ފަނޑިޔާރުންގެ ޕެނެލްގައި އައްފާން، ކިޑީ އަދި ކުޑައިއްބެ
މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ މިދިޔަ ހަފުތާގެ ޝޯތައް ވެގެން ދިޔައީ ޑްރާމާގަނޑު ބޮޑު ދެ އެޕިސޯޑަށެވެ. މީގެ ކުރިން އައިޑޮލް އިިން ފެނިފައި ނުވާ ފަދަ ކަމެއް ފުރަތަމަ ހިނގީ ތިން ޖަޖުން ހިމެނޭ ޕެނަލާ މި ފަހަރު އަލަށް ގުޅުނު އިސްމާއިލް އައްފާން ރުޅި ގަދަވެގެން ސެޓުން ނިކުމެގެން ދިއުމާ އެކު އެވެ.
އޭނާ ހަމައެކަނި ނުކުމެގެން ދިޔައީކީ ވެސް ނޫނެވެ. ޝޯގައި މިހާރު ތިބި ލަވަކިއުންތެރިން ވަރަށް ދަށު ދަރަޖައަކަށް ވެސް ވައްޓާލި އެވެ. އަދި ދެން ތިބި ދެ ފަނޑިޔާރުންނާ މެދު އޮތް ހިތްހަމަނުޖެހުންތައް ވެސް ބޭރުކޮށްލި އެވެ. އެގޮތުން އޭނާ ބުނީ ބައިވެރިންނަށް އަބަދު ސަނާ ކިޔަން ނުޖެހޭ ކަމަށެވެ.
މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ފެންވަރާ މެދު ހިތްހަމަނުޖެހިގެން އައްފާން އެ ޝޯ ކުއްލިއަކަށް ދޫކޮށްލުމުން ބެލުންތެރިން ވެސް ތިބީ ވާނުވާ ނޭނގިފަ އެވެ.
އެ ހައިޖާނުގަނޑުގެ ތެރެއިން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ދެއްކި އެލިމިނޭޝަން ޝޯގައި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހީމް (އައްމަޑޭ) އެނބުރި ޝޯ އަށް އަ އެވެ. އެކަމަކު މި ބަދަލު ގިނަ ބެލުންތެރިންނަށް ނަގައިގެނެވުނީ ބޮޑު ޑްރާމާއެއްގެ ގޮތުގަ އެވެ. އަނެއް ބަޔަކު ގަބޫލުކުރީ ޝޯގެ މަގުބޫލުކަން ގެއްލެމުން ދާތީ އާއި އައްމަޑޭ ނެތްތަން ފޫނުބެއްދުމުން، އޭނާ އަލުން ގެންނަންވެގެން ކުރި ކަމެއްގެ ގޮތުގަ އެވެ.
އައްމަޑޭ މިދިޔަ ހަފުތާގެ އެލިމިނޭޝަން ޝޯގައި ލަވައެއް ކިޔަނީ
ޝޯގެ ދެން އޮތް ބައިތަކުގައި އައްފާންގެ ގޮނޑި ފުރާނީ އައްމަޑޭތޯ ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.
އެކަމަކު އޭނާ އެރޭ ދެއްކި ވާހަކައަކުން މިކަމުގައި ބޮޑު ޓްވިސްޓެއް އޮތް ކަމަށް ބެލެވެ އެވެ. އައްމަޑޭ ބުނީ ބަޔަކު ކޮންމެ އެެއްޗެކޭ ކިޔަސް އައިޑޮލްގައި މިހާރު ތިބީ ވަރަށް މޮޅެތި ލަވަކިޔުންތެރިން ކަމަށާއި އެ މީހުން އައްމަޑޭމެންނަށް ވުރެ ވެސް މޮޅު ކަމަށެވެ.
އެެއާ ވިއްދައިގެން ދެން އޭނާ ބުނީ "ބައިވެރިންނަށް އިޝާރާތްކޮށް އެއްޗެެއް ބުނެވޭނީ ޝޯ އަށް މިހެން އާދެވޭ ފަހަރެއްގައި" ކަމަށެވެ. އެހެންކަމުން ދެން ހުރި ހުރިހާ އެޕިސޯޑަކުން އޭނާ ފެނިދާނެކަމާ މެދު އެ އަމިއްލަ އަށް ވެސް އެ އޮތީ ސުވާލު އުފައްދައިފަ އެވެ.
އައްފާން އަލުން ޖަޖުން ޕެނަލުން މިރޭ އަނެއްކާވެސް ފެންނާނެކަމާ މެދު ސޯޝަލް މީޑިއާގައި ވަނީ ބަހުސް ފެށިފަ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި އަލުން އައްފާން އައުމަކީ އެރޭ ނުކުމެގެން ދަމުން ދެއްކި ވާހަކަތަކުގައި އޮއްޓަރެއް ނެތްކަން ހާމަކޮށް ދޭނެ ކަމެކެވެ. މިހާރު ތިބި ބައިވެރިންނަށް ލަވަކިޔަން ނޭނގޭ ކަމަށް ބުނެ ނުކުމެގެން ދިޔަ ފަނޑިޔާރަކު އަލުން އެނބުރި އަންނަންވީ ކީއްކުރަންތޯ ވެސް ބައެއް މީހުން ސުވާލުކުރެ އެވެ.
އެކަމަކު އެއީ ޑްރާމާގަނޑެއް ނަމަ އަލުން ނާންނަންވީ ސަބަބެއް ވެސް ނެތެވެ.
މޯލްޑިވިއަން އައިޑޮލްގެ ޝޯއެއްގައި ބައިވެރިން ލަވައެއް ކިޔަނީ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފުރާނަ
23 April 2017
މުޖޫއަށް މިނޫން ކަމެއް ކުރަން ނޭނގުނީތަ؟؟
ސީދި
22 April 2017
މާފުކުރައްވާތި... މިއާޓިކަލް ކިޔާލާނެ ވަގުތެއް ނުލިބުނު..... ރުޅިއައިސްގެން ކޮންތާކުން ނުކުމެގެންދިޔަ މީހެއްތޯ...؟
އާރިފް
21 April 2017
އުބައްޖެހީ ދޯ!
ލަވަ ކިއޭ
21 April 2017
އަނގަޔާ އަތާ، ފަޔާ ދިމާ ނުވަންޏާ ނުބަލަންވީނު.. މަޖުބޫރެއް ނޫނޭ ބަލާކަށް!!!
މެންޓަލް ކޭސް
21 April 2017
އަނގަޔާ އަތާ ދިމާނުވިޔަސް ކޮމެންޓް ކުރެވިދާނު، މީހަކު މަޖްބޫރު ކޮށްގެން ބާއްވާ ޝޯއެއް ދޯ ތީ
ޢައިންތު
22 April 2017
ތިޔަތަނަކީ ޚޮދު އަހަރުމެންގެ އަމިއްލަ ފައިސާ ޚަރަދުކޮށްގެން ހިންގާތަނެއް... ކަލެއައް ކޮންހައްގެއް އޮތީ ތިހެން ބުނަން..
މާނު
21 April 2017
ދިވެހިންނަށްލަވަ ކިޔަން އިގޭތް ތި ޢުނޫޝާވެސް ލަވަކިޔާއިރު ހީވަނީ ހޅޭއްލަވާހެން
ހަސަނު
21 April 2017
ދުވަހަކު ވެސް ހެޔޮ ނާޔަސް ރަނގަޅީ ތިޔަ ޝޯ ވެސް ހުއްޓުނިއްޔާ. ތިޔަ ލަވަކިހާ މީހުންގެ ހަލާކު
މެންޓަލް ކޭސް
21 April 2017
އަހަރުމެންނަށް ހެޔޮ ދުވަހަކު ނަޔަސް، ކޮން މޯލްޑިވިއަން އައިޑަލް އެއްތޭ، މި އުޅެނީ ގިނަ ރައްޔިތުންގެ އަނގަޔާ އަތާ ދިމާނުވެގެން
ކައްޒާބު
21 April 2017
ޢެކަމެއް ނޭނގެ.. މިއާ ބެހޭ ހުރިހަާ ޙަބަރެއް ކިޔާފަ ބަރަާބަރައް ކޮމެންޓުކުރަން ޖެހޭ..ލޮލް. މިދެން ވަރަށް ވަަާހަކަ...
ހަސަނު
21 April 2017
ހޫ ކެއަރސް ނަޔަސް އަޔަސް އަހަރުނަށް ކޮން ކަމެއް ހެ ހެ ހެ
ޕޮގުބާ
21 April 2017
އަޔަސް ނާޔަސް ކޮން ކަމެއް އެކަކު ނެތިއްޔަ އަނެކަކު ހުންނާނެ. ގައިމު 30 އަހަރުގެ ހުދުމުޚުތާރުގެ ވެރިޔެއް ނޫން މިހާރަކު ރާއްޖޭގެ ވެރިކަމުގައި ހުރީ ކީއެއް. އެއަށް ވުމާ ރައްޔިތުން ދެކެ ލޯބިވާ ރައްޔިތުންނަށް ކަންކަން ކޮށްދޭ ވެރިޔެއް ހުރީ. މިއޮށް ބޮޑު ދުނިޔޭގަ ހުރީކީއެއް އެންމެ ޖަޖަކާއި އެންމެ ވެރިއެއް ނޫން. އެއްވެސް މީހަކު ހީކުރާނެކަމެއް ނެތް ތިމަންނަ ނެތީއްޔާއެއް ތިމަން މިކުރާ ކަމެއް އެހެން މީހަކަށް ނުކުރެވޭނެ. އެޒަމާނެއް ނޫން މީކީއެއް. މިހާރަކީ މީ މިހާރު.
ބުލްބުލް
21 April 2017
ތީ ފޭކުރިއަލިޓީ ޝޯއެއް.