ސުވަތީ-
22 ޖޫން 2022 - 07:11
ދަތުގެ ސާޖަރީއެއް ހަދައިގެން އިންޑިއާގެ ކަންނަޑާ ފިލްމުތަކުގައި މަޝްހޫރު ތަރި ސުވަތީ ސަތިޝްގެ ސިފަ ގެއްލިއްޖެ އެވެ.
"ރޫޓް ކެނަލް" ނުވަތަ ދަތުގެ ބުޑުގައި ހެދުނު އިންފެކްޝަނެއް ރަނގަޅުކުރުމަށް ސާޖަރީއެއް ހެދިފަހުން އޭނާގެ މޫނުގެ ވާތްފަޅި އެއްކޮށް ވަނީ ދުޅަވެފަ އެވެ. އޭނާގެ އަނގަމަތި ވެސް ވަރަށް ބޮޑަށް ދުޅަވެ، ކާކުކަން ނޭނގޭ ވަރުވަނީ ވެފަ އެވެ.
އެކަމާ ހުރެ ގެއިން ބޭރަށް ނުކުންނަން ވެސް ނުކުރޭ ކަމަށް ސުވަތީ ބުންޏެވެ.
ސުވަތީގެ މޫނު ދުޅަވެފައި.
ސުވަތީ ބުނީ ދެތިން ދުވަހުގެ ތެރޭގައި ދުޅަ ތިރިވާނެ ކަމަށް އޭނާގެ ސާޖަރީ ހެދި ޑެންޓިސްޓް ބުނި ކަމަށެވެ. އެކަމަކު، އޭގެ ފަހުން ތިން ހަފުތާވީއިރު ވެސް ދުޅަ ތިރިނުވި ކަމަށެވެ.
އެންމެފަހުން އޭނާ އެހެން ޑޮކްޓަރަކަށް ދެއްކުމުން ބުނީ، ސާޖަރީ ހަދާފައި ވަނީ ނުބައިކޮށް ކަމަށެވެ.
އެކަމުގެ ސަބަބުން އޭނާގެ ކެރިއަރަށް ވެސް ގެއްލުންވެފައިވާ ކަމަށް ސުވަތީ ބުންޏެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު ޕްރޮމޯޓްކުރަން ބޭރަށް ނުދެވި ވަނީ ވެސް އެކަމުގެ ސަބަބުން ކަމަށް ބުންޏެވެ.
މޫނުގެ ދުޅަ ތިރިކުރުމަށް އޭނާ މިހާރު އަންނަނީ އެހެން ކްލިނިކަކުން ފަރުވާ ހޯދަމުންނެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
22 June 2022
ޑޮކްޓަރުގެ މައްސަލައެއް. ފަރުވާ ކުޑަކުރީ.
ވަރަށްދެރަ
22 June 2022
ރަނގަޅު ހޮސްޕިޓަލްތައް ހުއްޓައި، ސެލެބްރިޓީވެގެން އާދައިގެ ކަޑަ ކްލިނިކްތަކަށް ދިޔައީމަ ނުރައްކާ ވުމުގެ ފުރުޞަތު އޮންނާނެ.
ކަންޑަންލަ
23 June 2022
ރަނގަޅު ވާހަކައެއް، ސެލެބްރިޓީ ނޫނަސް ޓިކްޓިކޮ ކުޅޭ ކުއްޖެއް ވިޔަސް މިކަހަލަ ކަންކަމުގަ ދާންވާނީ ރަނގަޅު ފެންވަރުގެ ތަނަކަށް، ރަނގަޅު ދަތްތަކެއް ހުރެގެން ކާލެވޭނީވެސް