މުނިފޫހިފިލުވުން / ވާހަކަ

މަހި

ބުދަ ދުވަހާ ގުޅޭ

ނާހިޒް ބުނި ގޮތަށް ކަންތަކެއް ނުވިއެވެ. އެގާރަގަޑި ދިހައެއް ހިނގަނިކޮށް މީހަކު ސަލާންގޮވައިލި އަޑުއިވުނެވެ. އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ހިތް ބުންޏެވެ. އެ ވާނީ ނާހިޒްގެ ބައްޕަޔަށެވެ. އަވަސްއަވަހަށް ލޯގަނޑު ކައިރިއަށް ގޮސް މޫނު ހުރީ ރީތިކޮށްތޯ ބަލައިލީމެވެ. ފަހަރެއްގައި ބައްޕަ ގޮވައިފާނެކަމަށެވެ. އަހަރެން ހުރީ ދޮރުފަތުގައި ކަންފަތްޖަހައިގެން އަހަރެންގެ ކޮޓަރިތެރޭގައެވެ. ސަލާން ބަލައިގަތީ ބައްޕައެވެ. އެ މީހުން ދެއްކި ވާހަކައިގެ އަޑުމަޑުކަމުން ކިޔާ އެއްޗެއް އަހަންނަކަށް ސާފެއްނުވިއެވެ.

"ބަލަ އަހަރެންގެ ދަރިފުޅު އަދި މީހަކާ އިންނަ ވަރެއް ނުވެޔޭ!" ވަރަށް ބާރަށް ބައްޕަ ބުނި އަޑުއިވުނެވެ. "އެ ދުވަހެއް އަޔަސް އޭނަ ބޭނުމެއް ނުވާނެ ތިޔަ ނާހިޒަކާ އިންނާކަށް. އައިތާކަށް ދާންއުޅޭ!"

ހުރި ތަނަށް އަހަރެން ގަނޑުވި ކަހަލައެވެ. ހިތާހިތުން ބުނެވުނެވެ. އަހަރެން ބަދަލުހިފާނަމެވެ. އިންކާރުކުރުން އެއީ ބައްޕައަށް ލިބިދޭ ހައްގެކެވެ. އެކަމަކު ނާހިޒްގެ ބައްޕަ ލަދުގަންނަވައިލުމުގެ ހައްގެއް ބައްޕައަކަށް ނޯންނާނެއެވެ. ވަގުތުން ދޮރު ހުޅުވައިފައި ބޭރަށް ނުކުމެ ބައްޕަޔާ ދިމާއަށް ހަޅޭއްލަވައިގަންނަން ހިތަށްއެރިއެވެ. ހިތްވަރު ވެސް ހުއްޓެވެ. އެހެން ނެހެދީ ބައްޕަ ކަހަލަ މީހަކަށް އަހަރެން ނުވާންވެގެންނެވެ. ބައްޕަ ބުނި އެއްވެސް އެއްޗަކަށް ނާހިޒްގެ ބައްޕަ ރައްދެއްނުދެއެވެ. އޭނަ ދިޔައީއެވެ. ހިތަށްއެރިއެވެ. އެ ރުޅިގަނޑު ހިފައިގެން އަހަންނާ ކުރިމަތިލާން ބައްޕަ ނައިއްޔާ ކިތަންމެހައި ވެސް ރަނގަޅެވެ. އަތުވެއްޖެއްޔާ ބުނެލާނެ ދެތިން ޖުމުލަ ތައްޔާރުކޮށްގެން އަހަރެން ހުރީމެވެ. ނަސީބަކުން ބައްޕައެއް ނައެވެ.

އަހަރެންގެ ކޮޓަރީގައި ފޯނު ހުރެއެވެ. ފޯނުގެ އަތްގަނޑު ނަގާފައި ވެސް ނާހިޒަށް ގުޅާކަށް އަހަންނަކަށް ނުކެރުނެވެ. ޖެހިގެންއައި ދުވަހު ތަންކޮޅެއް އަވަހަށް އޮފީހަށް ދިޔައީމެވެ. ދިޔަ ގޮތަށް ނާހިޒަށް ގުޅީމެވެ. އޭނަ ފޯނެއް ނުނަގައެވެ. މިނިޓަކު ފަހަރަކު ކަހަލަ ގޮތަކަށް އަހަރެން ގުޅީމެވެ. ފޯނެއް ނުނެގިއެވެ. ހިތަށްއެރިއެވެ. އަހަރެން ދެކެ ރުޅިއައީކަން ޔަގީނެވެ. ވާނީ ވެސް އެހެންނެވެ. އޭނަގެ ބައްޕަ ފޮނުވީ ފަލީހަތްވާކަށް ނޫނެވެ. އެ ރުޅި ނާހިޒަށް ޖާއިޒެވެ. އެކަމަކު އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ނާހިޒް ދެކެ އަހަރެން ނުލާހިކު ލޯބިވެއެވެ.

ހެނދުނު ދިހައެއްޖަހަނިކޮށް ނާހިޒް ގުޅިއެވެ. އޭނަ ހުރީ ރުޅިއައިސްފައެއް ނޫނެވެ. އަޑުން ހީވަނީ ދެރަވެފައި ހުރިހެންނެވެ.

"އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ،" އަހަރެން ބުނީމެވެ. "ކޮން ތާކު ތި އުޅެނީ؟"

"ކޯޓުގަ،" ނާހިޒް ބުންޏެވެ. "ރޭގަ ކަންތައްވީ ގޮތުން އަހަރެން ހިތަށްއެރީ.. ނޫރާނަށް ކޯޓަށް އާދެވޭނެތަ؟ ކާރަކަށް އަރައިގެން ހުރަވީ ބިލްޑިންއަށް އާދޭ! އަހަރެން ހުންނާނަން ދޮރުމަތީގަ."

ކުޑަ ވެސް ޖެހިލުމެއް ނެތި އަހަރެން ކާރަކަށް އަރައިގެން ހުރަވީބިލްޑިންއަށް ދިޔައީމެވެ. ނާހިޒް އިންތިޒާރުގައި ހުއްޓެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން އަހަންނަށް ވަރަށް އެހެން ކަހަލަ އަސަރުތަކެއް ކުރިއެވެ. އޭނަޔާ ނުލައި އަހަންނަކަށް ނޫޅެވޭނޭ ހިތަށްއެރިއެވެ. އޭނަ ނޫން މީހަކާ ނީންނާނަމޭ ހިތަށްއެރިއެވެ.

"ރޭގަ ބައްޕަ ކަންތައްކުރި ގޮތުން..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"އެއީ ނޫރާން ކުރި ކަމެއް ނޫނެއްނު!" އޯގާތެރި ރާގެއްގައި ނާހިޒް ބުންޏެވެ. "ބައްޕަ ހުރީ ވަރަށް ދެރަވެ، ލަދުގެންފަ. ދުވަހަކު ވެސް ބައްޕަޔާ ދިމާއަށް މީހަކު އެ ގޮތަކަށް ވާހަކައެއް ނުދައްކާވިއްޔަ. ދެން އެ ވާހަކަނުދައްކަމާ ހިނގާ."

އަހަރެން ގޮވައިގެން ނާހިޒް ދިޔައީ އާއިލާޔާ ބެހޭ ކޯޓަށެވެ. އިސްގާޒީޔާ ބައްދަލުކުރުމަށް ކުރަންޖެހޭ ހުރިހައިކަމެއް ކުރިން އޮތީ ކޮށް ނިންމައިފައެވެ. ގާޒީގެ ކުރިމަތީގައި ނާހިޒް ވަރަށް ތަފުސީލުކޮށް ހުރިހައި ވާހަކައެއް ކިޔައިދިނެވެ. އަހަރުމެން ކައިވެނިކުރަން ބޭނުންކަމާއި، އަހަރެންގެ ބައްޕަ އެ ކަމަށް ހުރަސްއަޅާ ވާހަކައާއި، ނާހިޒްގެ ބައްޕަ ދިޔުމުން ކަންތައްކުރި ގޮތް ވެސް ކިޔައިދިނެވެ. އެ ފަދަ ހާލަތުގައި ދެން ކަންތައްކުރެވެން އޮތް ގޮތް ގާޒީ ކިޔައިދިނެވެ. ބައްޕަގެ ރުހުން ނުލިބުނަސް ކައިވެނިކުރެވޭނެއެވެ. ކޯޓުގެ ފަރާތުން ބައްޕައާ ބައްދަލުކޮށް، އެ ވާހަކަ ބުނުމަށް ފަހުގައެވެ. ބައްޕަ ނުގަބޫލުކަން ކަށަވަރުކޮށްފައެވެ. އެހެން ހަދައިފި ނަމަ، ކައިވެނި ހުއްޓުވުމަށް ޓަކައި އަހަރެން ގޮވައިގެން ބައްޕަ އެހެން ތާކަށް ފުރައިފާނެއެވެ. އަހަރެން ފޮރުވާނެއެވެ.

ކޯޓުން ނުކުތް އިރު އަހަންނަށް ހުރީ ރޮވިފައެވެ. އަހަރުމެންނަށް ދެން ކައިވެނި ނުކުރެވޭނެކަން އަހަންނަށް ޔަގީންވިއެވެ. ނާހިޒް ދެރައެއް ނުވެއެވެ. އޭނަ ހުރީ ރުޅިއައިސްފައެވެ.

"ދެން ކިހިނެއްހަދާނީ؟" އަހަރެން ބުނީމެވެ.

"ހެދޭނެ ގޮތްގޮތް ހުންނާނެ،" ޔަގީންކަމާ އެކުގައި ނާހިޒް ބުންޏެވެ. "ނޫރާނަށް ކެރޭނެތަ އަހަރެން ބުނާ ގޮތެއް ހަދަން؟"

"ހަރާން ނޫން، މަނާ ނޫން ކޮންމެ ކަމެއް އަހަރެން ކުރާނަން،" އަހަރެން ބުނީމެވެ. "ބުނޭ! ކޮން ކަމެއް ކުރަންވީ؟"

ނާހިޒް ގޮސް ސައިކަލަށް އަރައި އިސްޓާޓުކުރިއެވެ. ފަހަތަށް އެރުމަށް ބުންޏެވެ. ފިކުރެއް ހިޔާލެއް ނެތި ސައިކަލަށް އެރީމެވެ. އެއީ ޒުވާންކަމުގެ ހޫނު ޖޯޝެވެ. ދަނީ ކޮން ތާކަށްތޯ ނުވެސް ބަލަމެވެ. ސައިކަލު ނައްޓައިލިއެވެ. ދިޔަ ގޮތަށް ގޮސް ސައިކަލު މަޑުކޮށްލީ، އަހަރެންގެ ގޭގެ އިރުން އޮންނަ ގޯޅި ކަންމައްޗަށެވެ.

"ނޫރާން ދޭ ގެއަށް،" ނާހިޒް އެދުނެވެ. "ގޮސް ޕާސްޕޯޓު ހިފައިގެން އާދޭ!"

އަހަރެންގެ ޕާސްޕޯޓު ހެއްދީ ވަރަށް ފަހުންނެވެ. ބޭނުންކުރީ އެންމެ ފަހަރަކުއެވެ. ޕާސްޕޯޓު ބޭނުންވާނީ އެއް ގައުމުން އަނެއް ގައުމަށް ދާންޖެހުނީމައެވެ. ނާހިޒް އުޅެނީ އެހެން ގައުމަކަށް ދާންކަން އެ ވަގުތު ވެސް ވިސްނުނެވެ. އަހަރެން މޮޔަވެފައި ހުރި ވަރަކީ، ދަނީ ކޮން ތާކަށްތޯ ވެސް ނޭހުމެވެ. ދިޔަ ގޮތަށް ގޮސް ޕާސްޕޯޓު ހިފައިގެން އައިސް ސައިކަލަށް އެރީމެވެ. އިތުރު އެއްވެސް އެއްޗެއް ނުގެންދަމެވެ.

އަހަރުމެން ދިޔައީ ލަންކާއަށެވެ. ދެވުނު ވަގުތުން ފެށިގެން އަހަރުމެންގެ މަސައްކަތް ފެށީމެވެ. ތިބޭނެ ހޮޓަލެއް ހަމަޖެއްސުމަށް ފަހު، ކޮޓަރިއަށް ނުވެސް ވަދެ، ކައިވެނިކޮށްދޭ ތަނަކަށް ދިޔައީމެވެ. ރަންކިއީމެވެ. އެ މީހުން އެދުނީ، ޖެހިގެން އަންނަ ދުވަހު ކައިވެނިކުރަން އައުމަށެވެ.

"ދެބައިކުޅަ އެއްބައި އަހަންނަށް ހައްގުވީ އިނގޭ!" ކުރޮޅިއަށް އަރައިފައި ނާހިޒް ބުންޏެވެ.

އަހަރެންގެ ހިތް ބުންޏެވެ. ތެދެކެވެ. މިހާރު އަހަރެންގެ ހަށިގަނޑުގެ އެއްބަޔަކީ ނާހިޒްގެ އަމާނާތެކެވެ. ދުވަހަކު ވެސް ހިޔާނާތެއް ނުވާނަމެވެ. ބޭވަފާތެރިއެއް ނުވާނަމެވެ. ހޮޓަލަށް ގޮސް ކޮޓަރިއަށް ވަން ގޮތަށް ދެނެއް ނުނިކުންނަމެވެ. ނާހިޒްގެ އަތްމަތީގައި ބޯއަޅާލައިގެން އޮތީއެވެ. އެހެން މީހަކާ ދޭތެރޭ ވިސްނާކަށް، އެއްވެސް މީހަކަށް ގުޅާކަށް ވެސް ހިތަކަށް ނާރައެވެ. އަހަރެން ގެއްލިގެން އަހަރެންގެ މައިންބަފައިން އުޅޭނެކަމާއި، ރާއްޖެއިން ފުރިކަން އެނގޭނެކަން ވެސް އެނގެއެވެ. ބިރެއް ނެތެވެ. ފިކުރެއް ވެސް ނެތެވެ. އަހަރެން ކުށްވެރިކުރާނީ ނާހިޒެއް ނޫނެވެ. އަހަރެންގެ ބައްޕައެވެ. ނާހިޒް ހުރިހައި ކަމެއް ވެސް ގެންދަންއުޅުނީ ވަރަށް އަބުރުވެރި، ރީތި ގޮތަކަށެވެ. އަހަރެންގެ ބައްޕައަށް އެ ގޮތް ކަމުނުދިޔައީއެވެ.

އަހަރުމެން މާލެއައީ ކައިވެނިކޮށް، މާމުއިހަނދުގެ ދުވަސްތައް ވެސް ގުނުމަށް ފަހުގައެވެ. މާލެއައި ދުވަހު އަހަރުމެން ގޭގައިބަންދުކުރިއެވެ. ގޭގެ މީހުންނަށް ފިލައިގެންދިޔައީތީއެވެ. އެއީ ވެސް ކުށެކެވެ. އެއްވެސް ވަރަކަށް ދެރައެއް ނުވެއެވެ. އަހަރުމެންނަކީ ދެމަފިރިންނެވެ. ތިބީ އެއް ގެއެއްގައެވެ. އެއީ ލިބުނު ބޮޑު އުފަލެކެވެ. އަހަރުމެން ވަރަށް ސަކަރާތްޖެހީމެވެ. ބަލައިބެލުމަށް ހީވަނީ ނާހިޒަކީ ސީރިޔަސް މީހެއްހެންނެވެ. ހަގީގަތުގައި އޭނައަކީ ހުރި ގޮތަށް ހުރި ސަކަރާތްގަނޑެކެވެ. އޭނަ ކައިރިން އަހަންނަށް ވެސް ސަކަރާތްޖަހަން ދަސްވިއެވެ. އަހަންނާ ނުލައި ކޮޓަރީގައި ވެސް ނާހިޒަށް ފިޔަވަޅެއްއެޅޭކަމަކަށް ނުވެއެވެ. އެހައި ވަރަށް އޭނަ ހުންނަނީ އަހަރެން ގައިގައި ތަތްކޮށްލައިފައެވެ. އަހަރެން ބޭނުންވި ގޮތަކީ އެއީއެވެ.

ދުވަސްކޮޅެއް ފަހުން އަހަރުމެން މިނިވަންވިއެވެ. ބައިނަލްއަގުވާމީ އެއާލައިނަކުން ނާހިޒަށް ވަޒީފާ ލިބުނެވެ. މުސާރަ ބޮޑުވިއެވެ. މާތްކަލާނގެ އިރާދަފުޅުން، އުފަލަކަށް ފަހު އުފަލެއް އަހަރުމެންގެ އަތުގައިހިފިއެވެ. ނާހިޒް ކޮންމެ ގައުމަކަށް ދިޔަސް، ވަގުތެއް ލިބިއްޖެއްޔާ އަހަންނަށް ގުޅައެވެ. ހަނދާންވާ ވާހަކައާއި، ގާތުގައި ހުންނަ ހިތްވާ ވާހަކަ ބުނެއެވެ. މީހުން ބުނެއެވެ. އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނެއެވެ. އަހަންނަށް އައީ އުސްގަނޑު އެކަންޏެވެ.

ކައިވެންޏަށް އަހަރުވި ތަނާ އަހަރެން މާބަނޑުވިއެވެ. ޑަކުޓަރަށް ދައްކާ ކޮންމެ ފަހަރަކު އަހަންނާ އެކުގައި ނާހިޒް ދެއެވެ. ސަލާންބުނަން ޖެހުނަސް ނާހިޒް ފަހަތަކަށް ނުޖެހެއެވެ. މަދު މީހަކަށް މެނުވީ އެ ފަދަ ލޯބިވާ ފިރިޔަކު ނުލިބޭނެއެވެ. ފިރިހެންކުއްޖަކު ލިބުނަސް ނާހިޒަކަށް މައްސަލައެއް ނެތެވެ. ރަނގަޅީ އަންހެންކުއްޖެއް ލިބުނިއްޔާއެވެ. އަހަންނާ ވައްތަރުވިއްޔާއެވެ. ކިޔަން ބޭނުންވަނީ ފަހަތަށް ޒެޑު އަކުރު އަންނަ ނަމެކެވެ. ނާހިޒްގެ ނަމާ ވައްތަރުކޮށްލަން ބޭނުންވާތީއެވެ. ބަނޑުބޮޑުވުމަކީ އެތައް އުނދަގޫތަކެއް ތަހައްމަލުކުރަންޖެހޭ ކަމެކެވެ. ނާހިޒްގެ އެދުމަކީ، އެ އުނދަގުލުގެ ދެބައިކުޅަ އެއްބައި ނާހިޒަށް ދިނުމެވެ. ނުދެވުނަސް އަހަރެން ބެލީ އެ ލުއި އަހަންނަށް ލިބުނުކަމުގައެވެ.

ވިހާ ދުވަސް ކައިރިވަމުންއައި އިރު، އަހަރެން ގަބޫލުކުރަން ބޭނުންނުވާ ކަމެއް ފެންމަތިވާން ފެށިއެވެ. އަހަންނަށް ހީވަނީ ނާހިޒް މަޑުމަޑުން އަހަންނާ ދުރުވާހެންނެވެ. ބޮޑު ހާދިސާއެއް ނުހިނގައެވެ. ދެބަސްވުމެއް ވެސް ނުހިނގައެވެ. ނާހިޒުގެ ފޯނުކޯލުތައް މަދެއް ވެސް ނުވެއެވެ. މީހުން ބުނެއެވެ. މާބަނޑުވުމުން އަންހެނާގެ މިޒާޖަށް ބަދަލުއާދެއެވެ. ވަހާއި ރަހައަށް ބަދަލުއާދެއެވެ. ޖަޒުބާތު ކޮންޓުރޯލުކުރަން އުނދަގޫވެއެވެ. އަހަރެން ބެލީ އެއީ އޭގެ ނިޝާނެއްކަމުގައެވެ.

އަހަންނަށް ލިބުނީ އަންހެންކުއްޖެކެވެ. ނަމަކަށް ކިއީ މީޒާއެވެ. ވައްތަރީ ކާކާކަމެއް ނޭނގެއެވެ. ޔަގީނުން ވެސް އޭނަގެ ހުރީ ނާހިޒްގެ ލޮލެވެ. މީޒާ ދެކެ ނާހިޒް ވަރަށް ލޯބިވެއެވެ. ތެދަށް ބުނާ ނަމަ، އަހަންނަށް ވުރެ ވެސް ބޮޑަށެވެ. އަހަރެން ބެލީ އެއީ ހެޔޮ ފާލެއްކަމުގައެވެ. ދަރިފުޅު ލިބުނު ފަހުން ނާހިޒުގެ ފޯނުކޯލު ތަންކޮޅެއް މަދުވިހެން އަހަންނަށް ހީވިއެވެ. ގެއަށް އަންނަ އިރު އޭނަ ހުންނަނީ ނިދިއައިސްފައެވެ. ވަރުބަލިވެފައެވެ. ގިނަ ރޭރޭ އަންނަ ގޮތަށް އައިސް ނިދައެވެ. ދެން ހޭލަނީ ހެނދުނުއެވެ.

އެއް ރޭ އަހަރެން ހޭލި އިރު ނާހިޒު އެނދަކު ނެތެވެ. އެއީ އާންމުކަމެކެވެ. ފެންބޯން ވެސް އޭނަ ނުކުމެވެ. ފާހާނާއަށް ދާން އަހަރެން ހިނގައިގަތްތަނާ ފޯނުނަރަށް ފައިންއެރުނެވެ. ނަރު އޮތީ ދޮރުން ބޭރަށް ނުކުމެފައެވެ.

ނުނިމޭ

8 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2022

19 March 2023

ބިންމާގެ ޓަޗެއްނެތް..... ބޮއިހަލަކި

The name is already taken The name is available. Register?

އެރޫހާނީ ބާރު

20 March 2023

ބިންމާ އަދިވެސްހުރީ އެ ރޫހާނީ ބާރުގެ ދަށުގައޭ.

The name is already taken The name is available. Register?

ދަލޭކަ ދައިތަ

19 March 2023

ވާހަކައިގެ އަސްލު ނަމަކީ "އެ ފޯނު ނަރު". މިވާހަކަ ކިޔާ ކޮންމެ މީހަކު ފޯނު ނަރާ އަޅައިގަންނާނެ. މަ ފަކީރު އަޅައިގަނެ ވެއްޓީ މިއޮތީ ކަކޫ ދުޅަވެފަ.

The name is already taken The name is available. Register?

ގާރލް7

19 March 2023

މި ވާހަކައިގެ ނަމަކަށް ސެންމެ ރީތިވާނީ "ފޯނުނަރު"

The name is already taken The name is available. Register?

ވާހަކ

19 March 2023

ވ ރީތި

The name is already taken The name is available. Register?

ފޯނު ނަރު

19 March 2023

ވަރެއްގެ ފޯނުނަރެއްނު ތީ.

The name is already taken The name is available. Register?

ކައިލީ ޖެނާ

19 March 2023

އޮފީހުުން އައިއްސަ މި ވާހަކަ ކިޔާނަން.. ތެފައާސާ ކޮބާ މައި ބެސްޓީ

The name is already taken The name is available. Register?

ޓެފައައިސަ

19 March 2023

މިހިރީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454