މުނިފޫހިފިލުވުން

ލަކުނެއް ކަލާ މޫނުގައި: ޝަމްވީލްގެ ރިމޭކަށް ބޮޑު ތަރުހީބެއް!

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން ވިދާލި ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) އެންމެ ފަހުން ނެރުނު "ލަކުނެއް ކަލާ މޫނުގައި" ރިމޭކަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ސައުންޑް ކްލައުޑަށް ނެރުނު އެ ލަވަ މިހާތަނަށް 110،000 އަށް ވުރެ ގިނަ މީހުން އަޑުއަހާފައި ވާއިރު، މިދިއަ ހުކުރު ދުވަހު ޔޫޓިއުބަށް ނެރުނު ލަވައިގެ ވީޑިއޯ 13،000 އަށް ވުރެ ގިނަ މީހުން ބަލާފައިވެ އެވެ.

ސައުންޑްކްލައުޑާއި ޔޫޓިއުބްގެ އިތުރުން ފޭސްބުކުގައި ވެސް ޝަމްވީލުގެ ލަވަޔަށް ތައުރީފުކޮށް ގިނަ ބަޔަކު އަންނަނީ ކޮމެންޓު ކުރަމުންނެވެ.

ޝަމްވީލް "މިހާރު" އާ ވާހަކަ ދައްްކަމުން ބުނީ އެ ލަވައަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގައި ނިކުތް ހިންދީ ލަވަ، "އާޖާ ސަނަމް މަދުރި ޗާންދް" ގެ ރާގަށް، އިހުގެ ނައިފަރު ލަވަކިއުންތެރިޔާ ކަންޗި ކިޔާފައިވާ "ލަކުނެއް ކަލާ މޫނުގައި" މި ލަވަ، ޝަމްވީލް ގެނެސްދީފައި ވަނީ ޒަމާނީ ރާގަކާއި، ވީޑިއޯއަކާ އެކުގަ އެވެ. އަދި އޭނާގެ ލަވައިގައި، އަސްލު ދިވެހި ލިރިކްސް އަށް ކުދި ބަދަލުތަކެއް ގެނެސްފައިވާ ކަން ފާހަގަކުރި އެވެ.

ޝަމްވީލް ބުނި ގޮތުގައި، ލަވަ ރިމޭކް ކުރަން ހިތުލީ އެއީ އިހު ޒަމާނުގައި ރާއްޖޭގައި މަޝްހޫރު ލަވަޔަކަށް ވުމުން ކަމަށެވެ.

"އިހުގެ މަޝްހޫރު ލަވަޔަކަށް ވީމާ އެއް ރޭ އެހެން އޮވެ ހިތަށް އެރީ އޭގެ ރިމޭކެއް ހަދަން. ލަވަ ރިކޯޑު ކޮށްފައި އެއިނީ އެއް ދުވަހުން. އަދި ދެތިން ދުވަސްތެރޭ ވީޑިއޯގެ މަސައްކަތް ވެސް ނިންމާލީ،" އޭނާ ބުންޏެވެ.

ލަވައިގެ ރެކޯޑިން އަދި ޕްރޮޑަކްޝަން މެނޭޖުކޮށްފައި ވަނީ "ޔެލޯ ސްޓޫޑިއޯ" އިންނެވެ. ވީޑިއޯ ލަވައިގައި ފެންނަ މަންޒަރުތަކާއި ނެށުންތައް ޑައިރެކްޓުކޮށް އަދި ލަވައިގެ ވީޑިއޯ ނަގައި، އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ރާއްޖޭގެ ޑިޖިޓަލް ކްރިއޭޓަރެއް ކަމަށްވާ އަބްދުﷲ ރިޒާ (ޒާރިއޯ) އެވެ.

ޔެލޯ ސްޓޫޑިއޯ އާއި ޒާރިއޯގެ އިތުރުން ލަވައިގެ ޕްރޮޑަކްޝަންގައި އެހީވެދިން ހުރިހާ ފަރާތްތަކަށް ޝަމްވީލު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޝަމްވީލް އަންނަނީ ޔޫޓިއުބާއި، ސައުންޑް ކްލައުޑުގައި އޭނާގެ އަޑުން ތަފާތު ލަވަތައް ހިއްސާކުރަމުންނެވެ. އޭގެ ތެރޭގައި، މަޝްހޫރު ދިވެހި ލަވަތައް އެއްކޮށްގެން ހަދާ މޭޝަޕުތަކާއި، އަމިއްލަ ލަވަތާކާއި، ކަވަތައް ފާހަގަކޮށްލެވެ އެވެ.

10 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 11%
icon angry icon angry 39%
icon wow icon wow 6%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުމް

16 November 2022

ލަކުނު ހުރީމަ ކީކޭތަދެން މިކިޔަނީ.. ލަކުނުނެތް މީހެއް ކައިރިއަށް ދާންވީނު.

The name is already taken The name is available. Register?

ދޮންކަބިލި

16 November 2022

އިންޑިޔާ ކުރީގެ މުސްކުޅި ލަވައެއްގެ ރާގު ކޮޕީކޮށްފައި. ދިވެހިންނަށް ލަވައެއްނެރެވެނީ އެހެންޤައުމެއްގެ ލަވައިގެ ރާގު ކޮޕީކޮށްގެން.

The name is already taken The name is available. Register?

ގެދާނޯމޮސް

15 November 2022

މެސެޖް ރަނގަޅު :

The name is already taken The name is available. Register?

ޖުމާން

15 November 2022

ވެރީ ނައިސް ލަވް.

The name is already taken The name is available. Register?

ބޭކާރު ވާހަކަ

15 November 2022

ބޮޑު ތަރުހީބަކީ ކިހާވަރެއް. ނުދެނެހުރިން

The name is already taken The name is available. Register?

ލަކުނެއް ނޫނޭ

15 November 2022

ކޮބާތަ މިއަހަރު ނިކުންނާނެ ކަމަށް ބުނި ލިޕްސްޓިކް ކަލާގެ ތުންފަތުގަ އާއި އުކުނެއް ކަލާގެ ބޮުލުގަ އާއި ޕިނެއް ކަލާގެ ބުރުގާގަ ފަދަ ފިލްމުތަކުގެ ހަބަރަކީ.؟

The name is already taken The name is available. Register?

މިނިކަށިގަނޑު

15 November 2022

ފަތްމިންޏަކީ ކޮން އެއްޗެއްތަ؟

The name is already taken The name is available. Register?

2022

15 November 2022

ޢަހުންނަކީ އެހާ ދިވެހިލަވަ މީހެއްނޫން އެކަމަކު ބަޜޯގެ މިލަވަ ހަމަ ހަބޭސް.... ބޮއިހަލަކި

The name is already taken The name is available. Register?

ރާއްޖެ

15 November 2022

މާ ޚާއްސަ ކަމެއް ނެތް.

The name is already taken The name is available. Register?

ސަސ

15 November 2022

އޮސްކާ އަށް ނޮމިނޭޓް ނުވޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454