މޯލްޑިވިއަން އައިޑޮލް 2 އިން ރޭ ކެޓި ޖައި: މިހާރު އައިޑޮލްގައި އަންހެން ބައިވެރިއަކު ނެތް.
މޯލްޑިވިއަން އައިޑޮލް ސީޒަން 2ގެ ފުރަތަމަ ޑަބަލް އެލިމިނޭޝަނުގައި، ރާއްޖޭގެ އެންމެ ދެކުނަށް ނިސްބަތްވާ ދެ ބައިވެރިން ކަމަށްވާ އައިޝަތު ޖައިޝާ ވަހީދު (ޖައި) އާއި އަހުމަދު ފަރަޝް ރޭ މުބާރާތުން ކަޓައިފި އެވެ.
ގަދަ އަށަކާ ހަމައިން އެ ދެ ބައިވެރިން ކެޓި އިރު، ހުޅުދު އަށް ނިސްބަތްވާ ޖައިއަކީ މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބުނު އަންހެން ތިން ބައިވެރިންގެ ތެރެއިން މިހާތަނަށް މުބާރާތުގައި ހިފަހައްޓާލެވުނު ހަމައެކަނި އަންހެން ބައިވެރިޔާ އެވެ. އެކަމަކު މިދިޔަ ސީޒަން ކާމިޔާބުކުރީ އަންހެން ބައިވެރިއެކެވެ. އެއީ ލައިޝާ ޖުނައިދެވެ.
ފުވައްމުލަކަށް ނިސްބަތްވާ ފަރަޝް ވަރުގަދަ ހުށަހެޅުންތަކެއް މިހާތަނަށް ހުށަހަޅައި ދީފައިވާ އިރު، އޭނާއަކީ މި ފަހަރުގެ އައިޑޮލް އިން އިވުނު އެންމެ ރީތި އެއް އަޑެވެ.
ސީޒަންގެ ދޭއްގެ ފުރަތަމަ ޑަބަލް އެލިމިނޭޝަނާ އެކު، އައިޑޮލްގެ ގަދަ ހައެއް ވަނީ ކަށަވަރުވެފަ އެވެ.
މޯލްޑިވިއަން އައިޑޮލް 2 ގެ ގަދަ އަށް ބައިވެރިން އެކުގައި ރޭ ލަވައެއް ހުށަހަޅަނީ.
ޖައި އާއި ފަރަޝްއާ އެކު ރޭ ބޮޓަމް ތުރީ އަށް ދިޔަ އަނެއް ބައިވެރިޔަކީ އިބްރާހީމް ވަހީދު (ބޮޑުބެ) އެވެ.
ޖަޖުންގެ 50 ޕަސެންޓާއި ބެލުންތެރިންގެ 50 ޕަސެންޓް ވޯޓުން ނިކުތް ނަތީޖާއާ އެކު، ބޮޑުބެ، ރޭ ސަލާމަތްވި އިރު، އޭނާއަކީ ހޫނު ގޮނޑި އެތައް ފަހަރަކު މީގެ ކުރިން ތަޖުރިބާ ވެސް ކުރަން ޖެހުނު ބައިވެރިއެކެވެ.
1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. ޝަމްވީލް މުހައްމަދު (ބޮރޯ) 4. ހަމޫދު އަހުމަދު (އަލްވިން) 5. އަހުމަދު ނަބީލް މުހައްމަދު 6. އަބްދުﷲ ހިޝާން
މޯލްޑިވިއަން އައިޑޮލް ދޭއްގެ ރޭގެ ޝޯގައި ބައިވެރިން ވަނީ ވަރަށް ފޯރި ގަދަ ބޮޑުބެރު ލަވަތަކެއް ހުށަހަޅައި ދީފަ އެވެ. ރޭގެ ޝޯ ހާއްސަ ކުރީ ވެސް ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ބޮޑުބެރު ލަވަތަކަށެވެ.
ސަގާފީ ހެދުންތަކާ އެކު ބައިވެރިންނާއި ޖަޖުންނާއި ޕްރެޒެންޓަރުން ވެސް ފެނިގެން ދިޔަ ރޭގެ ޝޯގައި ބޮޑުބެރުގައި ރާއްޖޭގައި މިހާރުު އެންމެ ނަން ހިނގާ މަޝްހޫރު ފަންނާނަކު ވެސް ބައިވެރި އެވެ.
އެއީ އިބްރާހީމް މަމްދޫހް (މަންޑޭ) އެވެ.
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިލިއަލިޓީގެ ޝޯގެ ޖަޖުންނަކީ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ)، މަރިޔަމް އުނޫޝާ (ކިޑީ) އަދި އިސްމާއިލް އައްފާނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނަލަނަލަ ކަރަންޓުބިލް
09 April 2017
ހަމޫދުގެ ލަވަތައް ކަމަކުނުދޭ. ޒޫނައްތަގެ ދަރިއެއްވީމައެއްނޫން ނަބީލް ލަވަކިޔާލެއް ވަރަށް ރީތިހަމަ
ކްރިޓިކަލް
09 April 2017
އަޑު އެހިން ފަރަޝްގެ ރުއިމުގެ ވާހަކަ... ރޭގަ އެހެންވީމަ އައިޑަލްގަ ދިޔަ ބޮޑު ވާނެތާ ދޯ.. މަށެއް މިހާރަކު އައިޑަލްއެއް ނުބަލަން... ވޯޓްގެ ޓްރާންސްޕޭރެންސީ ނެތީމަ ބަަލަން ބޭނުން ނުވަނީ ހަމަ... މިހާރު އޮންނަ ގޮތުން.. ޖަޖުން ހާދަ ސަޅިއޭ ބުނެފަ، އަޑިއަޑިން 0 ވޯޓް ދިނަސް ކާކައް ކޯޗެއް އިނގޭނީ... ކަޓާ މީހާއައްވެސް ނޭގެ މި ކެޓީ ކިހިނަކުން ކަމެއް...
އިންސާފު
09 April 2017
ފަރަޝް ކަޓުވާލީ ގަސްދުގައި. ފަރަޝްަ ލަވަކިޔާލެއް މާރީތި. ހަމޫދު ، ބޮޑުބެ އަދި ޝަމްވީލަށްވުރެވެސް މާރީތި ކިޔާލެއް. ފަރަޝް ގަދަ 3 އަކަށް ދާން ޖެހޭ.
ހަގީގަތް
10 April 2017
އުނޫޝާ ބޭނުންވަނީ ބޮބް އަށް 1 ވަނަ ދޭން... އަބަދު ވެސް ބޮބް ގެ ސުޓައިލް ރީތިވާހަކަ އާ އެއްޗެހި އުނޫޝާ އަށް ދެއްކެނީ...
އޫލާ
09 April 2017
ސްނިކާސް ވޮއިސް އޮފް ދަ ޑޭ ޕޯލުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ފަރަޝް އަށް އެއްވަނަ މި ލިބުނީ. މީގެން ވެސް އަންދާޒާ ކޮށްލެވޭ ދޯ ފަރަޝްއަށް އޮތް ސަޕޯޓު ބެލުންތެރިންގެ ފަރާތުން. މިކަން ގަބޫލު ނުކުރާ މީހުން ސްނިކާސް މޯލްޑިވްސް އެފްބީ ޕޭޖަށް ވަދެގެން ބަލާ. ވީމާ ވޯޓަށް ބަލައިގެން ފަރަޝް ނުކަޓާނެކަން ޔަގީން ކަށަވަރު. ތިތަނުން އެންމެ ގިނައިން ވޯޓު ވެސް ލިބޭ އެކަކީ ފަރަޝް. އެހެންވީމަ ބުނެވޭނީ ޖަޖުން ހަމަ އޭނަ ކަޓުވާލީއޭ. ވަރަށް ވަރަށް އަންފެއާ އަސްލު. ކޮރަޕްޓުވެފަ އޮތް ތަނެއް.
ޖޯކްއައިޑަލް
09 April 2017
ތި ހަމޫދު ތިތަނަކަށް ގޮސް ތިމަންނަ ބުލީ ވެފައޭ ކިޔައިގެން ކީ ފަހުން އުނޫޝާ ހީވަނީ އެހެންފަދަ ކަމެއްހެން އޭނައަށް. ނޫނީ ވެދާނެ އުނޫޝާ މާކުރިން ދަންނަ ރައްޓެއްސެއްގެ ފެމެލީ ކުއްޖަކަށް. އެހެންވެ ދޯ އޭނަ މިހާ ހިސާބަށް މި ގެނައީ ލަވަ ކިޔަން ނޭނގުނަސް. ކޮންމެ ފިރިހެނަކަށް ވެސް އެހެން ލަވަ ކިޔޭނެ އަޑެއް އޮތިއްޔާ.
ލަވަ
09 April 2017
އަޅެ ޝަމްވީލް ނުކަޓަނީ ކީއްވެބާ؟؟ ރޭގަ ކަޓުވާލަންވީ ޖައިޝާ އާ ޝަމްވީލް މިދިޔަ ވީކްގަ ވެސް ޝަމްވީލް އެންމެ ކަޑަކޮށް ލަވަކީ
ރައްޔިތެތް
09 April 2017
މަށަށް ވެސް އެންމެ ވީކް ކުއްޖާ އެއީ! ޖަޖުން ދެން މާމޮޅު މާމޮޅުކުރާ ކުއްޖެއް.! ފިރިހެން ކުދިން މާބޮޑަށް ނަށާފަ އެހެން އުޅުނީމަ ކަމަކު ނުދޭ! ބޮބް، ނަބީލް އަދި ހިޝާން ވަރަށް ސަޅި!!!!
ވިސްނާލީމާ
09 April 2017
ފަރަޝް އަދި އެނބުރި އަންނާނެ! އިންތިޒާރުކޮށްލައްވާ! މީ އަހަރެންނަށް ޔަގީންވާކަމެއް! އަހަރެންނަށް އެންމެ ރީތިކޮށް ލަވަކިޔަނީވެސް، އަދި އެންމެ ރީތީވެސް ފަރަޝް! ފަރަޝް ކަޓައިގެން ދިއުމަކީ އައިޑޮލްއަށް ލިބުނު ނިކަމެތިކަމެއް! ކަށަވަރޭ އަންނާނެޔޭ، އޭނާ އެނބުރި އަންނާނެޔޭ، ލަވަތަކެއް އިއްވާނެޔޭ، އާޝޯޚުވެސް ކުރުވާނެޔޭ! މީ މަގޭ ޚިޔާލު! -އިބްރާހީމް-
ޒީން
09 April 2017
މޮޅެތި ކުދިން އަވަހަށް މިކަޓުވާލަނީ ވަކި މީހަަކު ޓޮޕް 3 އާ ހަމައަށް ގެންދިޔުމަށް.. ރީހާން، ފަރަޝް އަދި ޖައީ މީ ވަރަށް ހުނަރުވެރި ވަރަށް ރީތިކޮށް ލަވާ ކިޔާ ކުދިން. މިކުދިންގެ ފަރާތުން އިތުރު އިމްރޫވްމަންޓް އެއް ފެނިދާނެތީ ޖެހިލުުންވަނީ. އެހެންވެ އަަވަަހަށް ކަޓުވާލީއެ. އޭރުންތާ ބޭނުންވާ މީހާ ޓޮޕް 3 އާ ހަަމައަހަށް ގެންދެވޭނީ. ބޮޑުބެ ވެސް ހުރީ ގަބޫލު ނުކުރެވިފަ ފަރަޝް ކެޓީމަ. ސީޒަން 1 އަށް ވުރެ މިސީޒަން ވަަރަށް ބޮޑަށް އަންފެއަރ ކޮށް ކުރިއަށްދަނީ. އައްފާނު ނޫނީ ރަނގަޅަށް ކޮމެންޓެއް ކޮށްލާ ޖަޖްއެއް ނެތް. އައްފާނު އެކަނި އެއްވެސް ކުއްޖަކަށް ފޭވަރ ނުކޮށް ލަވަކިޔުމަށް ކޮމެންޓް ކުރަނީ.
އިޙްސާންތެރިޔާ
09 April 2017
ކެޓި ދެކުދިންނަކީވެސް ޓެލެންޓުހުރި ރީތިކޮށް ލަވަކިޔާ ދެކުދިން. އެކަމަކު ޤަބޫލުކުރިޔަސް ނުކުރިޔަސް އެންމެފަހު ޝޯގައި މިދެބައިވެރިންގެ ހުށައެޅުމުގައި މިސްޓޭކްސް އެހެން ބައިވެރިންނަށް ވުރެ ގިނަ. ދެން ބޮޑުބެގެވެސް މިސްޓޭކްސް ހުރި. ޖަޖުން ޖަޖުކަން ކުރަނީ އެމީހުންނަށް އިންސާފު ކުރެވޭނެ އެންމެ ރަގަޅަކަށް. ދެންވިސްނާ ބައިވެރިން ކުރިޔަށްދަނީ އެތިން ޖަޖުންގެ މާކްސް އެކަނި ލިބިގެންނެއް ނޫން. މީގައި އެސްއެމްއެސް ގެ ދައުރުވެސް އޮންނާނެ.
ފޭކު
09 April 2017
އަޞްވެސް ހަމޫދު އަށްވުރެ މާރީތިކޮށް މި ދެބައިވެރިންވެސް ހުށަހަޅައިދިން.
ހިޔާލު
09 April 2017
ޒޫނާތަ ދަރިޔަށް ދޭން ނިމިފަ އޮތީ ވަރަށް ސަލާމް
އިޙްސާންތެރިޔާ
09 April 2017
ބޮބްއަށް ރަގަޅަށް އެސްއެމްއެސް ވޯޓު ލިބެންޏާ ތިހެނެއް ނުވާނެ އިންޝާﷲ..