ޖެނެޓް ޖެކްސަން: އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ވަނީ އިސްޓަގްރާމްގައި ދައްކާލައިފައި.
17 އެޕްރީލް 2017 - 05:55
މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖެނެޓް ޖެކްސަންގެ ވާހަކަތައް އިހަކަށް ދުވަހު މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެރީ ފަސް އަހަރުވީ ކައިވެނި ކުއްލިއަކަށް ރޫޅުނު ވާހަކަތާ އެކުގަ އެވެ. އޭރު އެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު އީސާ އަލް މަނާ އަށް އެންމެ ތިން މަހެވެ. މައިކަލް ޖެކްސަންގެ ކޮއްކޮ، ޖެނެޓްގެ އުމުރުން 50 އަހަރުގައި ފުރަތަމަ ދަރިފުޅު ވިހެއީ ޖެނުއަރީ މަހުގެ ތިނެއްގަ އެވެ.
މިހާރު އަނެއްކާ ވެސް ޖެނެޓްގެ ވާހަކަ މިއޮތީ ފަލަ ސުރުހީގަ އެވެ. މި ފަހަރު ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ދައްކައިލުމާ ގުޅިގެންނެވެ. އެތައް ބަޔަކު އެ ދަރިފުޅު ބަލާލުމުގެ ޝައުގުވެރިކަމުގައި ތިއްބައި ދަރިފުޅުގެ ފޮޓޯ ޖެނެޓް ފޭނުންނާ ހިއްސާ ކުރީ އިސްޓަގްރާމްގަ އެވެ.
ފޮޓޯގައި ފެންނަނީ ދަރިފުޅު އުރާލައިގެން ހިނިތުންވުމަކާ އެކު ދަރިފުޅުގެ ނިތްކުރި އަށް ދޮނެއް ދީގެން ހުއްޓަ އެވެ. އެ ފޮޓޯގައި ދަރިފުޅު އާ ފުރި، ލޯ މެރިފައި ވަނިކޮށް ފެނެ އެވެ.
ޖެނެޓް ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް.
އެ ފޮޓޯ އަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައި ވަނީ އީސާ ވައްތަރީ ބައްޕަ ވިސާމްއާ ކަމަށެވެ. ދަރިފުޅުހެ ހަމުގެ ކުލައަށް ބަލާ އިރު ވެސް ގައިގައި ހުރީ ވިސާމް ގައިގައި ހުންނަ ކަހަލަ ދޮން ކުލައެކެވެ.
ގަތަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިސާމާއި ޖެނެޓްގެ ކައިވެނި ރޫޅުނު ނަމަވެސް، ވިސާމް ބުނީ އޭނާ އަދިވެސް ޖެނެޓް ދެކެ ވަރަށް ލޯބިވާ ކަމަށާއި އަބަދުވެސް ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އޮންނާނެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް