މުނިފޫހިފިލުވުން / ކެޓްރީނާ ކައިފް

ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރަން ބޮލީވުޑްގެ ތަރިންތަކެއް ރާއްޖެ އަތުވެއްޖެ

ކެޓްރީނާ އާއި ވިކީ.

16 ޖުލައި 2022 - 06:46

6 comments

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފްގެ އުފަން ދުވަސް ފާހަގަކުރުމަށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.

ކެޓްރީނާގެ 39 ވަނަ އުފަން ދުވަހަކީ މިއަދެވެ. އެ ދުވަސް ފާހަގަކުރުމަށް ކެޓްރީނާ އިއްޔެ ހެނދުނު ރާއްޖެ އައީ ފިރިމީހާ ވިކީ ކޯޝަލްއާ އެކު އެވެ. އެ މީހުންނާ އެކު ވިކީގެ ކޮއްކޮ އަދި އެކްޓަރު ސަނީ ކޯޝަލް އާއި އެކްޓްރެސް ޝަރްވަރީ ވެސް މިހާރު ހުރީ ރާއްޖޭގަ އެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި ސަނީ އާއި ޝަރްވަރީ ދަނީ "ޑޭޓް" ކުރަމުންނެވެ.

އެ ތަރިންގެ އިތުރުން ބޮލީވުޑްގެ ޑައިރެކްޓަރު ކަބީރު ހާނާއި އޭނާގެ އަނބިމީހާ އަދި ބަތަލާ މިނީ މާތުރް ވެސް ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރުމަށް ރާއްޖެ އައެވެ.

ކެޓްރީނާ އާއި ވިކީ ރާއްޖެއަށް އައުމަށް މުމްބާއީ އެއާޕޯޓްގައި.

އެ މީހުން ތިބެނީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވާއިރު. މިހާތަނަށް އެއްވެސް ތަރިއަކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެެއް ސޯޝަލް މީޑިއާ އަށް ހިއްސާއެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކައިވެނިކުރި ކެޓްރީނާ އާއި ވިކީގެ ހަނީމޫނަށް ވެސް އައީ ރާއްޖެއަށެވެ. މިއީ އެ މީހުންގެ ކައިވެންޏަށް ފަހު ރާއްޖެ އަށް ޒިޔާރާތްކުރި ދެވަނަ ފަހަރެވެ.

ކެޓްރީނާގެ ފިލްމީ މަސައްކަތްތަކުގައި ކުރިއަށް އޮތީ "ފޯނު ބޫތު" އެވެ. އެ ފިލްމުގެ އިތުރުން ޓައިގާ 3 ގައި ވެސް ކެޓްރީނާ ފެންނާނެ އެވެ. ވިކީގެ ވެސް ކުރިއަށް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.

6 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 63%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާތަކުރު

17 July 2022

އެމީހުން ތިބީ ސޮނެވާފުށި ގައި

The name is already taken The name is available. Register?

ޙޙ2022

17 July 2022

ޑެން ލާރިތަކުން ހަދާނެގޮތް ނޭނގޭމީހުން ތިވަަށްތަރަށް ތެލޭނެ..... ބޮއިހަލަކި

The name is already taken The name is available. Register?

ޑިންޑިން

17 July 2022

ވިއްސާރަވަނީ މިޔޮށް

The name is already taken The name is available. Register?

ކުޅި ސަންބޯލް

16 July 2022

އަދިވެސް ބާރަށް ގޮވަންވީ އނޑއ އއޓ... ހެހެ

The name is already taken The name is available. Register?

ކެޓްރީނާ

16 July 2022

އިންޑިޔާ އައުޓް!

The name is already taken The name is available. Register?

ށަވިޔަނި

16 July 2022

މަރުހަބާ. އަބަދު ރާއްޖެއަންނަ ތަރިއެއް. स्वागत करतैहैं

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454