"ފިފްޓީ ޝޭޑްސް އޮފް ޑާކާ"ގެ ބަތަލާ ބެލާ ހީތުކޯޓް އެންގޭޖްވެއްޖެ

މިދިޔަ މަހު ރިލީޒް ކުރި ފިލްމް "ފިފްޓީ ޝޭޑްސް އޮފް ޑާކާ" ގެ ބަތަލާ ބެލާ ހީތުކޯޓް އޭނާގެ ލޯބިވެރިޔާ، ޑައިރެކްޓަރު އެންޑްރޫ ޑޮމިނިކާ އެންގޭޖްވެއްޖެ އެވެ.


އެ ދެ މީހުން ރަސްމީކޮށް އެންގޭޖްވެފައި ވަނީ ރައްޓެހިވެގެން އުޅޭތާ ހަ އަހަރު ފަހުންނެވެ. ނަމަވެސް ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ބެލާ ވަނީ އޭނާ އެންގޭޖްމަންޓް އަނގޮޓި އިސްޓްގަރާމްގައި ދައްކާލައިފަ އެވެ.

ބެލާ، 29. އާއި އެންޑްރޫ، 49، އަކީ އޮސްޓްރޭލިއާއަށް އުފަން ދެ ފަންނާނުންނެވެ.

ޑާކް ޝެޑޯސް، ޕްރައިޑް އެންޑް ޕްރެޖްޑައިސް އެންޑް ޒޮމްބީސް އާއި ނިއޯން ޑެމޮން ފަދަ ފިލްމްތައް ކުޅެފައިވާ، ބެލާއާ އެންގޭޖްވުމުގެ ކުރިން، ސްކްރީން ރައިޓަރެއްގެ ގޮތުގައި ވެސް މަޝްހޫރު އެންޑްރޫ ވަނީ ބަތަލާ ރޮބިން ޓަނީއާ ވެސް 2010 ގައި އެންގޭޖްވެފަ އެވެ. ނަމަވެސް ފަހުން ވަނީ އެންގޭޖްމަންޓް ރޫޅާލައިފަ އެވެ.

ބެލާ އެންޑްރޫއާ އެކު: ދެ މީހުން ވަނީ އެންގޭޖްވެފައި.

ދެހާސް އަށް ވަނަ އަހަރު، ބިރުވެރި ފިލްމް "އެކޮލައިޓްސް" އިން ފިލްމީ ދުނިޔެ އަށް ތައާރަފުވި، ބެލާ، މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާ ވެސް ޑޭޓްކޮށްފައިވާ ކަމަށްވެ އެވެ.

ބްރެޑް ޕިޓަކީ އެންޑްރޫގެ ފިލްމް ކިލިން ދެމް ސޮފްޓްލީ (2012) އާއި ދި އެސަސިނޭޝަން އޮފް ޖެސީ ޖޭމްސް ބައި ދަ ކަވަޑް ރޮބަޓް ފޯޑް (2007) ގެ ބަތަލެވެ.

އެހެން ނަމަވެސް ބެލާ ވަނީ ބްރެޑް ޕިޓާ ރައްޓެހިވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.