް ކަލޭގެ ސައިޒު އަންގާލަބަލަ. ކަލެއަކީ ފިރިހެނެއްކަން އަންގާލަބަލަ، ކަލޭ އުޅޭގޮތުން އަހަރެމެން ވެސް މިތިބެނީ ދެފައިގާތްކޮއްލަން ނުކެރިފަ....ކަމެއް ބޭނުމިއްޔާ އަންގާލާތި، ބާބޫ

The name is already taken The name is available. Register?

ޒުހުރީ..

09 June 2022

ބާބޫ އެކޮއި ހަމަޖެހިބަލަ، މަގޭ މި ހުންނަނީ ރަގަޅު ދަނޑިވަޅަކަށް ބަލަބަލައި. މި ބުނަނީ ސަމާސާއަކަށްނޫން މައިދައިތަވެސް ގެއިން ނެރެލާފަ ނާސީހާ ގޯތި އަހަރެންގެ ނަންމައްޗަށް ބަދަލުނުވެ މި ވާހަކަ ނިންމާލަންޖެހިއްޖެއްޔާ މި ޒުހުރީގެ ނަމަކަށް ޒުހުރީއެއް ނުކިޔާނެ. ބަލަންތިބޭތީ.

The name is already taken The name is available. Register?

ސަމްސާ

08 June 2022

ތިއަށް ކިޔަނީ ލޯތްބެއް ނޫން. ތިއީ ކަނު ބަނދެވުން

The name is already taken The name is available. Register?

ނާސީ

08 June 2022

ތިއަށް ކިޔަނީ ލޯތްބެއް ނޫން. ޢަމަލުވުން.

The name is already taken The name is available. Register?

މީޒާ

08 June 2022

ކަލޯގަޔާ އެއްކަލަ މެހެރީން ބުރުވާލި މީޒާގެ ފިރިހެން ވާރޝަން ދޯ މި.

The name is already taken The name is available. Register?

ޏާސިހާ

08 June 2022

ހަހަހަ އަސްލުވެސް. މީދެން ފުކެއް ބޮޑުވަރު. އެޅިހާ ބަތަަކަށް ރިހަ.

The name is already taken The name is available. Register?

ބިސް ގަނޑު

08 June 2022

ވަރުގަދަ ބިސް ގަނޑެއްނުން މި ދެން :/

The name is already taken The name is available. Register?

ސުހާނީ

08 June 2022

ބިންމާގެ ވާހަކަ ތަކުގައި އަބަދުވެސް ނަޓު ދޫވެފައި ހުންނަ އަންހެނެއް ނޫނީ ފިރިހެނެއް އުޅޭނެ. ދިމާއަށް ހަގީގަތް ފެނުނަސް ގަބޫލު ކުރަން ބޭނުމެއް ނުވާނެ. މީހަކު ވިސްނައިދިނަސް ވިސްނާކަށް ބޭނުމެއްނުވާނެ. އެންމެ ފަހުންގޮސް ލަނޑު ލިބުނީމާ ބުނާނެ ހުރިހާ ފިރިހެނުން ވެސް ނޫނީ އަންހެނުންވެސް އެއްގޮތޭ. އަމިއްލަ ގަމާރު ކަމެއް ނޭގެ. ލޯބީގައި ގޮސް މޮޔަވެފައި.

The name is already taken The name is available. Register?

ބޮގެންބޯ

08 June 2022

ވާ ގޮތަކީ މިހާރު ހަމ ނަޓު ދޫވެފަ ތިބޭ މީހުން ހަމަ ގިނައީ، ދެން ކީއްކުރާނީ.. މީގަ ނެތް ބިންމާގެ އެއްވެސް މައްސަލައެއް

The name is already taken The name is available. Register?

ޕަރސަން

08 June 2022

ކޮބާ ހީވޭ. ކުޅަދާނައޭދޯ ނާސިހާ. ހީވޭ މި ވަރަށް ފައްކާ ވާހަކައަކަށް ވާނެހެން. އާންމުކޮށް 90 ގެ އަހަރުތަކުގައި ސެޓްކޮށްފައި ލިޔެފަ ހުންނަ ބިންމާގެ ވާހަކަތައް އެހެން ވާހަކަތަކަށްވުރެ ބޮޑަށްވެސް ނަލަ ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454