ސަލްމާން އަމިއްލަ މިއުޒިކް ލޭބަލެއް ލޯންޗުކުރަނީ

މަޝްހޫރު ފިލްމު އެކްޓަރު ސަލްމާން ޚާން މިހާރު ދަނީ އޭނާގެ އަމިއްލަ މިއުޒިކް ލޭބަލެއް ލޯންޗުކުރުމަށް ތައްޔާރު ވަމުންނެވެ. އޭނާގެ އާ ފިލްމު "ޓިއުބުލައިޓް"ގެ މިއުޒިކް ޕްރޮޑިއުސްކުރާނީ މި ލޭބަލުންނެވެ.


މިޑް ޑޭ ނޫހުގައި ބުނާ ގޮތުން އާ މިއުޒިކް ލޭބަލާ އެކު މިއުޒިކްގެ ހުނަރުހުރި އާ މީހުންނަށް އެރޮނގުން ކުރިޔަށް ދިއުމުގެ ފުރުސަތު ވެސް ސަލްމާން ހުޅުވާލާނެ އެވެ. އެހެންކަމުން ބޮލީވުޑުގައި މިއުޒިކްގެ ރޮނގުން ކުރިޔަށްދާން ބޭނުންވާ ގިނަ ބަޔަކަށް ސަލްމާންގެ މިއުޒިކް ކުންފުނި މެދުވެރިކޮށް އެ ފުރުސަތު ތަނަވަސް ވެގެން ދާނެ އެވެ.

ސަލްމާންގެ ހުރިހާ ފިލްމެއް ބްލޮކްބަސްޓާ ވެއެވެ. އަދި އޭނާގެ ހުރިހާ ފިލްމެއްގެ ވެސް ލަވަތައް އެހާ ރީއްޗެވެ. އެހެންކަމުން "ޓިއުބުލައިޓް"ގެ ލަވަތައް ވެސް އެހާ ރީތިވާނެކަމަށް ބެލެވެ އެވެ.

ކަބީރް ޚާން ޑައިރެކްޓްކުރާ "ޓިއުބުލައިޓް" އަކީ އޭނާ އާއި ސަލްމާން ގުޅިގެން އުފައްދާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން އުފެއްދި "އޭކް ތާ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" އަކީ ވެސް ބްލޮކްބަސްޓާގެ ދަރަޖަ ލިބިފައވާ ފިލްމު ތަކެކެވެ.

"ޓިއުބުލައިޓް" އަކީ 1969 ގައި ހިނގި އިންޑިޔާ-ޗައިނާ ހަނގުރާމައިގެ ދުވަސްވަރު އިންޑިއާ ސިފައިންގެ މީހަކާއި ޗައިނާގެ އަންހެންކުއްޖަކާ ދެމެދު އުފެދޭ ލޯތްބެއްގެ ވާހަކަ އެކެވެ. މި ފިލްމުގެ ބަތަލާއަކަށް ހޮވާފައިވަނީ ވެސް ޗައިނާގެ އެކްޓަރެއް ކަމަށްވާ ޒޫ ޒޫ އެވެ.